02 އޯގަސްޓް 2018 - 14:37
އޮޑިޓާ ޖެނެރަލް އަށް ހުށަހަޅަން ޖެހޭ މާލީ ބަޔާންތަކުގެ ފޯމެޓަށް މާބޮޑު ބަދަލެއް ގެނެސްފައި ނުވާ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.
ގާނޫނު އަސާސީ ބުނާގޮތުން ރައީސާއި ކެބިނެޓް މިނިސްޓަރުންގެ އިތުރުން އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އަދި ޕްރޮސިކިއުޓާ ޖެނެރަލާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުން ކޮންމެ އަހަރަކު މާލީ ބަޔާން އޮޑިޓާ ޖެނެރަލް އަށް ހުށަހަޅުއްވަން ޖެހެ އެވެ.
އޮޑިޓް އޮފީހުގެ ޓެކްނިކަލް މެނޭޖާ މުހައްމަދު ނަސީމް ވިދާޅުވީ މާލީ ބަޔާން ހުށަހަޅާ ފޯމަށް މި އަހަރު ކުރީކޮޅު ކުދިކުދި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ފޯމަށް ބަދަލު ގެނައީ ކުރީގެ ފޯމް ފުރަން އުނދަގޫވެގެން ޝަކުވާ ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އާ ފޯމުގައި ވެސް އެ މީހެއްގެ މާލިއްޔަތުގައި ފައިސާ އާއި މުދާ ހުރި ވަރު ހިމަނަން ޖެހޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.
Raees Yameen varah avahah Maalee bayaan hushahuvvaane: Tharujamaan
The most trusted news source in the Maldives
Mihaaru
ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅާނެ ކަމަށް ވިދާޅުވުން--
"ފޯމުގައި މާ ބޮޑެތި ތަފާތުތަކެއް ނޫޅޭނެ. ކުރިއެކޭ އެއްގޮތަށް މަގާމާ ހަވާލުވިއިރު މާލިއްޔަތުގައި ހުރިވަރާއި އަހަރުން އަހަރަށް އަންނަ ބަދަލުތައް ދެނެގަނެވޭނެ،" ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ ފޯމު ފުރައި މާލީ ބަޔާންތައް މިހާރު ވެސް އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
އެ ތުހުމަތުތަކަށް ރައްދުދެއްވައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވީ ރައީސްގެ މަގާމާ ހަވާލުވުމަށް ފަހު ރައީސް ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލް އަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި މާލީ ބަޔާން ހުށަހަޅާނެ އާ ފޯމެޓެއް މިހާރު ހަމަޖައްސަވާފައިވާއިރު ވަރަށް އަވަހަށް ރައީސް ޔާމީންގެ މާލީ ބަޔާން ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮނިކަލޯ
02 August 2018
މި މީހުން ހުށައަޅަން ޖެހޭ ރިޕޯރޓެއް ހުށައްޅަން ޖެހޭ ތާރީޚައް ހުށަނޭޅީމަ ޖޫރިމަނާ ނުކުރަނީ ކީތްވެތޯ، އެވެސް ދައުލަތައް ލިބޭ އާމުދަނީ އެއްނޫންތޯ
ސޯލިހު
03 August 2018
ހީ ހީ ހަލާކު ؟ އެއްޗެއް ތަނެއްގަ ލިޔާއިރަށް ކޮމެންޓްކުރާތީ!!
ނަސީމާ
02 August 2018
މި ތަރުޖަމާނަށް ހީވާގޮތުން އެއީ ހިތަށް އެރިއިރަކުން ހުށަހަޅަން އޮންނަ އެއްޗެއް.