ޚަބަރު / އެމްޑީޕީ

ޝުޖާއު އަކީ އެމްޑީޕީގެ މެމްބަރެއް ކަން ސާބިތުކޮށްދެވޭ ވަރުގެ ލިޔުމެއް ހުށަހަޅާފައެއް ނެތް: ޝިފާޒް

އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް (ކ) އޭނާގެ ގާނޫނީ ވަކީލު ޝާއިރުއާ އެކު މިރޭ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަނީ.--- ފޮޓޯ؛ ނިޝާން އަލީ/ މިހާރު

07 ޑިސެމްބަރ 2016 - 00:22

6 comments

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން އަކީ އެމްޑީޕީގެ މެމްބަރެއް ކަމަށް ސާބިތުކޮށްދެވޭ ވަރުގެ ލިޔުމެއް ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިރޭ ވިދާޅުވެއްޖެ އެވެ.

މިިދިޔަ ސެޕްޓެމްބަރު 20 ގައި "މިހާރު" ނޫހުގައި ޖެހި ޚަބަރަކާ ގުޅިގެން ޝިފާޒް ވަނީ މިރޭ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. އެ ޚަބަރާ ގުޅިގެން އަބުރު ގެއްލުނު ކަމަށް ބުނެ ޝުޖާއު ފުލުހުންނަށް ހުށަހެޅި މައްސަލައެއްގައި "މިހާރު"ގެ ނޫސްވެރިޔާ ފަޒީނާ އަހުމަދާ ވެސް ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ.

އަބުރު ގެއްލުނު ކަމަށް ޝުޖާއު ބުނަނީ، އޭނާ އަކީ "އެމްޑީއޭގެ މެމްބަރެއް" ކަމަށް "މިހާރު"ގެ ޚަބަރުގައި ލިޔެފައި އޮތުމުންނެވެ. އެގޮތަށް އެ ޚަބަރުގައި ލިޔެފައި ވަނީ ޝިފާޒްއާ ހަވާލާދީ އެވެ.

މި މައްސަލާގައި ފުލުހުންނަށް މިރޭ ބަޔާން ދިނުމަށް ފަހު "މިހާރު" އާ ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅާއިރު، އެއީ ދޮގެއްކަން ސާބިތު ކުރުމަކީ އެ މައްސަލައެއް ހުށަހަޅާ މީހާގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް ޝުޖާއު ހުށަހަޅާފައިވާ ލިޔުންތަކުން އެއީ އެމްޑީޕީގެ މެމްބަރެއް ކަމަށް ސާބިތު ކޮށްނުދެވޭ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ޝުޖާއު އަކީ އެމްޑީޕީގެ މެމްބަރެއްކަން ސާބިތުކުރަން ހުށަހެޅީ، ޕާޓީއަށް ވަނުމަށް އެދޭ ފޯމުގެ ކޮޕީއެކެވެ. ނަމަވެސް ޕާޓީގެ ރިސެޕްޝަނަށް ފޯމެއް ހުށަހަޅައިގެން އެކަނި މެމްބަރަކަށް ނުވެވޭނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"ޕާޓީގެ މެމްބަރަކަށް ވެވޭނީ ހަމައެކަނި އެ ޕާޓީގެ ރިސެޕްޝަނަށް ހުށަހަޅާ ފޯމަކުން ނޫނެއް ނޫންތޯ؟. އެ ޕާޓީއަކުން އެއީ މެމްބަރެއް ކަމަށް ބަލައިގަތިއްޔާ ނޫންތޯ މެމްބަރަކަށް ވާނީ. އޭނާ [ޝުޖާއު] ހުށަހެޅި ލިޔުންތަކުން އެކަމެއް [އެމްޑީޕީގެ މެމްބަރެއް ކަމެއް] ނޭނގޭ،" ޝިފާޒު ވިދާޅުވި އެވެ.

"މިހާރު" ނޫހުގައި ޚަބަރު ޖެހިއިރު ޝުޖާއު އަކީ އެމްޑީޕީ މެމްބަރެއް ނޫންކަން ސާބިތުކޮށްދިނުމަށް ލިޔުން ހުށަހަޅާފައިވާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލަ މިގޮތަށް ތަހުގީގުކޮށް ކުރިއަށް ގެންދެވޭނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ދެކެނީ ފުލުހަށް އަޅުގަނޑު ގެންދަން ވާނީ އެބޭފުޅުންނަށް ލިބުނު ލިޔުންތަކުން ނޫނީ މައްސަލަ ހުށަހެޅި ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ބަލާއިރު އަޅުގަނޑު އެ ދެއްކި ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ސާބިތުވާނަމަ،" ޝިފާޒު ވިދާޅުވި އެވެ.

އަބުރުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލިހުގައި ކުރިއަށް ގެންދިޔައިރު، އެއީ ސިޔާސީ ބޭފުޅުން އަދި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަދާ ގާނޫނެއް ނޫން ކަމަށް ސަރުކާރުގެ މެމްބަރުން ވިދާޅުވިކަން ޝިފާޒް ފާހަގަކުރެއްވި އެވެ. ނަމަވެސް އެންމެ ފުރަތަމަ ވެސް މައްސަލަ ހުށަހަޅާފައިވަނީ ސިޔާސީ ޕާޓީއެއްގެ އިސްބޭފުޅަކާއި ނޫސްވެރިއަކާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

6 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 2%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިލް

05 March 2018

ހޫން... މިހާރު ގެޓު ވެއްޖެ، އެމް.ޑީ.އޭ" ގެ މެމްބަރެކޭ ދޯ ބުނެގެން މި އުޅެނީ. ކޮސް ވެދާނެ! މަގެ ލޯ ކަނުކަންވެސް!

The name is already taken The name is available. Register?

ދިލް

05 March 2018

އަސްލު މި ހަބަރުގަ މިވަނީ ކީއްތަ؟ ސުޖާ އަކީ އެމްޑީޕީ މެމްބަރެއްތަ؟ މެމްބަރެއްނޫންތަ؟ ކޮބައިތަ އަސްލު މައްސަލައަކީ؟ މެމްބަރެކޭ ޝިފާޒު ބުނީމަތަ އަބުރުގެ ދައުވާ މިކުރަނީ؟ އެކަމު ސުޖާ ސާބިތު ކުރަން މި އުޅެނީ އޭނަ އަކީ މެމްބަރެއްކަމަށް، އެކަމު ޝިފާޒު މިބުނަނީ ރިސެޕްޝަނަށް ފޯމު ލިޔަސް އަދި މެމްބަރަކަށް ނުވާނެއޭ؟ ޝިފާޒްގެ އަބުރުތަ؟ ނޫނީ ސުޖާ ގެ އަބުރުތަ؟ ޔާރޭ، ނޫނީ ޕޮލިސްގެ އަބުރުތަ؟ ހަމަ އަސްލުވެސް މި ހަބަރުގަ މިވަނީ ކީއްތަ؟ މަށަކަށް ހަމަ އުޅެ އުޅެ ގެޓެއްނުވި!!

The name is already taken The name is available. Register?

ޑާއޫދު

07 December 2016

ސުޖާހުރީ އޮރެންޖު ގަމީހެއްލައިގެން ، ސުޖާއު އިނީ ޕިންކު ސޯފާއެއްގައި " މީހަކު މިހެން ބުނުމުން ދައުލަތުން އެތައް މިލިއަނެއް ހަރަދު ކޮއްގެން ހިންގާ ފުލުހުން ގެ މުއައްސަސާ އާ މުޅި ދައުލަތުން މިފަދަ ތާކުން ތާކު ނުޖެހޭ ބަތްކައްކާ މައްސަލަ ބެލުމަކީ ތަސައްރަފު ނުފުދޭ ސަރުކާރެއްކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.

The name is already taken The name is available. Register?

ބަކުރު އެންޑް ޒުބޭރް

07 December 2016

ދެންމީ ކޮންކަމެއް؟ ކުޑަކުދިން މެޓާބަހާކަހަލަ ވާހަކައެއްނު މީ. މަށަށް ހީވަނީ ސިޔާސީ ދާއިރާގާ މިހާރު އުޅޭނީ ހުސް ތުއްތު ބަބާހެން.

The name is already taken The name is available. Register?

ބޮލިހިލަގަ

07 December 2016

ތަމެން އެމްޑީޕީގެ ބެކް ބޯން އަކީ އެއީ ރީކޯ މޫސާ މަނިކު އެވެ. އެކަމަކު ތަމެން ގެ ބޮޑޭ އޭނާ އާއި ވާދަ ކޮށްފާނެ ކަމަށް މޫސާ ފެންނާތީވެ މޫސާ ގަދަކަމުން އޮބާ ބާއްވާފައި އެމްޑީޕީން ކަނޑާލީ މޮޅު ތަކެއް ވާނެ ކަމަށް ހީކޮށް ތޯއެވެ. ތަމެން ނޮޅައިގެން ނޫންތޭ ތިޔާ ދަނީ މޫސާ ވަކި ކޮށްލި ފަހުން ދޯ. ދެން ތަމެން ރަނގަޅު ވާނީ ސާބިތު ކޮށްދެވޭ ވާހަކަ ނުދައްކާ ބޮލި ހިލަން ފަރަށް ދާން އުޅުނިއްޔާ ދޯ.

The name is already taken The name is available. Register?

modaf

07 December 2016

ތަމެން ތިބުނަނޫ އިރުއޮއްސިފަހުރި ފިލްމްސްޓާރެއްގެ ވާހަކަނު. އަދި ސިޔާސީގޮތުން ހަނދުއޮއްސިފަހުރި މީހެއްގެ ވާހަކަނު. އޭނާ އަކަށް ދެން މަޖްލިހަކަށްވެސް ނާދެވޭނެ. އެފެންވަރުގެ މީހަކު މަމެންގެ ރައީސާ ވާދަކޮއްފިއްޔާ ދާނީ ބޮލިހިލަން ފަރަކަށްނު. އެހެންވީމަ އޭނަ ކުރިމަތިލާފާނެތަި މަމެން ތުރުތުރުލާނެތަ. އެހެނެއްނޫން ވަނީކީ. އޭނަ އުަލެނީ މީހަކު ލާރިކޮޅެއްދަިގެންޕާޓީީފަނިކުރެވޭތޯO.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454