ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ: އދ. ގެ ވޯޓުން އެނގެނީ ރާއްޖޭގެ ކަންކަން އިސްލާހު ކުރަން ޖެހޭ ކަން ކަމަށް އޭނާ ވިދާޅުވި --ފޮޓޯ/މިހާރު
09 ޖޫން 2018 - 18:34
އދ. ގެ ސަލާމަތީ މަޖިލީހަށް މެމްބަރުން ހޮވުމަށް އިއްޔެ ނެގި ވޯޓުގެ ނަތީޖާއިން އެނގެނީ ރާއްޖޭގެ ކަންކަން އިސްލާހު ކުރަން ޖެހިފައިވާ ކަން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އދ. ގެ ސަލާމަތީ މަޖިލީހަށް ދެ އަހަރަށް އިންތިޚާބުކުރާ މެމްބަރުކަމުގެ ގޮނޑި ރާއްޖެއާ ވާދަކޮށް އިންޑިނީޝިއާ އިން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. އދ. ގެ އާންމު މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި އިންޑޮނީޝިއާ އަށް 144 ވޯޓު ލިބުނުއިރު، ރާއްޖެއަށް ލިބުނީ އެންމެ 46 ވޯޓެވެ.
މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ ރޭ ކުރެއްވި ޓްވީޓެއްގައިވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ދެވަނަ ދައުރަކަށް ރާއްޖެ ހޮވުނު ކަމަށާއި އެކަމަކު ސަލާމަތީ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން އެނގެނީ ރާއްޖޭގެ ކަންކަން އިސްލާހު ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަން ކަމަށެވެ. އެގޮތުން މިނިވަން ޝަރުއީ ނިޒާމެއް ހޯދުމުގެ އިތުރުން ބައިނަލްއަގްވާމީ މުޖްތަމައުގެ އިހްތިރާމް އަލުން ހޯދަން ޖެހިފައިވާ ކަމަށް ވެސް ދުންޔާގެ ޓްވީޓްގައިވެ އެވެ.
Tough luck despite work by #teamkhaarijree. Maldives was re-elected for a second term at HRC council, today’s result at #UNSC shows that significant work needs to be done to rectify things in the country, ensure free & fair judiciary & regain the respect of the international com.
— Dunya Maumoon (@dunyamaumoon) June 8, 2018
ދުންޔާގެ ޓްވީޓް
އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަކީ އދ. ގެ ސަލާމަތީ މަޖިލިސް ފިޔަވައި ގައުމުތަކުގެ މެދުގައި އެންމެ ވާދަވެރިކަން އޮންނަ ކައުންސިލެވެ. އެ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ ފުރަތަމަ ހޮވުނީ 2009 ވަނަ އަހަރު 185 ގައުމުގެ ވޯޓާ އެކު އެވެ. އަދި 2013 ގައި އެ ކައުންސިލްގެ ދެވަނަ ދައުރަކަށް ރާއްޖެ ހޮވުނީ 160 އަށް ވުރެ ގިނަ ގައުމުގެ ވޯޓު ލިބިގެންނެވެ. އެ ކައުންސިލްގެ ތިން ވަނަ ދައުރަކަށް ރާއްޖެއިން ކުރިމަތިލުމަށް ފަހު މިދިޔަ އަހަރު ވަނީ ނަން އަނބުރާ އަނބުރާ ގެންގޮސްފަ އެވެ.
އދ. ގެ އެންމެ ބާރު ގަދަ ގުނަވަން ކަމަށްވާ ސަލާމަތީ މަޖިލީހުގެ މި ދައުރުގެ މެމްބަރު ކަން ހޯދުމަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ރާއްޖެއިން ކުރަމުން އައި މަސައްކަތެކެވެ. އިއްޔެ ނެގި ވޯޓުގެ ނަތީޖާއާ އެކު އެކު އިދިކޮޅު ފަރާތްތަކުގެ ފާޑު ކިިޔުން ސަރުކާރަށް އަމާޒުވިޔަސް، ސަރުކާރުން ބުނަމުން ދަނީ ވޯޓު ނާކާމިޔާބު ވިޔަސް މުހިންމު ކަންކަމުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު
10 June 2018
މިއީ ދެން އެވަރުގެ ކަމެއްތަ؟ ދުވަހެއްގަ ވިން އެންޑް ލޫޒް ހިމެނޭ ކަމެއްގަ ބައިވެރިނުވާ ބައެއްހެން ހީވަނީ. ދިވެހިން ކިތައްފަހަރު ވޯލްޑްކަޕް ކޮލިފައިންގަ ކުޅެފި؟ ދުވަހަކު ކޮލިފައިވިތަ؟
އަބްދުއްލާ
10 June 2018
އިސްލާހު ކުރާ ވާހަކަދައްކާ އިރު އިސްލާހުކުރުމަށޭ ބުނެ ބޭރުގެ ފަރާތްތަކުން ކުރާ ޑިމާން ޑް އަށް އެއްބަސްވަނީތޯ ؟ ދީނާގައުމުވިއްކާލުމަށްފަހު އިށީންނަން ގޮނޑިއެއް ބޭނުމެއްނުވޭ
ދުރުމީ
10 June 2018
ކޮންމެ ކަމެއް ސިޔާސީ، ބޮޑުވަރެއް މީ. ގޮނޑި ނުލިބުން މައްސަލައެއް ނޫން، ދާއިމީ މެމްބަރު ކަމެއް ނޫން. ކޮންމެ ދެއަހަރަކުން ބަދަލުވާކަމެއް، މާބޮޑު ދައުރެއް އޮންނަ ކަމެއްވެސްނޫން. ޓްރައި ކުރުން މައްސަލައެއްނޫން. ކަމަނާމެން މަތިފަޑީގަ ތިބިއިރުވެސް މާބޮޑުކަމެއް މިގައުމކައް މާބޮޑު ކަމެއް ވީކީނޫން . ދެން ކޮން ބޭކާރު ވާހަކައެއް. ޢަންނަނީ ހިނި. ޙިނި ހިނި
ބޭބެ
10 June 2018
އަބަދުވެސް ކަންކަންޖެހޭ އިސްލާޙުކުރަން!! މިހާރަކު ނޫން!! ދެން ބުނެލަންއޮތީ އެއް ވާހަކަ!! ކަލޭމެންނަށް އެނގޭތަ 2006 ވަނަ އަހަރު އދ ގެ މިގޮޑިއަށް އިންޑިޔާ ކުރިމަތިލައިގެން ނާކާމިޔާބުވިކަން!! އޭރު އިންޑިޔާ އާއި ވާދަކުރީ ޖަޕާން!! އެފަހަރު އިންޑިޔާ ބަލިވީ 40 ގައުމުގެ ތާޢީދާއެކު!! ޖަޕާން ގޮނޑި ކާމިޔާބުކުރީ ސަތޭކަ އެތައް ގައުމެއްގެ ތާޢީދާއެކު!! ގޮނޑި އެއް ހުންނަކަމާ ކުރިމަތިލާންޖެހޭކަން މިގައުމުގެ ރައްޔިތުންނަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި މިއެގުނީ މިސަރުކާރުން މިގޮނޑި ލިބޭތޯ ކުރިމަތިލައިގެން ކެމްޕޭންކުރީމަ!! ކާމިޔާބާ ހަމަޔަށް ގިނަފަހަރަށް ދެވެނީ ބަލިވާ ފަހަރު ފަހަރުވެސް އޭގެތެރޭ ޝާމިލްވެގެން!! ބަލި ބައްޔަށް ބޭސް ހޯދަން މަސައްކަތްކުރާ ސައިންސްވެރިންވެސް އެތައް ތަޖުރިބާއެއް ނާކާމިޔާބު ވުމަށްފަހު ކާމިޔާބީ ހަމަޔަށް ވާސިލްވޭ ދޯ!!
ޕޮކަންޑި މޭން
10 June 2018
އދގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީނޫން މެންބަރުކަމަށް ރާއްޖެ ކުރިމަތިލާ ދުނިޔޭގެ ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު، 140 ޤައުމެއްގައި ފޮރިން މިޝަންތައް ޤާއމްކޮށްފައިވާ، 1300 ދަރިފަސްކޮޅު 17000 ވަކިރަށުގައި ދިރިއުޅެމުންދާ ތިންވަނައަށް އެންމެ ބޮޑު ޑިމޮކްރަސީ އަދި އެންމެ ބޮޑު އިސްލާމީ ދައުލަތާއި ވާދަކޮށްގެން ބަލިވުމާއި ގުޅިގެން ރާއްޖެއަށާއި ސަރުކާރަށް ފާޑުކިޔާނީ ބޮޑުތަނުން ތަންދޮރުނުދަންނާތީ. އެފަދަ މީހުންގެ ބުއްދީގެ ކޮށިކަމަށް ދުނިޔޭގެ މަލާމާތް ލިބިގެންވޭ. ކުޑަ ޤައުމަކަށްވެ ޑޮމިނިކަން ރިޕްބްލިކް ހޮވުނު ވާހަކަ ބުނާ އިރު އެޤައުމުވެސް ހޮވުނީ ނަޝީދު ޕްރައިމަރީގައި ހޮވުނު ފަދައިން އެއްވެސް ފަރާތަކާއި ވާދަކުރުމެއް ނެތި އޮޓަމެޓިކަލީ. 2009 ވަނަ އަހަރު އދގެ ހިއުމަން ރައިޓްސް ކައުންސިލްއަށް ރާއްޖެ ހޮވުނީވެސް އިތުރު ފަރާތަކުން ކުރިމަތި ނުލުމުން އޮޓަމެޓިކުން. އިދިކޮޅަށް އިންޑަނޭޝިޔާ ފަދަ ގައުމެއް ކުރިމަތިލީނަމަ މިފަދައިން ބަލިވާނެކަން ޑިޕްލޮމަސީގެ ދާއިރާއިން އބ އިނގޭ ކޮންމެ މީހަކު ޤަބޫލުކުރާނެ.
ޖަހންގީރް
10 June 2018
މާރަގަޅުވާނެއިރުއިރުކޮޅާފާޑުފާޑުގެޓްވީޓް ނުކުރައްވާ އަވަށްޓެރި ގައުމުކުން ޢެހީހޯދަން ނުގޮވާ މަޑުންހުންނެވިއްޔާ.
ނަވާޒް
10 June 2018
ވޯޓުން އެގުނީ ބޭބެ ހުރީ ކޮއްކޮ ކަރުއަޅާލަންކަން ވެރިކަމުގެ ދަހިވެތިކމަުގައި. ވޯޓުން އެގުނީ ކޮއްކޮމެން ތިބީ ބޮޑުބޭބެ ދުވަސްދުއްވާލައިގެންވެސް ވެރިކަން ބޭނުންވެގެންކަން. ވޯޓުން އެގުނީ އާއިލީ ވެރިކަމާހެދި މި ގައމަށް ހަމަޖެހުމެއް ނެތްކަން.
ކަދުރޭ
10 June 2018
ކެނެރީ އަދި ކާމިނީ އާއިލާއަށް ނިސްބަތްވާ މީހުން މިރާއްޖޭގެ ވެރިކަމަށް ކާރި ނުކުރަން ދިވެހިން ވިސްނަން ވެއްޖެ.
ޝަހާމު ޝަރީފް
09 June 2018
ޑރ ޝަހީދު ވިދާޅުވީ، ވިސްނާލުމެއް ނެތި ރައީސް މައުމޫނުގެ ވެރިކަމުގައި 2008 ގައި ކަމަށް މިކަމަކަށް ކުރިމަތިލާން ނިންމާ ފޯމުފުރާފަ ލީ. ދެން ޔާމީނުގް ސަރުކާރަށް ވީފަހުން މިކަމެއް މި ލައިގަތީ. ޔާމީން ވިސްނުމަކީ ކޮންމެހެން އެކަމަކަށް ބޮޑު ހޭދައެއް ކުރުމެއްނޫން. ދެތިން ވަޒީރުން ތަންތަނަށް ފޮނުވާލައިގެން ކުޑަގޮތެއް ހަދާލުން. ނުލިބޭނެކަން އިނގޭތީ. އެފައިސާކޮޅު ކޭމްޕޭން ދުވަސްވަރައް އެވަނީ އިގްތިޞާދު ކޮށްފައި. މިހާތު މާރަނގަޅެއް ނޫންތޯ...!
މޯޑް
09 June 2018
ދުންޔާ މާކަ ރީއްޗެއްނޫން އިސްލާހުގެ ވާހަކަ ދައްކާކަށް ބައްޕާ ފުޅު 30 އަހަރު ދުވަހު ކަންކަން ރަނގަޅު ނުކުރެވުނު ވާހަކަ ފުރަތަމަ ދައްކަބަލަ..އޭރު ކީއްވެތަ ތިވާހަކަ ތައް ނުދެއްކީ...ވ.ވާހަކަ
ޙަފްޞާ / މާލެ
09 June 2018
ވޯޓުން އެނގުނީ ކުދި ޤަވްމުތަކަށް އދ ން ބާރުގެ ޖާގަނެތްކަން! ސިޔާސީވިޔަސް ބޮޑުވަރު!