ކޯޓަށް ހާޒިރު ކުރުމަށްޓަކައި މާލެ ގެނެސް މައުމޫން ފުލުހުންގެ ލޯންޗުން ފައިބައިވަޑައިގަންނަވާއިރު، އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އާއިލާގެ ބައެއް ބޭފުޅުން އެ މަންޒަރު ބައްލަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
10 މެއި 2018 - 13:11
ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކާފަބޭފުޅުންނަށް، އެ މަނިކުފާނާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.
ފުލުހުންގެ އެކްޓިން ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުއްވި ސިޓީގައި ބުނީ މިދިޔަ ފެބްރުއަރީ 5 ގައި މައުމޫން ހައްޔަރު ކުރި ފަހުން، ހުންނަވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. މައުމޫން، ދޫނިދު އަށް ގެންދެވި ފަހުން ފުލުހުންގެ އުސޫލު އޮންނަ ގޮތުން ދޫނިދޫގައި އޮންނަ އާއިލީ ބައްދަލުވުމަށް ކާފަބޭފުޅުން ގެންދިއުމުގެ ހުއްދަ ނޯންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސިޓީގައިވެ އެވެ.
ނަމަވެސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން މާފުށީ ޖަލުގެ ބަންދުގައި މައުމޫން ހުންނެވި ދުވަސްކޮޅު އެ މަނިކުފާނާ ބައްދަލުކުރުމަށް އާއިލާ އަށް ލިބޭ ބައްދަލުވުންތަކުގައި ކާފަބޭފުޅުންނަށް ވެސް އެ މަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި މައުމޫންގެ ހަތް ކާފަބޭފުޅުން ތިއްބަވަ އެވެ.
"ވުމާއެކު، އެ މަނިކުފާނުގެ (މައުމޫން) ކާފަބޭފުޅުންނަށް އެ މަނިކުފާނާ ބައްދަލުނުކުރެވި ވަނީ ގިނަ ދުވަސްވެފަ އެވެ. އަދި މި ވަގުތު އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކާފަބޭފުޅުން ވެސް އެ މަނިކުފާނާ ބައްދަލުކޮށް ހާލުކޮޅު ދެކިލަން ނުހަނު ބޭނުންވެ އެވެ،" ނަސްރީނާގެ ސިޓީގައިވެ އެވެ.
އެހެންވެ، ނަސްރީނާގެ ސިޓީގައި ވަނީ މައުމޫންގެ ކާފަބޭފުޅުންނަށް ވެސް ދޫނިދޫގައި އޮންނަ އާއިލީ ބައްދަލުވުންތަކަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފަ އެވެ.
މައުމޫންގެ އާއިލާ އިން ބުނެފައިވާ ގޮތުގައި "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" އަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މައުމޫނަށް އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. އެ ބަލީގެ ސަބަބުން ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ ދޭތެރެ ދޭތެރެއިން ނަސްރީނާ ދޫނިދޫ އަށް ވަޑައިގަންނަވަ އެވެ.
މައުމޫންގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުތަކުގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަކު އެއީ މައުމޫންގެ ސިއްހީ މައްސަލައާ ގުޅިގެން ކަމެއް ނޭނގެ އެވެ. މިއީ މައުމޫންގެ ޝަރީއަތް ކެންސަލް ކުރި ތިން ވަނަ ފަހަރެވެ.
މައުމޫން ހައްޔަރުކޮށްފައިވަނީ، ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥީރު
10 May 2018
ހާދަ މަހާތީރު ވެގެނޭ ދޯ މިއުޅެނީ. މަހާތީރު އާ އޭނާގެ އައުވާނުން ޖީލެއް ހަލާކު ކޮއްލިތަ
ފުވައްމުލަކުބަނދަރުން
10 May 2018
މަހާތީރަކީ ޑިކްޓޭޓަރެއްކަމަށް އަދި ކޮރަޕްޓް ބޭފުޅެއްކަމަށް ރައްޒާގު ގެ ސަޕޯޓަރުން ކިޔާ އެކަން މެލޭ ރައްޔިތުން ގަބޫލެއް ނުކުރޭ! ވައި ފެކްޝަންގެ މީހުންވެސް މައުމޫން ބޮލުގަ ޓެރެރިޒަމްގެ ތުހުމަތު އަޅުވައި ހުރަގެއަށް ލައި އެކަށީގެންވާ ބޭސްފަރުވާއަށް ހުރަސް އަޅައި ، ދައުލަތުގެ ޚަބަރުފަތުރާ ވަސީލަތްްތައް ބޭނުންކޮށްގެން އަބުރު ކަތިލަމުންދާއިރުވެސް ، ގިނަ ދިވެހިންގެ ހިތްތަކުގައި އެމަނިކުފާނަށް ދެވިފައިވަ ގަދަރަކަށް ބަދަލެއް ނާދޭ. އެއީ ދިވިހިންގެ ތަރައްގީގެ ބާނީ އަހަރެމެންގެ ހިތްތަކުގެ ރައީސް. ރައީސް މައުމޫނަށް އަވަސް ޝިފާއެއް މިންވަރުކުރައްވައި އަނިޔާވެރިންގެ ވަކިތަކުން މިންޖުކުރައްވާށި! އާމީން!
ގައުމީދޫ
10 May 2018
މިގައުމުގެ މަހާތީރު ވަގުތުން މިނިިވަންކުރުމަށް ގޮވާލަން!
ކަލޭފާނު
10 May 2018
މަހާތީރުވެސް މީހުންނަށް ރިޝްވަތުދީގެން ވެރިކަން ވައްޓާކައް ނޫޅެ. ނަތީޖާ ދެއްކީ ވޯޓުން. މައުމޫނަށް ވޯޓާހަމައަށްވެސް ކެތްނުކުރެވުމުގެ ނަތީޖާ.
ޕަކަޑިއަމައި
10 May 2018
މިހާރު ތިތިބީ ރަނގަޅަށް ރާކަނިމަސް ކެވިފަ ދިވެހިންވެސް މެލޭއިން އިބުރަތް ހާސިލްކޮށް ކޮރަޕްށަނާއި ދެކޮޅަށްވޯޓުލާނީ
އޯޕީ
10 May 2018
ކާފަ ބޭފުޅުންނާއި ބައްދަލުކުރުމުގެ ފުރުސަތު އެހެން ގައިދީންނަށް ވެސް އޮންނަ ނަމަ އެފުރުސަތު ދިނުން އެންމެ ރަނގަޅު... ނަމަވެސް 30 އަހަރު ވެރިކަން ކުރުމަކީ މައުމޫނަށް ވަކި ހާއްސަ ގޮތެއް އޮންނަންވީ ސަބަބެއް ނޫނެވެ.
ޝާއްނާ
10 May 2018
މިސާލަކަށް މައުމޫން ބަލިވެ އުޅުއްވަމުން ދޫނިދޫ ޖަލުގައި މަރުވެއްޖިއްޔާމުން އެބަދުނާމް އެޅޭނީ ކާކުގެ ބޮލުގައިތޯ ؟ ހަމަޔަގީނުންވެސް ރައްޔަތުން އިނގިލި ދިއްކުރާނީ ޔާމިން އާޢިދިމާލަށް ، އޭރުން ވެރިކަމުގެ ދަހިވެތިކަމުގައި ކޮއްކޮ ބޭބެމަރާލިކަމަށް ތާރީޙްލިއާމީހުން ލިއާނީ ، ވީމާ ޔާމިންވެސް އެބަޖެހޭ އިސްލާހްވާން ، މައްކާގެ ހަރަމްފުޅަށްގޮސް އެތަނުގެ ރަގަޅަށް ކަންކަން ފުރިހަމަ ކުރެވިފައި ހުރި އެކަކުވެސް އިންސާނިއްޔަތަށް އަނިޔާވެރިއެއްނުވާނެ ، އަނިޔާވެރިވާކަމުގައި ވަނީނަމަ އަލުން އަޅުކަން ބަރާބަރަށްކޮށް ހިއްސާފުކުރަންވީ ، މީކަމުގައި ރޫހާނީ ގޮތުން އޮތްގޮތަކީ ، ދެން ކުއަންޓަމް ސައިންސްއިން ބަލާނަމަ ޔާމިންގެ ނެގެޓީވް އިނާރޖީ އަނބުރާ އޭނާ ބަދެލާނެ ދުވަސް އަންނާނެ ، އެއީ ޔުނިވާރސަލް ގާނޫންތަށް ، އޭގެޒާތުގައި އެކަންކަން ހިނގާނެ ކަމީ ޝައްކެޢްއޮތްކަމެށްނޫން ،
ލާސާނީ101
10 May 2018
ބަލިކަމުން ޝަރީޢަތަށް ހާޒިރުކުރެވޭ ވަރު ނުވިޔަސް ދޫ ނުކުރާތި. ހަމަ ދޫކުރީ ވައްޓާލާނެ. މެލޭޝިޔާގަ ވީގޮތުން ރަނގަޅަށް ފިލާވަޅު ދަސްކުރޭ.
ސާދާ
10 May 2018
ހެޔޮނުވާނެ. މިއީ ކިހާ ބޮޑު ހިތްދަތިކަމެއް. މިކަމުގެ ބަދަލު ﷲ އިރާދަކުރެއްވިއްޔާ ވޯޓް ފޮށިން މިފަހަރު ދައްކާނަން. މިއީ މިގައުމު އެތައްދަތި އަދި ދުނިޔެވެސް ތަރައްގީގެ މަގުގައި ކުދި ފިޔަވަޅުތަކެއް އަޅަމުން އައި ޒަމާނެއްގައި ތައުލީމުގެ މުހިއްމުކަން ދިވެހިންނަށް އަންގައިދީ މީހުން ބިނާކުރުމުގައި ހިދުމަތްކުރެއްވި ވެރިޔަކަށް ދޭން ނުޖެހޭ ވަރުގެ އަދަބެއް. ﷲގަންދީ ބުނަން މައުމޫނުގެ ވެރިކަމުގައި އަޅުގަނޑުގެ އާއިލާގައި އެތައްބަޔަކު ޖަލަށްލި. ނަމވެސް މިކަން މިގޮތަށްވާން އަޅުގަނޑުމެން ނޭދެން