ޚަބަރު / ރައްޔިތުންގެ މަޖިލިސް

ސަރުކާރު ކޯލިޝަން މެމްބަރުން ތިއްބެވީ ބަދަހިކޮށް، އެއްބާރުލުން ލިބޭނެ: ނިހާން

ޕީޕީއެމުން ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ނިހާން (ވ) ބައިވެރިވެވަޑައިގަންނަވަނީ. --. ފޮޓޯ: ނިޝާން އަލީ/ މިހާރު

18 ފެބުރުއަރީ 2018 - 16:18

42 comments
angry icon 85%

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ތިއްބެވީ ބަދަހިކަމާއެކު، ސަރުކާރަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޚާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި މާދަމާ އޮންނާނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރާ މެދު ގޮތެއް ނިންމުމެވެ.

ސަރުކާރާ ދެކޮޅު މެމްބަރެއް ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހްލޫފް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން 50 މެމްބަރުން ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެ ވިދާޅުވާ މިންވަރަށް އިދިކޮޅަށް ވޯޓު ލިބޭނީ ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންތަކެއް ވޯޓު ދެއްވައިގެންނެވެ.

މިކަމާ ގުޅޭ ގޮތުން ނިހާން "މިހާރު" އަށް ވިދާޅުވީ މާދަމާގެ ޖަލްސާ އަށް ކޯލިޝަންގެ ހުރިހާ މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގައި މިވަގުތު ވަޑައިގެން ނެތް މެމްބަރުން، މާލެ ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ މެމްބަރުން މިހާރު ވެސް މާލޭގައި އެބަ ތިއްބެވި. މާލޭގައި ނެތް މެމްބަރުން މިރޭ މާލެ އަންނާނެ. ކޯލިޝަންގެ ހުރިހާ މެމްބަރުން ޖަލްސާއަށް ވަޑައިގަންނަވާނެ،" ވިލިމާލެ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ ކޯލިޝަން މެމްބަރުން ތިއްބެވީ "ޓީމެއް"ގެ ގޮތުގައި ވަރަށް ބަދަހިކަމާ އެކު ކަމަށެވެ. އަދި އެ ހުރިހާ މެމްބަރުން ވެސް ސަރުކާރަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާނު ކުރެއްވި ޓުވީޓު.

ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ހާއިނުން"ގެ ކިބައިން ދިވެހި ގައުމު ދިފާއު ކުރުމަށް ޕީޕީއެމް/އެމްޑީއޭ އިން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

މަޖިލީހުގެ 50 މެމްބަރުންގެ ވޯޓާއެކު ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ބޭރުކޮށްލާނެ ކަމަށް މަހްލޫފް ވިދާޅުވި ވާހަކަތަކަށް ނިހާން ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެ ސުވާލަށް ޖަވާބު ނުދެއްވައި ނިހާން ހަމައެކަނި ވިދާޅުވީ މާދަމާގެ ޖަލްސާގެ ވޯޓު ގަޑީގައި އެކަން އެނގިގެން ދާނެ ކަމަށެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާއިރު، މަޖިލިހުގެ ދައުރެއް ހިނގަމުން ނުދާ ނަމަ 14 ދުވަހުގެ ތެރޭގައި މަޖިލިސް ބައްދަލުކޮށް، އެ ގަރާރާ މެދު ވަކި ގޮތެއް ނިންމަން ޖެހެ އެވެ. މަޖިލިހުގެ ދައުރެއް ހިނގަމުން ދާ ދުވަސްވަރެއް ނަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާ ގަރާރު މަޖިލިހަށް ހުށަހަޅަން ޖެހެނީ ދެ ދުވަހުގެ ތެރޭގަ އެވެ.

މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ އަންގާރަ ދުވަހު ހަމަވާނެ އެވެ. އެހެންކަމުން އޭގެ ކުރިން ރައްޔިތުންގެ މަޖިލިހުން އެ ގަރާރާ މެދު ވަކި ގޮތެއް ނިންމުމަކީ ގާނޫނުއަސާސީން ލާޒިމް ކަމެކެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ މި މަހުގެ 5 ގައި ދަރުބާރުގޭގައި ބާއްވަން މީގެ ކުރިން އޮތީ ނިންމާފަ އެވެ. އެކަމަކު ޖަލްސާ ބާއްވަން ތާވަލުކޮށް މެމްބަރުންނަށް އެކަން އެންގުމަށް ފަހު، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެ ޖަލްސާ ކެންސަލްކުރީ އެވެ. އެ ދުވަހުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުމެވެ.

ޖަލްސާތައް ނުބާއްވައި، ދިގުލައިގެން ދާތީ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުން ނަމަ، ޖަލްސާތައް ނުބާއްވައި ލަސްކުރަނީ ސަރުކާރަށް މެޖޯރިޓީ ލިބެންދެނެވެ. އިދިކޮޅު ބައެއް މެމްބަރުން ހައްޔަރުކުރަމުން ދިޔުމަކީ އެ ކަމުގެ އެންމެ ބޮޑު ހެކި ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

42 ކޮމެންޓް, 117 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 2%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު އަލީ

19 February 2018

ﷲ ގެ ކޯފާއަށް ބިރުވެތިވޭ.

The name is already taken The name is available. Register?

ހަސަދު

19 February 2018

މަގޭ ދީނާ މަގޭ ގޮތާ ނުބެހެއްޗޭ، ދިވެހި ރަސްކަމުގެ ތާރީޚް އެގިތިބެ ވެރިކަމާ ނުތޮޅެއްޗޭ.

The name is already taken The name is available. Register?

މުޙުއްމާ

19 February 2018

ހަތިޔާރެއް ނެތް ބަޔެއްގެ ކުރިމަތީގަ ބަޑިއާއި ކަރުނަގޭހާއި ޕެޕަރ ސްޕރޭއާއި މުުގުރު ހުރި މީހުންގެ ބާރު ހުންނާނެކަން ނިހާނު ނުބުންޏަސް އެގެއޭ. ފިރުއައުނުއާއި ހާމާނުއާއި ޤާރޫނުއާއި ހިޓްލަރާއި މިމީސް މީހުންވެސް ބާރުހުރެގެން ވެރިކަންކުރި. ނިމިގެންދިޔައީ ވަރަށް ނިކަމެތިކޮށް. ބަޑީގެ ބާރުން ކޯޓް ހިންގީމާ ތީ އަދި މާ މޮޅުކަމެއް ކުރެވުނީ އެއް ނުން. ނިމުން ވަރަށް ހިތިވާނެ އރާދުކުރެއްވިއްޔާ.

The name is already taken The name is available. Register?

އެނެލުސްޓް

19 February 2018

އަދީބަށް 100% އިތުބާރު އެބައޮތް ނާޒިމް ސަރ އަކީ އެފަދަ ދެވަނައެއް ނެތްވަރުގެ ޤާބިލު ވަޒީރެއް އަރީފަށް އިތުބާރު އެބައޮތް މީހަމަ އަޑުއިވިފައިހުރި ވާހަކަތައް

The name is already taken The name is available. Register?

ދީމާހު

19 February 2018

ތިޔަހެން ބުންޏަސް ނިހާނުގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަން. އުފާވެރިކަމެއްނެތް. މަޖުބޫރީ ހާލަތެއްގައި ތަޅުއެޅުވިފައި ތިބޭ އިރު ބަދައްސެކޭ ނުބުނުވޭނެ ދޯ. ކޮއްޓެއްގައި ބަންދުވެފައި ތިބޭ އިރު އިތުރު ޗޮއިސްއެއް ނެތިއްޔާ ދެންނެތް ދޯ ކުރާނެކަމެއް

The name is already taken The name is available. Register?

ހިންޓްސް

19 February 2018

ބަދަހީކީނޫން.. ގޮނޑިގެއްލިދާނެކަމުގެ ބިރަށް ހައްޕުކިޔާގެންއެތިބީ.. ދެކޮޅުވެއްޖެނަމަ ދާންޖެހޭނީ ޖަލަށް..

The name is already taken The name is available. Register?

ކުރަފި

19 February 2018

ކުރަފި އުޅޭގޮތްވެސް ތިޔަށްވުރެ ސަޅި!!!

The name is already taken The name is available. Register?

ތުމާ

19 February 2018

ހަހަހަ... އެވެސް އުދުހޭ ކުރަފި އުޅޭ ގޮތްދީ

The name is already taken The name is available. Register?

ޛުއްނަ

19 February 2018

ބަދަހި ކަމާމެދު ސުވާލު މާބޮޑަށް އުފެދެނީ ދޯ؟ ނިހާނު ގެ ސްޓޭންޑަޑަށް ވުރެވެސް މާބޮޑަށްވެސް ލޯ ވެއްޖެ ދޯ؟

The name is already taken The name is available. Register?

ސަބްނަމް

18 February 2018

ހާދަ އޯޑިއޯ އެއް އެބަލީކުވެޔޭ

The name is already taken The name is available. Register?

ބުނެލަން އޮތީ

18 February 2018

ހީ ނުކުރައްޗޭ ވެރިކަމަކީ ތާ އަބަދަށް ބޭނުންހާ ކަމެއް ރައްޔިތުންނަށް ކުރަން ލިބިފައިވާ ހަރު މުދަލެކޭ? ﷲ އީ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާންގެ. ވަ ﷲ އަޢްލަމް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454