ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް
25 ޖުލައި 2018 - 11:48
ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ވެސް ބޭނުންކޮށްގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމަކީ ޖިނާއީ ކުށެއް ކަމަށާއި އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ފަހު ރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމުން މި ފަހަރު ކެމްޕެއިން ކުރާނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުޅި ސަރުކާރު ބޭނުން ކޮށްގެން ކަމަށެވެ.
ޕީޕީއެމްގެ ކެމްޕެއިންގެ ހަރަކާތްތަކަށް ސަރުކާރު މުވައްޒަފުން ނެރޭއިރު، ކެމްޕެއިން ދަތުރުތަކުގައި ދައުލަތުގެ އުޅަނދުތަކާއި ވަސީލަތްތައް ބޭނުންކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި ރީ-ރަޖިސްޓްރީ ކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަމުގެ ތުހުމަތު ވެސް ދަނީ އަޅުވަމުންނެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ދައުލަތުގެ އެއްވެސް އެއްޗެއް، އެއްވެސް މީހެއްގެ ފައިދާއަށް ބޭނުން ކުރުމަކީ ކުށެކެވެ. އަދި ސަރުކާރު މުވައްޒަފެއްގެ ރަސްމީ ގަޑީގައި އެމުވައްޒަފަކު ލައްވައި ވަކި މީހަކަށް ފައިދާވާ ކަމެއް ކުރުވުމަކީ ވެސް ގާނޫނީ ކުށެކެވެ.
އެކުށް ކުރާ މީހެއްގެ އަތުން ބަދަލު ހޯދުމާ އެކު ތިން އަހަރުގެ ޖަލު ހުކުމެއް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ގާނޫނުގައި ބުނާ ކުށެއް ކުރަން ހިތްވަރު ދިނުމަކީ ވެސް ކުށެއް-- ފޮޓޯ:މިހާރު
ގާނޫނު އުގޫބާތުގެ 540 ވަނަ މާއްދާގައި ބުނެފައިވަނީ ހެކި ދިނުމަށް ނުވަތަ ވޯޓު ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރާ މީހަކަށް ބިރުދެއްކުމާއި ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމަކީ ކުށެއް ކަމަށެވެ.
ޝަމީމް ވިދާޅުވީ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރާނެ ކަމަށް އަބްދުއްރަހީމު ވިދާޅުވުމަކީ ކުށެއް ކުރެއްވުން ކަމަށެވެ.
"އަބްދުއްރަހީމް އެކުރި ކަންތަކަކީ ކުށެއް ކުރަން ހިތްވަރުދީ ގޮވާލުން. އަބްދުއްރަހީމް އެކުރީ ކުށެއް. އަދަބު ދޭން ޖެހޭ. އެ މައްސަލަ ބަލަން ޖެހޭ،" ޝަމީމް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާނެ ކަމަށް ފާޅުގައި އަބްދުއްރަހީމް ވިދާޅުވި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ. އެ ދެ ތަނަށް ގުޅައި އަދި މެސެޖްކުރުމުން ވެސް މައުލޫމާތު ދޭނެ މީހަކު ނުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚާލިދު
26 July 2018
ބަލަ އަދުރޭބެއަކީ މީހެއްގެ ތާޅަފިއްޔެކޯ އެތާޅަފިލިން ގޮވާނީ ގޮއްވި އެއްޗެއް، ދެން މާގިނަދުވަހެއްނެއް އެގޮވެލިތަކަށް ނިމުން އަންނާކަށް ، އިންޝާﷲ
ާައައިޝާ
26 July 2018
ވަކިބަޔަކަށް ވަކިގޮތެއް އޮތްނާނީ... އެމީހުން ބުނެފިއްޔާމު އެއީ އެއްވެސް އެއްޗެކޭ ނޫން.ނާނާނެ ޙުކުމެއްް ވެސް.
ދަތްނެތްކުއްޖާ
26 July 2018
ބައިތިއްބާ އެވެރިން. ﷲ ގެ ވާގި ފުޅާއި އެކު މިކަން ނިމުނީމާ ތިޔަކަންވެސް ބެލޭނެ.
އެބަހީ
25 July 2018
ތިޔަބުނާ ކޮމިޝަންތަކަށް ކަހާތަން ހިރުވާވެސް ނުލާނެ! އެކަމަކު އެވާހަކަ ދެއްކީ އިދިކޮޅުމީހުން ކަމަށް ވާނަމަ މަވަރުގެ ކޮމިޝަނެއް ނެތިގެން އުޅޭނެ! ތިޔަބައި މީހުންނަށް ހަލާކުހުރި!
ޔާސިރު..
25 July 2018
އަބުދުއް ރަހީމް ކޮއްކޮ، ހދ، ހއ، ށ ގެ ރަށްތަކައް ކުޅުދުއްފުށި ކަސްޓަމްސް ގެ ލޯންޗް ބޭނުން ކޮއްގެން ދަތުރު ކުރަނީ، ރަސްމީ ގަޑީ....
އަލްޖިބްރާ
25 July 2018
މިވެރިކަމުގައި މިސަރުކާރުގެ މީހުނާއި އަދުރޭމެން ޒާތުގެ މީހުން ކޮށްފާ ވަނީ ޤާނޫނާއި ޚިލާފް ކިތައްކަންތައް ބާވައެވެ؟ އެކަމަކު އެއިން އެއްވެސް ކަމެއް ބަލާނެ ، ބެލޭނެ އެއްވެސް ތަނެއް މިދިވެހިރާއްޖެ އަކު އަދި ނެތެވެ.
ާާޢާއިޝާ
25 July 2018
ނައިބަކަށްލައިގެން މި އުޅެނީ ބޯހަމަޖެހޭ މީހެއް ނޫން ޕާރޓީން ބޭރުކޮއްބަލަ ނިހާނޫ ކަލޭމެންގެ އަގު ވައްޓާލަމުންދާ އިރުވެސް މި ބޯގޯސް އެބަ ނެރޭ ނިއުސްކޮންފަރެންސް ތަކަށް ވެސް ހަމަ އަޖައިބުވެއްޖައިން މި ނޫން މީހަކު ހަމަ ނެތީތަ
މެސީ
25 July 2018
ދެން މިރާއްޖޭގައި އޮންނާނީ ކޮމިޔުނިޒަމް "ޗައިނާ" ސުވާލުކުރާ މީހާވެސް ޖަލަށް
ޣައްދާރުންގެ ސިޓީ
25 July 2018
އަބުދުއްރަހީމް ކުރީ ކުށެއްކަމަށް ބުނުމަކީ ގައުމަށް ޣައްދާރުވުން ކަމަށް ކަނޑައަޅައި ދިނުމަށް ސްޕްރީމް ކޯޓުގައި އެދެންވީނު ދޯ. އެހެންނަ! ކިހާ ގޯސް އިލްޒާމެއް އެއެޅުވީ.
ޫުހުޖހހ
25 July 2018
ޙުޅުމާލެ ހޮސްޕިަތލް ގެ ތެރޭ މޭޒު ބަހައްޓައިގެން އެކުރަނީ ކީއް؟