ޚަބަރު / ފުލުހުންގެ އަނިޔާ

ޕެޕަ ސްޕްރޭ ޖެހުމުން ހާލު ދެރަވި އަބްދުﷲ ހޭއަރައިފި

ޕެޕާ ސްޕްރޭ ޖެހުމުން ހާލު ސީރިއަސްވި އަބްދުﷲ އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސްގައި

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކަމަށްވާ ކުނޫޒުގައި ހުއްޓާ މިދިޔަ ހުކުރު ވިލޭރޭ ޕެޕަ ސްޕްރޭ ޖެހުމުން ހާލު ދެރަވި އަބްދުﷲ ސަލީމްގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކުނޫޒްގައި ހުއްޓާ އަބްދުﷲ ސަލީމް 43، ގެ ގަޔަށް ޕެޕަ ސްޕްރޭ ޖެހުމުން އޭނާ އަށް ފިޓް ޖެހި ހާލު ސީރިއަސްވި އެވެ. ހާލު ރަނގަޅުވަމުން އައި ނަމަވެސް އޭނާ އަދިވެސް އޮތީ އައިޖީއެމްއެޗުގަ އެވެ.

އަބްދުﷲގެ ބޭބެ އަހުމަދު ސަލީމް ބުނީ ކޮއްކޮ ހޭއެރީ އިއްޔެ ކަމަށާއި ހާލު މިހާރު ރަނގަޅު ކަމަށެވެ.

"އިއްޔެ ލޯ ހުޅުވާލާ ވެސް ހެދި. ކުރިއަށް ވުރެ ރަނގަޅު މިހާރު. އެކަމަކު އަދިވެސް ނިންދަވާފައި ބާއްވަނީ،" އަހުމަދު ބުންޏެވެ.

އޭނާ ބުނީ އަބްދުﷲގެ ހާލަތާ މެދު އިތުރު ތަފްސީލެއް ލިބޭނީ މިއަދު ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ.

އަބްދުﷲ އަކީ މީގެ ކުރިން ވެސް ފިޓް ޖެހޭ މީހެކެވެ. އެކަމަކު އެ މައްސަލަ ކުރިމަތިނުވާތާ އެތައް އަހަރެއް ވެއްޖެ ކަމަށް އޭނާ ބުންޏެވެ.

އެސްއޯ ފުލުހުން ކުނޫޒަށް ވަދެގަނެ ޕެޕަ ސްޕްރޭ ޖެހި ގޮތާއި ބާރުގެ ބޭނުންކުރި ގޮތާ މެދު އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ޖޭޕީން ވަނީ އެ މައްސަލަ ބަލައިދޭން ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށައަޅާފަ އެވެ.

12 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 6%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުނިލް

26 February 2018

ދެން ކަލޭމެން ބޭނުނއހާ ސަކަރާތެއް ޖަހަންދެން ޕޮލިސް ބަލަހައްޓަެިގެން ގަެިގަ ފިރުމަ ފިރުމާފަ ތިބެންވީތަ؟ ޕޮލިސް ވަދެގަތް ގޮތާ ނުބައްދަލު ބާރުގެ ވާހަކަ. ބަލަ ގޭގަ އޮތީމަ ޕެޕަސްޕްރޭގެ އަސަރެއް ނުކުރާނެ ނުން.

The name is already taken The name is available. Register?

ސުނިލް

26 February 2018

އޭނަހުރީ މަގުމަތީގައެއްނޫން... އޭނަހުރީ އޮފީހެއްގެތެރޭގައި.. ނުލަފާ ކުލީ ފުލުހުންގެ ސިޔާސީ ޕަޕެޓުން މުއައްސަސާ ހަޑި ކުރީމަ އަދި އެވަރުންވެސް އެމީހުންނަށް ތައުރީފް ތިކުރަނީ މިކަހަލަ ރައްޔިތުންނޭ ގައުމު ހަލާކުކުރަނީ...

The name is already taken The name is available. Register?

ދަލޭކަ

26 February 2018

ފުލުން ސްޕްރޭ ކުރުމުން މިހާވަރުވިއިރު, މީނައާ ބެހޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ބުނިތަ?

The name is already taken The name is available. Register?

ޒަކީ

26 February 2018

މިރޭ ވާނެ މުޒާހަރާ އައް ނިކުންނަން..

The name is already taken The name is available. Register?

އިހޫ

26 February 2018

الحمدلله

The name is already taken The name is available. Register?

ޓޮމޭ

26 February 2018

ބަލިމީހެއްކަން ދަނެގެން ގޭގަ އޮތް ނަމަ ތިހެނެއް ނުވީހެން ނުން

The name is already taken The name is available. Register?

ހުޔާ

26 February 2018

ދާނެ ދާނެ! ވިސްނާކަށް ބޭނުމެއްނޫން ތިމާގެ ސިއްހަތާ ދޭތެރޭގައެއް. ބަލިމީހެއްކަން އެނގިހުރެ ދަނީ އެކަމުގެވެސް ފައިދާނަގަން. ކީކޭ ދެންބުނާނީ!!!!

The name is already taken The name is available. Register?

12311

26 February 2018

އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ޖައްބާރު ވެރިންގެ ކުރިމަތީ ބުނާ ޙައްގު ބަސް-

The name is already taken The name is available. Register?

55555

26 February 2018

އެކަމަކު އަދިވެސް ގައުމު ހެއެއް ނާރާ!

The name is already taken The name is available. Register?

ތުނިޔަ

26 February 2018

އަލްހަމްދުލިﷲ ޢަބްދުﷲއަށް އަވަސް ޝިފާޔަކަށް އެދެން!

The name is already taken The name is available. Register?

ރަދީފް

26 February 2018

الحَمْدُ ِلله . ބަލި ހާލުގަ ދުވަސްތައް ގުނަމުންދާ ހުރިހާ މުސްލިމުންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން

The name is already taken The name is available. Register?

ހަސަނު.

26 February 2018

ހަމްދުލިއްލާހި. އަނިޔާވެރި، ބޮޑުވެގެންވާ މުޞީބާތްތަކުން ސަލާމަތްވުމަށް މަސައްކަތް ކުރާ ކޮންމެ ބަޔަކަށްވެސް ވޭނާއި ކެކުޅުމާއި ކުރިމަތިލާން ޖެހޭކަމީ ހަމައެކަނި މިއަދު ދުނިޔެ ދެކޭ މަންޒަރެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454