ރައީސް ޔާމީންގެ ކެމްޕެއިންގެ ވޮލަންޓިއަރުންނާ އެމަނިކުފާނު މިދިޔަ އަންގާރަ ދުވަހުގެ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް
22 ޖޫން 2018 - 08:25
ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ޚާއްސަ "ޑޯ ޓު ޑޭ" ކެމްޕެއިނެއް މިއަދު ހަވީރު ފަށާ ގޮތަށް އެމަނިކުފާނުގެ ކެމްޕެއިން އޮފީހުން ނިންމައިފި އެވެ.
ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގެތަކަށް 2،000 އަށް ވުރެ ގިނަ ވޮލަންޓިއަރުން ހިމެނޭ ޓީމެއް މިއަދު ހަވީރު 4:00 އިން ފެށިގެން މާދަމާގެ ނިޔަލަށް ޒިޔާރަތް ކުރަމުންދާނެ ކަމަށް ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ޑޯ ޓު ޑޯ މި އަމާޒު ކުރަނީ މާލޭގައި ދިރިއުޅޭ ރަށްވެހިންނާއި އަތޮޅުތަކުން އައިސް މާލޭގައި އުޅޭ މީހުންނަށް. މިއީ މިހާތަނަށް މާލޭގައި ބާއްވާ އެންމެ ބޮޑު ޑޯ ޓު ޑޯ އަށް ވާނެ އިރާދަކުރެއްވިއްޔާ. މާލޭގެ ހުރިހާ ގެ އަކަށް ވެސް ދެވޭތޯ އަޅުގަނޑުމެން ބަލާނަން،" ޔާމީން ވިދާޅުވި އެވެ.
"ގޯއްޗަށް" ގެ ނަމުގައި ރައީސް ޔާމީންގެ ކެމްޕެއިން ޓީމުން މި ހަފުތާ ބަންދުގައި މާލޭގައި "ދޮރުން ދޮރަށް" ޕްރޮގްރާމް ފަށާއިރު، އެ ހަރަކާތުގައި ބައިވެރިވާ ވޮލަންޓިއަރުންނާ ރައީސް ޔާމީން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ބައްދަލުކުރައްވައިފަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާ ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް އޮތް ހަފުތާގައި ކުރިއަށް ވުރެ ވަރުގަދަކޮށް ފަށާނެ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޯން
14 August 2018
ނިކަން ރައީސް ޔާމީނު ޑޯޓުޑޯ ޖައްސަ ބަލާށެވެ.ކީކުރަން މީހުން ފޮނުވަނީކީ
އެނދި މަރިޔަނބު
06 August 2018
ޑޮންޓް ކަމް ހިޔަރ . ތިޔަ ޓީމާހެދި އާންމު އުދަގުލަކައް ވެއްޖެ ގުޅާވަރުންނާ މިގެޔައް އަންނަވަރުން .. ކީވެތަ ޔާމީނު ނާންނަނީ .މީ ރަސްގެފާނު ތަ އަޖައިބު. މި އަނިޔާވެރިކަމުން ސަލާމައް ކުރައްވާދޭ ޔާ ﷲ.
ފާތިންދައްތަ
24 June 2018
"ޑޯ ޓު ޑޯ" އިން ވެސް "ރޫފު ޓު ރޫފު" އިންވެސް "ޓޮއިލެޓް ޓު ޓޮއިލެޓްސް" އިންވެސް ޔާމީން އަށް ނޫނެކޭ ބުނަނީ! ނުވާނެ ތިކަމެއް!
ހަތް ހަރާމް
24 June 2018
އަހަރެން މިއީ 2013 ގައި ރިޔާސީ އިންތިޚާބު ގައި މި ޔާމީނަށް ކެމްޕޭނު ކޮށްދިން މީހެކެވެ. އެއީ ޔާމީނު އާއި ހުރި ގާތް ކަމަށްޓަކައެވެ.މައުމޫނު އަށް ޓަކައެއް ނޫނެވެ. ޕީޕީއެމް އަށް ޓަކާ ވެސް މެއެވެ.ސީދާ ޔާމީނު ވިދާޅުވެގެން ނެވެ.އަދި ވެސް އަހަރެން ނަކީ ޕީޕީއެމްގެ ސަޕޯޓަރެ ކެވެ. އެކަމަކު ޔާމީނަށް މިހާރު މަގޭ ވޯޓް ހައްޤެއް ނޫނެވެ. ޔާމީނަށް ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ބެތެވެ.
ބޮލުން ކުޅޭ
24 June 2018
ނިކަން ރައީސް ޔާމީނު ޑޯޓުޑޯ ޖައްސަ ބަލާށެވެ.މިރައީސް އަށް ކީއްވެތަ ޑޯ ޓު ޑޯ ދާން ނުކުރެނީ؟ މި ފަހަރަކު ތިކަމެއް ތި ގޮތަކަށް ނުވާނެ އިގޭ .
ޢިބަ
24 June 2018
ޚީއްވެތަ އޯގާތެރި ސަރުވާރުގެ ކެޔޮޅު ރައްޔިތު ކުދިން ގެ ހާލު ބަލަން ގޭގޭއަށް ޒިޔާރަތް ނުކުރަނީ.ރައްޔިތުން ދިރިއުޅޭ ހާލު ދެކިލަން ގަޓުހުރި ރައީސް ފަހަތަށް ޖެހިވަޑައިގަން ނަވަނީ..އަހަރެމެން ގެ ހަލީފާ ހާރޫން ރަޝީދު ގޭގަ ފިލާ.ހާލިދު ބުނި ވަލީދު ދިގުމުއްދަތައް ޖަލަށް ލާފަ.މީތަ އޯގާތެރި ގަޓުރައީސް އަކީ
ރަށްވެހިން
23 June 2018
ދެން އެކުދިން ވޯޓު ފޮށިތައް ކައިރީ، ރައްޔިތުންނަށް ހަނދާން ކޮށްދޭން ބޭތިއްބީމާ ހުންނާނީ ސިކުނޑީގެ ކުޅިވަރު ކުޅެވިފަ
ނޫސަންގު
23 June 2018
ރައްޔިތުންގެ ބާރު ކަނޑުވާލައި މަޖިލިހާ މިނިވަން މުއައްސަސާތަށް ފަނާކޮށްފައި މުޅި ނިޒާމު ހަލާކު ކުރުމަށްފަހު ދޮރުން ދޮރަށޭ ކިޔާފައި ތިދައްދަކަނީ ދަޅަ. އިންތިޚާބުގައިވެސް މަކަރު ހަދާނެ. ކޮބާ މަޖިލީސް ކޮބާ ކޯޓް ތަށް.
ބަނާނާ
23 June 2018
އެމްއެމްޕީއާރސީ ގެ ވާހަކަ އަހާވެސް ނުލާތަ؟ އެންމެންވެސް ގަބޫލުކުރާނެ މީގެ އަޑީގަހުރި ބޮސް ދެވަނަފަހަރު ވެރިކަމަށް ގެންނަން ހެޔޮނުވާނެކަން.
ބޭބެ
23 June 2018
މަގޭ ވޯޓު ޔާމީންއަށް