ޚަބަރު / ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން

މުޒާހަރާތަކުގައި ފުލުހުން އަމަލުކުރާ ގޮތް އެންއައިސީން މޮނިޓާ ކުރަން ފަށައިފި

އެމްޑީޕީގެ ހަރުގެ ކައިރީގައި ރޭ ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިދިކޮޅު ފަރާތްތަކުން ފަހަކަށް އައިސް މާލޭގައި ބާއްވާ މުޒާހަރާތައް ރޫޅާލުމާއި މުޒާހަރާގެ ބައިވެރިންނާ މެދު ފުލުހުން އަމަލުކުރާ ގޮތް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފި އެވެ.

އެންއައިސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މުޒާހަރާތައް ބާއްވާ ތަންތަނަށް އެ ކޮމިޝަންގެ މުވައްޒަފުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގޮސް، މުޒާހަރާ ކުރާ މީހުންނާ މެދު ފުލުހުން ކަން ކުރާ ގޮތް ކައިރިން ބަލަމުން އަންނަ ކަމަށެވެ.

އަދި ފުލުހުންގެ އަމަލުތައް މޮނިޓާ ކުރުމަށް ފަހު، ރިޕޯޓް އެކުލަވާލައި، ކޮމިޝަންގެ މެމްބަރުންނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ރޭގެ އެއްވުމުގައި ބައިވެރިވި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އެކަމަކު ރިޕޯޓާ މެދު ގޮތެއް ނިންމާނީ ކޮމިޝަންގެ މެމްބަރުން ބެލުމަށް ފަހު،" އޮފިޝަލް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ އެއްވުންތައް މޮނީޓަ ކުރަން އެންއައިސީން މި ފެށީ، މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ އިތުރުން ބައެއް އާންމުންނަށް ފުލުހުންގެ ފަރާތުން އަނިޔާތައް ވެ އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

އެންއައިސީ އަކީ ފުލުހުންގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމާއި ކަރެކްޝަނަލް ސާވިސްއާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތައް ބަލަމުން އަންނަ މިނިވަން ކޮމިޝަނެކެވެ. ސަރުކާރުން އެންއައިސީ އުފެއްދީ، ފުލުހުންގެ މައްސަލަތައް ބެލުމަށް ކުރިން އޮތް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އުވާލުމަށް ފަހު އެވެ.

ހަތަރު މެމްބަރުން ތިއްބަވާ އެ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު އެ މުއައްސަސާއެއްގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިދާނެ އެވެ. ޖިނާއީ މައްސަލައެއް ނަމަ، ކޮމިޝަނުން ތަހުގީގު ކޮށް، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ފޮނުވުމުގެ ބާރު ކޮމިޝަނަށް ލިބެ އެވެ.

ޖަލުގެ ހުކުމްގައި ތިއްބެވި ނުވަ ބޭފުޅަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ކުރި އަމުރަށް ފަހު، ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި އެ ބޭފުޅުން

ދޫކޮށްލުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު މާލޭގައި ދަނީ އެއްވުންތައް ބާއްވަމުންނެވެ.

އެމްޑީޕީގެ ހަރުގެ ކައިރީގައި ރޭ އެއްވުން ކުރިއަށް ގެންދާތީ، އެސްއޯ ފުލުހުން އެ ސަރަހައްދުގައި ފޯރިމަރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަކު އެ އެއްވުމަށް ކޮންމެ ރެއަކު ވެސް ވަކި ހިސާބަކުން ފުލުހުން ދަނީ ހުރަސް އަޅައި ރޫޅާލަމުންނެވެ. މުޒާހަރާތައް ރޫޅާލުމުގެ ތެރޭގައި ބައެއް އާންމުންނަށާއި ނޫސްވެރިންނަށް ވެސް އަނިޔާވެފައިވެ އެވެ.

ޖަލު ހުކުމުގައި ތިއްބެވި ނުވަ ބޭފުޅަކު ދޫކުރުމަށް އަންގައި މި މަހުގެ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގެ އެ ބައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ބާކީ ތިން ފަނޑިޔާރުން ވަނީ ބާތިލް ކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނީ، ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ނެގި ކަމުގެ ތުހުމަތުގަ އެވެ. އެ ދެ ބޭފުޅުން ވެސް ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް ދަންމާލުމަށް މިދިޔަ އަންގާރަ ދުވަހު ނިންމައިފަ އެވެ.

12 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 6%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖެނެރަލް އަދުރޭ

26 February 2018

މި އެސް އޯ އަކީ ފުލުހުންގެ ތެރޭން ފުހެލަންޖެހޭބައެއް.

The name is already taken The name is available. Register?

ދޮންތުއްތު

25 February 2018

2007 ވަނަ އަހަރުތެރޭ ލަޠީފާ ކިޔާ އަންހެނަކު ބަނޑުގަ ކުލި ހާކައިގެން، ޖުމްހޫރީ މައިދާނުގަ ތިމަންނަ ގައިގަ މުގުރުން ޖަހާފައޭ ކިޔާފަ ފޮޓޯއެއް ނަގައިގެން އުޅުނު ހަނދާން ވަރަށް ބޮޑަށް އާވެއްޖެ.

The name is already taken The name is available. Register?

ަެއެމްސް

22 February 2018

ސްޕްރީމް ކޯޓުގެ ޙުކުމް ތަންފީޒް ކުރަންވީ ހިނދު އެ ހިނގާދިޔަ ކަންކަމުން އެން އައި ސީ އަށް ކުރެވޭނީ ވަކި ކޮން ކަމެއް ބާ؟

The name is already taken The name is available. Register?

ތިމަންނަ

22 February 2018

ވަޅެއް ނު ތެޅޭނެ ، ތެޅޭ ނީ ހަމަ ދާނި ...

The name is already taken The name is available. Register?

މުރާސިލް

22 February 2018

މުޒާހަރާތަކުގައި ފުލުހުން އަމލުކުރާ ހޮތް މޮނިޓަރ ކުރާށެވެ. އެހެން ޤައުމުތަކުގައި މުޒާހަރާކުރާ މީހުންނާއި ދެކޮޅަށް އެޤައުމުތަކުގެ ފުލުހުން އަމލުކުރާ ގޮތާއި އަޅ ކިޔާލާށެވެ. ދުނިޔޭގ އެހެން ޤައުމުތަކުގައި މުޒާހަރާ ކުރާ މީހުން ގަަށް ފުލުހުން ބަޑިޖަހާ މަރަމަުން ދާއިރުވެސް މައްސަލައަކަށް ނުވެފައި، ޜާއްޖޭގައި ފުލުހުން އަތުން މުޒާހަރާ ކުރާ މީހެއްގެ އަތުގައި ކޫރުމެއް އެޅުނަސް އެއީ މީހަކު މެރުމަށްވުރެެވެސް ބޮޑުކަމކށް ތި ހަދަނީ ކޮން ޑިމަކުރަސީއެއްގެ ދަށުން ހެއްޔެވެ.؟

The name is already taken The name is available. Register?

ބަޑިއެދުރު

22 February 2018

އާ ދެން މިހާރު ނުވެއޮތްކަމަކީ ރައްޔިތުން ގަޔަށް ބަޑިޖެހުން.

The name is already taken The name is available. Register?

އައްޑޫ ސިޓީ

22 February 2018

ސުޕްރީމް ކޯޓުތެރެއަށް ފުރާޅުމަތިން ފައިބައި އިސް ފަނޑިޔާރުންނާއި ކުޅެލި ޤައުމެއްގައި އެން.އައި.ސީ އަކަށް ކޮން މިނިވަންކަމެއް އޮންނާނީ؟؟؟ ލޮލް

The name is already taken The name is available. Register?

އަހުމަދު އިބްރާހިމް

22 February 2018

އަބަދުވެސް ފުލުހުން ކުށްވެރިވަނީ ކީއްވެބާ؟ ކޮމެންޓް ކުރާ އެއްވެސް ބޭފުޅަކު ފުލުހުންގެ ހަތިޔާރު ގެންގުޅުމުގެ ގަވާއިދާއި އަދި ފުލުހުންގެ ގާނޫނުތައް ބެއްލެވިންތޯ؟ ހަތިޔާރު ބޭނުންކުރެވޭނެ ހާލަތްތައް ބެއްލެވިންތޯ؟ ނޫސްވެރިއަކަސް އާއްމު ރައްޔިތަކަށް ވިޔަސް ހައްގުތަކާއި އެކު ޒިންމާ ތަކެއް ވޭ......

The name is already taken The name is available. Register?

ދެރަކަލޯ

22 February 2018

ފުރަތަމަ ކަމަކައް 7 ފެބުރުވަރީ މިވެރިން ހޭވި ހަޑި ބަލާ ފިޔަވަޅު އަލަންވީ

The name is already taken The name is available. Register?

Boava

22 February 2018

ތި ރިޕޯޓް ނެރޭއިރު ފުލުހުން ވާނީ ސާފް ހުދު ފޮތިކޮޅަކަށް ގޯސްވާނީ ރައިޔިތުން. އެންމެ ފަހުން ރިޕޯޓްގައި ފާހަނަގަކުރާނީ ރައިޔިތުން ދިވެހި ފުލުހުންނަށް ގޯނާކޮށް އަމުރަށް ނުކިޔަމަންތެރިވާކަން.

The name is already taken The name is available. Register?

އޮމްޝިއުޕޫރީ

22 February 2018

މޮނިޓަރ ކުރާ ވަރަކަށް ރައްޔަތުން ލެވޭނީ ޖަލަށް. މާތަކަލާކޯ ތިކަން ކުރާކަށް ބޭނުމެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454