ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާން ވާހަކަ ދައްކަވަނީ.
08 މާޗް 2018 - 20:10
މާލޭގެ ހަމަނުޖެހުން އިތުރު ކުރުމަށް ތަންތަނުގައި އަލިފާން ރޯ ކުރުމާއި ދައުލަތާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުމަށް ރާވަމުންދާ ކަމަށާއި މާލޭގެ އަމަން ނަގާލުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު މަގުމަތިން ބަދަލު ކުރުމަށް ބަޔަކު މީހުން އިސް ނަގައިގެން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވުމަށް ރާވަމުންދާ ކަމަށެވެ. އެކަން ކުރަން ރާވާފައި އޮތީ މިއަދާއި މާދަމާރޭ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
މީގެއިތުރުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަށް ހިތްވަރު ދިނުމާއި މާލޭގެ ހަމަނުޖެހުން އިތުރު ކުރުމަށް އެކިއެކި މީހުންނަށް ފައިސާ ދީގެން މާރާމާރީ ހިންގުމަށް މަސައްކަތް ކުރުމާއި މާލޭގެ އަމަން ނަގާލައި ބިރުވެރިކަން އުފެއްދުމަށް އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.
1- ހަސަން އަހުމަދު (ހަސަންޓޭ) (އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު)
2- އިލްޔާސް ލަބީބު (ހުޅުމީދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު)
3- އަހުމަދު ޝާހިދު (ސާބެ) (އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު)
4- ހުސެއިން އިލްހާމް (އެމްޑީޕީގެ އިސް އެކްޓިވިސްޓެއް)
ޝިފާން ވިދާޅުވީ ގާނޫނުތަކާއި ހިލާފަށް އެއްވުންތައް ނުބޭއްވުމަށާއި މާލޭގެ އަމަން ނަގާލެވޭ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ. ހަތަރު މީހަކު، މި މައްސަލައިގައި ހައްޔަރު ކުރި ނަމަވެސް، މިކަންކަމުގައި ޝާމިލްވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަކީ ސުލްހަވެރި އަމާން ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ފަސް ނުޖެހި ކުރަމުން ދާނެ. ފުލުހުން މި ގައުމުގެ ގާނޫނުއަސާސީ ނަގަހައްޓައި ގާނޫނުއަސާސީގެ ތެރެއިން ހުރިހާ ރައްޔިތުންގެ ދިރިއުޅުމާއި އެހެނިހެން ކަންކަން ދެމެހެއްޓުމަށް ފުލުހުންގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ވާޖިބުތަކެއް ކުރިއަށް ގެންދާނަން،" ސުވާލު ކުރުމެއް ނެތި ބޭއްވި ނޫސްކޮންފަރެންސްގައި ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ މިދިޔަ މަހުގެ 1 ގެ ފަހުން ކުރި މުޒާހަރާތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެންނާއި ފުލުހުންނަށް އެކި ގޮތްގޮތުން ހަމަލާދީގެން 48 މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށެވެ. އެކަމަކު، އެ އެންމެން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާރިމާާ
10 March 2018
ތިޔައީ ކަލޭމެން ޕޮލިހުން ހަދައިގެން ދަައްކާ ވާހަކަ.
މަރިޔަމ
10 March 2018
ޕޮލިހުން ވާހަކަ ދައްކަނީ ދޮގަށް ކަމެއް ތެދަށް ކަމަށް އެނގޭ މީހުންނަށް ދޯ ބުނެވޭނީ ތެދޭވެސް ދޮގޯވެސް. ތިކަހަލަ މަގުމަތީ ޒުންބާ ހިންގާ މީހުނަކަށް ދައުލަތުގެ ވަޒިފާތަކުގަ ތިބޭ މީހުނަށް ލިބޭ މައުލޫމާތާ ނުލިބޭ މައުލޫމާތެއް ނޭނގޭނެ. ކާކުބާ ދޮގުހެދީ؟
ދަލޭކަ
10 March 2018
ﷲ ގަންދީ ހުވާކޮށްގެން ދޮގު ހެކިދިނުމަކީ, ކޮންފަދަ ނުބައިކަމެއް, ގިޔާމަތްދުވަހުން ސުވާލުވެވޭނެ ބޮޑުފާފައެއް, ބިރުނުގަންނަނީ ކީއްވެބާ?
ޢިލޮށި ފަތި!
10 March 2018
އެކަން ކުރަން ރާވަނީ ފުލުހުންތޯ؟
ފަސީ
10 March 2018
އާން!. އެހެންވީމަ އެއްވެސް އެންގުމަކާ ނުލާ ޚިދުމަތުގަ ތިބި ފުލުހުންނާއި ސިފައިން ބަންދުކުރަމުން އެގެންދަނީ. ކިހާ ރަނގަޅު.. އިލްހާމުވަނީ ކަންނޭގޭ ހުޅުޖަަހަންއުޅޭކަން. އެކަމަކު މީހުން މަރާ، ކޮށާ ކުދިކޮށް ނިންމާފަ ދާއިރުވެސް އިލްހާމެއްނުވޭ. އޭގެފަހުންވެސް އެކަމެއްކުރިމީހަކުވެސް ނުފެނޭ.
ސަރާ
10 March 2018
ތެދެއް ތިބުނީ. ޕޮލިހުން ރާވަނީ.
ޢަބްދުﷲނާފިޒު
09 March 2018
ޝިފާނޫ، ކޮބާ އެއްޔެއާ ރެއާ މާލޭގެ އެކިތަންތާ ހުޅުޖަހަން ރޭވި ހުރިހާ މީހުން މިހާރު އަތުލައިގަނެވުނީމަ ދެއްތޮ އެބަޔަކަށް ހުޅުނުޖެހުނީ، ކިހާ މީހުނެއް އަތުލައުގަނެވުނުތަ، ހުރިހާ ނޫސްވެރިން އެއްކޮށްފަ އަތުލައިގަނެވުނު މީހުންގެ ތަފްސީލު ދޭންވީނު، އަދި އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކުރަން ފޮނުވަންވެސް ގޮވާލަން، މަހިތަށް އަރާ.............................
ސަކީ
09 March 2018
މާލޭގައި ތިބި ފެންފޯއްރުއްތައް ކަނޑާލަންވެސް ރޭވި.
ހފހފހފހފ
09 March 2018
ފެންފޯއްރުއްދޯ މިއުޅެނީ ނުހެއްދިގެން. މިގައުމު މިއުޅެނީ، އިސްލާމްދީނުގެ މަތީ މިތާ ފައްޅި ނާޅައާއި، ބޭރުގެ ބާރު ފޯރުވާ ވެރިކަންތައް ނުހިނގާނެ ސަރުކާރެއް ނުބޭއްވިގެން. މިގައުމުގަ މިއަހަރު އޮންނަ އިންތިހާބަށް ކެތް ނުވެގެން ތެޅިފޮޅި މިމަރުވަނީ، ކޮންކަމަކާކަން ނޭނގިގެން ދިވެހިންގެ ގިނަ މީހުން މިތިބީ.
އީމަން
09 March 2018
ތަންތަނުގާ ހުޅުޖެހުމަކީ، ކަލޭމެން ރާވާ އެހެން މީހުންގެ ބޮލުގައި އަލުވަމުންދާކަމެއް، އަހުމަދް ޝިފާން، އެހެން މީހުން ގުބޯ ހަށްދަން އުޅޭނެކަމެއްނެތް.
މަރީ
09 March 2018
އަސްލު މަންޒަރު އޮތީ 8 ފެބްރުއަރީ 2012 ގަ ދިވެހިންނަށް ދައްކާފަ. އިދިކޮޅުގަ ތިބީ އަލިފާން ކުޅިވަރު ކުޅިވަރު ކުޅޭ މީހުން. 2008 ގަ ދިފާއީ ބާރާ ދެކޮޅަށް އަލިފާން ބޯޅައުކި، ވެރިކަން ވެއްތުމުން، 8 ފެބްރުއަރީގަ އަލިފާންޖެހި. އަދި އަހަރެމެން ހަނދާން ނެތޭހާ ދުވަހެއް ނުވޭ.
އީމަން
09 March 2018
ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު މަގުމަތިން ބަދަލު ކުރުމަށް ބަޔަކު މީހުން އިސް ނަގައިގެން، އުލެމުންދާ ވާހަކައީ ހުސް ދޮގު،
ޢަބްދުﷲނާފިޒު
09 March 2018
މަރީ، 7 ފެބްރުއަރީގަ ޓީވީ މޯލްޑިވްސް ކާރީގަ ހުރި ސިޔާސީ ޕާޓީއެއްގެ ޖަގަހައަށް ވަދެ އެތާހުރި ތަކެތި ހަލާކުކޮށް އެތާ ހުޅުޖެހީ ކޮންބައެއްތޯ ބަލާލާފަ ތިކޮމެންޓްކުރިނަމަ ވަރަށް ފުރިހަމަކޮށް ލިއެވުނީސް، ދައުލަތުގެ ދިފާޢީ ޚިދުމަތްތަކުން އެތާހުޅުޖެހި މަންޒަރު ލޮލުން ދުށީމު، އެމަންޒަރުތައް ވަނީ ރިކޯޑު ކުރެވިފަ.
ދެޓްވޭ
09 March 2018
ތިކަންވެ ނިމުނުފަހުން 5 އަހަރުވެއްޖެ
މަރީ
10 March 2018
ނާާފިޒޫ 6 ފެބްރުއަރީ ދުވަހުގެ ރޭ ޓީ.ވީ މޯލްޑިވްސް ކައިރީ ހުރި ޖަހަގައިން ނުކުމެގެން ގޮސް، އާޓިފިޝަލް ބީޗްގަ ތިބި މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ވަދެ ޕޭމަންޓު ގަލުން އެތަށް ބައެއްގެ ބޯފަޅައިލާ، 8 ފެބްރުއަރީގައި، އައްޑޫ ސިޓީން އެކަނި ހުޅުޖަހައި، 18 މިލިއަން ރުފިޔާގެ ގެއްލުންދީ، ގދ.ތިނަދޫން 15 މިލިއަން ރުފިޔާގެ ގެއްލުން ރައްޔިތުންނަށް ދީ ރައްޔިތުންގެ މުދާ އަންދާ އަޅިއަށް ހަދާލީ ކޮންބައެއްތޯ، ބަލާލަން، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ގުޅާލަބަލަ. އަނެއްވާހަކަ. އެރޭ ޓީ.ވީ މޯލްޑިވްސް ކައިރީ ހުރިތަނެއް ނާނދާ. ހަވީރު އޮންލައިން ނޫހުގައާޢި. އެއިރު، ތިމަންޒަރުތައް ދެއްކި ޥީ.ޓީވީގެ މަތާރަން ފިލާމަތީ ހުުންނާނެ މިހަބަރުތައް. އެރޭ ވިލާ ޓީވީގަ ރޯކޮށްލި މީހުންގެ މައުލޫމާތު ބޭނުމިއްޔާ ބުނެލާ. މަރީއަކީ ކަންކަން އެނގިހުރެގެން ވާހަކަ ދައްކާމީހެއް.
ފާތުން
09 March 2018
ފުލުހުން ބުނާ އެއްޗެއް ޤަބޫލުކުރާ މަދު މޮޔައިންކޮޅެއް މިހާރު މިގައުމުގަ އުޅެނީ. އެކުދިން ތިބޭނީ ޔާމީން ވަށާ، އެކަކަށްވުރެއް އަނެކަކު މޮޅުވާން ވާދަކޮއްލަކޮއްލަ. އާންމު ރައްޔިތުންނަށް އެނގޭ ފުލުސްކުދިން ތިބީ ސިޔާސީވެ ހަމަ ބުއްދި ފިލާފަކަން.
މަރިޔަމް ނިދާ
09 March 2018
ފުލުހުން ނުކުމެ ގޭގަރޯވާ އަލިފާން ގަނޑު ނިންވާލާނެ ކަމާ ކަނޑުވާހިނދު ފުލުހުން ގޮސް ސަލާމަތް ކުރާނެކަން ގަބޫލު ކުރޭ. އެކަމަކު ތިމާ ސަޕޯޓް ކުރާ ޕާޓީއާ ނުވަތަ މީހުނާބެހޭގޮތުން ބުނާ އެއްޗެހި ގަބޫލު ނުކުރަން ތިތިބެނީ ފޫގަޅައިގެން. ތިއީ ނުލަފާކަމުގެ އިންތިހާ.
9877777
09 March 2018
ފުލުހުން ތިބޭނެ ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް. ފުލުހުން ހަމައެކަނި ބަލާނީ ގާނޫނަށް. އެއަށް ތަބާނުވުމުން، ނަޝީދު ބަޑިނެރެން ބަޑިގުދަން ހުޅުވަން ގޮވާ މީހާ ގަޔަށް ރެވުނު އިރުވެސް ދިވެހި ދިފާއީ ބާރުއެއަށް ތަބާނުވީ. ދިވެހިންގެ ގަޔަށް ބަޑިޖަހަން އަންގާ ހުރިހާ ޕޮލިހުން ހައްޔަރު ކުރަން އެންގުމުން އެކަން ނުކުރީ އެއީ ޤާނޫނުން ވެރިމީހާއަށް ލިބޭ ބާރަކަށް ނުވީމަ.
މިސްބާޙް
09 March 2018
ފުލުހުންނަކީ އަލިފުން ނުކުރާނެ އަނިޔާއެއްވެސް. މުޅި އިންޓަނެޓްގަ ވީޑިއޯ ފޮޓޯތައް ބަލާބަލަ. ލާރިއަށް ކޮމެންޓް ކުރިޔަސް ބޮޑުވަރު ތީ.
ސަފަރުކަތްދަ
09 March 2018
ފުލުހުން ހަމައެކަނި ބަލާނީގާނޫނަށޭ؟ ޖޯކްޖެހީ އުތަ؟ ފެބްރުއަރީ އެކެއްގަ ކުރީ ކޮންކަމެއް؟
ހުސައިންދީ
09 March 2018
ރައީސް ޔާމީންގެ ވެރިކަމަށް 4 މަސް ނުވަނީސް ގެންނަން އުޅުނު ބަޣާވާތް ހުއްޓުވައި، މިހާތަނަށް ގައުމުގެ އެތެރޭގެ ހަމަޖެހުން ހިފެހެއްޓީ ޕޮލިހުން. ދިވެހިންގެ ވިޔަފާރިތައް ސަލާމަތް ކަމާއެކު ހިނގަމުންދަނީ، އެތެރޭގެ ހަމަޖެހުން އޮތީމަ، ދިވެހިންގެ ދަރިން ކުޅިވަރު ކުޅުމާއި، ހަވީރު ގަޑީގަ ހިތްފަސޭހަކޮށްލައް ޕާކުތަކުތިބެވެނީ އެތެރޭގެ ހަމަޖެހުން ހިފަހައްޓާތީ، ދިވެހި މުސްކުޅި މާމައިންނާއި ކާފައިން ފަތިސްނަމާދަށް ގޮސް ސަލާމަތުން ގެއަށް އާދެވެނީ، ދވެހި ފުލުހުންގެ މަތިވެރި ޖިހާދުގެ ސަބަބުން. ދިވެހި ސިފައިންނަށް ނުބައި ބަސްތައްތައް ރައްދުކުރާ އެންމެހާ ޖާހިލުންގެ ނުބައިކަމުން މިގައުމާއި މިދީން ރައްްކާތެރިކޮށްދެއްވާށި. އާމީން
ބާލީސް
09 March 2018
ފުލުހުން ނެތްޒަމާނުގަވެސް ދިވެހިން ތިހުރިހާކަމެއް ކުރި.
ހހހހހހހހ
09 March 2018
ފުލުހުން ނެތް ޒަމާނެއް ނުދާނެ. ގައުމެއް އޮންނާނީ، ގައުމެއްގެ ސަލާމަތީ ބާރެއް އޮތުމުން. ނެތިއްޖެނަމަ އެނުވާނެ ގައުމަަކަށ. އެއީ ގަދަމީހާ ގަދަ ޒަމާން. ދިވެހިރާއްޖޭގެ ތާރީޙު ލިޔަން ީފެށި 1153 އިން ފެށިގެން ނެތް ދިވެހިންގެ ސަލާމަތީ ކަންތައް ބަލަހައްޓާނެ ބައެއް ނެތް ޒަމާނެއް ދެކެފައެވެ.
ޑާޑާޑާޑާޑާ
09 March 2018
ދިވެހި ފުލުހުން ރައްޔިތުންނަށް އަނިޔާކުރާތީ ރައްޔިތުން އައިސީޔޫގަ އެޑްމިޓް ކުރަން ޖެހެނީވެސް، ނޫސްވެރިންނަށް އަނިޔާކުރާތީރާއްޖޭން ބޭރުން ފަރުވާ ދޭން ޖެހެނީވެސް، މީހުންގެ އަތްބިންދާލަނީވެސް، އެވާހަކަވެސް ލިއެލިނަމަ ކަލޯ ތަންކޮޅެއް ފުރިހަމަވީހޭ.
ކުރާތި
09 March 2018
މާލޭގައި ހުޅުޖަހަން ވެގެން އިދިކޮޅު ސިޔާސީ ޕާރޓީ ތަކުން އުޅޭ އިރު އެކަން ކީއްވެގެންތޭ ކޮމިއުނިކޭޝަން އޮތޯރިޓީ އަށް ނުހުއްޓުވިގެން އުޅެނީ. މިހާރުވެސް ސްޕްރީމް ކޯޓުން ބާތިލް ކޮށްފައިވާ އަމުރެއް ތަންފީޒު ކުރަން އޭ ކިޔާ ----- އިން ޕީޕީއެމް މެމްބަރުންނަށާއި އެމްޑީޕީ މެމްބަރުންނަށް ކޮންމެ ދުވަހަކު އެސްއެމްއެސް ތައް ފޮނުވާ މީހުން ގެ މެދުގައި ސަރުކާރާއި ދެމެދު ނަފްރަތު އުފައްދަން އިދިކޮޅު ޕާރޓީ ތަކުން މަސައްކަތް ކުރަމުން ދާތީވެ އެކަން ކަން ޖެހޭނެއޭ ހުއްޓުވެން. މިކަން ކަން ކޮމިއުނިކޭޝަން އޮތޯރިޓީ އަށް ނުހުއްޓުވިގެން އުޅެނީ އެއީ އެމެން އުފުލަން ޖެހޭ ޒިންމާ އެމެން ނުއުފުލާތީއެވެ، ކަން މިހެން ހުރުމުން މިކަން ވެސް އެބަޖެހޭ ދެން ފުލުހުން މެދުވެރިކޮށް ކޮމިއުނިކޭޝަން އޮތޯރިޓީ އަށް އަންގާ އެފަދަ އެސްއެމްއެސް ޚިދްމަތް ތައް އެޕާރޓީ ތަކުން ކަނޑާލަން. އެއީ ވެސް ކުރަން ޖެހިފައިވާ ކަމެކޭ.
ފޯލިބޭ
09 March 2018
ފުލުހުން އެހެންބުނިތަ؟ އިދިކޮޅު މީހުންނޭ ހުޅުޖަހަން އުޅެނީ؟ މަށެއް އަޑެއްނާހަން. ދެން މެސެޖްފޮނުވުމަކީ ކަމުނުދާކަމެއްވެއްޖެއްޔާ ހިގާދޯ މޮބައިލް ޚިދުމަތް ކަނޑާލަން؟ ނޫނޭ! ހަމައެކަނި ޕިންކީސް ގްރޫޕަށް ދޭނީ. އެހެންހަދަމާ؟