ރިޔާސީ ކެންޑިޑޭޓު އިބޫ (މ) އާއި ޝާހިދު (ވ)، މަޖިލިހުގެ މެމްބަރު އަސްލަމްއާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު
29 ޖުލައި 2018 - 09:43
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ތަރައްގީގެ ނަމުގައި ވައްކަން ކުރާނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިދިކޮޅު އިއްތިހާދުން ބ. އަތޮޅަށް ކުރާ ދަތުރުގައި، ތުޅާދޫ ގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ރާއްޖެ އަށް މިވަގުތު ބޭނުން ވަނީ ތަރައްގީގެ ނަމުގައި "ވައްކަން ކުރާނެ ލީޑަރެއް ނޫން" ކަމަށެވެ.
އުމުރުން 28 އަހަރުގައި ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވި، ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ އަކީ މިދިޔަ 25 އަހަރުގެ ތެރޭގައި ތެދުވެރިކަމުގެ ލާމަސީލް މިސާލެއް ކަމަށާއި އޭނާ އަކީ ރާއްޖޭގެ ރައްޔިތުން އެކުވެރިކޮށް، އެއްބައިވަންތަކޮށް ދެއްވާނެ ކަމަށް ލީޑަރެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"ރާއްޖޭގައި އުފެދިފައިވާ ފަސާދަ އާއި ފިތުނަ ނައްތާލާނެ ލީޑަރެއް [އިބޫ އަކީ]. އަޅުގަނޑުމެންގެ މިސްރާބު ހުރީ ހެޔޮ މިސްރާބާ ދިމާލަށް،" މިހާރު އަމަލު ކުރާ ގާނޫނުއަސާސީ އާއި އޭގެ ކުރީގެ ގާނޫނުއަސާސީ ޑްރާފްޓް ކުރުމުގެ މަސައްކަތުގައި އިބޫއާ އެކު މަސައްކަތް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވި ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލްގެ ކުރެހުމަށް އެކަނި ވެސް 25 މިލިއަން ޑޮލަރު ޚަރަދު ކުރިއިރު، އޭނާ އަކީ ސިޔާސީ ކަންކަން ދޫކޮށްލާފައި، ކުރެހުންތެރިއަކަށް ވި ނަމައޭ ހިތަށް އަރައިވަޑައިގެންނެވި އެވެ. އަދި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖަށް ޚަރަދުވާ ވަރު ވެސް އެނގިވަޑައިގެންފައި ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އަށް ބޭނުންވަނީ ވެރިކަމުގެ ލައްޒަތާއި ބާރުގެ އިތުރުން ވެރިކަމުގެ ބޭނުމުގައި ހިތު ހުރިހާ ގޮތަކަށް ކަންކަން ކުރައްވާނެ ވެރިއެއް ނޫން ކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން ޖަލަށް ލާފައިވާ ފަދައިން، އެމަނިކުފާނު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ، މިހާރު އަރިހުގައި ތިއްބެވި ކޮންމެ ބޭފުޅަކު ހުންނަން ޖެހިވަޑައިގަންނަވާ ޖަލުގައި އަނދަގޮނޑި ޖަހާފައި ކަމަށް ޝާހިދު ވިދާޅުވި އެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި ރައީސް ޔާމިން ބޭނުންވަނީ ވެރިކަމުގެ ލައްޒަތެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް އެ އިންތިޚާބު އޮތީ ބޮޑު ތަނުން ކާމިޔާބުވެފައި ކަމަށެވެ. އިންތިޚާބު، އިދިކޮޅު ފަރާތްތަކުގެ އަތް މަތީގައި އޮތް އިރު، ދިވެހިން ފަރުދީ ވާޖިބު އަދާ ކުރުމަށް އޭނާ ގޮވާލެއްވި އެވެ. އަދި އެއްވެސް ރަށެއްގައި "ވަގު ވޯޓުލުމަށް" ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އިބްރާހިމް މުހައްމަދު ސޯލިހާ ދިމާލުގައި ފާހަގަ ޖަހަންވީ. އޭރުން މި ގައުމު ސަލަމާތްވީ،" ރައީސް ޔާމީންގެ ސަރުކާރު ބަލިވެފައި އޮތް ކަން ފާހަގަ ކުރައްވައި، އިބޫއާ ގާތްގުޅުމެއް ބާއްވަމުން އަންނަ ޝާހިދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާޝް
14 August 2018
ބަލަ ޝާހިދޫ، އެމްޑީޕީ މީހުން ވަރަށް ތަފްސީލުކޮށް ޝާހިދުގެ ގެ ހަދާލި ގޮތް ޕޯޑިއަމްތަކުގައި 2008 ވަނަ އަހަރު ގޮވާލި. މައުމޫނުގެ ވެރިކަމުގައި ރާއްޖެ ތަރައްޤީ ނުކުރެވުނީ ޝާހިދުގެ ވައްކަމާހެދިޔޯ. ރައީސަށް ނޭނގި ރައީސް ވިދާޅުވިއޭ ކިޔައިގެން ސިޓީތައް ފޮނުވައި ހިންގިޖަރީމާމަތިން ހަނދާންވޭތޯ. ލަދުކޮބާ މިހާރު ތަންތަނަށްއަރާ ޚިޔާނާތޭކިޔާ އަނގަ ހުޅުވާއިރު.
ލިޕޭ
07 August 2018
ރޯމާދިވާލު ހާމައަށް ކާނީ. ތަރައްޤީގެ ނަނުގައި އެތިކޮޅު އެކުވެރިންނަށް ބަހާލާނީ
އަހުމަދޭ
29 July 2018
ނުކުރާނެ. ގައުމު ޔަހޫދީ ކޮށްލާނީ... ނުކިޔަވާ މީހެއް.
ޝޮކްތެރަޕީ
29 July 2018
އެމްޑީޕީގަ ގިނައީ ސަރުކަރުން ވައްކަން ކޮއްގެން މުސްސަދިވީމިހުން.
ސްކައިޕޭ
29 July 2018
އިދިކޮޅު މީހުން ރާޑިވީމަ ގޮވާގޮވެލިފަތިތައް މިއީ. ވައްކަން އަނިޔާ ބޭއިންސާފު ނާއިންސާފު. މިއީ މި މީހުންގެ އަތްމަތީ ބަަސްތަކެއް. މިކަން މިހާރު މީހުން ގަބޫލެއް ނުކުރާނެ ދެކޭނީ މޮޔައިން ކަމަށް.
ގައިދީ ނަންބަރު ވަން
29 July 2018
ޝާހިދު ބުނަން. އިންތިޚާބާ ދިމާކޮށް ކަލޭމެންގެ އަނގަތަކުން ވައްކަމޭ އަނިޔާވެރިކަމޭ ކިޔާނެ. މިސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކަށާއި ގެންނަމުންދާ ތަރައްގީއަށް ކަލޭމެންވެސް އެއްބަަސްވާނެ. އިދިކޮޅުވީމަ ތިޔަ ހާސަރުތައް ދަމާނެ ނޯ ޑައުޓް ރައީސް ޔާމީން ބޮޑުތަފާތުން ނަގާނެ
ކަދުރޭ
29 July 2018
ދެން ކޮން ނަމެއްގަތޯ ކުރާނީ؟
ދެކޭމީހާކިޔާމީހާ
29 July 2018
އެއްވެސްއިރެއްގައި އިބޫއަކީ ވައްކަމެއްކޮށް، ޚިޔާނާތެއްވާންޖެހިފައިވާ ބޭފުޅެއްނޫންކަން އިބޫދަންނަމީހުނާއި ތިއިންކަމަކާއިމެދު ވިސްނާބަޔަކަށް އެނގޭނެއެވެ. އެކަމަކު ނޭނގޭނަމަ، ކިޔާނީވެސް އަދި ވިސްނޭނީވެސް ތިމާގެފެންވަރުންތާއެވެ!
އަބްދުﷲ
29 July 2018
އިބޫއަކީ އެމްޑީޕީގެ ކެނޑިޑޭޓް. އެމްޑީޕީގެ ވެރިކަމުގައި ތަރައްގީ ނަމުގައި ކުރި ކަންތައްކިޔައިދީބަލަ ޝާހިދު؟. ސާކްސަމިޓްގެ ކިތައްމިލިއަން ރުފިޔާތޯ ވީގޮތެއްނޭންގި އޮތީ؟ ބޭސް ގެނައުމުގެ ނަމުގައި ހިންގި ޖަރީމާތަކޯ؟. ބެހި ރަށްތަކޯ؟ މުލިއާގެއިން ނެރުނު ފުޅިތަކޯ؟. ދަތުރުތަކުގައި އުފުލި ކަޅު ދަބަސްތަކޯ؟. މިކަން ކަން ސާފުކޮށްދީބަލަ ކެރެންޏާ!!!!
ކަނބޯ
29 July 2018
ވައްކަމެއް ނުކުރާނެ. ރޯމާދިވާލު ހާމައަށް ކާނީ.