ޕެނެލް ޑިސްކަޝަނެއްގައި ވަކީލު ހުސެއިން ޝަމީމް ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
01 މާޗް 2018 - 20:41
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހުސެއިން ޝަމީމް ވެސް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން މިއަދު އަންގައިފި އެވެ.
ޝަމީމަށް ފޮނުވި އަމުރުގައި ބުނީ އެ ކޯޓުގެ ބޭނުމަކަށް އަންނަ އާދިއްތަ ދުވަހު 1:30 އަށް ކޯޓަށް ހާޒިރުވުމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އޭނާ ވެސް ވަޑައިގަންނަވަން ޖެހެނީ އާދިއްތަ ދުވަހުގެ ހަމަ އެ ގަޑިއަށެވެ.
ޝަމީމް ވަކީލުކަން ކުރެއްވުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުއްދަތެއް ނެތް ގޮތަށް މަނާކޮށްފަ އެވެ. .
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ޝަމީމް ވަނީ، ފުލުހުން ތަހުގީގުކުރާ މައްސަލައެއްގައި ހޯދާފައިވާ ހެއްކާ ބެހޭ ގޮތުން، ނިއުސް ކޮންފަރެންސެއްގައި ދޮގު މައުލޫމާތު ދެއްވިކަމުގެ ތުހުމަތަށް ސުވާލުކޮށް ބަޔާން ވެސް ނަގައިފަ އެވެ. ފުލުހުން ކުރަނީ އޭނާއާ ބެހޭ ޖިނާއީ ތަހުގީގެއް ކަމަށް ފުލުހުން ބުނެ އެވެ.
ޝަމީމަކީ މީގެ ކުރިން، ދެ އަހަރު ވަންދެން ވަކީލުން ކަމުން ސަސްޕެންޑް ކޮށްފައިވާ ބޭފުޅެކެވެ. އޭނާގެ ސަސްޕެންޝަން އުވާލީ ޖެނުއަރީ 16 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީއެޗްޑީޑީ
02 March 2018
އުއްތަމަ ފަނޑިޔާރުކަން ނުލިބެން ތިބީ. ޥަކި ސަހަލުތަ؟
ޖެނެރަލް ޓިން ޓިން
01 March 2018
ސްޕްރީމް ކޯޓަށް ގޮންޖައްސަވައި ތަންތަނަށް އަރާތިބެ ބަޔަކު ވާހަކަ ދައްކާ ހަދަމުންދާއިރު ޖަލަށް ނުފޮނުވާ ތިބި 3 މީހުން އެކަމާއި މެދު ކިތާބީ ހެކި ނުނެރި ތިބެނީ ކީއްވެބާ؟
ސީލާ
01 March 2018
ތިނޫންކަމެއް މިހާރު އޮވޭތަ