އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ކ) އަދި ފަނޑިޔާރު އަލީ ހަމީދު. - ފޮޓޯ: މިހާރު
15 މާޗް 2018 - 10:22
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލުމަށް އެމެރިކާގެ ބާ އެސޯސިއޭޝަނުން ރައީސް އަބްދުﷲ ޔާމީނަށް އިއްޔެ ގޮވާލައިފި އެވެ.
އެމެރިކާގެބާ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މަގާމު އިއާދަކޮށް ދިނުމަށް ވެސް ގޮވާލައިފަ އެވެ.
ދެ ފަނޑިޔާރުން ހައްޔަރު ކުރުމުގެ ކުރިން، ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ވެސް ބާ އެސޯސިއޭޝަނުން ބުންޏެވެ. ބަޔާނުގައި ބުނި ގޮތުގައި އދ. ގެ އުސޫލާ އެއްގޮތަށް ފަނޑިޔާރުންނަށް ރައްކާތެރިކަމާއި ހިމާޔަތް ދޭން ޖެހޭނެ އެވެ.
"ގައުމުގެ އެންމެ އިސް ފަނޑިޔާރުން ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ ހަމަތަކުގެ ބޭރުން ހައްޔަރު ކުރުމުން ކަންބޮޑުވޭ،" ބާ އެސޯސިއޭޝަންގެ ބަޔާނުގައިވެ އެވެ.
މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ޖުޑީޝަރީ އަށް އޮންނަން ޖެހޭނެ ކަމާއި ފަނޑިޔާރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ މުހިންމުކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ކޯޓުތަކަށް އިހްތިރާމް ކުރުމަށް ރައީސް ޔާމީނަށް ވަނީ ގޮވާލައިފަ އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީ ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެވެ.
ސަރުކާރުން ބުނި ގޮތުގައި އެ އަމުރު ތަންފީޒު ކުރި ނަމަ، މުޅި ދައުލަތް ހުއްޓުމަކަށް އަންނާނެ އެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ގޮވަމުން ދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލްކޮށްފަ އެވެ.
ދެ ފަނޑިޔާރުންގެ މައްޗަށް، ރިޝްވަތާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކުރެ އެވެ. މީގެ އިތުރުން ހެކި ނައްތާލި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަން ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެ މައްސަލާގައި ދައުވާ ކުރުމާ މެދު ޕީޖީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިންނިބޭ
17 March 2018
އިއްޔެ މި މީހުްނނަށް ސަނާ ކީ މީހުން މިހާރު މި މީހުންނަށް ބަވަނީ . އިއްޔެ ބެވި މީހިން މިހާރު ސަނާ ކިޔަނީ
މަހުދީ
26 March 2018
ދުނިޔޭގެ އާދަ
އައިންތު
15 March 2018
ތިދެ މީހުންނަކީ އަސްލު މިގައުމުގެ ޝަރުއީ އަދި ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލި ދެމީހުން. ހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔައިރުވެސް އަތްޖަހަން ތިބީ. ހަގީގަތަކީ ތިދެމީހުންނަކީވެސް ތިމަގާމުގައި ތިބެން ޖެހޭ ބައެއް ނޫންކަން. އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރު ކަމާއި ހަވާލުވީ ނުހައްގުން ފާއިޒު ބޭރުކޮށްފައި،
ެއެފް އެމް
15 March 2018
ފުރިހަމަ ތަހުގީގަކަށް ފަހު ތުހުމަތުކުރެވޭ ރިޝްވަތުގެ ޢަމަލުތައް ހިންގާފައި ނުވާނަމަ ދޫކޮއްލަން ގޮވައި އިޚްލާސްތެރިކަން ދައްކާ އެމެރިކާގެ އުއްތަމަ ފަނޑިޔާރާއި މެދު ރިޝްވަތުގެ ތުހުމަތު ކުރެވި ތަހުގީގެއް ފަަށައިފިނަމަ އަމިއްލައަށް އިސްތިއުފާދޭ މަންޒަރު ފެނޭ
ވަޅޯމަސް
15 March 2018
ސުބްހާނަﷲ. އެއްކަލަ ޔަހޫދިން އަގަފެޅީޔޭ ގޮވަން މިޖެހުނީ
އީމަން
15 March 2018
ތިބަޔާނާ ވިށްދާފަ ސަރުކާރުން ނެރޭ ބަޔާނުގަ ބުނާނެ ބާ އެސޯސިއޭޝަނުން ނެރުނުބަޔާނުގާ އެވެސް އަސްލެއް ނެތޭ. ސަރުކާރުގެ އަމަލުކުރާ ގޮތަކުން މިގައުމުގެ އާމުން އަބަދު ލަދުން ބޯފަޅައިގޮސް މިހުނަންޖެހެނީ. ހޭއަރާކަށް އަދިވެސް ނުވޭ.
ހުޝާމް
15 March 2018
ގައުމުގެއްގެ އުއްތަމަ ފަނޑިޔާރު ސިޔާސީ ބޭނުމަށް އެގޮތަށް ރަހީނުކޮށް ހައްޔަރުކުރުމަކީ އެފްރިކާގެ އެންމެ ފަގީރު ގައުމުތައް ކީއްކުރަން ނޯތު ކޮރެޔާ ކަހަލަ ގައުމުތަކުގައި ވެސް ކުރާނެ ކަމެއް ނޫން މިހާރު.
އަހުމަދު ސަލީމް
15 March 2018
ދެން ކީއްތަވާނީ... މީ ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖެޔޭ... އަދުރޭމެން ބޭނުން ގޮތެއް ވާނީ.... ވަރަށް ސޮރީ... ތިކަމެއްނުވާނެ... ހަމަ ގޮވާލަ ގޮވާލާ ތިބެ... ދިވެހިން ބޭނުންވަނީ މިގޮތް... ބަދަލެއް ބޭނުމެއްނުވޭ... ބޭނުމީ ޓީވީއާއި އާ ފުލެޓް... އަދުލުވެރިކަމާއި މިނިވަންކަން ބޭނުމެއްނޫން... އަދުރޭމެން އެ ގެންދަނީ ރަނގަޅަށް.... ދިވެހި ގައުމުގެ ސިޔާދަތު ކުރިޔަށް... އިސްތިގުލާލް ޗައިނާ ކަނޑުގެ އަޑިޔަށް... ޣައްދާރު ސިފައިންނާއި ފުލުހުންނަށް ދިވެހި ގައުމުގެ ފަރާތުން ވަރަށް ސަލާމް...
ފާތުން
15 March 2018
ޔާމީން ބޭޒާރުމިވާވަރަށް ރާއްޖޭގެ އެއްވެސް ރައީސަކު ބޭޒާރެއްނުވޭ. އަދިވެސް މާ ގަޓްސްހުރި މީހެއްކަމަށް ހީވެގެން ހުރޭ.
ދީނާ
15 March 2018
އިޒުރޭލްގެ ޖަލުތހަކުގަ ތިބި ފަލަސްތީނު މީހުން ދޫކޮށްލަން އެމެރިކާއިން ދޭބަލަ.
ހަސަންމަނިކް
15 March 2018
ފޮޓޯގަ ތިބިހެން މިހާރު ތިބެވޭނެ ރަނގަޅަށް ހެވިފައި! ރީތިވެއްޖެއެއްނު!
ޔޭއެސްބާ
15 March 2018
ފަނޑިޔާރުންގެ ޤާނޫނަށް އިއްޔެ ގެނައި ޤާނޫނު އަސާސީ އާއި ޚިލާފު މާއްދާ އުވާލުމަށް ވެސް ގޮވާލަން..