ހިތަދޫގައި ޕީޕީއެމުން މިއަދު ހަވީރު ބޭއްވި ރެލީގައި މެމްބަރު ފަލާހް ވާހަކަ ދައްކަވަނީ.
23 ފެބުރުއަރީ 2018 - 18:27
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށުމާއެކު ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމުން މަޖިލީހުގެ މެޖޯރިޓީ އަލުން ހޯދާނެ ކަމަށާއި އިދިކޮޅުގައި ތިއްބެވި ބައެއް މެމްބަރުން ވެސް މިހާރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.
"މަގޭ ގައުމާ، މަގޭ ދީނާ ނުކުޅެއްޗޭ" ގެ ނަމުގައި ޕީޕީއެމުން އައްޑޫ ހިތަދޫގައި މިހާރު ކުރިއަށް ގެންދާ ކެމްޕޭން ރެލީއެއްގައި އޭނާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އަލުން ހޯދާނީ އިދިކޮޅުން ގެންނަ ހަ މެމްބަރުންނާ އެކުގައި ކަމަށެވެ.
"ވަރަށް ރީތިކޮށް އެބަ ވިދާޅުވޭ އަޅުގަނޑުމެންނަނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖޭ. ނޫން. އަބަދު ވެސް އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރުން ވިދާޅުވާހެން އިދިކޮޅު ބޭފުޅުންނަށް މަޖިލީހުގެ މެޖޯރިޓީ އޮންނާނީ ޖަލްސާތައް ނޯންނަ އިރު،" އޭނާ ވިދާޅުވި އެވެ. "[އެކަމަކު] މަޖިލީހުގެ ދައުރު ފެއްޓުމާ އެކު މެޖޯރިޓީ އޮންނާނީ ޕީޕީއެމްގައޭ."
ޕީޕީއެމުން އައްޑޫގައި މިއަދު ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން. ފޮޓޯ/ ކިޔުންތެރިއެއް
ފަލާހް ވިދާޅުވީ "ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅުން ހަ މެމްބަރަކު ޕީޕީއެމަށް ދަމައި ގެންނާނެ" ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއުކުރުމުގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުން ދެމި ތިއްބެވީ އެ މަނިކުފާނަކީ ގާނޫނުތަކާއި ގަވައިދުތަކަށް ބޯލަނބާ ބޭފުޅަކަށްވާތީ އެވެ.
"އެއީ ހިކުމަތްތެރި، ހިތްވަރު ގަދަވެރިއަކަށްވާތީ އަޅުގަނޑުމެން އެ މަނިކުފާނާ އެކު ތިބެނީ. އަދި ތިބޭނީ ވެސް އެ މަނިކުފާންގެ ފަހަތްޕުޅުގައި،" ފަލާހް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާބެ
24 February 2018
ދޮންކަލޯ އަމިއްލަ ރަށުން އެންމެފަހުންވީގޮތް ހަދާ އެބަހުރިތަ؟
ކަކުނިބޯ
24 February 2018
އާޔަތަކާ މާނަ ދައްކާގެންތޯ ގެންނަނީ ނުވަތަ ރިޝަވަތުނުދީ ހަދިޔާދީގެންތޯ
ދިލްބަހާރު
24 February 2018
މިހިރީ ޑެސްޕޯވެގެން ގޮސް ދައްކާވާހަކަ.. ބަލަ ގޮނޑި ގެއްލެނީއޭ ފްލޯ ކޮރަސް ކުރަނީއޭ.. ކިޔަނީ..
ކިނާން
24 February 2018
ހައްގު އެނގުނީމަ ދެން އަންނާނެ ސަރުކާރުން އަބަދުވެސ މަސއްކައް ކުރާނީ ރއްޔިތުންގެ ލާބަޔާ މަންފާއަށް ސާބަހޭ ރައީސް
ބޮކި ބޮކި
24 February 2018
ކަލޭމެން ދާންވީނުން މަހަށް....
އަފޫ ލެވަޓަން
24 February 2018
އެމެންބަރުން ސަރުކާރާގުޅެނީ އިހްލާސްތެރިކަމާއެކުގަ....
ނީރާއަބޫބަކުރު
24 February 2018
ފަލާހ އެބުނީ މުޅިން ދޮގުވާހަކައެއް ނޫން.އެކަމަކު މެޖޯރިޓީ ހޯދުމުގެ އުފަލެއް ފަލާހަކަށް ނުލިބޭނެކަން ޔަޤީން. އޭރު ފަލާހު ހުންނާނީ އެމް ޑީ ޕީ ގަ. މީ ތޯތޯ ވާހަކައެއް ނޫން.
ހަނދުކޭތަ
24 February 2018
މިއީ ރިޝްވަތް ދިނުން ނޫންތޯ. ކޮބާ އެއްކަލަ ސިފައިން، މީނަގެ މައްސަލަ ބަލަން އެބަޖެހޭ
އަހުމަދުބެ
24 February 2018
މެމްބަރުން ގަންނަން ޓެކްސް ޕޭޔަރުންގެ ފައިސާ ހަރަދު ނުކުރުމަށް އެދެމެވެ.
ޚަލީފާ
24 February 2018
ކަލޭމެން މެޖޯރިޓީ ހޯދަނީ ކިހިނެއް؟ އިދިކޮޅަށް މީހަކު ގޮސްފިނަމަ އެއީ ރިޝްވަތު ހިފައިގެން ކަމަށްވެ، އެމީހެއްގެ މައްޗަށް ޙުކުމެއް އާދޭ!