މާލެ: ފެބުރުއަރީ 16، 2017- ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާއި އެމްޑީއޭގެ ރައީސް އަހުމަދު ޝިޔާމް ސަލާމް ކުރައްވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
28 ޖޫން 2018 - 18:26
އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޚަރަދު ކުރެވޭ މިންވަރު ބޮޑު ކުރަން އިންތިޚާބު ތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން ނަމަ، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރަން ވާނީ އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިޚާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 1،500ރ. ގެ މަގުން ހިސާބު ކުރުމުން ޖެހޭ ފައިސާގެ އަދަދަށް ވުރެ އިތުރު ނުވާނެ އަދަދަކަށެވެ.
ނަމަވެސް، އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރަން ވާނީ އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2،000ރ. ގެ މަގުން ހިސާބު ކުރުމުން ޖެހޭ ފައިސާގެ އަދަދަށް ވުރެ އިތުރު ނުވާނެ އަދަދަކަށް ކަމަށެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި ބިލް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާރު ވަނީ ފާސްކޮށްފަ އެވެ. މި ބިލް މަޖިލީހުން ފާސް ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ އަންނަ ހަފުތާގައި ބާއްވާ ޖަލްސާގަ އެވެ.
ބިލް ގައި ބުނެފައި ވަނީ އިންތިޚާބާ ގުޅޭ ރިކޯޑުތަކާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ބެލެހެއްޓުމަކީ ކެންޑިޑޭޓާއި ކެންޑިޑޭޓުގެ އެޖެންޓުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފި ނަމަ، އެ ކަން ކުރުމަކީ ކެންޑިޑޭޓަށާއި ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އެޖެންޓަށް ލާޒިމް ކަމެއް ކަމަށް ވެސް ބިލް ގައި ވެ އެވެ.
މީގެ އިތުރުން، ކެންޑިޑޭޓެއްގެ އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭ ބަޔާން އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން 21 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެ ކަމަށް ބިލް ގައި ބަޔާން ކޮށްފައި ވެ އެވެ. އަދި މާލީ ބަޔާނަކީ އޮޑިޓަރަކު އޮޑިޓް ކޮށްފައިވާ ބަޔާނަކަށް ވާން ޖެހެ އެވެ. އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަން ދީފައި އޮތީ 30 ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑު ހަސަނު
29 June 2018
ހުރިހާ ޤާނޫނުތަކާއި ގަވާއިދުތައް ބަދަލުކޮށްލަކޮށްލާ ވަގުތު ފާއިތުވާއިރުވެސް ތިބޭށެވެ. އިރާދަކުރެއްވިއްޔާ ދެނެއް ކިތަންމެ ފައިސާއެއް ބެހިޔަސް ތިޔަ ހީކުރާ ނަތީޖާއެއް ނުނެރެވޭނެއެވެ. ގިނިދުށް މީހާ ރަތްމަލަށް ބިރުގަންނަ ފަދައިން ތިވެރިންގެ އަނިޔާވެރިކަމާއި ކޮރަޕްޝަން އިއާދަވެދާނެތީ ބިރުގަނެއެވެ.
ހުޅުމާލެ މީހާ
29 June 2018
މިހާ އިންތިހާބާ ގާތްކޮށްފަ އިންތިހާބާ ބެހޭ ގާނޫނަށް ހިތުހުރި އިސްލާހެއް ގެނެވިގެން ނުވާނެ. މާދަން ނޫން ކަމެއް ނޭންގެ ގާނޫން އިސްލާހު ކުރާނީ އިންތިހާބުގައި ކުރިމަތި ލެވޭނީ ޔާމީން ކިޔާފަ އަދި ފާތުމަތު ކިޔާ މިހުންނާ އިދެގެން އުޅޭމީހުންނަށް އެކަންޏޭ
ދަތްނެތްކުއްޖާ
29 June 2018
ކުދިންނޭ ކުދިންނޭ ނަމަނަމަ ފައިސާ ފޮއްޗެއް ދޫކޮއްނުލާތި. އެ ފައިސާ އަކީ ހަމަ ތިޔަ ކުދިންގެ ފައިސާ. ނަމަވެސް ވޯޓު ފައިސާ އަށްޓަކައި ނަފްސް ޤުރުބާން ނިކުރާތި. ވ ސަލާން.
ސޮފާ
28 June 2018
ހަމަ އެކަނި އިންތިޚާބުގައި ވާދަކުރެވޭނީ ޕީޕީއެމް އިން ނިކުންނަ ކެންޑިޑޭޓަށް ކަމަށް ޤާނޫނަށް އިސްލާހް ހުށަހަޅަން ވަރަށް ފެނޭ އެމަންޒަރު ފެންނަނީ އިދިކޮޅު ބަޔަކަށް އެއްވެސް ފުރުސަތެއްނެތް
ސޭހަ ކަރެޕސަން
28 June 2018
ޢޭރުންތާ ރައްުޔަތުން ގަނެވޭނީ
ހޯރަފުށީ ޗާލްނަޔާ
28 June 2018
ރައީސްކަމަށް ޔާމީން ނައިބަކަށް ސިޔާމް. އަޅުގަނޑް ވަރަށް ދެކެށްބޭނުންވޭ މި ދެބޭފުޅުންގެ ވެރިކަމެއް. އަޅުގަނޑަށް ޔަގީން މި ދެބޭފުޅުންގެ ވެރިކަމެއްގާ ދިވެހިރާއްޖެ ތަރަށްގީގެ އާއުސްމިންތަކަކަށް ގެންގޮސްދީ ރަށްއިތުންނަށް އުފާފާގަތި ދިރިއުޅުމެއްލިބޭނެކަމަށް. މީ ވަރަށް ގާބިލް ދެބޭފުޅުން. ރައީސް ޔާމީން 2018 ޔަގީން. އިންސާ ﷲ
ކޮރިއަންޑާ
28 June 2018
ގޭހަރުގަ ތިބޭ މީހުންނަށް ތައީދެއް ނޯންނާނެ އެމީހުން ކަންކަން ކުރަން ޖެހޭނީ ރިޝްވަތުގެ ގަރަނބު ފައިސާއިން
މުނީ
28 June 2018
ދެން ލާންވީ އިސްލާހަކީ އިންތިހާބުގައި ފައިސާ ބެހުން ހުއްދަ ކުރުން
ރަންފައުނު
28 June 2018
އިންތިހާބަކީވެސް ވަކި މީހަކަށް ލެވޭނެ ކަހަލަ ހެދުމަކަށް ހަދާ ހެޔޮވަރުކޮއް ނިންމަނީ. އެކަމަކު ލާރިޔަކުން ރައްޔިތުންގެ ލޯތްބާ، އިހުތިރާމެއް ނުގަނެވޭނެ. އޭގެ ބަދަލުގައި ރައްޔިތުންގެ ކުރިމަތީ ތިދަނީ އެ ލޯތްބާއި އިހުތިރާމު ކުޑަވަނުން.
ޛްމް
28 June 2018
އެންމެން ގަތަސް މަށެއް ޔާމީނަކަށް ވޯޓް ނުދޭނަން.