އެމްޑީޕީގެ ޒުވާނުންތަކެއް އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން: އެ މުޒާހަރާއިން ފަސް މީހަކު ހައްޔަކުރި.-- ފޮޓޯ: ސޯޝަލް މީޑިއާ
11 ފެބުރުއަރީ 2018 - 21:09
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ގޮވާލައި އިދިކޮޅު ހަރަކާތުގެ ޒުވާނުންތަކެއް އިއްޔެ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ ކައުންސިލަރުން ފަސް ދުވަހަށް ޖަލަށް އަދި އަނެއް ތިން މީހުން ފަސް ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ކަންމަތީގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއިން ފަސް މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް މީހުންގެ ބަންދަށް ވެސް ވަނީ ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ޔޫތު ވިންގްގެ ރައީސް މީކާއިލް ނަސީމާއި ޔޫތު ވިންގްގެ އެހެން މެމްބަރުން ކަމަށްވާ ޝަފާތު އަހުމަދާއި ޝީނާ މުހައްމަދު ފަސް ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލާއި އއ. ރަސްދޫ ކައުންސިލް މެމްބަރު އަބްދުﷲ އަނިލް ފަސް ދުވަހަށް ޖަލުގައި ބަންދުކުރަން އަމުރުކޮށްފައި ވެ އެވެ.
މި އެންމެން ވެސް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މާލޭގައި ދަނީ އެއްވުން ބާއްވަމުންނެވެ. އެކަމަކު އިދިކޮޅު ހަރަކާތުން ތަނަކަށް އެއްވާއިރަށް ފުލުހުން ގޮސް ރޫޅާލަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީސްޓް
12 February 2018
ގާނޫނީ އިމުން ބޭރުވެ ތިބެ ފުލުހުން ކުރާ އަމުރަކައް ކިޔަމަން ވާކަން ނުޖެހޭ!!! އެހެން ނޫނަސް މިގައުމުގަ ފުލުހުންގެ ޔުނިފޯމް ލައިގެން އުޅެނީ ޖަރީމާ ހިންގާ ގޭންގެއް.
އިސްމާއިޅް ސިހާބު
12 February 2018
ކައިރިން ކިތަންމެ މާބުރެއް އެބުރުނަސް އެމަލުގަ ރަނގަޅު ވަހެއް ކަމެއް ނެތިއްޔާ މާބުރެއް ނާންނާނެ. އެކަމު މަޅަށް ހީވާނެ މީ ހައްތަހާވެސް މަށާ ހުރެ އުޅޭ މާބުރޭ، އެކަން މިހާރުވެސް އިގޭނެ ފިޔަތަކަށް ގޮތެއް ވާ އިރަށް،، އެކަމު މަލުގެ ވަސް މީރުނަމަ ފިޔަޔަށް ގޮތެއްވިއަސް ފިރުމާލާ އެހީވާނެ ހަދާނެ މާބުރު ބައިވަރު
އިބުރާހިމް އުމަރު މަނިކު
12 February 2018
އިބަ ﷲ ގެ ކިބައިން ވާތްގަށް އަޅަމެން އެދެމުއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ މަކަރުވެރިންނާއި ކެހިވެރިންނާއި ބާތިލް އަގީދާތަކުންނާއި ފިތުނަފަަސާދަ އިންނާއި ގައްދާރުންނާއި ދޮގުވެރިންނާއި އަނިޔާވެރި ވެރިންގެ ކިބައިން މި ގައުމާއި ރައްޔިތުން ސަލާމަތް ކުރައްވާ އަޅަމެންނަށާއި ދަރިންނަށް ފާފާ ފުއްސަވާ މި ގައުމު ސަލާމަތް ކުރައްވާނދޭވެ: އާމީން
އިބުރާހިމް އުމަރު މަނިކު
12 February 2018
ހާދަ ބޮޑު އަނިޔާވެރި އެކޭ ދޯ
ނިލިސް
11 February 2018
މީހުން ޖަލަށް ލުމަކީ އެއްވެސް ޙާލެއްގައި އުފާކުރާ ކަމެއް ނޫން. މާދަމާ ތިބާވެސް ޖަލަށް ދިއުމުން އެކަމުގެ ވޭނާއި ކުކުޅުން އިޙްސާސްކުރެވޭނީ. ނުހައްގުން ޖަލަށް ލުމުގައި ބައިވެރިވާ އެންމެހާ ފަރާތްތައް ބަލިކުރައްވާފާދޭ!
ފެނޭދޯ
11 February 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޙޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް..
ޑޭންޖުރެސް
11 February 2018
ސްޓޭޓް އޮފް އެމެޖެންސީ ހިންގާފައި ވަނި ކޮށް މާލޭގެ މަގުމަތީ ގައި މުޒާހަރާ ކުރާ މީހުން އެބެލެވޭނީ އެއީ ގައުމަށް ގައްދާރު ވާމީހުންނަށޭ އެމެންނަކީ އެއީ ނުރައްކާތެރި ބަޔެކޭ އެމެންނަކީ އެއީ ނުރައްކާތެރި ބަޔެކޭ އެމެން ގޭބަންދަށް ބަދަލު ކުރުން އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ މާލޭގެ މަސްލަހަތަށް ޓަކައި ނަމަވެސް ދޭ އާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..
ޒަކީ
12 February 2018
ދެން ކީއްވެތޯ ޕީޕީއެމް ޖަލްސާ ހުކުރު ދުވަހުގެ ރޭ އެ ބޭއްވީ. މަގޭ މަންމަވެސް ޖަލްސާ ގޮސް އައިއިރު ހުރީ ބިރުން ތުރު އަޅައަޅައި. ކީއްވެތޯ އަހާލީމަ ބުނީ ބަޑިހިފައިގެން ތިބި ބަޔެކޯ ތިބީ އަނެއް ދުވަހު ހޭލި އިރު ހުން އައިސް އޮފީހަށް ވެސް ނުދެވުނު، 3 ނޮވެމްބަރުގެ ބިރު ނުފިލާ ހުރީމަ ވީގޮތެއް ހެނޯ ހީވަނީ ޑޮކުޓަރު ބުނީ، އެކަމު މަޖުބޫރު ކުޜީމާ ޖެހޭނީ ދާންތާ. ކީއްވެތޯ ކުއްލި ހާލަތުގަ އެޖަލްސާ ބޭއްވެން ޖެހުނީ
ދަވޭ
11 February 2018
މުޒާހަރާއިން އިއްޔެ ހައްޔަރުކުރި ދެ ކައުންސިލަރުން ޖަލަށް، އަނެއް ތިން މީހުން ގޭބަންދަށް ބަދަލު ކޮށްފިނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. ރަށްރަށުގެ ރަށު ކައުންސިލަރުން ޖެހޭތޭ މާލޭގައި މުޒާހަރާ ކުރަން ނުޖެހޭނެއޭ ކަން މިހެން ހުރުމުން ތިޔާ ކައުންސިލަރުން ޖެހޭނީ އެމެން ގެ ކައުންސިލަރުންގެ މަގާމުން ވަކި ކުރަން. 5 ދުވަހަކީ އެއީ ވަރަށް ކުޑަ އަދަދެކޭ އެމެން ބަންދު އަދި 10 ދުވަސް އިތުރު ކުރުން ބުއްދިވެރިއޭ މަމެން ބުނަން ނެތީމު ދޯ.