އިބޫ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ރިލްވާނުގެ އާއިލާއަށް އިންސާފު ނުލިބުމުން ހިތާމަ ކުރައްވާ ކަމަށް -- ހުސެއިން ވަހީދު / މިހާރު ފޮޓޯ
02 އޯގަސްޓް 2018 - 15:44
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައިގެ ފުރިހަމަ ތަހުގީގެއް އޭނާގެ ވެރިކަމެއްގައި ހިންގާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ރިލްވާންގެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް އިބޫ ވިދާޅުވެފައި މިވަނީ ރިލްވާން ވަގަށް ނެގި ކަމުގެ ދައުވާ ލިބުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނިކޮށެވެ.
އެކަމާ ގުޅޭ ގޮތުން، އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިލްވާން މައްސަލައިގެ ޝަރީއަތް ނިމިފައިވާއިރު އާއިލާ އަށް އިންސާފު ނުލިބުނީތީ ހިތާމަ ކުރައްވާ ކަމަށެވެ.
ރިލްވާން ގެއްލުވާލި މައްސަލައިގެ ޝަރީއަތް ނިމި، ރިލްވާނުގެ އާއިލާ އަށް އިންސާފު ނުލިބުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް،" އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓު އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަ ކުރެއްވިއްޔާ މި މައްސަލައިގެ ދެފުށް ފެންނަ، މިނިވަން، އިންސާފުވެރި އަދި އިތުބާރު ހިފޭ ތަހުގީގެއް ހިންގޭނެ."
Rilwan gelluvaali massalaige shareeaiy nimi, Rilwan ge aailaa ah insaafu nilubunukamee varah hithaama kuraa kameh. Alhugadumen ge sarukaarehgai iraadhakureviyya mi massalaige dhefuh fenna, minivan, insaafveri ithubaaru hifey thahqeegeh hingeyne.
— Ibrahim Mohamed Solih (@ibusolih) August 2, 2018
ރިލްވާން މައްސަލައިގެ ޝަރީއަތުން ކުށް ސާބިތުނުވުމުން މިއަދު އިބޫ ކުރެއްވި ޓްވީޓް: މައްސަލަ ބެއްލެވި ގާޒީ ވިދާޅުވެފައި ވަނީ ގަދަކަމުން ކާރަކަށް އަރުވާފައި ވަނީ ރިލްވާނުކަން ޔަގީންނުވާ ކަމަށް --
މީގެ ހަތަރު އަހަރު ކުރިން 2014، އޯގަސްޓް މަހު، ރިލްވާން ވަގަށް ނެގި ކަމަށް ބުނެ ދައުލަތުން ދައުވާ ކޮށްފައި ވަނީ ހ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.
އެ މައްސަލައިގައި މިއަދު ހުކުމް އިއްވަމުން ފަނޑިޔާރު އާދަމް އާރިފް ވިދާޅުވީ، ގަދަކަމުން މީހަކު ކާރަކަށް އަރުވަނިކޮށް ދުށް ކަމަށް ދެ މީހަކު ޝަރީއަތަށް ހެކިބަސް ދީފައިވީ ނަމަވެސް އެ މީހަކީ ރިލްވާންކަން ހެކިން ބުނެފައި ނުވާ ކަމަށެވެ. އަދި އެ ކާރަށް އެރުވީ ރިލްވާން ކަން ބެލުމުގެ ފުރުސަތު އޮތް ނަމަވެސް ދައުވާ ލިބޭ ދެ މީހުންގެ އަތެއް އެކަމުގައި ވާކަމަށް ހެކިވެރިއަކު ބުނެފައި ނުވާ ކަމަށެވެ.
ރިލްވާން ގެއްލިގެން އެ މައްސަލައިގައި އިންސާފާ ހަމައަށް ދިއުމަށް ގޮވައިލި އޭނާގެ ރަހުމަތްތެރިޔާ އަދި ބްލޮގާ ޔާމީނު ރަޝީދު ވަނީ އޭޕްރީލް، 2017 ގައި، ވަޅި ހަރައި، އަނިޔާވެރި ގޮތަކަށް މާލޭގައި މަރާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްދުއްލާ
03 August 2018
ރިޒްވާން ވަގަށް ނެގިމީހުނާ ގާޒީ ވަގަށް ނެގިމީހުނާއެއީ އެއްބައެއް ތަ ؟
އަބްދުއްލާ
03 August 2018
މީނާ އަކީވެސް 8 ފެބްރުއަރީގެ ހުޅުޖެހުން އެގޭމީހެއް.؟
ާއިބޫ
03 August 2018
އަހުރުމެން ރީދޫ ވެރިކަމެއްގަ ރޭންބޯ ކުލައިގެ ކުރިންނައް މިނިވަންކަން ރައީސްގެ ގަރާރަކުން ހޯދަދޭނައް މީ ޔުނިކޯނު ކުދިން އެދޭ ވެރިކަން
ސޮލާހުގެ ބޭބެ
03 August 2018
ތިހެން އެމްޑީޕީ މީހުން ބުނި އަޅުގަނޑުގެ ކޮއްކޮ ހުސެން ސޮލާހުގެ މަރުވި ގޮތުގެ ހަޤީގަތ
ހިންނަވަރު މީހާ
03 August 2018
މަނިކުފާނޫ.... ތަހްގީގު ނުކުރެވުންތަ ނޫނީ ގާނޫނުގައި ހުރި ލޫޕް ތަކަކުންތައް ދެމިގެންދަނީ. ކުށްވެރިން. ރިލްވާން މައްސައާއެކު 8 ފެބް ގައި ހުޅުޖެހުން ބަލާތި އިގޭ
ޑިމޮކްރަޓިސްޓް
03 August 2018
ދެން އަފްރާޝީމް މައްސަލަޔޯ؟ ކަލޭމެން ބޭނުން ނުވާކަމެއްވީމަ ބެލުމެއް ނެތްދޯ؟ އަމިއްލައެދުމުންނާ، އެއްފަރާތައް ތިތިބެނީގޮސް ހުސްވެފަ! ދެންވެސް ކިޔަންވީ އިހުލާސްތެރިކަމޭތަ؟
ކިޔާލާ
03 August 2018
ބަލަން ތިބޭ ތިކަމެއް ނުކުރާނެ
އިހުސާން
02 August 2018
ރިޟުވާނުގެ މައްސަލަ ތަޙުޤީގު ކުރަންޏާ، މަނިކުފާނަށް ކެރޭނެތަ ފެބުރުއަރީ 8 ހާ އަލިފުން ފެށިގެން އައްޑު އަތޮޅާއި ހަމަޔަށް ދިވެ ދަޢުލަތުގެ އެންމެހާ ތަންތަނުގައި ހުޅުޖެހި މައްސަލަ. މަނިކުފާނަށް ކެރޭނެތަ 2013 ވަނަ އަހަރުން ފެށިގެން އެމް.ޑީ.ޕީ ސަރުކާރުގަ ހިންގި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަ ތަޙުގީގުކުރަން.
ފަޤީރުކަލޯ!
03 August 2018
ތީ ރަގަޅު ވާހަކައެއް!
ޭެެާ
02 August 2018
ދެންބުނެފާނެ ރިލްވާން އަމިންލަ އަށްގެންލުނިންޔޭޥެސް
ޥެސްޕާ
02 August 2018
އަފްރާސީމް އައް އިންސާފު ހޯދާދޭނެ މީހަކު ނުވިދޯ
ޢަލީމް
02 August 2018
އަފްރާޝީމް ގެ ތަހުގީގަކީ ކޮންމެހެން ކުރަންޖެހޭ ތަހުގީގެއް. ޢެތަހުގީގުނުކޮށް އަހަރެމެން ތާއީދުކުރާ ވެރިކަމެއް ކުރިޔަކަށް ނުދާނެ.
ގުމްރީ
02 August 2018
އެބުނާހެން. އަފްރާޝީމްގެ މަރުގެ ތަހުގީގު އަލުން ނުކޮށް އެހެން އެއްވެސް ތަހުގީގެއް ކުރާނެކަމެއްނެތް. ވަރަށް "ބޮޑެތި އަތްތަކެއް" އެމަރުގެ ފަހަތުގާވޭ.