13 ފެބުރުއަރީ 2018 - 18:33
އަންނަ ހުކުރު ދުވަހު މާލޭގައި ބާއްވަން ނިންމާފައި ވަނީ ބޮޑު މުޒާހަރާއެއް ނޫން ކަމަށާއި ނަމަވެސް ފަހުގެ ތާރީޚެއްގައި އެފަދަ މުޒާހަރާއެއް އޮންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
އެކި ރަށްރަށުން މީހުން އެއްވެ ގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ނަގާލަން އުޅޭ ކަމަށް ބުނެ، އެފަދަ ހަރަތާކްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، ފުލުހުން ވަނީ ދީފަ އެވެ. އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ވަނީ އެއްވުމުގައި ބައިވެރިވުމަށް މީހުން މާލެ ނޭރުމަށް ގޮވާލައިފަ އެވެ.
ފުލުހުންނާ ބައްދަލުކުރުމަށް ފަހު، އިސްކަންދަރު ކޮށިން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ރަށްރަށުން ގިނަ ބަޔަކު މާލެ ގެނެސް އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަން އުޅޭ ކަމަށް ބުނެ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ވަރަށް އަވަހަށް ބޮޑު އެއްވުމެއް ބާއްވާނެ ކަން އިއުލާން ކުރާނެ ކަމަށް އަނަސް ވިދާޅުވި އެވެ.
"[އިދިކޮޅު ޕާޓީތަކުން ފަހުން ބާއްވާ ބޮޑު އެއްވުމަށް] އެއްވުމުގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ދީ، ރައްކާތެރިކަން ވެސް ފޯރުކޮށްދިނުމަށް އެދިފައިވާނީ،" އަނަސް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ސިޔާސީ އިދިކޮޅު ނުވަ ބޭފުޅަކު ދޫކޮށްލުމަށް އަންގައި ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރަށް ތާއީދު ކުރުމަށް، މިހާރު ވެސް އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު ބާއްވާ ގޮތަށް އަންނަ ހުކުރު ދުވަހު ވެސް އެ ހަރަކާތް އޮންނާނެ އެވެ. އެހެންވެ، އަންނަ ހުކުރު ދުވަހު ވެސް އޮންނާނީ މިހާރެކޭ އެއްގޮތަށް ބާއްވާ އެއްވުމެއް ކަމަށް އަނަސް ވިދާޅުވި އެވެ.
އޭނާ ވަނީ ޕީޕީއެމުން މާލޭގައި އެއްވުންތައް ބާއްވަމުން އަންނަ ގޮތަށް އިދިކޮޅު ފަރާތްތަކަށް ވެސް އެއްވުންތައް ބޭއްވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އެހެން ދުވަސްތަކެކޭ އެއްގޮތަށް މުޒާހަރާތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަން ހުރިހާ ރައްޔިތުންނަށް ވެސް ފޯރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށް ހިމާޔަތް ދެއްވާ ގޮތަށް އިދިކޮޅު ފަރާތްތަކަށް ވެސް ފުލުހުން ހިމާޔަތް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
އެއްވެ އުޅުމުގެ މިނިވަންކަން އޮތް ކަމަށް ފުލުހުން ބުނި ނަމަވެސް އިދިކޮޅު ފަރާތްތަކުން ބާއްވާ ގިނަ އެއްވުންތައް ރޫޅާލައި، މީހުން ފޮނުވާލާ ކަމަށް، އެ ފަރާތްތަކުން ބުނެ އެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމްގެ ހުރިހާ ޖަލްސާތަކެއް، މާލޭގެ ކޮންމެ ތަނެއްގައި ވެސް، އެއްވެސް ހުރަހެއް ނެތި ބޭއްވުމުގެ ފުރުސަތު ފުލުހުން ދޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ޝަކުވާ ވެސް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކަ
14 February 2018
ކަލޯމެން ރަކިވީ ދެއްތޯ؟
ވަސްމީރު
14 February 2018
މަ ހީހީ ހަލާކު! "ބޮޑު މުޒާހަރާ" އާޚިރުގަ "ކުޑަ މުޒާހަރާ" އަކަށް ވެފަ ނިމިގެން ދާނެތީ ކުރީ ބައިގަ ބޯޑު އަޅާލީ. ނޮޓް ބޭޑް!
ދޮންބީފާނު
14 February 2018
ހަހަހަހހަ ކެކެކެކެކެކެ އަޅެ މަ ދެރަވޭ. ބޮޑު މުޒާހަރާ ކުޑަ މުޒާހަރާއަށް ބަދަލުވީ!!! އަނެއްކާ ކިހިނެއްވީ ކަލޯމެނޭ. މަ ހިނި އަންނަނީއޭ.
މައިމޫނާ
14 February 2018
ހުމް... އިނގޭ ވިލާތު ސޮރުން ވާވައްދަން ފޮޓޯ ޝޫޓެއް ބޭނުންވާތީކަން... ވަރަށް ފޫހި ފޭކްވާތީ
މިސޮރު
14 February 2018
ދެންރައްޔިތުންބޭނުމެއްނުވާނެ މުޒާހަރާކުރަން އަންނާކަށް ރައްޔިތުންބޭނުމެއް ނުވޭމުޒާހަރާކުރާކަށް އެއަށްވުރެ މާމުހިންމުކަންތައްތައްކުރަން އެބަހުރި ރައްޔިތުންނަކީ ވަކިބަޔަކުބޭނުންވާކަންތައްތައް ހާސިލުކުރުމަށް ހުރި ވަސީލަތެއްނޫން. ކޮންމެ ރައްޔިތަކީވެސް އެރައްޔިތެއްގެ ޒިންމައެއްއޮތްކަމަށްދެކިގެން އެކަމަށް މިއަދުމަސައްކަތްކުރާމީހެއް.އަމިއްލައެދުމަށް މަސައްކަތްތިކުރާ މީހުން ނިކުމެ މުޒާހަރާކޮށްލާ އަހަރަމެން ނިކަމެތި ރައްޔިތުން ބޭނުމެއްނުވޭ ތިޔަމުޒާހަރާކުރަން ދާކަށް ވަރަށްސަލަމް .
ޢަސްލަމް
13 February 2018
ކާކުތަ މޮޔަވެގެން އުޅެނީ. ނުވާނެ އަންނާނެ މީހަކު. ދެންވެސް ނާންނާނެ.
މުރާސިލް
13 February 2018
ބަލަ ތިޔަ ހެދީ ކިހިނެތް ހެއްޔެވެ؟ އިންޑިޔާ ސިފައިން ގެންނަން ދުނިޔޭގެ ޤައުމުތަކަށް ދައްކަން މަންޒަރުތަކެއް ކުޅެލަން އުޅެފަ، ޗައިނާއިން އިންޑިޔާބިރުގަންނުވާލީމާ، އިންޑިޔާ މީހުންނާން ނާނަމެ ބުނީމާ މުޒާހަރާ ފަނިވީ ހެއްޔެވެ؟ ނޫނީ ނިކުންނާނެ ބަޔަކު ނެތީމާ ނުބާއްވަން ނިންމީ ހެއްޔެވެ؟
ބުރުމާ
13 February 2018
ހުކުރުދުވަހު އެއްވުމެއް ނޯންނާނެ! އެއީ ބޮނޑިބަތް ހިލުމެއް!
ޞަކަމޫނު
13 February 2018
ސަޕޯޓަރުންނަށް ތިޔަ ދެއްވި ރައްކާތެރި ކަމަށްޓަކައި ފަށްފަށުން ޝުކުރިއްޔާ!
ތުނިޔަ
13 February 2018
ފުލުހުން ކައިރިއަކު ނޫނޭ އެދެންވީކީ! ޢަދުރޭ ކައިރީ ބުނެބަލަ އިދިކޮޅު އެއްވުމަށް ފުރުސަތު ދޭށޭ، އަދުރޭ އޯކޭ ދެނިކޮށް ފުލުހުން އެއްބާރުލުންދޭނެ!