ޕީޕީއެމުން ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި މުންދު ވާހަކަދައްކަވަނީ --. ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ޖޫން 2018 - 13:52
ރާއްޖެ އިން ރަޝިއާ އަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މުންދު އަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 36 މެމްބަރުންގެ އިއްތިފާގުންނެވެ. ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށުނު ފަހުން، އިދިކޮޅު އެއްވެސް ޕާޓީއެއްގެ މެމްބަރަކު ޖަލްސާތަކަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ.
މުންދުގެ ނަން ދިރާސާ ކުރި ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމާފައި ވަނީ އޭނާއަކީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ޑިޕްލޮމެޓިކް މިޝަނާއި ތައުލީމާއި ތަޖުރިބާގެ ގޮތުން ރަޝިއާ އަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް އައްޔަން ކުރަން އެކަށީގެންވާ ބޭފުޅެއް ކަމަށް ކޮމިޓީގެ ނިންމުމުގައިވެ އެވެ. އެހެންވެ، ކޮމިޓީން މުންދުގެ ނަން ފާސް ކުރީ އިންޓަވިއު ކުރުމަކާ ނުލަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން މުންދު މިހާތަނަށް ހުންނެވީ ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. އޭގެ ކުރިން މުންދު ވަނީ ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަން ވެސް އަހަރެއްހާ ދުވަސް ވަންދެން ކުރައްވައިފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި މުންދު ވަނީ ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ނަންގަވައިފަ އެވެ. މައުމޫންގެ ސަރުކާރުގައި އޭނާ އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމެވެ.
މައުމޫންގެ ސަރުކާރަށް ފަހު، މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މުންދު ވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
27 June 2018
މުންދުއަށް ލިބޭނެ ދޯ އެހެންވީމަ ޑަބަލް މުސާރަ. މުންދު ބުނީމެއް ނުންތަ އަންނި ލަންކާގެ މަގުމަތިން ހައްޔަރުކޮށްގެން ރާއްޖެ ގެންނާނެކަމަށް. ހާދަ ސްލޯކޮށޭ ތިއުޅެނީ.
ނަޝާރަވީ
27 June 2018
މީނާ އެއްވެސް ތާކު ހަރުނުވޭ........ކީއްވެބާ
ފެއިލިއާ
27 June 2018
އަންނި ހައްޔަރު ކުރުމަށް ބޭނުންވާ ހުނަރުތަކުގެ ތަމްރީނު ހެދުމަށް ޕުޓިން ކައިރިއަށް ދޯ؟
ސައީދު ޢަބޫބަކުރު
27 June 2018
ކަލޯ އަންނިއުޅެނީ ރަސިޔާގަތަ މީނާއަންނިހައްޔަރުކުރްނތަމިދަނީ ނޫނީ ލަންކާގަ އުޅެންބިރުގަތީތަ