ރައީސް ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. މަގުން ކައްސާލައިފިކަން އެހެން މީހަކު، އެމަނިކުފާނަށް ފަހުމްވާ ވަރަށް ކިޔައި ނުދީފިނަމަ، ގޮތުގައި ހުންނަވާނެ ކަމަށް ރައީސް ވިދާޅުވި.--މިހާރު ފޮޓޯ/ނިޝާން އަލީ
10 ފެބުރުއަރީ 2018 - 12:13
އެމަނިކުފާނަކީ ފަސޭހައިން ގޮތް ދޫކުރައްވާ ބޭފުޅެއް ނޫން ކަން އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުން ގަބޫލު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
"މަގޭ ދީނާއި މަގޭ ގައުމު" މި ނަމުގައި ކާނިވާ ސަރަހައްދުގައި ވެރިކަން ކުރާ ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު މަގުން ކައްސާލައިފިކަން، މީހަކަށް ކިޔައި ނުދެވިއްޖެނަމަ، ހުންނަވާނީ އެމަނިކުފާނުގެ ގޮތުގަ އެވެ. އެއީ އެމަނިކުފާނުގެ ފިލޯސިފީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ގޮތް ދޫނުކުރާނެ. އަޅުގަނޑު މިހުރީ ރަނގަޅު މަގުގައިކަން އެނގިފައި، އަޅުގަނޑު މަގުން ކައްސާލައިފިކަމަށް އެހެން މީހަކަށް އަޅުގަނޑަށް ފަހުމްވާ ވަރަށް ކިޔައި ނުދެވޭ ކަމަށްވާނަމަ، އަޅުގަނޑު ހުންނަން ޖެހޭނީ، އަޅުގަނޑުގެ ގޮތުގައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ގިނަ ބޭފުޅުންނާ މައްސަލަ ޖެހެނީ ވެސް ގޮތް ދޫ ނުކުރާތީ ކަމަށެވެ. އަދި މިހާރު އުޅުއްވާ ސިޔާސީ ބޭފުޅުންނާ މައްސަލަ ޖެހިގެން އުޅެނީ "ދާނުގެ ހޫނުކަން ނުކެނޑެނީސް، އެ ދާނުގައި އޮށޯވެގެން ނޫން" ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ ބޭފުޅުންނާ މައްސަލަ ޖެހެނީ އުސޫލުތަކުގައި ހިފަހައްޓާތީ އެވެ. އެމަނިކުފާނު މިސާލެއްގެ ގޮތުގައި ނެންގެވީ ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަތުލި މައްސަލައަށެވެ. ދައުލަތުގެ މުއައްސަސާތައް އެއްކޮޅުގައި އޮވެފައި، އެމަނިކުފާނާއެކުގައި އޭރު ހުންނެވީ ސިޔާސީ އެންމެ ލީޑަރެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމުން ރޭ ބޭއްވި ބޮޑު ޖަލްސާގައި ދުއާ ކުރަނީ.---ފޮޓޯ: ރައީސް އޮފީސް
"އެހެން ހުރިހާ ލީޑަރުން ތިއްބެވީ އަނެއް ކޮޅުގައި. އެކަމަކު، އަޅުގަނޑު ގޮތް ދޫނުކުރީ. އަޅުގަނޑު ގޮތް ދޫނުކޮށް، އަޅުގަނޑު ބުނީ އަޅުގަނޑުމެންގެ އެއާޕޯޓު އަޅުގަނޑުމެން ބޭނުމޭ. އަޅުގަނޑުމެންގެ އެއާޕޯޓު ނުލިބުނު ނަމަ، މިއަދު މި ގެންނަ ތަރައްގީ ގެނެވޭނެތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތަހުޒީބީ މުޖުތަމައުއަކަށް ރައްޔިތުން ގެންދާއިރު، އެ ރައްޔިތުންނަކީ ތަނަވަސް، އުފަލުން ފޮޅިފައި ތިބޭ ބަޔަކަށް ހަދަން ބޭނުންވާ ކަމަށެވެ. އެހެންވެ، ދިވެހިންނަށް މި ހުވަފެން ހަގީގަތަކަށް ވިޔަ ދެއްވުމަށް ވެސް އިދިކޮޅު ފަރާތްތަކަށް ރައީސް ގޮވާލެއްވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފެބްރުއަރީ މަހުގެ 1 ގައި ގެންނަން އުޅުނީ ބަޣާވާތެއް ކަމަށާއި ބަޣާވާތުގެ ފަހަތުގައި ތިއްބެވީ "ޝަރަފްވެރި ބޭފުޅުން" ތަކެއްކަން ފުލުހުންގެ ތަހުގީގުން އެނގެން އޮވެ އެވެ. އެހެންވެ، ރައީސް ޔާމީން އެކަން ސިފަ ކުރެއްވީ "ބަޣާވާތްފުޅު" ގެ ގޮތުގަ އެވެ.
ޖަލު ހުކުމުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު އަމުރަށް ސަރުކާރުން ބޯލަނބާފައެއް ނުވެ އެވެ. އެއްވެސް ޝަރުތެއް ނެތި، އެ ހުކުމް ތަންފީޒު ކުރަން ގޮވާލަމުން ދަނިކޮށް، ސަރުކާރުން ވަނީ އެ އަމުރު ތަންފީޒުނުކޮށް، ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރިޝްވަތު ނެގިކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ހައްޔަރުކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކުރުމަށް ކުރިން ކުރި އަމުރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލުކޮށްފަ އެވެ. މި ފިޔަވަޅުތަކާ ހެދި ސަރުކާރަށް ކުރިމަތިކުރާ ޕްރެޝަރު ވަނީ އިތުރަށް ބޮޑުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބުލޮ
12 February 2018
ފާޑުފާޑުގެ ނަންނަންެކިޔާފަނޖަލްސާރައް.ބާއްވައިގe
ވައްސާ
11 February 2018
ހިތުން މާ މޮޅު ވާހަކައެއްތޯ ތިވިދާޅުވެވުނީ ؟ ރައިޔަތުންގެ މެޖޯރިޓީ ބޭނުންވާ ގޮތާ ދެކޮޅަށް ރައިޔަތުންގެވޯޓުން ހޮވަާފަ ހުރިވެރިއަކު ގޮތް ދޫނުކޮށް ކަންތައް ކުރަނީ ރައިޔަތުންގެ ގާތަށް އަންނަން ނުޖހޭނެ ކަމަށް ވިސްނައިގެން ވީޔާ ތިހެދެނީ ވަރަށް ބޮޑު ގޯހެއް.
ނިޒާމް
11 February 2018
ނަމަވެސް އަޅުގަނޑުމެން އަތަށް ވޯޓު ކަރުދާސްކޮޅު އެރީމަ މަނިކުފާނަށް ޖެހޭނީ ގޮތް ދޫކުރައްވަން. އެދުވަހުން މަނިކުފާނު ހަމަބިމަށް ތިރިކުރާނަން. އިންޝާ ﷲ
ނަޖްވާ
11 February 2018
ގޮތް ދޫނުކޮށް ތެޅޭ މީހުން ނިކަން ރީތި ރޯ އެއްގަ ދާ ތަން ބަލާލަން އަހަރުމެން މި ތިބީ!
ވަޒަންބެ
11 February 2018
ގޮތް ދޫނުކުރުމަކީ ލަދުހަޔާތް ކުޑަކަމުގެ ސިފައެއް.
ވަތުބަތާނަ
11 February 2018
އާއްމުކޮށް ގޮތް ދޫނުކުރުމުގެ ބަލިޖެހެނީ ކުޑައިރު ގޭތެރެއިން. އެއީ އެ ކުއްޖަކަށްވުރެ ބޮޑުކޮށް ތިބޭ ބޭބެއިން ދައްތަމެން އުޅެނީ މާ އުފާވެރިކޮށް މާ އަރާމުކޮށް މަންމަމެންނާއި ބައްޕަމެންގެ ލޯބި މާބޮޑަށް ލިބިގެންކަމަށް ދެކެވި އެކަމުގެ ބަދަލުހިފުމުގެ ގޮތުން ހިތުގައި އުފެދޭ ޝުޢޫރުތަކެއްގެ ނަތީޖާއިން.
ބެލް
11 February 2018
144 ހާލުގައި ސިޔާސީ އެއަވުންތަ މަނާ އެކަމަކު ޕީޕީއެމްއޭ ކިޔައިގެން އުޅޭބައެއް ބޭނުންގޮތަކަށް ސިޔާސީ ޖަލްސާބާއްވާ..މިއީ ހަމައެއްނޫން..
އަބްދުއްލާ
11 February 2018
ގާނޫނުއަސާސީގެ 142 ގަބުނޭ ފަނޑިޔާރުން އަ،މަލު ކުރަންވާނީ ގާނޫނުއަސާސީއާ ގާނޫނަށް ކަމަށް. ގާނޫނުއަސާސީ ގަ ބުނަނީ ގައިރު ގާނޫނީ އަމުރަށް ތަބާނުވުމަށް. އެއްވެސް ފަރާތަކުން ކުރާ ގާނޫނާ ހިލާފު އަމުރަކަށް ތަބާ ނުވުމުގެ ހައްގު ހުރިހާފަރާތަކަށް ލިބިގެންވޭ ރައީސަށް ވެސް އެ އިހްތިޔާރު ލިބުގެންވޭ އެއީ ގާނޫނުއަސާސީގެ 133 ޅ ގަ ބުނަނީ އޭޖީ އަމަލުކުރަންޖެހޭނީ ގާނޫނުއަސާސީއާ ގާނޫނަށްކަމުގާ އެއްސްފަރަތެއްގެ ނުވަތަ އެއްވެސް އިދާރާ އެއްގެ ނުފޫޒު އޭނާގެ މައްޗަށް ނުފޯރުވޭނޭ ކަމަށް. ވީމާ އަމުރު ގައިރު ގާނޫނީ ވެއްޖެނަމަ އެއްވެސް ދިވެހި ރައްޔިތަކު ވެސް ، އެއްވެސް މަގާމެއްގާ ހުންނަ މީހަކުވެސް އެއްވެސް ފަރުދަކު ވެސް ތަބައަ ވާކަށް ނުޖެހޭ
ނަސީމް
11 February 2018
ގާނޫނާ ޚިލާފު އަމުރު ހުއްޓަސް ގާނޫނާ ޚިލާފު ހުކުމެއް ނުހުންނާނެ. ސުޕްރީމް ކޯޓުން ނިންމާ ނިންމުމާމެދު ސުވާލު އުފައްދާ އެއަށް އަމަލު ނުކުރުމުގެ ބާރު އެއްވެސް ފަރާތަކަށް އޮތްކަމަށް ބުނުމަކީ ތަންފީޒީ އިދާރާތަކުން ގާނޫނު އަސާސީ މުގުރާލުން.
ނާޝިދު
11 February 2018
ޖަޖުންނަކީ އެމީހުނަށް އެކަމެއްގަ ގަބޫލުކުރެވޭގޮތަށް ހުކުމް ކުރުމުގެ ބާރު ލިބިފައިވާ ބައެއް. ޖަޖުން ގޯސްވެއްޖެނަމަ އެމީހުނާމެދު ފިޔަވަޅު އެޅޭނީ ރައްޔިތުންގެ މަޖިލީހުން. އެއީވެސް ތިންބައިކުޅަ ދެބައިގެ ތާއީދު ލިބިގެން. ރައީސުލް ޖުމްހޫރިއްޔާވެސް ވަކިކުރެވޭވަރަށް ވޯޓު ލިބިގެން. ރައީސް އަމިއްލަފުޅަށް ފަނޑިޔާރުން ރަހީނުކުރުން ހުއްދަކަމަށް އަދުގެ ރައީސް ގަބޫލުކުރާނަމަ ނަޝީދަށްވެސް ފަނޑިޔާރުން ފޮރުވައިގެން ގެންގުޅެވޭނެ.
އެމްސް
10 February 2018
އެހާ ގޮތްދޫނުކުރުމީ އިސްލާމީ ރިވެތި އުސޫލެއް ނޫން
ހަމްޒާ އަލީ
10 February 2018
ގޮތް ދޫނުކުރީމަ ކާމީޔާބު ލީބެނީ އީދީކޮޅައް..އަދީ ލެޖީޓީމެސީ ގެއްލުނީ މަނީކުފާނުގެ ސަރުކާރައް..އެހެންވީމާ ތީޔަަ ގޮތް ގެންގުޅެގެން ފައީދާވަނީ ކީހީނެތްތޯ..؟