ޚަބަރު / އަބްދުﷲ ލުތުފީ

ލުތުފީގެ މައްސަލާގައި އެއް ބަޔަކު އަނެއް ބަޔަކަށް ފޫޅުކަނޑަނީ!

އަބްދުﷲ ލުތުފީ: ކުށެއް ނެތް އެތައް ބަޔަކު މަރާލި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ހުކުމް ކޮށްފައި.

ކުށެއް ނެތް އެތައް ދިވެއްސެއްގެ ލޭ އޮހޮރުވާލި ނޮވެމްބަރު 3 ގެ ހަމަލާގެ މޭސްތިރި ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ދިޔަތާ ދެ މަހެއްހާ ދުވަސް ވީއިރު ވެސް އެކަން ސަރުކާރުން ސިއްރު ކުރި ސަބަބު ބުނާކަށް އެއްވެސް ފަރާތަކުން ބޭނުމެއް ނުވި އެވެ.

އޭގެ ބަދަލުގައި ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުން ފޫޅުކަނޑާލަނީ އެއް ބަޔަކު އަނެއް ބަޔަކަށެވެ.

ބާގީ ލުތުފީގެ ގޮތުގައި މުޅި ރާއްޖެއަށް މަޝްހޫރުވެފައިވާ އަދި ނޮވެމްބަރު ތިނެއްގެ ހަމަލާއާ ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިޔާ ފިލީ އެމްޑީޕީގެ ސަރުކާރުގައި، ޖެނުއަރީ، 16، 2010 ގައި ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވުމުންނެވެ. އޭނާ ހޯދަން އިންޓަޕޯލުން އޮތީ ރެޑް ނޯޓިސް ވެސް ނެރެފަ އެވެ. އެކަމަކު މިދިޔަ މަހުގެ 1 ގައި ލުތުފީ އަމިއްލައަށް ގޮސް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވުމުގެ ކުރިން އޭނާގެ އެއްވެސް ހަބަރެއް، ސަރުކާރުގެ އެއްވެސް ފަރާތަކަށް ލިބުނު ކަމަކަށް ނުވެ އެވެ.

ލުތުފީ އެންމެ ފަހުން ސަރުކާރުގެ ބެލުމުގެ ދަށަށް މިދިޔައީ އެޕްރީލް މަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޭރު މީހުން ބަލާފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑިޕޯޓްކުރަން، އެ ގައުމުން މަސައްކަތް ފެށުމުންނެވެ.

އެކަމަކު ދިވެހި އެމްބަސީއަށް ލުތުފީ ދިޔަކަން ރެއާ ހަމައަށް ސަރުކާރުން ބޭއްވީ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. އެމްބަސީ އާއި ފޮރިން މިނިސްޓްރީ އާއި ފުލުހުން ވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ.

ދިވެހި އެމްބަސީގައި ލުތުފީ ހުރި ކަން ފަޅާއަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އޭނާ އިއްޔެ ހެނދުނު ކުރެއްވި ޓުވީޓެއްގައި ތުހުމަތުކުރެއްވީ ސަރުކާރުން ލުތުފީ ފޮރުވައިގެން ގެންގުޅޭ ކަމަށެވެ.

އެ ތުމަތަށް، ރޭ 11 ޖެހި ފަހުން ފުލުހުން ޖަވާބު ދިނީ ކުރު ބަޔާނަކުންނެވެ.

އޭނާ ފިލި ތާރީޚްތަކާއި އެއީ ހޯދަމުން އައި މީހެއް ކަން ފާހަގަކޮށްފައި އޮތް ބަޔާނުގައި ބުނީ އަމިއްލަ އަށް ލުތުފީ ހަވާލުވުމުން އޭނާ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު ލަންކާގައި ލުތުފީ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ނެތެވެ.

ލުތުފީ އަމިއްލަ އަށް ހަވާލުވުމުން އެކަން އާއްމު ނުކުރީ ކީއްވެ ކަމެއް އަދި އޭނާ ރާއްޖެ ނުގެނެވި ލަސްވާ ސަބަބެއް ވެސް ސަރުކާރަކުން ނުބުނެ އެވެ.

ލަންކާގައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު އަސްލަމް ޝާކިރު އަށް "މިހާރު" އިން މިއަދު ގުޅުމުން ވިދާޅުވީ ލުތުފީއާ ގުޅޭ މައުލޫމާތު ދޭނީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ކަމަށެވެ. އޭނާ އެދިވަޑައިގަތީ ފޮރިން މިނިސްޓްރީން ޖަވާބު ހޯދުމަށެވެ.

އެކަމަކު އެ މިނިސްޓްރީގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ލުތުފީއާ ގުޅޭ ގޮތުން ވާހަކަ ދައްކާނީ އެ މިނިސްޓްރީން ނޫން ކަމަށެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލަ އަށް ފަހު އިންޑިއާގެ ސިފައިންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްގެން ގެންދަނީ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވި ގޮތުގައި ފުލުހުން ރޭ ނެރުނު ބަޔާނަށް ވުރެ އިތުރު މައުލޫމާތެއް އަދި ދެއްވޭކަށް ނެތެވެ.

ލުތުފީގެ މައްސަލާގައި ކަމާ ބެހޭ އިދާރާތަކުން ތަފްސީލު ނުދީ ހިފަހައްޓާ އިރު، ލަންކާގައި ވިސާ ނެތި ދިރިއުޅޭ ދިވެހިންގެ ތެރޭގައި ފިލައިގެން އުޅޭ ކުށްވެރިން ވެސް ހިމެނޭ ކަމަށް މީޑީއާތަކުގެ އިސް ވެރިންނާ އެކު މިދިޔަ މަހުގެ 22 ގައި ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ. ފުލުހުން ރޭ އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭރު ލުތުފީ ވަނީ އަމިއްލަ އަށް އެމްބަސީއާ ހަވާލުވެފަ އެވެ.

ކަމާ ބެހޭ އިދާރާތަކުން އޭގެ ތަފްސީލު ހާމަނުކުރުމުން، ލުތުފީގެ ކަންކަން ސިއްރުކުރި ސަބަބާ މެދު ސުވާލު އުފެދެ އެވެ.

ލުތުފީ އަށް އިތުރު ގޮތެއް ނެތް!

އޭރު ސްރީ ލަންކާއިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ އިސްކޮށް ހުރެ، ނޮވެމްބަރު، 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި އަށް ސިފައިން ހިމެނެ އެވެ.

އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވި ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރައްވައިފަ އެވެ. ރާއްޖޭގެ ގާނޫނު އޭރު އޮތް ގޮތުން އުމުރު ދުވަސް ކަމަށް ބަލަމުން އައީ 25 އަހަރެވެ. ލުތުފީ ނުފިލައި ހުރި ނަމަ އޭނާގެ ޖަލުގެ ހުކުމް 2014 ގައި ހަމަވީހެވެ.

ނޮވެމްބަރު 3 ގެ ހަމަލާގައި ލުތުފީއާ އެކު ޓެރަރިސްޓުން ގޮވައިގެން މާލެ އެރި މަޝްހޫރު އަނެއް ބާގީ ސަގަރު އަހުމަދު ނާސިރު ވަނީ 25 އަހަރު ހަމަކޮށް މިނިވަންވެފަ އެވެ.

ޓްރެވެލް ޑޮކިއުމެންޓެއްގައި ލުތުފީ ބޭސްފަރުވާ އަށް ފޮނުވާލުމުން އޭނާ ލަންކާގައި ދިރިއުޅެމުން އައީ، އެނގިފައިވާ ގޮތުގައި، ނަން އޮޅުވާލައިގެންނެވެ. ހޯމް މިނިސްޓްރީން 2016 ގައި އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން ލުތުފީ އުޅެމުން އައީ "ޒާން"ގެ ނަމުގަ އެވެ.

އެނގިފައިވާ ގޮތުގައި ލުތުފީ އަމިއްލަ އަށް އެމްބަސީއާ ހަވާލުވީ "އިތުރު ގޮތެއް ނެތުމުން"ނެވެ. މިދިޔަ އެޕްރީލް މަހު، ލަންކާގެ އެކި ތަންތަނުގައި ބޮން ގޮއްވައި ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކޮށް، ގެތަކަށް ސިފައިން ވަދެ ރެއިޑްކުރި އެވެ. ވިސާ ނެތި އެ ގައުމުގައި ދިރިއުޅެމުން އައި މީހުން ޑީޕޯޓްކޮށްލައި ޝައްކު ކުރެވޭ މީހުން ހައްޔަރު ވެސް ކުރި އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާގެ ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

ލުތުފީ އަށް ކުރިމަތިވީ، ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ ތެރެއަށް ވަދެގެންނެވެ.

ލުތުފީ ގެނައުން ލަސްވަނީ، އެނގިފައިވާ ގޮތުގައި، ބައެއް ލިޔެކިޔުންތައް ނުނިމިގެންނެވެ. ލަންކާގައި މިހާތަނަށް އޭނާ ދިރިއުޅުނީ ގަވާއިދާ ޚިލާފަށެވެ. އެއީ ވެސް ކުށެކެވެ.

ލަންކާ އިން ހިމާޔަތް ހޯދަން ލުތުފީ އުޅުނު!

ލަންކާގައ ދިން ހަމަލާއާ ގުޅިގެން އެ ގައުމުގައި ފިލައިގެން އުޅުމުގެ މަގުތައް ބަންދުވުމުން، މިދިޔަ އެޕްރީލް މަހުގެ 28 ގައި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ލުތުފީ ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގައި ބުނެފައި ވަނީ އޭނާ އަށް އިއްވި ހުކުމުގައި ބާކީ މުއްދަތެއް އޮންނާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އޭނާ އެދިފައި ވަނީ "އިންސާފު ހޯދައިދޭށެ"ވެ.

ހާލަތު ތަފްސީލްކޮށް ބަޔާން ކޮށްދެމުން ސިޓީގައި ލުތުފީ ބުނެފައި ވަނީ ޖަލުގައި ލިބުނު އަނިޔާ އަށް ބޭސްކުރަން 2010 ގައި އިންޑިއާގެ ކޮޗިން އަށް ފޮނުވުމުން ލަންކާ އަށް އެތެރެވީ މުއްދަތު ހަމަނުވާ ޓްރެވަލް ޑޮކިއުމެންޓެއްގައި ކަމަށެވެ. އެއާ އެކު ސްރީ ލަންކާ އިން ސިޔާސީ ހިމާޔަތް ހޯދަން މަސައްކަތް ކުރި ކަމަށް ބުނެފައިވެ އެވެ.

އެކަން ހަމަޖެހުމުން ދަނިކޮށް ހުރަސްއެޅީ، އޭނާ ތުހުމަތުކޮށްފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން އޭނާއާ މެދު "ދޮގު މައުލޫމާތުތައް ފެތުރުމުން"ނެވެ. އޭނާ އަކީ ގާނޫނާ ޚިލާފު ޕާސްޕޯޓެއްގައި ޖަލުން ފިލި މީހެއް ކަމަށް ބުނެ އަމުރު ނެރެފައިވާތީ ލުތުފީ ވަނީ ސިޓީގައި ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.

އޭނާ ބުނިގޮތުގައި އެސައިލަމް މައްސަލަ ބޭރުކުރީ ރީޖަނަލް ހެޑްކުއާޓާސްގެ ނުފޫޒު ބޭނުންކޮށްގެން ރާއްޖޭގެ ގާނޫނީ ޓީމުންނެވެ.

މި ޝަކުވާތައް އަޑު އަހައި އެޗްއާރުސީމުން އޭނާ އަށް ޖަވާބު ދީފައި އޮތީ، އެ މައްސަލަތައް ކުރިއަށް ގެންދަން ޖެހެނީ ޝަރުއީ މަރުހަލާގެ ތެރެއިން ކަމަށެވެ.

132 ކޮމެންޓް, 203 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 2%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިމަނާ

06 November 2019

އަމަލުގެ މީ ބައިވެރިއެއްބާ. ފުރަތަަމަ ފޮނުވާލީ. ދެން ގޮތެއްނެތުމުން ފޮރުވާފަ ބެހެއްޓީ. ދެން މިދިނީ ހިމާޔަތް. ހުސް، ޝައްކުކުރާނެ ކަންތައްތައް. ޝައްކެއްވެސްނޫން، ޔަގީންތާ.

The name is already taken The name is available. Register?

އަދީބު

29 June 2019

ލުތުފީ ލަންކާ ސިފައިން ޖަލަށް ލައިފި ނަމަ ވަރަށް އުފާވާނެ.

The name is already taken The name is available. Register?

މީ ސިއްރު ކުރި ސަބަބު

27 June 2019

އެއީ 2010 ގަ ލުތުފީ ފިލީއްސުރެ ނުވަ އަހަރު އަތުލައި ނުގަނެވިފަ ހުއްޓާ، މި ސަރުކާރު އައިތާ އަށެއްކަ މަސް ދުވަސް ތެރޭ ލުތުފީ އަތުލައިގެނެގެން ރާއްޖެ ގެނައިކަން ދެއްކުމަށްޓަކައި، ކުރީގެ ރައީސް މީހާގެ ސަނާމުގު ސިކުނޑިން ވިސްނައިގެން، ގަނެފަ އޮތް ގަނޑެއް ކަމަށް ފެންނަނީ! އެހެން މި ބުނީ އަނެއްހެން ނުވެއް ފޮރުވޭނެ ދޯ މިހާރަކު ދެން!

The name is already taken The name is available. Register?

ގައްލީޝާ

27 June 2019

މިއީ މިހާރު ބައިނަލް އަޤުވާމީ މައްސަލައަކަށް ނުވޭތޯ؟ އިންޓަރޕޯލް މެދުވެރިކޮށް ރެޑްނޯޓިސް ނެރެގެން ހޯދާ ނުފެނިގެން އުޅޭ ފިއުޖިޓިވެއް. ފެނުނުކަން އިންޓަރޕޯލަށް އަންގާފަ ނެތްނަމަ އިންޓަރޕޯލް ކުރިމަތީގަ އަޅުގަނޑުމެންގެ އަގެއް ނެތް. ކިހާބޮޑު ލަދެއް؟

The name is already taken The name is available. Register?

ރީތި މޫސަ

26 June 2019

ރީތިކުރަން މާގިނަ ވާހަކަ ދައްކާނެ ކަމެއްނެތް. ތީޤާތިލެއް. މާފެއް ނުދެވޭނެ ޖަލުގެއަނިޔާ އަދިވެސްކުޑަ. ހަދާން އެބަހުރިބާ ކިތަށް ދިވެހިން ބަޑިޖަހާ ވައްޓާލުމަށްފަހު މަރައް ތެޅެމުންދިޔައިރު ފެންފޮދެއް ވެސް ދިނަނުދީ މަރުވަންދެން ބަލަންތިބި ހަދާން؟ އަދި ހަދާން އެބަހުރިތޯ ދިވިހިންގެ ބޮލަށްބަޑި ޖެހުމަށްފަހު ކަނޑައް އެއްލާލިކަން؟ ދެން ކޮންވާހައެއް ދައްކާކަށް ބޭނުންވަނީ ދަމާބަދެފަ ރަޖަމްކުރަން

The name is already taken The name is available. Register?

ބޯގަންވިލާ

26 June 2019

ކީއްކުރަން ގެންނަނީ ރާއްޖޭ ގެ އަގުވައްޓާލަން ، ލުތުފީ މިއޮއްހާދުވަހު އުޅުނީ ލަމްކާ މީހަކައް ވެގެން

The name is already taken The name is available. Register?

ހުސެއިނީ

26 June 2019

މިސަރުކާރުގެ ގަދަ ކަމަކީ އެއްވެސް ކަމެއް ސިއްރު ނުކުރުން. ލަދެއް ނުގަނޭ ދޯ މަހުލޫފް.

The name is already taken The name is available. Register?

ކަޅިރަވަ

26 June 2019

މިކަމުގައި ޝާމިލުވާ މިސަރުކާރުގެ ފަރާތްތަކާއި މޑޕ ގެ ގިނަ ބޔަކު ހިމެނޭ. ލަންކާއިން ލުތުފީއާ މޑޕ ގެ އިސްފަރާތްތައް ބައްދަލުވެސް ވަނީ ކޮށްފައި. މިކަމުގައި ޝާމިކުވާ އެންމެހާ ފަރާތްތަކުގެ މައްސަލަ ބެލެންވާނެ. ސަރުކާރުގަ އަދި މަޖްލިސްގަ ގިނަ ބަޔަކު އެބަތިބި މިކަމުގައި އިހުމާލުވާ. މިހާރުގެ މަޖްލިސްގެ ރައީސްވެސް މިކަލޭގެއާ ބައްދަލުކުރި. މިކަމުގައި ފުލުހުންނާއި އެމްބަސީ އަދި ޕޮރިން މިނިސްޓްރީގެ އިހުމާލު ވަރަށްބޮޑު. ކޮބާ މަޖްލިސް 19.

The name is already taken The name is available. Register?

ކައުންސެލަރު

26 June 2019

ބަލަ މިވަރުގެ ޤާތިލަކު، މިވަރުގެ ބޮޑު ބާޣީއަކު ރައްކާވެގެން ދިޔައިމާ ކަލޭމެންނަށް ދިވެހިރައްޔިތުން ކުރާނެ އިތުބާރެއް ދައްކަބަލަ. ކަލޭމެންގެ ކަމަކީ ރުއްގަސް ކެނޑުމާ ތަންތާހުންނަ ދިދަބޭލުންތަ؟ ނުނީ ކޮންކަމެއްކަން ބުނެބަލަ. ކަލޭމެންނަކަށްނުވޭ، ބޭރާބެހޭ އޮފީހަކަށް ނުވޭ. ދެންވާނީ ކޮންބަޔަކަށް؟ އޭނ؟ ތިޔަތަންތަން އުވާލާފަ "ތަޅާނަގާ ބައްދާފަ" އުމަރެއްނު ބަހައްޓަންވީ ދެންވެސް. ކޮބާލަދު؟

The name is already taken The name is available. Register?

އަލިފުޅުގެ ބަސް

25 June 2019

ސަރުކާރުގެ ފަރާތުން ފެނުނު ޤަބޫލު ނުކުރެވޭނެ ޢަމަލެއް، މެޖޯރިޓީ ދަމަހައްޓަން މިއަށްވުރެ ޒިންމާ ދާރުވާން ޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!