ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވާހަކަ ދައްކަވަނީ-- ނިހާން ވިދާޅުވީ ކުއްލި ނުރައްކަލުގެ ގަރާރު ފާސްކުރާނެ ކަމަށް-- މިހާރު ފޮޓޯ
19 ފެބުރުއަރީ 2018 - 17:02
މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ އަށް ހުށަހެޅި، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ސަރުކާރުން ބޭނުންވާ ގޮތަށް، މަޖިލީހުގެ ތަޅުމުން ފާސްކުރާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅައި، އަދި ގައުމީ ސަލާމަތުގެ ކޮމެޓީން އެ ގަރާރު ދިރާސާކޮށް މިހާރު ވަނީ ފާސްކޮށްފަ އެވެ.
ގާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ރައީސް ނެރުއްވާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭނެ އެވެ.
މިކަމާ ގުޅޭ ގޮތުން، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނިހާން ވިދާޅުވީ މަޖިލީހުގެ އުސޫލުތަކުގެ ތެރެއިން ގަރާރުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ. އެ ގަރާރު ފާސްކުރަން ނަގާ ވޯޓު ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައ ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރަން ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާ އަށް ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެއީ މަޖިލީހުގެ މިހާރުގެ ޖުމްލަ މެމްބަރުންގެ އަދަދުން ބަލާއިރު 43 މެމްބަރުންނެވެ.
ސަރުކާރު ކޯލިޝަނުން މިއަދު ޖަލްސާގައި ބައިވެރިވެވަޑައިގަތީ 39 މެމްބަރެކެވެ. މެމްބަރުން ބެހިފައިވާ ގޮތުން ސަރުކާރު ކޯލިޝަނަށް 43 މެމްބަރުން ހަމައެއްނުވެ އެވެ. އިދިކޮޅު ފަރާތްތަކުން އެ ޖަލްސާގައި ބައިވެރިއެއް ނުވެ އެވެ.
މަޖިލީހަށް ރައްޔިތުންނާ ގުޅޭ ކަމެއް ކަނޑައަޅަން ހުށަހެޅި މި ހާލަތުގައި ވެސް، އިދިކޮޅު އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަށް ތްރީލައިން ވިޕެއް ނެރުނު ކަމަށް ވިދާޅުވެ ނިހާން ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ކޯލިޝަން މެމްބަރުންގެ މެދުގައި ބައިބައިވުން ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީގައި ތިބީ 21 މެމްބަރުން. ޖޭޕީގައި ހަތެއް. ވަކިން އެންމެ މެމްބަރެއް. ދެން ތިބި މެމްބަރުން ތިއްބެވީ ދެ ފެން ދޭތެރޭގައި. މައްޗަށް ތޯ ދާނީ ތިރިއަށް ތޯ ދާނީ ނޭންގެ." ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް، އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަތީ، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ފާސްކުރަން ވޯޓަށް އަހައިފިނަމަ އެ ފަރާތްތައް ބަލިވާނެކަން ޔަގީން ވާތީ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރުމަކުން ނުވަތަ ނުކުރުމަކުން ކުއްލި ނުރައްކަލުގެ ހާލަތައް ބަދަލެއް ނާންނާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި ގަރާރު ފާސްނުވެގެން މާދަމާ މުއްދަތު ހަމަވެއްޖިއްޔާ، ގާނޫނުއަސާސީގައި އެބައޮތޭ މިހާރު އޮތް ހާލަތުން އަނެއް 15 ދުވަސް އިއުލާން ކުރުމުގެ ނުވަތަ 30 ދުވަސް އިއުލާނު ކުރުމުގެ އިހުތިޔާރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އަދި ގައުމީ ސަލާމަތުގެ ކޮމެޓީގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، އެ ގަރާރާ ގުޅޭ ކަންކަން އިދިކޮޅު ފަރާތްތަކުން ބޮއިކޮޓް ކޮށްފައިވާ ކަމަށް ވިދާޅުވި ނަމަވެސް ކޮމެޓީގެ މަސައްކަތްތަކުގައި އެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. އެގޮތުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީގެ އިތުރުން ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ކޮމެޓީ އަށް ވަޑައިގެންނެވިކަން މޫސަ ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސީހު
20 February 2018
ނިހާން ކިހިނެއްތޯ ތިހެއްދެވީ؟ ކުރީ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގަ ބުނީ މަޖިލީހުގެ ޖަލްސާތައް ބާއްވާ ދުވަސްތައް އިގޭނީ މަށަށޯ. . . މިހާރު ތިބުނީ މާދަމާ ޖަލްސާއޯ. . ބަސްޓް ކޮށްލީ ދޯ.. ދެން މި ޖެހުނީ ތި ޖަލްސާއެއް މާދަން ބާއްވަންތާ ..
ކަނަމަނަ
20 February 2018
ކީއްކުރަން ފާސްކުރަނީ. ކުރާނެކަމެއްނެތް. އަމާބުނީމަ ފަރަށްދާގޮތަށް ބާއްވާ. ޤާނޫނުގައި މަޖިލީހުން ފާސްކުރާއިރަށް ޢަމަލުކުރަންޖެހޭތަ. ކުރިޔަސް ނުކުރިޔަސް ރައީސްމީހާ ބޭނުންގޮތަކަށް ކަން ކުރެވޭނެކަމަށް ނައިބު ވިދާޅުވެފަނުއެއޮތީ.
އަބްދުއްލާ
20 February 2018
ގާނޫނުއަސާސީގަ ބުނަނީ ކުއްލި ހާލަތުގަ ނުހިފެހެއްޓޭނީ ގާނޫނުއަސާސީގެ މިވެނި މާއްދާތަކޭ . އެމާއްދަތަކުގެތެރެއަކު ކޯޓްތަކުގެ ވާހަކަޔާ މަޖިލީހުގެ މާއްދާތަކެއް ނުހިމެނޭ . ދެން ކުއްލިހާލަތުގާ 2 ވަނަ ބާބުގެ ހައްގު ހިފެހެއްޓޭނީ އެވަގުތަކު ހިފަހައްޓަންވާ މިންވަރަކަށްކަމަށް .2 ވަނަ ބާބަކު ކޯޓެއް ނުވަތަ މަޖިލީހުގެ މާއްދާ އެއް ނެތް .ގާނޫނުއަސާސީގެ ދެންހުރި މާއްދާތަކަކީ ކުއްލިހާލަތުގާ ހިފެހެއްޓޭނެ މާއްދާތައް އެ އިހްތިޔާރު ދީފައިވަނީ ރައީސަށް . މަސްވަރާ ޙޮދަންޖެހެނީ ގައުމީސަލާމަތާ ބެހޭ ކޮމިޓީޢާ އެޓަރނީ ޖެނެރަލް ގެ ކިބައިން. ވީމާ އެއާމެދު ވާހަކަދައްކަން އެހެންމީހުން ނުޖެހޭނެ.
އަލްޖިބްރާ
20 February 2018
ކަލޭމެން އަމިއްލައަށް ސިއްރު ޖަލަސާއެއް ބާއްވާފަ 43މެމްބަރުން އޮތްތަން 10މެމްބަރުން ވޯޓުދީފިއްޔާ އޯކޭ ވާނެ ގޮތަށް ޤާނޫނު ބަދަލު ކުރީމާ އެއޮތީ ޤާނޫނު ފާސްވެފައެއްނު ! ދެން އިތުރު މީހުން ހަމަކުރާކަށް ނުޖެހޭނެނު ؟
އެކަލޯ
20 February 2018
ކަލޯ މިހާރު އެއްބަސް ތިކަމަށް، ކަލޯމެން ބޭނުން އެއްޗެއް ހަދާނެ މިހާރު. ޤާނޫނު އޮތްތާ ބާއްވާފަ ތިހެން އުޅެވޭނީ ކިހާ ދުވަހަކުބާ؟
ހަސަން ހަމީދު
20 February 2018
ގުއި ރޯނުގައި އެންމެންޖެހި ގޮޅިގޮޅިއަށް ފެތި ނިމިއްޖެ. ގާނޫނުތައް މުގުރައިފި. ތިޔަ އެންމެނާ ދެކޮޅަށް ސާބިތު ހެކި ލިބިއްޖެ. މައުމޫނު ޖެހި މަޅި ވަރަށް މޮޅު.
ދަވޭ
20 February 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރާނަން ކަމަށް ނިހާނު ބުނިނަމަވެސް ތަމެންނަށް ސީދާ ޕިން ޕޮއިންޓް ކޮށް ސަރުކާރުން ބޭނުންވާ ގޮތް އަންޑަރސްޓޭންޑް ވޭތޯ އާއި އަދި ގާނޫނު އަސާސީގެ ލަފްޒީ މާނަ ނޫން އަދި ދިރާސާ ކޮށްގެން ގާނޫނު އަސާސީގެ ކްލޯސް ތަކުން ކަން ކަން ކުރެވޭނެ އުސޫލު ނުވިސްނޭ އިރު އަދި މަޖްލީހުގައި ހުންނަ ކައުންސެލަރ ޖެނެރަލް އަކު ބުނި ނަމަވެސް އެގޮތަށް ކަންކަން ދީލައިގެން ނުވާނެ ކަން އެއީ ތަމެންނަށް އިނގެން ޖެހޭނެ ކަންކަމޭ. މަމެންނަށް ފެނެއޭ ގާނޫނު އަސާސީގައި ލިޔެފައި އޮތް ތަން ދައުލަތާއި އަދި ސަރުކާރުގެ ވެރިއަކީ އެއީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް އެހެން ކަމަށްވާނަމަ ގަސްތުގައި އިދިކޮޅު ޕާރޓީ ތަކުން ސަރުކާރު ނީލް ޑައުން ކުރުމަށް ޓަކައި މަޖްލީސް ބޮއި ކޮޓް ކޮށްފިނަމަ ބޮއިކޮޓް ނުކޮށް މަޖްލީސް ޖަލްސާ އަށް އެންމެ ތިން މެމްބަރުން ހާޒިރު ވި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސް ކުރެވިދާނެއޭ ރިޒަރވޭޝަން ކްލޯސް ތަކަކާއި އެކު އެފަދަ ގަރާރެއް ސްޕްރީމް ކޯޓުން ބާތިލްނުކުރާނެ
ނާޝިދު
20 February 2018
ކަލޭ ކަމެއްބޭނުންވީމަ ހިތައްއަރާނެ ވަރަށްގިނަގޮތްގޮތް. މިހާރުވެސް މިއުޅެނީ ދައުލަތް ސުޕްރީމްކޯޓުގެ ހުކުމަކުން ދައުލަތް ހިންގަން އޮޅުންބޮޅުންވެގެން. މީތި އިތުރަށް އޮޅުން ބޮޅުންކޮށްގެން ވެރިކަން ކުރާނެވިސްނުން ޔާމީންގެނެތް.
ޖެނީ
20 February 2018
އެއްޗެއްނޭގުނަސް މީ ބޮޑުވަރު...
ބެރޭ
20 February 2018
ގަދަބަސް ނުބުނޭ ކޮންކޯ. ބާކީ ތިބި ފާޓީ ކުދިންކޮޅު ވެސް ވޯޓް ނުދީފާނެ
ކޯޑި
20 February 2018
އެހާ ގާބިލްކަން ހުރިއްޔާ އިދިކޮޅު މެމްބަރުންގެ ހަތަރެސް ފައޮ ބަދެފަބައިތިއްބަނީ ކީއްވެ?