ޚަބަރު / އަބުރާ ބެހުން

ދައުވާކުރުމެއް ނެތި މީޑިއާތަކަށް ބޮޑެތި އަދަބު ދީ ޖޫރިމަނާ ކުރުމުގެ ބާރު ދެނީ!

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި މިދިޔަ އޭޕްރީލް މަހު ނޫސްވެރިން އިހުތިޖާޖު ކުރަނީ. އަބުރާ ބެހޭ ބިލުގެ ސަބަބުން ނޫސްވެރިކަން ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ -- ފޮޓޯ: އޭއެފްޕީ

ދައުވާ ކުރުމެއް ނެތި މީޑިއާތަކަށާއި ނޫސްވެރިންނަށް ބޮޑެތި އަދަބުތައް ދިނުމުގެ ބާރު ކަމާ ބެހޭ މުއައްސަސާތަކަށް ލިބިގެންދާ ގޮތަށް، އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި ހިމަނައިފި އެވެ. އޭގެ ސަބަބުން އެއްވެސް ތަހުގީގެއް ނުކޮށް، ބްރޯޑްކާސްޓިން ކޮމިޝަނަށް ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނޫސްތަކާއި، ޓީވީތަކާއި ރޭޑިއޯތަކަށް ހަރުކަށި ފިޔަވަޅު އަޅައި ނޫސްވެރިން ދެ މިލިއަނާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލުގައިވާ ގޮތުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން ކަމަށްވާ ނަމަ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާ އަށް އެކަމެއްގެ ޝަކުވާ ހުށަހެޅުމުން ނުވަތަ އެ މުއައްސަސާއެއްގެ އަމިއްލަ އިސް ނެގުމަށް އެކަން ބަލައި ގާނޫނާ ހިލާފު މީޑިއާއަށް އެކަން އަންގައި މީޑީއާތަކަށް ފިޔަވަޅު އެޅިދާނެ އެވެ.

ޮއޮންލައިން ނޫސް، ސީއެންއެމް ހުއްޓާލަން ޖެހުނު މައްސަލައިގައި އެމްއެމްސީ ކައިރިއަށް އެއްވި ބައެއް ނޫސްވެރިން އަތުގުޅާލަނީ: ނިމުމެއް ނެތް ކަމެއް -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

ބިލުގައި މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާ ކަމަށް ބުނެފައި އެވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އެވެ.

މިދިޔަ މާޗް މަހު ވިލިމާލެ ދާއިރާގެ މެމްބަރު ނިހާނު ހުށަހެޅުއްވި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި މީޑިއާއަކުން އަބުރާ ބެހެފިނަމަ، އެ މައްސަލައެއް ފުލުހުން ބަލައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ. އަދި ޕީޖީން އެ މައްސަލަ ކޯޓަށް ފޮނުވުމުން، މީޑިއާއެއް ނުވަތަ ނޫސްވެރިއެއް ޖޫރިމަނާ ކުރާނެ އަދަދަކާއި ޖަލަށްލެވޭނެ މުއްދަތެއް ކަނޑައަޅާނީ ކޯޓުންނެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން ހިޔާލުފާޅުކުރުމުގެ ހަމަތަކާ ހިލާފަށް މީޑިއާއަކުން އަމަލުކޮށްފިނަމަ، އެ މީޑިއާއަށް އިންޒާރުދީ، އެ ދިން އިންޒާރެއް އާންމު ކުރަން ޖެހޭނެ އެވެ. އަދި ގާނޫނާ ހިލާފަށް ޝާއިއުކުރާ ލިޔުމެއް ނުވަތަ މަންޒަރެއް އަނބުރާ ގެނެސް ބަޔާނެއް އާންމުކޮށް މައާފްކުރަން ޖެހޭނެ އެވެ.

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި މިދިޔަ އޭޕްރީލް މަހު ނޫސްވެރިން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހަމައެއާއެކު ތަކުރާރުކޮށް ގާނޫނާ ހިލާފުވާ މީޑިއާ، ވަކި މުއްދަތެއް ވަންދެން ސަސްޕެންޑްކުރުމަށް ނުވަތަ ޕްރޮގްރާމް ޝެޑިއުލް ވަކި މުއްދަތެއް ވަންދެން މެދުކަނޑާލަން އެ މުއައްސަސާއަކަށް އެންގިދާނެ އެވެ.

މީގެ އިތުރުން އަބުރާ ބެހެނުކަން ސާބިތުވާ މީޑިއާއެއް ބައިލައްކަ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ވެސް މުއައްސަސާއަށް ވަނީ ދީފަ އެވެ.

ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާއިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވަން ވާނެ އެވެ.

މި ބިލުގައި ޖޫރިމަނާއެއް ކޯޓެއްގައި އިސްތިއުނާފް ކުރުމުގެ ހައްގު ޖޫރިމަނާ ކުރާ މީހަކަށް ލިބިގެންވެ އެވެ. ނަމަވެސް މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނީ ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު އެވެ. އަދި އިސްތިއުނާފް ކުރާ މީހަކާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ، ޖޫރިމަނާއަށް ދެއްކި ފައިސާ ދައުލަތުގެ މުއައްސަސާއިން އަނބުރާ ރީފަންޑު ކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައި. - ފޮޓޯ: މަޖިލިސް

ޖަލްސާތަކާއި ފޯރަމްތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ ރިޕޯޓު ކުރުމުގައި މާނަ ނުގެއްލޭ ގޮތަށް ހަބަރު ރައްދުވާ ފަރާތްތަކުގެ ބަހެއް ހޯދުމަށްފަހު، ހަމަހަމަކަމާއެކު ރިޕޯޓު ކުރުމަކީ އަބުރާ ބެހުމުގެ ދައުވާގެ ދިފާއެކެވެ. ނަމަވެސް ހަބަރު ރައްދުވާ ފަރާތާ ނުގުޅުމުގެ ސަބަބުން އެ ފަރާތެއްގެ ބަހެއް ނުހޯދައި ޝާއިއުކުރުމަކީ މި ދިފާއުގައި ބޭނުން ކުރެވޭނެ ހާލަތެއް ނޫނެވެ.

މުއައްސަސާއެއްގައި ހިނގަމުންދާ ގާނޫނާ ހިލާފު ކަންކަން ރިޕޯޓު ކުރުމާއި މީހެއްގެ ފުރާނައަށް ނުރައްކާވާ ކަމެއް ހިންގިކަން ނުވަތަ ހިންގާފައިވާކަން ހާމަކުރުމާއި ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލެއް ހާމަކުރުމާއި ގާނޫނާ ހިލާފު ކަމެއް ފޮރުވަން ކުރާ މަސައްކަތެއް ހާމަކުރުމަކީ އަބުރާ ބެހުން ކަމަށް ނުބެލެވޭނެ އެވެ.

އަބުރާ ބެހުން ބިލްގައި މާނަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދައްކާ ވާހަކައެއް، ނުވަތަ ބުނާ ބަސްތަކެއް، ލިޔާ ލިޔުމެއް، ދައްކާ ކުރެހުމެއް، ތަސްވީރެއް، ކުރާ އިޝާރާތެއް، ކުރާ ހަރަކާތެއް ހިމެނެ އެވެ. މިއީ ނިހާން ކުރިން ހުށަހެޅުއްވި ބިލުން ވެސް އުނިކުރަން މީޑިއާ ކައުންސިލުން ވެސް އެދިފައިވާ ބައިތަކެކެވެ.

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. މި ގާނޫނަށް އަމަލު ކުރަން ފަށާތާ ތިން މަސް ތެރޭގައި އެ ގަވާއިދު އެކުލަވާލައި އެޓާނީ ޖެނެރަލް އާންމު ކުރަންވާނެ އެވެ.

11 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 4%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމައޯކޭ

25 July 2016

ޖޫރިމަނާ ކޮށްގެން ލިބޭ ފައިސާ ބޭނުން ކުރާގޮތް ވެސް އިނގެން ބޭނުން

The name is already taken The name is available. Register?

ކިނޑޭރު

25 July 2016

2013 ގައި.ކުނޫޒުގައި މީހުންގެ އަބުރާ ނުބޭހޭ މީހުންނަށް ސަލާން ބުނަން!

The name is already taken The name is available. Register?

ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ

24 July 2016

މިހާރުގެ ވެރިކަމުން (ޕީޕީއެމް Maldives Development Alliance އަދި މަހުޖަނު ޤާސިމް އިބްރާހިމް ގެ ޕާޓީ) އިން ކިތަންމެ ބޭނުން ވިޔަސް އަދިވެސް ދިވެހިންގެ ހިތްވަރު ދޫކޮށް ނުލާނެކަން ލިއުމުގައިވާ ފޯޓޯ ތަކުގައި ތިއްބެވި ޖެހިލުންކުޑަ ޒުވާނުން ފެނިފައި އެގިއްޖެ. .... ... ... ދައުލަތުގެ ބައެއް ބާރު ތަކުގެ އެހީތެރިކަމާއި އެކު ދައުލަތުގެ ހަޒާނާ އާއި ކުޅެ ''ހަޒާނާ ދޮވެލިޔަސް'' އަދި ނުޙައްޤު އެތަައް އެތައް ކަމެއް ރައްޔިތުންގެ މައްޗަށް ފާ ކުރި ކަމުގައި ވިޔަސް މިރާއްޖެ މިދައުލަތް މިވަތަން މިވެރިން ބޭނުން ގޮތަކަށް ހިންގަން ''ދެނެއް ދިވެހިން ދޫކޮށްނުލާނެ'' ކަން ފޮޓޯ ތަކުގައި ތިއްބެވި ޒުވާނުން ސާބިތުކޮށްދޭ. . . . ''ބޮޑުފަޅި'' އޭ ކިޔައިގެން ވެރިކަމަށް ވަޑައިގަތް ކަމުގައި ވިޔަސް ދައުލަތް ދައުލަތުގެ ބާރު ދައުލަތުގެ ހަޒާނާ ''ފަޅިފަޅިކޮށް'' ބައިއަޅައި ކައި ހުަސްކުރާތަން ބަލާކަށް އެކުދިންނެއް ނުތިބޭނެ. ...!! ރައްޔިތުން ނިކުތީމަ ''ބޮޑުފަޅި'' ކަމުގައި ވިޔަސް ޖެހޭނީ ހަމަ ބަޗަން. / މިނިވަންކަން ، އައްޑޫ ސިޓީ

The name is already taken The name is available. Register?

ރައްކާ

24 July 2016

ވެރިކަން ކުރުމުގެ ނިޔަތުގައި ރައްޔިތުންގެ އަނގާގައި ޓޭޕް އެޅުމުގެ ބޭނުމެއް ނެތް! ހުރިހާ ބާރުތަކެއް ޖަމާކޮށްގެންގެން ވެރިކަން ކުރަމުންދިޔަ ވެރިންގެ ނިމުން އައިގޮތް ފާއިތުވި 5 އަހަރު އަހުރެމެން ދެކެފީމު. ނަމަވެސް މީޑިޔާތަކުންވެސް އާންމު ރައްޔިތުންގެ އަބުރަށް އަރާ ކަމަށް ވަންޏާ އަދަބު ދެވިދާނެ. އެކަމަށް މާބޮޑު ޤާނޫނެއް ނެހެދިޔަސް ކުރެވިދާނެ އެހެން ގޮތްތައް އެބަހުރި

The name is already taken The name is available. Register?

އަހައްމާ

24 July 2016

ފޯރިއެއް އެބަހުއްޓެއްނުން މީހުންނާ ދިމާލަށް ހެއްދެވިނެހެއްދެވި ނުގޮވޭނެގޮތް ހަދަން ސަރުކާރުން ރަނގަޅު ގާނޫނެއް ފާސްކުރަން އުޅުމުން. ޔާ ﷲ ނުބައިކަންކަމުން އަޅަމެން ސަލާމަތް ކޮށްދެއްވާނދޭވެ.

The name is already taken The name is available. Register?

ހަސަނު

24 July 2016

ކަލޭމެންނަށް ނޯންނާނެ ރަނގަޅު އެއްގޮތްވެސް. އޭގެއިން އިނގެނީ ތިހެންވެސް ބަޔަކު އުޅޭނެކަން.

The name is already taken The name is available. Register?

މާލޭބެއްޔާ

24 July 2016

ޔާ ﷲ މިނުބައި މީހުންގެ ކިބައިން މި ގައުމު ސަލާމަތްކުރައްވާ އަދި މިގައުގެ ނޫސްވެރިންނަށް ކެއްތެރިކަން ދެއްވާ ހައްގުބަސް ބުނުކުގެ ތައުފީގުދެއްވާން ދޭވެ އާމީން

The name is already taken The name is available. Register?

ފުއްޕާ ހަން

24 July 2016

ދެން މިކަމުން މާލޭގެ ކުލި އަގު ހެޔޮ ވޭތަ

The name is already taken The name is available. Register?

އއއއއ

24 July 2016

އަންޑަގްރައުންޑް ނޫސްވެރިކަމަށް މަރުހަބާ... އިއްޒަތްތެރި މެންބަރުންނަށް ދަންނަވާލަން މިއީ 1950 އެއް ނޫންކަން.. ޓެކްނޮލޮޖީގެ ޒަމާނުގައި ތިޔަހެން ހަދާ ގާނޫނަކުން ލިޔުންތެރިކަމެއް ނުހުއްޓުވޭނެ.. ހޯޕް ޓު ސީ ދިވެހި އޮބްޒާވާ އެންޑް ސަންދާން އަގެއިން... ވަރަށް ވެދުން....

The name is already taken The name is available. Register?

ލެޕްޓޮޕް

24 July 2016

ދައުވާކުރުމެއް ނެތި މީޑިއާތަކަށް ބޮޑެތި އަދަބު ދީ ޖޫރިމަނާ ކުރުމުގެ ބާރު މީޑިއާ ތަކުގެ ބެލެނިވެރި ފަރާތަށް ދޭން ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ ކޯލިޝަން ހިމެނޭ ބިއުޓިފުލް ސަރުކާރުގެ ބިއުޓިފުލް ޕީޖީ ގްރޫޕް އިން އެކަން އެގޮތަށް އެކުލަވާލާ އެގޮތަށް އެކަން ކުރަން ނިންމުން، އިޓް ގިވްސް އަސް އަ ހެޕީ އެން ޖޯއިފުލް ގިވިންގް. މީ މިސަރުކާރުގެ ބިއުޓީ އަކީ. މި ސަރުކާރަކީ އެއީ ސަބްސްޓޭންޝަލީ ރެސްޕޮންސިވް ސަރުކާރެއް ކަން ބައިނަލް އަގްވާމީ މީޑިއާ ތަކުން ވެސް އެފާހަގަ ކުރަނީ އެެހެންވެ ނޫންތޯއެެވެ. މިހާރު ނޫސްތައް ލިޔާ ކުދިން ބޯރޑްގައި ލިޔެފައިވާ ލިޔުން ތައް ސަރުކާރަށް އަޑު އިިވި އަދި ޕީޕީއެމް ޕީޖީ ގްރޫޕް އަށް ވެސް އެބޯރޑް ގައި ލިޔެފައިވާ މެސެޖް އަންޑަރސްޓޭންޑް ވެއްޖެނޫންތޯ. ލަސްނުވެ އަވަހަށް ބޯމައްޗަށް ބޯރޑް ހިއްލައިގެން ތިބެ އަށެކާއި ޖެހި އަށެއް އަޅަމުން ފަރިގޮތަކަށް ހުރިހާ ކުދިން ވެސް ސަޅި ގޮތަކަށް ހިނގާލަމުން ،ޓްވީޓް ކުރަމުން، ލެޕް ޓޮޕް ނަގާ ވައިފައި އޮން ކޮށް ސާރވާއަށް ލޮގިންވެލާ އަވަހަށް އުފާވެރި ޚަބަރު ތައް ލިޔަމުން ގޮސް ޚަބަރުގެ އާޓިކަލްސް ތައް އަޕްލޯޑް ކޮށްލަންވީއެވެ. އަޕްލޯޑް ކުރުމާއި އެކު ހުރިހާ ސްޓާރފިޝް ތައް އެއާރޓިކަލް އަށް ކޮމެންޓް ކުރަން ފެށުމުން އޮއޮއޯއޯ ސާރވާ އޯވަރ ފްލޯ ވަނީ އެވެ. ރަންކޮޅާ މިވަގުތަށް ކޮމެންޓް ނުކޮށް މަޑުކޮށްލާ، މަޑުކޮށްލާ، މަބުނީ މަޑުކޮށްލާށޭ، މަބުނީ މަޑުކޮށްލާށޭ، ޔޭއް، އޭއް، އޭއް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454