ނޫސްވެރިކަމުގެ އެވޯޑު ދިނުމަށް ބޭއްވި ހަފުލާގައި ބައެއް ނޫސްވެރިން ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 ޖޫން 2018 - 12:09
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބު ހަރަކާތްތެރިވާ މީޑިއާތަކުގެ އޮބްޒާވަރުން މަދު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭނުންވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އިންތިހާބުގެ ކަންކަން މީޑިއާތަކަށް އޮބްޒާވް ކުރެވޭނީ އިލެކްޝަންސް ކޮމިޝަނާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި އިލެކްޝަނުން ކުރިން، ކުރި އިއުލާނެއްގައި އިންތިހާބުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި މީޑިއާގައި މަސައްކަތް ކުރާ މީހުންނަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ ކުރިން، މީޑިއާތަކުން ކަނޑައަޅާ މަންދޫބަކަށް ވޯޓު ނަގާ ސަރަހައްދުގައި ހަރަކާތްތެރިވެވޭ އިރު، އެ މަގު މިފަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ބަންދުކުރަން މަސައްކަތް ކުރާ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
"އެއޮތީ އޮބްޒާވަރުން ނުވަތަ މޮނިޓަރުން މަދު ކުރުމަށް މަސައްކަތް ފަށާފައި. މީޑިއާއެއްގެ ފާހެއް އަޅައިގެން، އެތަން ތަނަށް މީހުން ފާރަވެރިވެވޭނެ ގޮތެއް ހަދައިފިނަމަ، އެބޭފުޅުންނަށް (އިލެކްޝަންސް ކޮމިޝަން) ވަރަށް އުނދަގޫވާނެ. ފުރަތަމަ އަމާޒު ހިފާފައި އޮތީ މީޑިއާތައް މަދު ކުރަން،" ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ ކުރީގެ އިންތިހާބުތަކުގެ ނަތީޖާ މީޑިއާތަކާއި އިދިކޮޅު ޕާޓީތަކުން މޮނިޓާ ކުރަމުން އަންނަ ކަން އިލެކްޝަންސް ކޮމިޝަނަށް ސާފުވެފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބު އޮންނަ ދުވަސް އިއުލާން ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އަޅުގަނޑުމެން އެގްޒިޓް ޕޯލް ބަލަހައްޓަން ކޮންމެ ވޯޓު ފޮއްޓެއް ކައިރީގައި ޑެސްކެއް ބަހައްޓަން. އަޅުގަނޑުމެންނަށް އެނގޭނެ ވޯޓު ފޮއްޓަށް ވޯޓުލާން ވަންނަ މީހުންގެ އަދަދު. އެ އަދަދު ރައްޔިތުންނަށް އެނގުން ވެދާނެ ރަނގަޅު ކަމަކަށް ނުވަނީ ކަމަށް. އެ އެއްޗެހި ސޯޝަލް މީޑިއާގައި ހާމަ ކުރުން ނުވެދާނެ ރަނގަޅު ކަމަކަށް އެބޭފުޅުންގެ ނަޒަރިއްޔާގައި،" ޝިފާޒް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އަމަލުތަކުން، އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން އެ ކޮމިޝަނުން ބޭނުންވަނީ ވަރަށް ބޮޑަށް ބަންދުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ވާހަކަ ދައްކަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު، ސެޕްޓެމްބަރު 23ގައި އޮންނައިރު، މިއީ އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާ އިންތިހާބު ކަމަށް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ރޭ ވަނީ ވިދާޅުވެފަ އެވެ.
ސިޔާސީ ޕާޓީތަކުގެ މަންދޫބުންނަށް ދައުވަތު ދީގެން، އިންތިހާބާ ބެހޭ މައި މަރުކަޒު، ބާޖަމާލުއްދީންގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަރީފް ވިދާޅުވީ އެހެން އިންތިހާބުތަކާ ތަފާތުކޮށް، މޮނިޓަރުންގެ ގޮތުގައި މީޑިއާތަކަށް ހަރަކާތްތެރިވުމުގެ ފުރުސަތު ވަރަށް ފުޅާ ދާއިރާއެއްގައި އޮންނާނެ ކަމަށެވެ. އެކަމަކު، މޮނިޓަރުންނަށް އިންތިހާބުގެ ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވޭތުވެދިޔަ އިންތިހާބުތަކުގެ ތަޖުރިބާއަށް ބަލާފައި މޮނިޓަރުންގެ ގޮތުގައި ބައެއް މީޑިއާތަކުން ނަންގަވާފައި ތިއްބެވި ބޭފުޅުންނަކީ އެކަމަށް އެކަށީގެންވާ ބޭފުޅުން ކަމަށް ނުވާތީވެ، ފުދޭ ވަރަކަށް ދިގު މުއްދަތެއް މި ދެނީ މީޑިއާތަކަށް، މޮނިޓަރުންގެ ގޮތުގައި ރަށްރަށުގައި ހަރަކާތްތެރިވާނެ މީހުން ނަންގަވައި އެމީހުންނާ އެކީގައި ވަގުތީ ކޮންޓްރެކްޓެއް ހައްދަވައި، އެ ކޮންޓްރެކްޓަކީ ރަސްމީ ސިފައެއްގައި އަޅުގަނޑުމެންނާ ހަމައަށް ނޫނީ ކަމާ ބެހޭ މުއައްސަސާއަކަށް ހުށަހަޅައި އެޕްރޫވްވާ ކޮންޓްރެކްޓަކަށް ވާން ޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.
މީޑިއާތަކުގެ ފަރާތުން ރިޔާސީ އިންތިހާބު މޮނިޓާ ކުރަން ބޭނުންވާނަމަ، އެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮންޑޮން މަތި
09 June 2018
މީޑިއާތަކަށް، މޮނިޓަރުންގެ ގޮތުގައި ރަށްރަށުގައި ހަރަކާތްތެރިވާނެ މީހުން ނަންގަވައި އެމީހުންނާ އެކީގައި ވަގުތީ ކޮންޓްރެކްޓެއް ހައްދަވައި، އެ ކޮންޓްރެކްޓަކީ ރަސްމީ ސިފައެއްގައި އަޅުގަނޑުމެންނާ ހަމައަށް ނޫނީ ކަމާ ބެހޭ މުއައްސަސާއަކަށް ހުށަހަޅައި އެޕްރޫވްވާ ކޮންޓްރެކްޓަކަށް ވާން ޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ ހަދިޔާ ދީގެން މީހުން ކޮންޓްރޯލް ކުރެވޭނީ ކުރިން އެބަޔަކު އެނގިގެންތާ . ވަރަށް ހަދިޔާ ލިބޭނެ މިފަހަރު ގިނަ ބަޔަކަށް
އަށްޑޫ މީހާ
09 June 2018
ކީއްކުރަން މަދުކުރަނީކި. އެއްވެސް ގޮތަކަށް މީޑިޔާ ކަވަރު ނުކުރެވޭނެހެން ހަދާލައިގެން ހުވާ ކުރިގޮތަށް ޔާމީނު ނުހޮވުނަސް ތަހުތު ތަބަކަށް ލާފަ ހަވާލުކޮށްލާ. ދިވެހިން މީ މޮޔައިންކަމަށްވިއްޔާ ކަލޭމެން ހީކުރަނީ.
ތަކުރުބޭ
09 June 2018
އެންމެބޮޑަށް ހުޅުވައިގެންބާއްވާ އިންތިޚާބެއްކަމަށް އީސީއިން ބުނިކަމަށް މިހާރު ނޫހުގައިވޭ އެހެންވީއިރު އޮބްސާވަރުން މަދުކުރަންޖެހެނީ ކީއްވެބާ؟
ހުސެންހ
09 June 2018
ދިވެއްސައް ކޮށިވެ އިންގިރޭސި ވިލާތައް ހޭނުނީމާ ސިފާޒުމެންނައް ހަމަވާނީ ތިވަރު. ގަވައިދުގަ ބުނަނީ މީޑިޔާ ތަކުގެ މަންދޫންބުންނޭ ، އެކަންޔަގީންކޮއްދޭން ޖެހެނީ މީޑިޔާތަކުން. ހަމަތަނެއްގަ ހުރިމީހަކު މަމީ މީޑިޔާގެ މީހެކޭބުނެގެން ގަބޫލު ނުކުރާނެކަމައް. ހިންދުކޮޅުން ނެެއްޓުނީމަ ސާފުވާނެ
މުޖައްރިބު
08 June 2018
މިއިންތިހާބު ޔާމީނަށް ނުލިބިއްޖެއްޔާ އަލުން އެމެޖެންސީ ހިނަގާނެކަމަށް ޔަގީން.
މަރޭމިތުރާ
08 June 2018
މިނިވަންކަމެއް އޮތް އިންތިހާބެއްގަ ކޮން އެއްބަސްވުމެއްތޯ؟ މިނިވަންކަމެއް ނެތްކަން އެނގި ހާމަވާއޭ ސަބަބުނޫންތޯ؟
މަރޭމިތުރާ
08 June 2018
އެއްބަސްވުމަކީ ބޮޑުބިރެކޭ ސޮއިނުކުރައްޗޭ!....ހެއްކޭބުނެ ތަހުގީގުކުރާނެ އިނގޭ ދަންނައްޗޭ!
މަރޭމިތުރާ
08 June 2018
އެއްބަސްވުމެއް ހަދަނީ ބަޔަކު ކުއްވެރިކުރުމަށް ކަމަށްހީވޭ! އެއްބަސްވުމާއި ހިލާފުވީއޭބުނެ ބަޔަކު ގޮޅިއަށްލުމަށް!
ނޯޑީޕީ
08 June 2018
ޕާރޓީ ހާޑު ކޯ އެކްޓިވިސްޓުން މީޑިއާ ޓެގު ކަރަށް ވައްޓާލައިން ނުދެވޭނެ ވާހަކަ ބުނީމަ ކަމު ނުދިއައީ. އެކްޓިވިސްޓުން ފޮނުވާ ޕާރޓީގެ ފަރާތުން މޮނިޓާ ކުރާ މީހުންގެ ގޮތުގަ
ސަންޑޭ
08 June 2018
ހާޑުކޯ އެކްޓިވިސްޓަކު އިސްވެހުރެ އިންތިހާބުބޭއްވިއަސް ހެޔޮދޯ.
މަންޑޭ
08 June 2018
ފޯޑުވެސް އެކަން ކުރިތާ އެހެންވީރު މައްސަލައެއް ނެތެއްނު
އަޖީތު
08 June 2018
ހުޅުވިފައި ތިޔަ އޮތީ މި އިންތިޚާބު. މިހާކަންހާވަރަށް ހުޅެވޭނީ ދޯ ޝަރީފޫ؟