އެމްޑީޕީ ގަލޮޅު ދެކުނު ދާއިރާގެ ރައީސް ހަސަން އިސްމާއިލް.
24 މާޗް 2018 - 18:05
ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އާންމުކުރި މައްސަލާގައި ހައްޔަރު ކުރި މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދޫކޮށްލީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ ރައީސް ހަސަން އިސްމާއިލެވެ.
ހަސަން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ހެކި ނެތް ކަމަށް ބުނެ، އެ ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް ފުލުހުންނަށް އަމުރުކޮށްފަ އެވެ. ހަސަން އިސްމާއިލްގެ ބަންދުގެ މުއްދަތު މީގެ ކުރިން އެއް ފަހަރު އެ ކޯޓުން އިތުރު ކުރި އެވެ.
ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އާންމުކުރި މައްސަލާގައި ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި އާމިރު ސަލީމް 10 ދުވަހު ބަންދުގައި ބަހައްޓަން މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.
އެ ދެ ނޫސްވެރިންގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ.
އިންޒާރު ދޭ ވީޑިއޯގެ މައްސަލާގައި ވިސާމާއި އާމިރު ހައްޔަރުކުރީ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމުގެ ތުހުމަތު ރާއްޖެ ޓީޥީގެ މައްޗަށް ކޮށްފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ރާއްޖެ ޓީވީން ބުނެފައިވަނީ ގާނޫނާ ޚިލާފް އެއްވެސް ކަމަކަށް އެ ސްޓޭޝަނުން ހިތްވަރު ނުދޭ ކަމަށާއި އެތަނުގެ ނޫސްވެރިން ހައްޔަރުކުރީ އެ ސްޓޭޝަން ބަންދު ކުރުމުގެ ނިޔަތުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނޑާ ބެ
16 October 2019
ބާސްކެޓް އެސޯސިއޭސަން ގެ ރައީސް ، ދެން ކިހިނެއް ދޯ އެސޯސިއޭސަން ހިންގާނީ
ޚޮކޮ
25 March 2018
މިހާރު ކޮބާ ވެއްޓުނީތަ....ވެރިކަން ލިބުނީދޯ
ދޮންބީފާނު
25 March 2018
އަހަރެން ހިތަށް އަރާ ތި ރާޓީވީ ބަންދު ނުކުރަނީ މި ސަރުކާރު ހާދ ފިނޑި ވީމައޭ. މަނަމަ މުސްލިމު މުޖުތަމަޢެއްގައި ހުންނަން އެކަށީގެންނުވާ ތި ޗެނަލް އުވާލިތާ ކިތަންމެ ދުވަހެއް. ވަރަށް ނުކެރޭ ސަރުކާރެއް މީ ދޯ ރީނދޫތަކުނޭ.
ރަންރީދޫ ޓުވިޓަރޭ
24 March 2018
ކޯޑިނޭޓަރޫ..އޮޅާލާ ދެން
ހެޔޮބަސް
24 March 2018
އިންސާފު ޤާއިމު ކުރައްވާށެވެ.އިންސާފުގެ ނަމުގައި މީހުން ޤަބޫލް ނުކުރާ ފެންވަރުގެ ހަޑި ނުހާވާށެވެ. ﷲ ތިބާ މެނަށް ހެޔޮ ގޮތްތަށް މެދުވެރި ކުރަްްވާށިއެވެ.
އުތުރަހަޅަ
24 March 2018
ސަރުކާރަށް ސަނާ ނުކިޔާ ކޮންމެ ސްޓޭޝަނަކީ ޓެރަރިސްޓުންކަމުގައި ބަލަނީ. ސަނާ ލިބޭނީ ،ޢަދުލުވެރިވެ، އިންސާފާއި، ހަމަހަމަ ކަމާއި، އޯގާތެރި ވެވިގެން. މާ ބޯހަރުވެގެން ލިބޭ އެއްޗެއްނޫން.
ޕަަަދޮރްް
24 March 2018
މީހަކަށް ކުށަކާއިނުލައި ހަމަޔަގީނުންވެސް ދެވޭ އަދަބެ
ދދދދދދދ
25 March 2018
އެހެންތަ!!! އޭނައެއް ނޫން ކަލޭ ދޯ އެކަން ކުރީ؟
897ކޮމެންޓުކުރުމުގެ ގައިޑްލައި
24 March 2018
900
ވާނުވާ+
24 March 2018
އެއްވެސް ހެއްކެއް ހުރެގެން ކުރާ ކަމެއް ނޫން. ދެން ހަމަ އިދިކޮޅުން ކޮންމެވެސް ބަޔަކު ހައްޔަރުކޮށްލަނީ.
މަރޭމިތުރާ
24 March 2018
މައުސޫމުން ހައްޔަރުކުރުމީ މިވެރިކަމުގެ އާދަޔަކަށް ވެއްޖެކަމެއް!!މައުލޫމާތާއި ހެކިނެތި މުސްލިމުން ރޮއްވާލުމަށް ކުރުވާކަމެއް!!
ދދދދދދދ
25 March 2018
މުސްލިމުން!!!؟؟؟؟ ރިއަލީ!؟؟ ޝުއަރ؟؟!!