ވިޔަފާރި / ކ. ކާށިދޫ

ކާށިދޫ ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް

މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ހުރި ފަތްތަކެއް: ކާށިދޫން ފަތުގެ ބާވަތްތައް ގެންނަ އަދަދު މަދުވުމުން ހުރިހާ ވައްތަރެއްގެ ފަތުގެ އަގު ވަނީ ބޮޑުވެފައި. ފޮޓޯ/ މިހާރު

މީގެ ކުރިން ރޯދަމަހު މުހައްމަދު ޝާހިދު ދުރާލައި މާލޭ ބާޒާރަށް ގިނަ އަދަދަކަށް ކޮޕީ ފަތާއި ކަރާ އަދި ކުރުނބާ ފަދަ ބާވަތްތައް ގެނެ އެވެ. ޝާހިދު ފަދަ އެހެން ދަނޑުވެރިންނަށް ވެސް ރޯދަމަހަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދުވަސްވަރެ އެވެ. އެހެންވެ ދުރާލައި ގިނަ އަދަދެއްގެ ބާވަތްތައް ހައްދަ އެވެ. ނަމަވެސް މިފަހަރު ކ. ކާށިދޫގެ ދަނޑުވެރިންގެ ނަސީބު އެހާ ރަނގަޅެއް ނޫނެވެ.

"މީގެ ކުރިން ރޯދަމަހު އެވްރެޖްކޮށް ކާށިދޫ މީހަކު ގެންނާނެ 4،000 އާއި 5،000އާ ދެމެދުގެ އަދަދަކަށް ކޮޕީފަތް. އެކަމަކު މިފަހަރު ގެނެވުނީ 400 ފަތް. ކަރާ ވެސް ވަރަށް މަދުން ހުރީ،" ކާށިދޫގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަންކުރާ ޝާހިދު މިއަދު ބުންޏެވެ.

ރޯދައަށް އޭނާ ހެއްދި ބާވަތްތަކުގެ ތެރެއިން ގިނަ ތަކެތި ވަނީ މޫސުން ގޯސްވެ ހަލާކުވެފަ އެވެ. ކޮޕީފަތް ދަނޑުތައް ވެސް މުޅިން ހަލާކުވި، ނަމަވެސް ޝާހިދު މިފަހަރު މާލެ އަށް މައިގަނޑު ގޮތެއްގައި ގެންނަނީ ކުރުނބާ އާއި ފަތްކޭލެވެ.

"ކޮޕީފަތް ދަނޑުތައް އެއްކޮށް ހަލާކުވެފައި ހުރީ. އަހަރެންގެ ދަނޑުގެ ވެސް 80 ޕަސެންޓް ހަލާކުވި،" ޝާހިދު ބުންޏެވެ.

މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ފަތްތަކެއް: ބޭރުން ގެންނަ ފަތްތަކުގެ އަގު ވެސް ވަނީ އިންތިހާއަށް އުފުލިފައި. ފޮޓޯ /މިހާރު

މިފަހަރު ރޯދައަށް މާލެ ގެންނަ ވަރަށް ކާށިދޫގައި ކަރާ ހެއްދިފައި ނެތުމުން ގިނައިން ވިއްކަނީ އެ ރަށަށާއި ޅ. އަތޮޅުގެ ރަށްރަށަށެވެ.

"އަހަރެމެން އާއްމުކޮށް މާލެއަށް ކަރާ ގެންނަނީ ރޯދައިގެ ކުރިން. ރޯދަމަހު ވެސް ގެންނާނެ. މިފަހަރު ކަރާ ގެނެވޭނީ ތަންކޮޅެއް ފަހުން،" އޭނާ ބުންޏެވެ.

ޝާހިދު ބުނީ ރޯދައަށް ހައްދާ ތަކެތި މާލެ ގެނެސް ވިއްކައިގެން އެހެން އަހަރުތަކުގައި މަދުވެގެން 20،000ރ. ހޯދާ ކަމަށެވެ. ނަމަވެސް މިފަހަރު އާމްދަނީ އެއަށްވުރެ ދަށްވާނެ ކަމަށް އޭނާ ލަފާކުރެ އެވެ.

"ހީކުރި ގޮތަކަށް ނޫން މިފަހަރު ވިޔަފާރި ދިޔައީ. އެކަމަކު އެތިކޮޅު މަދުވިޔަސް އަގުތައް އުފުލިފައި އޮތުމުން އެކަށީގެންވާ ރަނގަޅު އެއްޗެއް ލިބޭ،" މި ރޯދަމަހު މާލެއަށް ކުރި ދެވަނަ ދަތުރު ނިންމާފައި ރަށަށް ދަމުން އޭނާ ބުންޏެވެ.

ޝާހިދުގެ އިތުރުން އެ ރަށުގައި ދަނޑު ހައްދާ އެހެން މީހަކު ވެސް ބުނީ ރޯދަމަސް ފެށުނު ފަހުން ވިއްސާވެ ދަނޑުތައް އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެފައިވާ ކަމަށެވެ.

"މިފަހަރު ދަނޑުތައް ހަލާކުވުމުން ވަރަށް ދަށް. ކޮޕީފަތާއި ލެޓިއުސް ވެސް ނެތް ދަނޑުތަކުގައި ފެންބޮޑުވުމުން،" އޭނާ ބުންޏެވެ.

އެ މީހާ ބުނީ ރަށުން ލެޓިއުސް ކިލޯއެއް ވިއްކަނީ 60ރ. އާއި 80ރ. އަށް ކަމަށެވެ. އަދި ކޮޕީފަތެއް ވިއްކަނީ ތިން ރުފިޔާ އަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"ކުރިޔަށް އޮތްތަނުގައި ވެސް ފަތުގެ ބާވަތްތައް ލިބޭ މިންވަރު މަދުވާނެ. އެހެންވީމަ އަދިވެސް އަގު މިހާރަށް ވުރެ ބޮޑުވުން އެކަށީގެންވޭ،" އެ ދަނޑުވެރިޔާ ބުންޏެވެ.

ކާށިދޫން ފަތްކެޔޮ ކިލޯއެއް 30ރ. އަށް ވިއްކާއިރު މާލޭގެ ބާޒާރުގައި އުޅެނީ ކިލޯއެއް 60ރ.އަށް ވުރެ މަތީގަ އެވެ.

މޫސުން ގޯސްވެ ދަނޑުތައް ހަލާކުވުމުން ކާށިދޫގެ ގިނަ ދަނޑުވެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. މޫސުން އަދިވެސް ރަނގަޅު ނުވާތީ، މި ރޯދަމަސް ނިމޭއިރު ވެސް ދަނޑުތަކުގައި ހެއްދި އެއްޗެއް މާލެ ފޮނުވޭނެ ކަމުގެ އުއްމީދެއް ނެތެވެ.

"މާލެ ފޮނުވޭ ވަރަކަށް ނެތް އެއްޗެއް. ވަރަށް ވިއްސާރަ، ފެނެއް ނުހުއްޓޭ،" ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަހަރު ރޯދައަށް މާލެއަށް ފޮނުވައިގެން ރަނގަޅު އާމްދަނީއެއް ލިބެނީ ކުރުނބާ އާއި ފަތްކޭލުން ކަމަށެވެ. އެކަމަކު ރުއްތަކުގެ މަތިވަރު ރަނގަޅުނުވާތީ އެހެން އަހަރުތަކުގައި ފޮނުވޭ ވަރަށް ކުރުނބާ ވެސް މާލެއަށް ނުފޮނުވޭ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މާލޭގެ މާރުކޭޓުގައި މީހަކު ކުރުނބައެއް ކަނޑަނީ: މިފަހަރު ރޯދަމަހު ކާށިދޫން ކުރުނބާ ގެންނަ އަދަދު މަދުވުމުން ކުރުނބާގެ އަގު ވަނީ އުފުލިފައި.

"މީގެ ކުރިން އަހަރުތަކުގެ ރޯދަ މަހު މިކަހަލަ ކަމެއް ދިމައެއް ނުވޭ. ރޯދައިގެ ކުރިން ހޫނު ގަދަވެގެން ނުހެދިގެން ދިޔައީ. އޭގެ ފަހުން ވިއްސާރަކުރަން ފެށިތާ މިހާރު މަހެއްހާ ދުވަސްވީ. ވަރަށް ބޮޑު ގެއްލުމެއް ދަނޑުވެރިންނަށް ލިބިފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެހެން އަހަރުތަކުގައި ރޯދަމަހު ދަނޑުވެރިއަކަށް ގާތްގަނޑަކަށް 50،000ރ. ލިބޭ ކަމަށެވެ. އެކަމަކު މިފަހަރު ޖުމްލަކޮށް އެންމެނަށް ވެސް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ކާށިދޫގައި ދަނޑުވެރިކަމަށް 700އެއްހާ ބިން ދޫކޮށްފައިވާއިރު، ވިއްސާރަވެ ގިނަ ދަނޑުތައް ހަލާކުވުމުން މާލޭގެ ބާޒާރުގައި ވެސް ފަތުގެ ބާވަތްތަކާއި ފަތްކެޔޮ އަދި ކުރުނބާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

6 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 85%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަށަށް މަދު

25 May 2018

ހީވާކަހަލަ ކޮންމެ ރޯދަމަހަކީ މި ވިޔަފާރިވެރިން ހިތު ހުރިހާ އަގެއް ކިޔައިގެން ބޮޑު ފައިދާ ނަގަން އޮންނަ ދުވަސް ވަރެކޭ. ކޮންމެ ފަހަރަކުވެސް ޑިމާންޑް އާ އެއްވަރަށް ސަޕްލައި ނެތޭ ކިޔާ އަގުތައް ބޮޑުކޮއްގެން ހެވިފަ. އެކަމަކު ރޯދަމަހު ޑިމާންޑް މަތިވާހެން، މާލޭގެ މާރުކޭޓް ތަކަށް ގެންނަ މުދަލާ ރޯދަމަހަށް ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުން. ދެން ކީކޭބާ މިކިޔެނީ... މަށަށް މަދު މަށަށް މަދު...

The name is already taken The name is available. Register?

ޕޮގުބާ

25 May 2018

އެއްގެއްލުމެއްވެސް ނުވޭ އެއްޗެހީގެ އަގުބޮޑުކުރަން ދައްކާ ވާހަކަ އަގުބޮޑު ކުރަންވީނު ރޯދަމަހުގަ އަގުބޮޑު ކުތީމަ އެއްޗެއް ލިބޭނީ ރޯދަމަސް ދިޔައީމަ މީހަކު ތިހާއަގުބޮޑުކޮން ތިއެއްޗެއްސެއް ނުގަންނާނެ ނުވެސް ގަންނާނަމެ.

The name is already taken The name is available. Register?

އޮއްނި

24 May 2018

ޝާހިދު ބުނީ މަދުވެގެން 20 ހާސް ކަމަކަށް ކައުންސިލަ ބުނީ ގާޠް ގަނޑަ ކަށް 50 ހާސް ނޫންތަ؟ ތަންކޮޅެއް ބަލާލައިގެން ކިޔާލަ ބަލަ

The name is already taken The name is available. Register?

ދަ ފާރމާ

24 May 2018

ކާށިދޫ ކަހަލަ މުހިންމު ރަށެއްގައި ދަނޑުތަކުގައި ފެން ބޮޑުނުވާނެ ގޮތަކަށް ކަންކަން ކުރަން އެބަޖެހޭ.. ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ފެނޭ..ފަސްގަނޑުގައި ފެން ނެހެދޭނެ ގޮތަށް ގްރީން ހައުސް ކޮންސެޕްޓަށް ދަނޑުތައް ތައްޔާރު ކުރަންވީ.. މިކަމަށް ސަރުކާރުގެ އިދާރާތަކުން އެހީތެރިވާންޖެހޭ.. ނަމެއްގަ އޮންނަ އެގްރިކަލްޗަރ މިނިސްޓްރީ އެއް މިހާރު އޮންނަނީ..! ކާށިދޫއަށް ވަރަށް އަވަހަށް އެބަދަން..! ބޭނުން ތިރަށުގެ ދަނޑުވެރިޔަކާއި ގުޅިގެން ޒަމާނީ ފެންވަރަށް ތިކަން ކުރަން.. އަޅުގަނޑު މިކަމުން ވަރަށް ރަނގަޅު ވިޔަފާރިއެއް އެބަފެނޭ..! ދެފަރާތައްވެސް ފައިދާވާނެ...! އަޅުގަނޑު ވަރަށް ފަހުން މިއައީ އެގްރިކަލްޗަރ ދާއިރާއިން މާސްޓަރސް ހަދައިގެން. ތިކަން ހައްލު ކުރެވިދާނެ...!

The name is already taken The name is available. Register?

ރަދީފް

24 May 2018

އިރާދަފުޅުން އަންނަ ރޯދަ މަސް އެއީ ތިޔާގި މަހަކަށް ވާނެ.އިންޝާﷲ.ވ.ވެދުން. -™ރަދީފް®-

The name is already taken The name is available. Register?

ނިންނި

24 May 2018

ޝާހިދު ބުނީ 20،000 ކަމަށް..ކައުންސިލަރު ބުނީ50،0000

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454