ޕީޕީއެމުގެ ޒުވާނުން އިސް ނަގައިގެން ވެސްޓްޕާކް ކައިރީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީންގެ ދެކަނބަލުން ބައެއް ޒުވާނުންނާއެކު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
25 ފެބުރުއަރީ 2018 - 16:08
ވެރިކަން ކުރާ ޕީޕީއެމް އާއި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އޮފީހުން (މެޑަމް އޮފީސް) މަގުމައްޗަށް ނުކުމެ، ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ހަރަކާތްތައް ނުބާއްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުގެ އެއްވުންތަކަށް ޖާގަ ނުދީ، ޕީޕީއެމްގެ ހަރަކާތްތައް މާލޭގައި ބޭއްވުމުގެ ފުރުސަތު ފުލުހުން ދޭ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު އެމްޑީޕީ ހަރުގޭ ކައިރީގައި ބާއްވާ މުޒާހަރާތައް ފުލުހުން ނިކުމެ ރޫޅާލާ މައްސަލައިގައި ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާނު ވިދާޅުވީ ޕީޕީއެމާއި މެޑަމް އޮފީހުން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ހުއްދަ ނުނަގައި، ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި މަގުމަތީގައި ބާއްވާ ހަރަކާތްތަކެއް ނޫން ކަމަށެވެ. އެގޮތުން ރުމާލު 2 ޖަގަހައިގައި ބޭއްވި ކޮންމެ ބައްދަލުވުމެއް ކުރިއަށް ގެންދިޔައީ ހަމަ އާއި އުސޫލާއި އިންސާފުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމެއް ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ރުމާލު 2 ގައި ބޭއްވި ކޮންމެ ބައްދަލުވުމެއް އޮންނާނީ ހަމަ އާއި އުސޫލުން، އިންސާފުގެ ތެރެއިން ހަތަރު ފާރުން އެތެރޭގައި ބާއްވާފައި. މަގުމައްޗަކު ބާއްވާފައެއް ނޯންނާނެ،" ނިހާނު ވިދާޅުވި އެވެ.
ނިހާނު އެހެން ވިދާޅުވިއިރު، ޕީޕީއެމްގެ ޖަލްސާތައް މާލެ ހިޔާ ކައިރީގައި ހުުންނަ ރުމާލު 2 ޖަގަހައިގައި ބާއްވާ ކޮންމެ ރެއަކު ހެން، ކޮއިމަލާ ހިނގުމުގެ ބޮޑު ބައެއް ބަންދު ކުރެ އެވެ. އަދި ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައި ޖަލްސާތައް ބާއްވާ ދުވަސްތަކުގައި ބޮޑުތަކުރުފާނު މަގުގެ ބޮޑު ސަރަހައްދެއް އޮންނަނީ ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފަ އެވެ.
ޕީޕީއެމްގެ ޖަލްސާތައް ބާއްވާ ސަރަހައްދުތަކުގެ މަގުތައް ބަންދުކޮށްދީގެން ފުލުހުން އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ބަލަހައްޓައިދޭ އިރު، އެމްޑީޕީގެ ހަރުގެ ކައިރީގައި އިދިކޮޅު މީހުންގެ އެއްވުންތައް ބާއްވާ އިރު، އެ ސަރަހައްދުތައް ބަންދުކޮށްދީ ސަލާމަތީ ކަންތައް ބަލަހައްޓައިދީ ހަދާފައެއް ނުވެ އެވެ.
ސަރުކާރުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މާލޭގެ މަގުމަތީގައި މުޒާހަރާ ކުރުމަކީ މަނާ ކަމެކެވެ. އަދި މާލޭގައި ހަމައެކަނި އެއްވެވޭނީ ކާނިވާ ސަރަހައްދަށް އެކަންޏެވެ.
ކާނިވާ ސަރަހައްދުގަ އާއި މާލޭގެ ކޮންމެ ތަނެއްގައި ވެސް ޕީޕީއެމުން ބާއްވަން ބޭނުންވާ ހުރިހާ ހަރަކާތްތަކެއް ބޭއްވޭ އިރު، އިދިކޮޅު އެއްވެސް ޕާޓީއެއްގެ ޖަލްސާއެއް އަދި އެއްވުމެއް ބާއްވަން ވެސް ސަރުކާރުގެ ރަސްމީ އިދާރާތަކުން ހުއްދައެއް ނުދެ އެވެ. އަދި އެއްވެސް ބިމެއް ވެސް އިދިކޮޅު ފަރާތްތަކުގެ އެއްވުމަކަށް ދުލެއް ނުކުރެ އެވެ.
ނިހާނު ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ ފުރިހަމަ އަށް ހުޅުވާލައިފަ އެވެ. އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތިން އެ މީހަކު ބޭނުން ގޮތަކަށް، ހިތުގައި އޮންނަ ހިޔާލެއް ފާޅުކޮށްލަން ފުރުސަތު އޮތް ގައުމެއް ރާއްޖެ ނޫނީ ނޯންނާނެ ކަމަށް ނިހާނު ވިދާޅުވި އެވެ. އެކަމަކު، ދީނާ ހިލާފު ވާހަކައެއް ދައްކާނަމަ، އެކަމާ ދެކޮޅަށް ޕީޕީއެމްގެ ޓީމާއި މުޅި ގައުމު ނިކުންނާނެ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަކީ މަގުމައްޗަށް އެއްވެ، ރައްޔިތުންނަށް އުނދަގޫ ކުރުން ކަމަށެވެ. އަދި އެމްޑީޕީ ޖަގަހަ ތެރޭގައި ތިބެގެން އެމީހުން ދައްކަން ބޭނުން ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
ޕީޕީއެމުން ބުނީ ރޭގަނޑު 10:30 އިން ފެށިގެން އެ ޕާޓީގެ އެއްވެސް ހަރަކާތެއް ނޯންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުރިޔާ
26 February 2018
މިދައުރުނިމުނީމާ ތިޔައެއްވެސް އެނގިދާނެދޯ
ބޮހޮ ބޮހޯ
26 February 2018
ޕީޕީއެމުން ކުރާކަންތަށްތަ އެހެންޕާޓީ ތަކުންވެސް ކުރަންޖެހެނީ.
އާދެ
25 February 2018
ތިޔަ ބޭފުޅުން އެއްވެސް އެއްވުމެއް ނުބާއްވާނެ! ބާއްވާނީ ޖަލްސާ! އދިކޮޅުފަރާތްތައް އެއްވުން ބާއްވާނީ! ލަދު!!!
ކިޔުންތެރިއެއް7
25 February 2018
ތިޔައީ މަގުމައްޗަށް ނުކުންނަންޖެހޭ ބައެްނޫން ދަރުބާރުގެއާއި އެހެނިހެން ތަންތަން ލިބޭނެ
ބޭބެ
25 February 2018
ބަލަ ސަރުކާރު ބިންތައް ކޮރަޕްޝަނުން ހޯދާ ޕީޕީއެމް ގެ ބިންތަކަށް ބަދަލުކޮށް ، ތިޔަ ބުނާ ރުމާލު ޖަގަހައިގަ ބޭނުންކުރަނީ ބިލް ނާންނަ ކަރަންޓް ފެން. ޔާސްމިން ޖަގަހައިގައި ބޭނުންކުރަނީ ބިލް ނާންނަ ކަރަންޓް، ފެން. ނިހާނުމެން އަނގަ ތަޅަނީ ، އިދިކޮޅު މީހުންގެ ހަރުގެތައް ފުރިގެން މަގުތަކަށް ނިކުންނަ ވަރަށް މީހުން އޮންނަކަމަށް ގަބޫލު ކުރީދޯ!.... ނިކަން ހިލޭ ކަރަންޓް ، ހިލޭ ފެން ، ލިބޭ ބޮޑު ޖަގަހަ އަކާއި އެއްވެލާން ހުސްބިމެއް ހުއްދައާއި އެކު ފުލުހުންގެ ބިރުދެއްކުމެއް ނެތި އެއްވެލާން ފުރުސަތު ދީ ބަލަ . ނިހާންއަށް ފެންނާނެ ތާއީދު އޮތީ ކޮންފަލިއަކަށް ކަން.
ޢަލިދީދީއައްޑޫސިޓީ
25 February 2018
ދެން ހުރިހާ ބޭފުޅުން ދާނީ ރުމާލު 2 ގެ ބައްދަލުވުމަށް. އޭރުން ނިމުނީ ނޫންތޯ؟
ޏަރު
25 February 2018
ގޭގެ ގިފިލި ތެރޭގައިތަ ތި އެެއްވުން ބާއްވަނީ. އިދިކޮޅު މީހުން އެެއްވުން ބާއްވަން އެއްވެސް ތަނެއް ނުދެ. ދައުލަތުގެ ބިންތަކާއެއްޗެެހި ބިޑުކުރުމެއްނެތި ޕީޕީއެމްއަށް ދީގެން އުޅެނީ ކިން އުޞޫލަކުން. ޥާހަކަ ދައްކަންވެއްޖެނަމަ ވަރަށް ވާހަކަ ދެއްކިދާނެ.
ޖަމީލާ
25 February 2018
އަނެއް ދިވެހިރާއްޖޭގައި އޮތީ ޖަދަލު ކުރުމާއި ކުރިމަތި ލުން
ޙަސަން
25 February 2018
ވަރަށް ރަނގަޅު ވާހަކައެއް މިއީ 2012 ނަމަ މަގުމަތީގައި ކުރިމަތިލުމަކަށް ގެންދިޔައީސް
ޙަސަން މަނިކު
25 February 2018
މިހާރު ޕްރައިމެރިީގައި އުޅޭ ކުޑަކުއްޖާއަށްވެސް އިނގޭ މިވެރިކަން ހިނގަމުންދާގޮތް. ޢިތުރަށް ރައްޔިތުން ގުނބޯ ހައްދަން އުޅޭނެކަމެއް ނެތް.