ކޯޓަށް ވަޑައިގަތުމަށް މައުމޫން މިއަދު މާލޭގައި: ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
08 މެއި 2018 - 19:29
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވަނިކޮށް، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ އަޑުއެހުން މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި އޮތީ މައުމޫނާ ދެކޮޅަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހުންނެވީ ޖަލުގައި ބަންދުކޮށްފަ އެވެ.
މި މައްސަލައިގައި މިއަދު މެންދުރު ފަހު އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލް ކުރި އެވެ. އެކަމަކު، ފަހު ވަގުތު ވަނީ އެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.
މައުމޫން އާ ދެކޮޅަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި ވަނީ 2013 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ހުކުމްތައް ވަކި ގޮތަކަށް ނެރެން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދެއްވުމުގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި މައުމޫން ނުފޫޒު ފޯރުވި ކަމަށް ވެސް ދައުވާގައިވެ އެވެ.
މީގެ އިތުރުން އެ އަމުރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ބައެއް ފުލުހުންތަކެއް މަގުމައްޗަށް ނެރެ، ޑިއުޓީގައި ތިބި އެހެން ބައެއް ފުލުހުންނާ ކުރިމަތިލައި، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމަށް ވެސް އެ ދައުވާގައިވެ އެވެ.
މައުމޫންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅު ރަނގަޅުވަންދެން، އެމަނިކުފާނުގައި އަރިހުގައި ދޫނިދޫ ޖަލުގައި ހުންނެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ނުވަތަ އާއިލީ އެހީތެރިކަން ބޭނުންވާތީ ގެއަށް ބަދަލުކޮށް ދިނުމަށް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ފުލުހުންގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.
މައުމޫންގެ އާއިލާއިން ބުނިގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެމަނިކުފާނު އުޅުއްވަނީ އަނބުރައިގަންނަ އާލާސްކަންފުޅެއްގަ އެވެ. އެހެންވެ އެއްވެސް ހާލެއްގައި ގިނިކަންޏާ ނުހުންނެވުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަަޖިލީހުގެ ހަތަރު މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބެ
08 May 2018
މައުމޫނުގެ ސިއްހީ ހާލު ގޯސްވަނީ އަވަސް އަވަހަށް ކޯޓައް ގެނައުމަށް ކުރާ ދަތުރުތަކުގެ ސަބަބުން ކަމަށް ވެދާނެއެވެ.
ކުޗުކުޗު
08 May 2018
ދުނިޔޭގެެ އެކިގައުމުތަކުގެ ވ ގިނަވެރިންތަކެއް ޖަލައްލާދުވަސްކޮޅެއްމީ އެކިމީހުން އެކިކުށުގަ!!!!
ދޮން ބައްޕަ
08 May 2018
މީހާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުތަނަވަސް ވެފައި ވާހާލު އިތުރަށް ނިކަމެތި ކޮއްލައި ދަޢުވާ އުފުލައި ޝަރީޢަތް ހިންގުމަކީ ޤަބޫލު ކުރެވޭ ވަރަށްވުރެ ދަށުދަރަޖައިގެ ކަމެމެކެވެ. ފިނޑިންވެސް ކަންތައް ކުރާނީ މިފަދައިންނެވެ.
ދެރަ
08 May 2018
އީދަށްވުރެކުރިން ކަތިލާނެ. ދެންވެސްކިޔަންވީ އިންސާފޭތަ? ނޫނީ ކޯޓޭތަ? ޔާ ﷲ އަނިޔާވެރިން ނިކަމެތި ކުރައްވާންދޭވެ.
55555
08 May 2018
ރޯދަ ފެށުމުގެ ކުރިން ކަތިލަނީދޯ؟