ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫން، ރޯދަ މަހަށް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިއްޖެ

ފިރިކަލުން މައުމޫން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އަނބިކަނބަލުން ނަސްރީނާ ކްރިމިނަލް ކޯޓު ކައިރީގައި ޝުއޫރު ފާޅުކުރަނީ.---ފޮޓޯ: ފައިލް ފޮޓޯ/މިހާރު

17 މެއި 2018 - 01:06

20 comments

މި ރޯދަ މަހަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި އެދިވަޑައިގެންފި އެވެ.

އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރެ އިން ފެށިގެން ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުންނެވި މައުމޫން، ރޯދަ މަހަށް ގޭބަންދަށް ބަދަލުކޮށްދިނުމަށް އަނބިކަނބަލުން ނަސްރީނާ އެދިވަޑައިގަތީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ.

އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ނަސްރީނާ މައިގަނޑު ގޮތެއްގައި ވިދާޅުވީ، ފިރިކަލުން މައުމޫނަކީ އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ބޭފުޅެއް ކަމަށާއި އަދި އެ މަނިކުފާނު ގެންދަވަނީ ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ކަމަށެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ.

އެހެންވެ، އެ ހާލަތުގައި މައުމޫނު ގިނިކަންޏާ ހުންނަވަން ޖެހިވަޑައިނުގަންނަވާ ގޮތަށް އަރިހުގައި އަބަދު ވެސް މީހަކު ބެއްހެޓުމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ ކަމަށް ނަސްރީނާ ވިދާޅުވި އެވެ. އެ ސަބަބާ ހެދި، މައުމޫން މި ރޯދަ މަހު ދޫނިދޫ ޖަލުގައި ހުންނެވުމަކީ އެމަނިކުފާނަށް ތަހައްމަލް ކުރެއްވޭ ވަރަށް ވުރެ ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އިހުސާސް ކުރެއްވޭ ކަމަށް ނަސްރީނާ ވިދާޅުވި އެވެ.

"[މައުމޫން] ރޯދަފުޅު ހިއްޕެވުމާއި ރޯދަ މަހަށް ޚާއްސަ އަޅުކަންތައް ކުރައްވައި ހެއްދެވުމަކީ، އެފަދަ ހާލުކޮޅެއްގައި ގިނިކަންޔާ ހުންނަވައިގެން އެމަނިކުފާނަށް ކުރެއްވޭނެ ކަންތައްތަކެއް ނޫންކަން އަޅުގަނޑަށް ޔަގީނެވެ،" ނަސްރީނާގެ ސިޓީފުޅުގައި ވެ އެވެ.

މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތާ ދެ ހަފުތާއެއްހާ ދުވަސް ވެފައިވާއިރު، ހާލުކޮޅު ބޮޑުވާ ދުވަސް ދުވަހު ނަސްރީނާ ވެސް ދޫނިދޫ ޖަލަށް ފުލުހުން ގެންގޮސްފައި ވެ އެވެ.

މައުމޫން މީގެ ތިން މަހެއްހާ ދުވަސް ކުރިން ހައްޔަރުކުރީ، ސިޔާސީ އިދިކޮޅު ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ކޮއްކޯފުޅު ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ. ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމުގެ ތުހުމަތުގައި މައުމޫން ހައްޔަރުކުރުމަށް ފަހު ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

20 ކޮމެންޓް, 58 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 76%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުފެނޭތަ

17 May 2018

ޖަލުގައި ތިބި އެހެން މީހުންނާއި މައުމޫނު ތަފާތެވެ. މައުމޫނަކީ އުމުރުން 80 އިން މަތީ މީހެކެވެ. ޖަލުގައި އެއުމުރުގެ މީހަކުނެތެވެ. މުސްކުޅިންނަކީ އަޅާލުމަށާއި އޯގާތެރިވުމަށް އިސްލާމްދީނާއިރާއްޖޭގެ ގާނޫނުތައް ވެސް ބާރުއަޅާ ބަޔެކެވެ. މައުމޫނަކީ ކުރީގެ ރައީސެއް ކަމަށްވާތީ ގާނޫނުން ޚާއްސަ އިމްތިޔާޒެއް އޮންނަ މީހެކެވެ. މައމޫނަކީ ކުށުގެ ތުހުމަތަށް ޖަލުގައި ބަންދުކޮށްގެން އުޅޭތާ 3 މަސްދުވަސް ވެފައިވާ ކުށެއް މިހާތަނަށް ސާބިތުވެފައި ނެތް މީހެކެވެ. ނޫހުގައި ކޮމެންޓްކުރުމުގެ ކުރިން ފުރަތަ ތިމާޔަށް ވާނުވާ އެނގުން މުހިންމެވެ.

The name is already taken The name is available. Register?

އަހްމަދް

17 May 2018

ތި މައުމޫނު އެކެނިތަ ރޯދަހިފަނީ؟ ޖަލުތަކުގައި ތިބި އެހެން މުސްލިމު އަޙުންނާއީ އުޙްތުންވެސް ހަމަ ރޯދަ ހިފާނެ.ނޫންތޯ؟

The name is already taken The name is available. Register?

ވާނުވާ ވެ

17 May 2018

މައުމޫން އަކީ ޖަލު ހުކުމެއްގަ ހުރި މީހެއްނޫން. އެހެން ވީމަ ޖަލަކު ބަހައްޓާ ބޭއިންސާފުން އަނިޔާ ދޭކައް ނުޖެހޭނެ.

The name is already taken The name is available. Register?

ބީކޭކޭ

17 May 2018

މައުމޫނުގެ އާއިލާއިން އެދޭނީ މައުމޫނު ގެއައްބަދަލުކުރުމައް! ޖަލުގަތިބި އެހެންމުސްލިމު އަޙުން ގެ އާއިލާތަކުންއެދޭނީ އެމުސްލިމުއަޙުން ގެއައް ބަދަލުކުރުމައް އެދެން!

The name is already taken The name is available. Register?

ޖިންސް މަނިކް

17 May 2018

ޖަލުގެ ހުކުމް ތަންފީޒް ކުރާ ހުރިހާ އެންމެން ދުކޮށްލަން

The name is already taken The name is available. Register?

އަލީ_

17 May 2018

ނުކުރާނެ. މިއީ ހިތެއް އޮތް ބައެއް ނޫން. ދުވަސްވީ ބަލި މުސްކުޅިއެއް ވީމާވެސް ކޮށްލާ ވަރު. މިއީ ރޯދަމަސް. މި މަހު މީހުންގެ މައްޗަށް ރަހުމާއި ކުލުނާއި ނެތް ބަޔަކު ދެން ވާނެ ރަގަޅެއް ނޯންނާނެ.

The name is already taken The name is available. Register?

ގާޒީ

17 May 2018

އަދިވެސް އަސްލު އެދެންޖެހޭމީހާ ކައިރިއަކު ނޭދޭ! ފުނުވަބަލަ ޔާމީނުއަށް.

The name is already taken The name is available. Register?

ރުޅި

17 May 2018

ތިޔައީ އިސްލާމީ ރިވެތި އުސޫލޯ. ޔާމީނު އެއްވެސް އެއްޗެއް ހިތަށްނާރާނެ.

The name is already taken The name is available. Register?

ދެރަ7

17 May 2018

އިހުސާނު ކަލޭވެސް ޖަލުގަ އޮންނަންވީނު.

The name is already taken The name is available. Register?

ހޯރަފުށީ ދާއިރާ

17 May 2018

30 އަހަރު ވެރިކަން ކޮށްފަ ހުރި ވެރިޔަކު ޖަލުގަ އޮތުމަކީ ހިތާމަ ހުރިކަމެއް. މައުމޫނުވެސް ރައީސް ޔާމީނު ކިބައިން މާފަށްއެދޭ. ކުށްކުރެވޭނެ ކޮންމެ އިންސާނަކަށްވެސް.

The name is already taken The name is available. Register?

ވާލުސޮރު

17 May 2018

އެޔޯ! ރައީސް މައުމޫނަކީ ކުށްވެރިއެއްތަ؟ މަށަކީ މެޑަމް ނަސްރީނާ ނަމަ ތިޔަ އިދާރާ ތަކުގަ އެދޭނީ އެއްވެސް ޝަރުތަކާނުލައި މިހާރުން މިހާރަށް ރައީސް މައުމޫނު ދޫކޮށްލަން. އޭރުންތާ އިނގޭނީ ރައީސް ޔާމީނު އިލްތިމާސް ކުރެއްވިގޮތަށް (އިސްލާމީ ރީތި އުސޫލުތަކާ އެއްގޮތަށް) ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ވެރިން އަމަލުކުރައްވާވަރުވެސް.

The name is already taken The name is available. Register?

ާއިންސާނު މީހާ

17 May 2018

މައުމޫނު ރޯދަ އަށް ގެއަށް ދޫކުރަންޔާ ޖަލުގައި ތިބި ހުރިހާ ކުއްވެރިންވެސް ގެއަށް ދޫކުރަން ޖެހޭނެ... ބަލިޔަސް ބަލި ނޫނަސް ކުއްވެރިން ވާނީ ކުއްވެރިންނަށް...

The name is already taken The name is available. Register?

ބެމްބޫ

17 May 2018

ކަލޯ މައުމޫނު ކުށްވެރިޔަކަށް ވީ ކޮން އިރަކު؟

The name is already taken The name is available. Register?

ގިލްޓީ

17 May 2018

ކޮށްލާ ކޮމެންޓުން ހީވަނީހަމަ ކުށެއްސާބިތުވެގެން އުޅޭހެން.. ތުހުމަތަށް ޖަލުގަ ބާއްވައިގެން އުޅެނީހެން ހީވެސްނުވޭދޯ؟؟

The name is already taken The name is available. Register?

އިއްބެ

17 May 2018

ކުއްވެރިޔަކަށްޥާ ގޮތް ފުރަތަމަ ދަސްކުރުން ވަރަށްފުރިހަމަވާނެ ، ކޯޓަކުން ހުކުމެއްކޮފަތޯހުރީ މައުމޫނަށް؟؟

The name is already taken The name is available. Register?

ކުށްވެރި

17 May 2018

ތިހިރީ މާބޮނޑަށް އެނގިފަ. ކުށްވެރިއަކަށް ވާނީ ޝަރީއަތުން ކުށެއް ސާބިތުވެގެން. އިނޮސަންޓް އަންޓިލް ޕްރޫވަން ގިލްޓީ- މައުމޫން އިނޮސަންޓް މީހެއް ޖަލަށް ލާފަ އަދަބު ދިނީ ޔާމީނު-

The name is already taken The name is available. Register?

އާންމުން

17 May 2018

މައުމޫނަކީ އަދި ކުއްވެރިއެނޫން. ޏުހައްގުން އަނިޔާލިބެމުންދާ ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454