ކުރީގެ ރައީސް މުހައްމަދު ނަޝީދު.
20 މެއި 2018 - 22:52
ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކާ ގުޅޭގޮތުން ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ކުށެއް ސާބިތުވެފައިވާ އެއްވެސް މީހަކަށް ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށާއި ގާނޫނާއި ގަވާއިދާ ޚިލާފަށް ބާއްވާ ޕްރައިމަރީތައް ބާތިލްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން މިއަދު ވަނީ އިންޒާރު ދީފަ އެވެ. އިލެކްޝަނުން މިގޮތަށް އިންޒާރު ކުރީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ތައްޔާރުވަމުން އަންނަ ދަނޑިވަޅުގަ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ ޝަރުތުތަކާ ގުޅޭ ގޮތުން ގޮތް ނިންމަން ޖެހޭނީ ހުރިހާ ފަނޑިޔާރުން ހާޒިރުވެ ތިއްބަވާ ފުރިހަމަ ސުޕްރީމް ކޯޓަކުން ކަމަށެވެ. އަދި އިލެކްޝަންސްގެ އިއުލާނަކީ ޣައިރު ގާނޫނީ ހާސަރެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
Riyaasee candidatunge sharuthuthakaai gulhey gothun goiy ninmaan jeheynee hurihaa fan’diyaarun khaaziru ve thibavaa furihama Supreme Court akun. EC ge i’ulaan akee ghairu qaanoonee haasareh
— Mohamed Nasheed (@MohamedNasheed) May 20, 2018
ނަޝީދު މިރޭ ކުރެއްވި ޓުވީޓު.
The #Maldives’ Election Commission, handpicked by President Yameen, has announced that none of the country’s opposition leaders can participate in the upcoming Presidential elections.
— Mohamed Nasheed (@MohamedNasheed) May 20, 2018
ނަޝީދު މިރޭ ކުރެއްވި ޓުވީޓު.
އިލެކްޝަންސް ކޮމިޝަންގެ މި އިންޒާރާ ގުޅިގެން ނަޝީދު ކުރެއްވި އެހެން ޓުވީޓެއްގައި އިލެކްޝަންސް ކޮމިޝަން ސިފަ ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަތްދަށުވެފައި އޮތް ތަނެއްގެ ގޮތުގަ އެވެ. އަދި އިލެކްޝަންސްގެ އެ އިއުލާނަކީ އިދިކޮޅު އެއްވެސް ލީޑަރަކަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމުގެ ވާހަކަ ކަމަށް ވެސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވި އެވެ.
ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ބާއްވާ ޕްރައިމަރީއާ ގުޅޭ ގޮތުން އެ ކޮމިޝަނުން އާއްމުކުރި އިއުލާނެއްގައި ބުނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވާދަކުރަން ރިޔާސީ ޕްރައިމަރީ އަށް ވެސް ކުރިމަތިލެވޭނީ ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަވާ މީހުންނަށް ކަަމަށެވެ.
އެ ކޮމިޝަނުން މިގޮތަށް އިއުލާންކޮށްފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 30 ގައި ބާއްވަން ނިންމައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވާފައި ވަނިކޮށެވެ. ޕްރައިމަރީގައި ވާދަކުރެއްވިއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރުމުން ޓެރަރިޒަމްގެ ކުށުގައި އެމަނިކުފާނުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ނަޝީދުގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ލީޑަރު، ގާސިމް އިބްރާހީމެވެ. ގާސިމަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އުމުރުން 65 އަހަރުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމާ ގުޅިގެން އޭނާ އަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
އިލެކްޝަންސްގެ އިއުލާންގައިވާ ޝަރުތުތަކަށް ބަލާއިރު، މި ދެ ބޭފުޅުންގެ ވެސް ކެންޑިޑެސީ ސައްހަ ނުވާނެ ކަމަށް ނުސީދާކޮށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒަވިޔަނި
23 May 2018
މީނަ އުޅެނީ ބޭރުގެ މީހުންނަ ގުޅިގެނ ވެރިކަމަށް އައިސް ޤައުމު ފަސާދަ ކުރުމުގެ ބޭނުމުގައި. ޙަގީގަތަކީ މިއީ. ކޮންމެހެން ވެރިކަމުގެ ބޭނުމަކުނޫން. ފަސާދަ ކުރުމުގެ ބޭނުމުގަ.
ކަނަމަނަ
21 May 2018
ވެރިކަން ކުރާހިތުން ހަމަނިދިވެސް މީނައަކަށް މިހާރު ނުނިދޭނެ. ދިވެހިރާއްޖޭގައި ކޮންމެކަމެއް ކުރަންވީގޮތް ކިޔައިދޭން .
ކަބްޖީ
21 May 2018
އަހަރެން ނަޝީދަށް 2008 ގައާއި 2013 ގައި ވޯޓުދިނީ ފޮނިއުއްމީދެއްގައި. މިހާރު މިފެންނަނީ ޑިކްޓޭޓަރެއްގެ ސިފަ. ސޭ ނޯ ޓު ނަޝީދް!
އިސްމާލު
21 May 2018
މިހާރު މިކަލޭގެ ފެނުނަސް ފޫހިވޭ އުޅޭ ފާޑުން ކުރިން މީނާއަށް ވަރަށް ތާއީދު ކުރިން މިހާރަކު މަގޭ ބާރުހިނގާ އެކަކުވެސް މީނަ އެކަނި ހުއްޓަސް މި ކަލޭގެއަކަށް އާއެކޭ ނުބުނާނެ. ޔަގީނުންވެސް ކުރިން ކަށަވަރު 22 މިހާރު މަދުވާނެ. ދެންވެސް އަވަހަށް ތައުބާވޭ.
އަބްދުﷲ
21 May 2018
ކުއްވެރިންނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ގާނޫނުގައި އޮންނަ އިރު ސްޕްރީމް ކޯޓުން އިތުރަށް ބުނަންޖެހޭ އެއްޗެއް ނޯންނާނެ. ނަޝީދު ނޫން މީހަކު ތިއޮށްބޮޑު ޑިމޮކްރަޓިކް ޕާޓީގަ ނެތީތަ؟!!
ފަރުދު
21 May 2018
ކޮންމެ ތާކުން ނިންމިޔަސް ގަބޫލެއް ނުކުރާނެ!
ސައިނީ
21 May 2018
ހަމަ ކޮންމެ ކަމެއް ސ.ކ ތައް ނިއްމަންޖެހޭނީ ބޯހަލާކު
ޖަމީލުބެ
21 May 2018
ރާއްޖޭގެ ދެކުނުގައި ވަކި ދައުލަތެއް ގާއިމް ކުރުމަށް، ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރާ މަސައްކަތަށް، އަޅުގަޑެމެން ފާޅުގައި ނޫނެކޭ ބުނަންޖެހޭ. ނޫންނަމަ މާ ލަސްވެދާނެ.
ރައްޔިތުން
21 May 2018
ކޯޓުން ހުކުން ކުރި 13 އަހަރަށް ވެސް... އެކަމު އެ ގަބޫލެއް ނުކުރޭ....
މާރިޔާ
21 May 2018
ބަލަގަ ބޮޑުމޮޔަޔާ ކޯޓުންއޮތީ 13އަހަރުގެހުކުމެއް ދެން...
ހުއްބުލް ވަތަން
21 May 2018
ދެބަހުން އެއްކަމަކާގުޅޭގޮތުން ލިޔެފަ އިން ދެ ޓްވީޓުންވެސް މީނަގެ ދެފުއްކެހެރިކަން ފާހަގަވޭ!