މާލެ: ފެބްރުއަރީ 14، 2018- ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން، އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ މޫސާ ޒަމީރާއި އަބްދުއްރަހީމާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
20 ފެބުރުއަރީ 2018 - 11:58
ރިޔާސީ ޓިކެޓް ބަހާނެ ގޮތެއް ކަނޑަނޭޅި، ރިޔާސީ އިންތިހާބުގައި އެއްގަލަކަށް ނޭރޭ ވަރަށް އިދިކޮޅު ޕާޓީތައް ބައިބައިވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަބްދުއްރަހީމް ރޭ އެންމެ ބޮޑަށް ފާޑުވިދާޅުވީ ރިޔާސީ އިންތިހާބު ބާއްވަން ކައިރިވެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ކެންޑިޑޭޓަކު ނުދައްކާ ތިބި މައްސަލަ އަށެވެ. އެއީ، އިދިކޮޅު ހުރިހާ ލީޑަރުން ވެސް ވެރިކަން ބޭނުންވާތީ ކަމަށް ވިދާޅުވާ ވިދާޅުވުން ރޭ ވެސް އޭނާ ތަކުރާރު ކުރެއްވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރިޔާސީ ޓިކެޓްގެ މައްސަލައިގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ތެރެ ވެސް ވަނީ ވަރަށް ބޮޑަށް މައްސަލަ ގޯސްވެފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރިޔާސީ ޓިކެޓް ބޭނުންވާ މީހުން އެމްޑީޕީ ތެރޭގައި އެބަތިބި ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ހާލަތަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
"އެމްޑީޕީގެ ތެރޭގައި ވެސް ޓިކެޓަށް ވާދަކުރާ [މީހުންގެ ތެރޭގައި] އިބްރާހީމް މުހައްމަދު ސޯލިހާއި އަބްދުﷲ ޝާހިދާއި މިހާރު ބުނާ އަޑު އިވޭ މަހްލޫފް ވެސް ރިޔާސީ ޓިކެޓަށޭ އެ އުޅެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ޖޭޕީ ތެރޭގައި އުމަރާއި އަބްދުﷲ ރިޔާޒާއި ޖަމީލާއި ފާރިސް ޖެހި ބާރުވެފައި އޮތް ކަމަށް ވަނީ. އޭގެ އިތުުރުން ގާސިމް އިބްރާހިމްގެ ދަރި ވެސް ނެރެން އުޅޭ ކަމަށް ވަނީ."
ރިޔާސީ އިންތިހާބަށް އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކު ހޮވަން މަޝްވަރާތައް ވަނީ ފަށައިފަ އެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވެސް އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ބޭނުންވާ އިރު، ވަކި ގޮތެއް އެ މަޝްވަރާތަކުން ނިމޭނެ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ.
އިދިކޮޅު ކޯލިޝަނުން ނެރޭ އެއް ކެންޑިޑޭޓަކީ ގާސިމް ކަމަށް ހަމަޖައްސަން ޖުމްހޫރީ ޕާޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެމްޑީޕީީން ބޭނުންވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރޭށެވެ.
އެކަމަކު ނަޝީދާއި ގާސިމަށް ވެސް އިންތިހާބަށް ކުރިމަތިލެއްވޭނީ ގާނޫނީ ގޮތުން ހައްލުތަކެއް ހޯދިގެންނެވެ. ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބުނާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ގާސިމްގެ އުމުރުން މިހާރު ވަނީ 65 އަހަރު ވެފަ އެވެ.
ނަޝީދު ހުންނެވީ ރައީސް ކަމަށް ކުރިމަތިލާ މީހަކާ ބެހޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަގީރު ކޮއި
20 February 2018
އިއްޔެ ޕީޕީ އެމްގެ މެންބަރުން ގަބޫލު ކުރެއްވި 43 ނެތި ޖަލްސާ ކުރިޔަށް ނުގެންދެވޭކަން. މިއަދު ނެގީ ވޯޓް. ދެން މި ބުނަނީ ގާނޫނު ނަގަހައްޓަނީއޯ. ނޫނޭވާ މޮޅު.
ކަސްބީ
20 February 2018
އިދިކޮޅުން ނެރޭނީ ފާރިސް މައުމޫން. ގައުމަށް އިޚްލާސްތެރި ވަފާތެރި މީހަކަށް ވާނެ. މިހާރު މައުމޫން، ނަޝީދު، އަދި ގާސިމް ނޫން އެހެން މީހުންނަށް ފުރުސަތު ދޭންވީ. ދެން ޕީ.ޕީ އިންވެސް ރައީސް ޔާމީނުގެ ބަދަލުގައި އަދުރޭ ނެރޭ. ލޮލް.
ޢަސޫމް
20 February 2018
ޜައީސް ނަޝީދުގެ މައްޗަށް ކުރި ހުކުމް ސްޕްރީމްކޯޓުގެ ފުލްބެންޗުގެ އިއްތިފާގުން ވަނީ ބާތިލްކޮށްފަ. ޜައީސް ނަޝީދު އިންތިޚާބަކަށް ހުރަހެއްނެތް. ދެންއަތްޖަހާ.
ސީލާ
20 February 2018
އަދުރޭވެސް ލާނެކަމަށް ވަނީ
ޑިމޮކްރަސީ
20 February 2018
ފޮނިކަޑާ މީހުން ދާނީ ޗޮކުން
މީތެދު
20 February 2018
އަޅޭ ޤާސިމް އަންނި ޖަމީލު ރިޔާޒް ބްރޯ އިމްރާން މެން ބޭނުމީ ރައީސް ކަމޭ. އެހެންވިމާ އަދި އަޑިން އަޑިން ރައީސް ކަމަށް ހިތުލައިގެން އުޅޭ ޝާހިދު އާއި ކޯލިޝަނުން ނެރެން އުޅޭ ބޭރުގައި އުޅޭ މީހާއާއި މިހެންގިސް ބޮޑަ ލިސްޓެއް އެބައޮތް. އަދި މިމީހުން ވެރިކަމަށް ގެންނަން ޚަރަދުކުރާ ބޭރުގެ މީހުންނާއި ޖަމާއަތްތަކާއި ޖީ އެމް އަރ އިން ބޭުނުންވަނީ އެބައިމީހުންނަށް ބޮޑަ ޕަސެންޓް ލިބޭގޮތަށް ބައިއަޅަން . މީ ޖެހިގެން އުޅޭ މައްސަލަ. ވާނިވާވެސް ނޭނގޭ. އަދި ކޮބާ އުމަރާ ނާޒިމާ ފާރިސް
ޢަބްދުﷲނާފިޒު
20 February 2018
އަޅޭ ދެން ޔާމީނު އެއްގޮތަކަށްވެސް ވެރިކަމާހެދި ނޫޅޭތާ، އެއްގޮތަކަށްވެސް ވެރިކަން ބޭނުން ނުވާ މީހެއްގެ ގޮތުގަ މިފާހަގަ ކުރެވެނީ ޔާމީނު އެކަނި، ކޯޑިނޭޓަރުގެ ލަދު ކޮބާ!؟
އަދީބު
20 February 2018
އިދިކޮޅޭ ކިޔައިގެން ވާހަކަ އޮޅުވާ ނުލާށެވެ. ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރާށެވެ.
ޕޮކަންޑިމޭން
20 February 2018
ސްޕްރީމް ކޯޓްގެ އަމަލުކުރަންޖެހޭ މިވަގުތު ވުޖޫދުވެ އޮތް އަމުރު ކިޔާފަ ކޮމެންޓް ކުރޭ. ފަހުމް ނުވަންޏާ އެހީ ހޯދާ
ޢަހަރެން
20 February 2018
މި ގައުމުގެ މަހާރޯނުއެދުރު. ނޭނގޭ ކަމެއް ނެތް. އެނގޭ ކަމެއް ނެތް
މަހިނޫރު
20 February 2018
އެހެންވެދޯ ގާސިމް ދަރިފުޅާކުޅެންފެށީ ލަދުކޮބާ
ޒިންދަގީ
20 February 2018
ޕޕމގެ ރިއާސީ ކެންޑިޑޭޓެއްވެސް އަދިނެތޭ.. ޕޕމ ވަގުތީގޮތުން ކޯޓުން މުސްތަޝާރާ ހަވާލުކޮށްގެން އުޅެނީ.. އަދުރޭމެން ޕީއޭ އިން ކެންޑިޑޭޓެއް ނެރެވޭތޯބަލާބަލަ.. ޕޕމގެ ރައިސް ދާދިއަވަހަށް ޕޕމގެ ކެންޑިޑޭޓެއްގެ ކަންތައް ހަމަޖައްސަދޭނެ.. އަދީބުގެ ވެދުން..