ރައީސް ޔާމީންގެ ރަނިން މޭޓް ޝަހީމާއި އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓް ފައިސަލް-- ފޮޓޯ: މިހާރު
10 އޯގަސްޓް 2018 - 18:54
އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ފުރާވަޑައިގެންނެވިއިރު ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފުވައްމުލަކަށް ފުރާވަޑައިގެންފި އެވެ.
ވާދަވެރި ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިން މޭޓް ފައިސަލް މިއަދު ހެނދުނު ޅ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި އެ އަތޮޅުގެ އޮޅުވެލިފުއްޓަށާއި ހިންނަވަރަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާފައިވެ އެވެ. ފައިސަލާ އެކު އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ރައީސް ޔާމީންގެ ރަނިން މޭޓް އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޝަހީމް މިއަދު ހަވީރު ފުވައްމުލަކަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރައްވާ ބޭފުޅުންގެ ވޯޓާ ވެސް އެކުގައި ކަމަށެވެ.
އެ ދަތުރުގައި ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަން ސާފުކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ދެ ރަނިން މޭޓުން ރާއްޖޭގެ ދެ ހިސާބެއްގައި މިއަދު ކެމްޕެއިން ފެށިއިރު އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބޫ މާދަމާ ހދ. އަތޮޅުގެ ރަށްތަކަށް ވަޑައިގަތުމަށް ފުރާވަޑައިގަތުމަށް ވަނީ ނިންމަވާފަ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ އިންތިހާބުގައި ވާދަ ކުރައްވާނީ ރައީސް ޔާމީނާއި އިބޫ ކަމަށް އިލެކްޝަންސްއިން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބޭ
12 August 2018
ﷲއިރާދަފުޅާއި މިންވަރުފުޅުން މިއިންތިހާބު އިބޫ ކާމިޔާބުކުރާނެ އިންޝަﷲ
އަސި
11 August 2018
ދެ ޝަޚްޞިއްޔަތަށް ބަލާލުމުން ބޮޑަށް ބުރަވެވެނީ ޢިލްމީ ޤާބިލުކަން ހުރި ދިމާލަކަށް. ޤައުމެއް ހިންގޭނީ ޢިލްމާއި ޙިލްމު ހުރެގެން. ޖަޒުބާތުން ފުރިގެން ހުންނެވުމަކީ ޤައުމެއް ގެ ވެރިއެއްގެ އެސިސްޓެންޓަކަށް ހުރެގެން ކަންކަން ކުރެވޭނެ ގޮތއް ނޫން.
މުހުސިނު
11 August 2018
އިދިކޮޅު ކެނޑިޑޭޓާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ހަރަކާތްތެރިވާތަންފެނޭ. ނަމަވެސް، ޝަހީމް އުޅުއްވަނީ ގިނިކަންޏާ، ޕީޕީއެމުގެ އެއްވެސް މީހަކު އެބޭފުޅާގެ އަރިހުގައި ނުފެނޭ. އަނެއްކާ މިފަހަރު ޝަހީމް އެކަނިބާ ހުންނަވާނީ ފަހުވަގުތު. މިހާރު ޝައްކުވޭ އިލެކްޝަނަށް ލީފޯމުގައި ރަނިންމޭޓުކަމަށް އިނީ ޝަހީމްގެ ނަންކަމުގަ
ޙިންނަވަރު
11 August 2018
ޢިބޫއަކަށް ނުކެރުނު އަމިއްލަ ރަށައް އަރާކައް ރަށު މިހުން ކުރިމަތީ ދައްކާނެ ވާހަކައެއް ނޭގޭތީ.އިބޫ ދައްކާ ވާހަކަ އަޑު އަހާމިހުން މިއަދުވެސް އަޑުއަހަން ތިބީ އިތުރުވި މީހަކީ ހުޅުމާލެއިން ފުޅެޓެއް ގަނެދޭނަމެ ބުނީތި އިތުރުވި މީހެއް.18 އަހަރުވީ ހުރިހާކުދިން ތިބީ ރައިސް ޔާމީނުގެ ތަރައްގީއަށް ވޯޓްދޭން.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
11 August 2018
ދީނުގެ ޝަރުއީ މާނައަކީ “އުޅެންވީގޮތް” ކަމުގައިވާނަމަ މުސްލިމުން އުޅެންވީގޮތް ޤުރުއާނުގައި އޮތީ ﷲ ވަރަށް ސާފުކޮށް އަންގާ އަމުރު ކުރައްވާފައި. . . . ދީނަށް ނަސްރު ދިނުމުގެ ނަމުގައި “ހަލާލެއް ހަރާމެއް ބެލުމެއްނެތި އަހަރުމެން ކޮންމެ މީހަކުވެސް ފައިސާލިބިއްޖެނަމަ އެފައިސާގައި ހިފަން ތައްޔާރު” ކަމަށް ބުނެ ވަކާލާތުކުރާ އަދި އަމުދުން “ރައްޔިތުންގެ ތިޖޫރި ކަޅާކޮށްލި” އެކަމަށް އަމިއްލަ އިއުތިރާފުން އެއްބަސްވެ އަދި އަދަށްވެސް ޝަރީއަތާއި ކުރިމަތިނުލާ “އަމުދުން އާންމުކޮށް ރައްޔިތުންގެ ކިބައިން މައާފަށް ނޭދި ތިބި ބައެއްގެ ފަހަތަށް ބައިއަތު ހިފުމަކީ އިސްލާމް ދީނަށް ނަސްރު ދިނުން” ކަމުގައި ޝަރުއީ ޤާނޫނީ ގޮތުން ބަލައިގަންނާނީ ކިހިނެއް؟ .. . އެހެންކަމުން “ފުވައްމުލަކާއި ނ ވެލިދޫ އަދި ޝަހީމްގެ ރަށުގެ ރައްޔިތުންވެސް ޔާމީން އަބުދުލް ޤައްޔޫމްގެ ސަރުކާރު ބަދަލު ކުރާން ވޯޓް ދޭނެ” އެއަކު ޝައްކެއްނެތް. . . . ޤައުމު ތަކުގެ ވެރިކަމުގައި ތިބި ހުދުމުހުތާރުވެރިން ވޯޓުން ލުހެނަގާއެއްލާލާތަން ދިވެހިންނަށް އެބަފެނޭ.
ޜެހެންދި
11 August 2018
ކޮންމެވެސް ބަޔަކު ދެޭނެ އިބޫ އަށްވެސް ވޯޓް ޢެކަމަކު އިބޫއަކަށް ރައީސްކަމެއް ނުލިބޭނެ.
ފުވައްމުލަކު ބޭސްސިޓީ
11 August 2018
ތިބުނީތެދެއް ފުވައްމުލަކުންވެސް ތަފާތުނަތީޖާއެއް އިއްތިހާދުންނެރޭނެ .. މަދުވެގެން 77 %
އާސިފާ
11 August 2018
އަޅޭ ބުނެދީބަލަ މިޝަހީމު އަށް ކިތައްދުވަސް ޗުއްޓީއަށް ލިބޭތަ؟ ބަލަ ޗާންސެލަރޫ ޖަވާބު ދީބަލަ؟ މުސާރަ އެބަނަގައެއްނު އިސްލާމިކް ޔުނި އިން
ޖަހޯބަރާ
10 August 2018
ދީނަށް ނަސްރު ދިނުމަށް މި މީހުން މިހާ ފޯރި ހުންނަނަމަ ވަރަށް ރަނގަޅު.. މިހާރު ފުރަތަމަ މަށަށް ދެން މަށަށްޓަކައި ދީން..
ޔާމިން
10 August 2018
ރައްޔިތުން ވޯޓްލީމަ ހަޖަމްކުރަން ތައްޔާރުވޭ. ވައްކަމާ ކަރަޕްޝަން އަސި އަނިޔާއައް ނޫނެކޭ ބުނާނެ
ފުވައްމުލަކު ބޭސްސިޓީ
10 August 2018
ފައިސަލް އަކީ ގަޓުހުރި ރަނިންމޭޓެއް . ސަޅި
ރަދީފުލް އައްވަލް
10 August 2018
ދެބޭފުޅުންގެ މޫނުމަތިން ހާދަބޮޑު ދެކޮޅުވެރިކަމެކޭ ފެންނަނީ.