ކުޑަކުދިންނަށް ކުރާ އަނިޔާއާ ދައްކުވައިދޭ ފޮޓޯއެއް
12 ޖޫން 2018 - 12:52
ގދ. އަތޮޅުގެ ރަށެއްގައި، އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގައި އެ މީހާގެ މައްޗަށް ކުރި ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަނބުރާ ނަގައިފި އެވެ.
އެ މައްސަލައިގައި އެ މީހާ ހައްޔަރު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ މީހާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ އެ ރަށުގެ ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް ނުބާއްވަނީސް، މިދިޔަ މާޗު މަހުގެ ފަހުކޮޅު ޕީޖީން ވަނީ ދައުވާ އަނބުރާ ނަގައިފަ އެވެ.
އެ ދައުވާ އަނބުރާ ގެންދިއުމަށް އެ ކޯޓަށް ޕީޖީން ފޮނުވި ސިޓީގައި ބުނެފައިވަނީ ދައުވާ އަނބުރާ ނެގީ، އިތުރަށް މުރާޖައާ ކުރުމަށް ކަމަށެވެ. އެކަމަކު އިތުރު ތަފްސީލު ސާފުވާ ގޮތެއް ނުވި އެވެ.
އެއްބަނޑު އެއްބަފާ ހަތަރު ކުދިންނާ ބެހުމުގެ އިތުރުން، މީހަކާ އިނދެގެން އުޅޭ އަންހެނަކާ އެކި ފަހަރު މަތިން ޒިނޭ ކުރި މައްސަލައެއްގައި ވެސް އެ މީހާގެ މައްޗަށް ދައުވާ ކުރެ އެވެ.
މި ހަތަރު ކުދިންނާ ބެހުމުގެ ތުހުމަތުގައި، އޭނާގެ އިތުރުން އޭނާ ގެންގުޅޭ ބިދޭސީއަކު ވެސް ހައްޔަރުކުުރި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން މިހާރު އަނެއްކާ ވެސް އޭނާ އުޅެނީ އެ ރަށުގައި ހުންނަ އޭނާގެ ފިހާރަ ހިންގުމުގަ އެވެ.
ރަށުގައި ނުފޫޒު ގަދަ ކަމަށް ބުނާ އެ މީހާ، މީގެ 12 އަހަރު ކުރިއްސުރެ އަންނަނީ އެކި ކުދިންނަށް ޖިންސީ ގޯނާ ކުރަމުން ކަމަށް އޭގެ ތެރެއިން ބައެއް ކުދިން ބުނެ އެވެ. އޭނާ ވަނީ އެ ހަތަރު ބެއިންނާއި އެކުދިންގެ މަންމަ ދިރިއުޅޭ ގެ މަރާމާތުކޮށް، ދިރިއުޅެވޭނެ ގޮތް ހަދައިދީފަ އެވެ. އަދި އެ މީހުން ކައިބޮއި ހެދުމަށް، ދަރަންޏަށް އެއްޗެހި ނަގަނީ އެ މީހާގެ ފިހާރައިންނެވެ. ކުދިންނާ ގުޅުން ހިންގީ އެއީ ސަބަބެއް ކަމަށް ބަލައިގެން ކަމަށް އެ ކުދިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
14 June 2018
މިފަދަކަންކަން ހިންގާމީހުންއެބަޖެހޭ ގަންހިންގަން ރަތްޔިތުންނަށް ފެންނަގޮތަށް ދޭންއޭގެފަހުން އުރަށް ޖަލަށް ނުވަތަ މަރުގެއަދަބު
ހެހެހޭ
13 June 2018
ސުވާލަކީ.. ޔާމިނު ބުނަނީ ކީކޭހޭ؟
ޜާމްބެ
13 June 2018
ޢަޅެ ފަހެދެކިބަލަ، 82 އަހަރުގެ މައުމޫން ޖަލުގަ 4 މަސްވީ، ސަބަބު ވަރަށްސާފު ދޯ. ޢެތައްބައިވަރު ކުދިންނެއް އެބްޔުސް ކުރި މި ބެއްޔާ ދޫކޮށްލީ، ވޯޓަށް ސަލާމް
ކޮރިއަންޑާ
12 June 2018
މިއީ ވައި އެނބުރި އުޅޭ މޫސުމް
ވެދުން
12 June 2018
ހެޔޮ ވެރިކަން ކުރުމާއި ޤާނޫނީ ހަމަހަމަ ކަމާއި ކުށްކުރާ މީހުންނަށް ޤާނޫނު އަރާ ހަމަކުރާނެ ވާހަކައަކީ ވަރަށް ގިނައިން ޚާއްސަކޮށް ސިޔާސި ފަރާތްތަކުން ދައްކާ އަޑު އިވޭ ވާހަކަތަކެވެ. އެންމެ ފުރަތަމަވެސް މި މީހާއާއި ބެހޭ ގޮތުން މީޑިއާއަށް ވާހަކަތައް ތިލަވިއިރުވެސް މިމީހާއަކީ ރަށުގެ ނުފޫޒުގަދަ މީހަކަށް ވާތީ އޭނަޔަށް ހައްގު އަދަބު ދިނުމަށް ކުރަން ޖެހޭ ކަންތައްތައް ނުކުރެވޭކަމާއި އެފަދަ ކަންތައްތައް ކުރުމަށް މުވައްސަސާތަކުން ޖެހިލުންވާ ކަމަށް ދޭހަވާފަދަ ގޮތަގޮތަށް ލިޔެވެމުން ދިޔައެވެ. ކަން ވަމުން ދާތަން ހަގީގަތުގައިވެސް މިފެންނަނީ އެހެންތާއެވެ. ޤާނޫނަނީ ހުރިހާ އެންމެން ހަމަހަމަވާގޮތަށް ހަދާފައިވާ އެއްޗެއް ނަމަވެސް ކަން ހިނަގަމުން މިދަނީ ބާރުހުރިމީހާއަށް މޮޅުގޮތް އަދި ނިކަމެތި މީހާއަށް ދެރަގޮތަށް ކަމަށް ބުނުމުގެ ޖާގަ މިފަދަކަންތަކުން އެބަ ލިބެއެވެ.
ކިހާދެރަ
12 June 2018
12 އަހަރު މިކަމެއް ހިނގާއިރު މިކަން ބެލިފަ ނެތީ ކީއްވެބާ؟އޭރުވެސް މި ސަރުކާރުބާ އޮތީ؟ ކޮންމެ ކަމެއް ސިޔާސީ ކުރުމަކީ އެކަމަށް އޮތް ހައްލެއް ނޫން.
ހެލެނބި
13 June 2018
ނަމަ ނަމަ ކިޔާނިކަމެއްނެތް. ބަޔަކު ކަމެއްނުކުރުމަކީ އެކަމުގެ ޒިންމާއިން އެއްކިބާވާނެކަމެއްނޫން. ހަމަގައިމުވެސް މިހާރު ތިކަން ބަލަން އޮތްބަޔަކީ މިހާރުގެ ސަރުކާރު. އެސަރުކާރު މިސަރުކާރު ކިޔާގެން ސަލާމަތްވުމަށްވުރެ، އެކަން ބެލުންމާރަނގަޅު.
ޔަގީން18
13 June 2018
ފަޅާއެރި ހިސާބުން އަދަބު ލިބެންވާނެ. ދޫކޮށްލެވިގެން ނުވާނެ.
ބުއްދިފިލާދިޔައީދޯ
13 June 2018
12 އަހަރު ފަހުން ފަޅާ އަރީމަ ދެން މި ސަރުކާރުންތާ ފިޔަވަޅު އަޅާނީ ކަމެއް ވާ އިރަށް ފިޔަވަޅު އަޅާނަމޭ ކިޔާ ބިރު ދައްކާނެ. އެކަމަކު ކުސްވެރިންނަށް މި ސަރުކާރު ވަރަށް ހެޔޮފުޅު
ބީކޭކޭ
12 June 2018
އަހަރުމެން ރައްޔިތުން އަނގަނަގައިގެން ތިބޭހާހިނދަކު މިނޫންގޮތުއްނުވާނެ!
އަހްމަދު
12 June 2018
ސިޔާސީ ގޮތުން ޑަރު ހީނުވަންޏާ ހެޔޮދޯ ކޮންމެފަދަ ކަމެއް ކުރިޔަސް.. މިއޮތީ ފިސާރި ކަމެއް އަހަރުމެންނަށް ލައްވާލާފަ
އަލީ ނާޒިމް
12 June 2018
ގޯހެއްނޫން. ގޯސް ވާންވީ ސަބަބެއްވެސް މިރާއްޖެއަކު ނޯންނާނެ!
ޝާމް
12 June 2018
ކޯޓުން އިންސާފު ނުލިބޭ ތަންތަނުގައި ރައްޔިތުން މަގުމަތިން އިންސާފުހޯދާ. ވަލުޖަނަވާރުންނަކީވެސް ކޯޓުން އިންސާފު ލިބޭ ބައެއްނޫން.