ރޭގެ މުޒާހަރާގައި ހައްޔަރު ކުރި މީހުން
18 މާޗް 2018 - 16:08
އިދިކޮޅު ޕާޓީތަކުން، ސަރުކާރާ ދެކޮޅަށް ރޭ ބޭއްވި މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި އެންމެން މިއަދު ދޫކޮށްލައިފި އެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި ރޭގެ މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ތެރެއިން ރޭ ދޫކޮށްނުލައި ހިފެހެއްޓީ 15 މީހުންނެވެ. އެ މީހުން ބަންދުން މި ދޫކޮށްލީ 15 ވަރަކަށް ގަޑި އިރު ފަހުން، މިއަދު ހަވީރު 3:30 ހާއިރު އެވެ. ދޫކޮށްލި މީހުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
"ހުއްޓުވާ" ނަމުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާ އިން 141 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު ފުލުހުން ބުނި ގޮތުގައި އެ މީހުންގެ ތެރެއިން މި ވަގުތު ބަންދުގައި ތިބީ ފަސް މީހެކެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމަކީ، މޭ 1، 2015 ގައި މާލޭގައި އޮތް ބޮޑު މުޒާހަރާ އަށް ފަހު އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރުކުރި އެއްވުމެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެކި ރޭ މަތިން ފުލުހުން މީހުން ހައްޔަރު ކުރި ނަމަވެސް އޭގެ އަދަދެއް ސާފެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
19 March 2018
މަރުޙަބާ ހުރިހާ ކުދިން ކޮލައްވެސް. އާ ހިތްވަރަކާއި އެކު އަނެއްކާވެސް ތިޔަ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާ! އަދިވެސް އެއްފަހަރު މަރުޙަބާ!
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
19 March 2018
ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އިހްތިޖާޖުކުރުމުގެ ހައްޤަށް ހުރަސްއެޅުމުގައި “ސަރުކަަރުން އެދުނުކަމުގައި ވިޔަސް”ފުލުހުން ޤާނޫނީއިމުގެ ތެރެއިން ނޫނީ އެކަންކޮށްގެން ނުވާނެ. . . . މާލޭ ރައްވެހިންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުން ސަރުކާރުގެ އަމަލު ތަކާއި މެދު ހިތް ހަމަނުޖެހޭނަމަ “ހިޔާނާތުގެ ފަސާދަ ނުހުއްޓުވާތީ” ސަރުކާރަށް އެއަޑު އިއްވުމަށް އިހްތިޖާޖު ކުރެވޭފަދަ މާހައުލެއް ޤާއިމްކޮށް އިހުތިޖާޖު ކުރާމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ “ޑިމޮކްރެޓިކް ޤާނޫނު އަސާސީގެ ފޮނުމީރުކަމުން ރައްޔިތުން އުފާކޮށް ދިނުމަށްފަހު” ފުލުހުންނަކީ ދައުލަތާއި ރައްޔިތުންނަށް ހިދުމަތްކުރާން ތިބި ބައެއްކަން ސާބިތު ކޮށްދެއްވާ އިންސްޓިއުޓްގެ ޤަދަރު އުފުލުވަންވީ ވަގުތު މިއޮތީ ކުރިމަތިވެފަ. . . . އދ އާއި ޔޯރަޕް އިއްތިހާދުގެ “ދަތިކުރުމުގެ ފިޔަވަޅުތަކާއި ދިމާލަށް މިދައުލަތް ނުގެންދިއުމުގެ ވަރަށްބޮޑު ބާރެއް މިވަގުތު ތިބޭފުޅުންގެ އަތުގަ އެބައޮތް”ސާބިތު ކަމާއި އެކު ޤާނޫނު އަސާސީ އާއި ޤާނޫނު ތަންފީޒު ކުރޭ.
ބޭބެގެ އަހަންމަދު
18 March 2018
ފޮޓޯގެ ވާތްފަރާތުގައި ހުރި އަންހެންމީހާ ހައްޔަރުކުރި ސަބަބު ފުލުހުން އަޅެ ބުނެލަދީބަލަ
ތުނިޔަ
19 March 2018
ގައުމީ ސަލާމަތަށް ނުރައްކާ ވެގެނެއްނު! ޢުމުރުން ދުވަސްވީ ނަޢީމައްތަގެ ނުރައްކަލާ ހެދި ލޮލުފިޔަ ނުޖެހޭ ބަޔަކުދެން ކީތް ނުކުރާނީ!
ހަސަންފުތު
18 March 2018
ކިހިނެއްވީ އަނެއްކާ
ގުޑްގުޑް
18 March 2018
ރޭގެ މުޒާހަރާ އިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފިތޭ މިރޭ ވެސް އެއްވީ ހަމަ ހައްޔަރު ކުރީއޭ ނޯންނާނެއޭ އިތުރު އެއްވެސް ޗޮއިސް އެއްވެސް މިކަމުގައި އިނގޭތޭ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ހަބޭސް222
18 March 2018
ގޮޅިތައް ފުރުނީ ދޯ!
މުހަންމަދު އަޒުމީލް
18 March 2018
ގޮޅިތައް ފުރި ކާޑުގެ ބާވަތްތައްވެސް ހުސްވީ