ހުޅުމާލެ. އެ ރަށުގައި ރޭ ހިންގި މާރާމާރީގައި ޒުވާނަކު ވަނީ ޒަހަމްކޮށްލާފައި.
21 ޖުލައި 2018 - 10:06
ހުޅުމާލޭގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅު ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.
އެ މާރާމާރީގައި ޒަހަމްވީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑުގެ ހަތް ތަނަކަށް ވަޅި ހަރާފައިވާ ކަމަށް އާސަންދަ އިން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގައި ފުލުހުން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
އާސަންދަ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޒަހަމްވި ޒުވާނާ އަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
މި މާރާމާރީއާ ބެހޭ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ހުޅުމާލޭގައި ރޭ ހިންގި މާރާމާރީގައި ޒުވާނަކަށް ހަމަލަ ދިން އިރު، ފަހަކަށް އައިސް ހުޅުމާލޭގައި ގްރޫޕް މާރާމާރީތައް ވަނީ އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފް
22 July 2018
ވަޅި ހެރި މީހުންގެ ހަބަރެއް ނެތެވެ. އެމީހުން އެއީ ގެއްލޭ ބައެއް ހެއްޔެވެ؟ އެމީހުން އަވަހަށް ހިފާ ހައްޔަރު ކުރާށެވެ.
ބުރުގާ
21 July 2018
އައްތެ؟! އެހެންތެ. ތިހެންވެއްޖެޔާ ތީ ޔާމީނައް ކާމިޔާބެއް.
ޡަހީރާ
21 July 2018
ޭެއިދިކޮޅު މީހުން ބުނާނީ މިވެސް ވާނީ ޔާމީނު ބުނެގެން ކުރި ކަމެއްކަމަށް
ކޮންހުޅުމާލެއެއް
21 July 2018
މިއީ މީހުން ގެއްލި މަރުވާ ސިޓީ: މާލެ ސިޓީ! ލަސްތަކެއް ނުވެ ދުނިޔޭގައި އާ ރެކޯޑެއް ހަދާނެ މިކަންކަމުންވެސް. އެކަމަކު އެންމެންވެސް އަދިވެސް ތޮތްޖެހެންވީ ހަމަ މާލެއަށް. ހަމަ މާލެއަށް.
މަރޭމިތުރާ
21 July 2018
ފުލުހުން ކުރާ ތަހުގީގަކީ ކަނޑުގައި އަޅާ ރޮނގެކޭ! އިލްމު ފޮރުވައިގެންތިބެ ކުރާ ސިޔާސީ ހަރަކާތެކޭ!
ވާލުސޮރު
21 July 2018
"ޔޫތު ސިޓީ"ގެ އަސްލު ސިފަ ފެންނާނީ ބްރިޖް ނިމި ބްރިޖް ހުޅުވުމުންކަމަށް ވެދާނެ. އޭރުން މެކްސިކޯ ސިޓީގެ މަތިން ދުނިޔެ ހަނދާންނެތޭނެހެން ވަރަށްހީވޭ.
މޮހޮނުި
21 July 2018
ހަމަ ތެދެއް ތިބުނީ.