ޚަބަރު / ރިޔާސީ އިންތިޚާބު 2018

ވައިގެ މަގުން މަކުނުދު އަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާނަން: އިބޫ

އިބޫ، މަކުނުދޫގައި މިރޭ ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާ ސަލާމް ކުރައްވަނީ.---ފޮޓޯ: މިހާރު

12 އޯގަސްޓް 2018 - 22:56

41 comments

ޖިއޮގްރަފީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި، ވަރަށް އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫގައި، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި، ވައިގެ މަގުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު، މަކުނުދޫގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ މި ރަށަށް މުހިންމީ އެއާޕޯޓެއް ހެދުންތޯ ނުވަތަ ސީޕްލޭންގެ ދަތުރުތައް ފެށުންތޯ ދިރާސާ ކުރައްވައި އެ އިން ކޮންމެވެސް އެއް ޚިދުމަތެއް ތައާރަފް ކުރައްވާނެ ކަމަށެވެ.

"އެއާޕޯޓެއް އަޅަންޏާ އިތުރު މަސައްކަތްތަކެއް ގެންނަން ޖެހޭ. ސަތާރަ މޭލުގެ ފަރުގައި އަޅުގަނޑުމެންގެ ނޫ އިގްތިސާދުގެ ދަށުން ފަޅުގޮވާން ކުރެވޭނެ،" އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭނީ ކޮން ގޮތަކުން ކަން ތަފްސީލާ އެކު، މި ވަގުތު ހާމަކުރެއްވެން ނެތީ އެކަމަށް ކުރަންޖެހޭ ދިރާސާތައް އަދި ނުނިމޭތީ އެވެ. ނަމަވެސް ވައިގެ މަގުން ޚިދުމަތް ދޭން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މަކުނުދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މި ރަށުގެ ބޮޑު ފަރުގެ ބައެއް ހިއްކައި އެއާޕޯޓެއް ހެދުމަށް ވައުދުވި އެވެ. ނަޝީދުގެ ދައުރު ހަމަނުވަނީސް އެ ވެރިކަން ބަދަލުވެފައިވާ އިރު، އެ ޕްރޮޖެކްޓްގެ އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަކަށް ނުކުރެ އެވެ.

މި ރަށުގައި ތިބެގެން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ ނިޒާމެއް ހޯދައިދިނުމަށް ސިއްހީ މަރުކަޒުން ސްކޭން ހަދައި، އެކްސްރޭ ނެގޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި އޭނާގެ ވެރިކަމެއް ގައި މި ރަށުން އަންހެނުންގެ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތް ވެސް ފޯރުކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓް އިބޫ، މަކުނުދޫގައި މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.

ރަށުގެ ހާލަތާ ގުޅޭ ގޮތުން މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ މަކުނުދޫގައި އެކަށޭނަ ސިއްހީ ފަރުވާ ނުލިބޭ އިރު، ފަރުވާ ހޯދުމަށް މި އަތޮޅު ކުޅުދުއްފުއްޓަށް ދިއުމަށް ތިން ގަޑިއިރުގެ ދަތުރެއް ކުރަން ޖެހޭ ކަމަށެވެ. އެކަށޭނަ ސިއްހީ ފަރުވާ ނުލިބި އެހާ ދިގު ދަތުރެއް ކުރަން ޖެހުމުން ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަމަށް އަނާރާ ވިދާޅުވި އެވެ.

މަކުނުދޫ ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވި ހުސައިން ސާމީ ވަނީ ރަށުގައި އެއާޕޯޓެއް ގާއިމް ކޮށްދިނުމަށް އާދޭހާ އެކު އެދިވަޑައިގެންފަ އެވެ.

ހދ. އަތޮޅުގެ ހުރިހާ ރަށަކަށް އިބޫ މިއަދު ހެނދުނު ފެއްޓެވި ދަތުރުގައި މިރޭ މަކުނުދޫގައި މަޑުކުރެއްވުމަށް ފަހު، މާދަމާ ބައެއް ރަށްރަށަށް އަނެއްކާ ވެސް ވަޑައިގަންނަވާނެ އެވެ. އަދި މާދަމާ ރޭ މަޑުކުރައްވާ ކުޅުދުއްފުށީގައި ހާއްސަ ޖަލްސާއެއް ބާއްވަވާނެ އެވެ. ހދ. އަތޮޅުގެ ކެމްޕެއިން ދަތުރު އިބޫ ނިންމަވައިލައްވާނީ އަންނަ އަންގާރަ ދުވަހު އެވެ.

41 ކޮމެންޓް, 85 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 0%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ައަދީ

27 November 2019

އަދިނުފަށާތަ؟

The name is already taken The name is available. Register?

އާދަނު

14 August 2018

ހދ ތަ ހުރިހާ އެއާޕޯޓެއް

The name is already taken The name is available. Register?

ދޮންބީފާނު

13 August 2018

ކޮށް ދެވޭތޯ ބަލާތި. އަޅެ ދެރަވޭ. ހެހެހެހެ

The name is already taken The name is available. Register?

ޝާނާ

13 August 2018

އިބޫ ތިޔަކަން ކަން ކޮށްނުދިނަސް ރައީސްޔާމިން ތިޔަ ހުރިހާ ކަމެއްކޮށް ނިންމާލާނެ މާ ފޮނި ނުކަނޑާ

The name is already taken The name is available. Register?

ރެޓޭ

13 August 2018

ބެޓެރޭއަށް ވިސްނެނީ ނޭފަތު ކުރިޔާހަމައަށްދޯ؟ ތިޔަތަނުގަ އެއަރޕޯޓެއް އަޅާނީ ފަޅުގެ 15 ޕަސެންޓް ހިއްކައިގެން ފަޅުގަ ގިނަ އެނދުތައް ތަރައްގީ ކުރާނީ ވޯޓާ ވިލާގެ ގޮތުގަ. މިގޮން 1500 އެނދު ވޯޓާ ވިލާގެ ގޮތުއި ތަރައްގީ ކުރާނީ. ދެން މަކުނުދޫ ރައްޔިތުންނާއި ލޯކަލް ވިޔަފާރިވެން 3 އަހަރު ތެރޭ 1000 އެނދުގެ ގެސްޓްހައުސް ހަދާނީ. އަދި ބުނަން ހަނިމާދޫ އިންޓަނޭޝަނަލް ހަގީގަތުގައި ކޮށް ހަނިމާދޫ އާއި މަކުނުދޫ ސީޕުލޭނުންވެސް ގުޅުވާލަންޖެހޭ! މިއީ އަސްލު ޕުލޭނަކީ! ދެން މިކަން ކުރެވޭނީ އިބޫއައްތޯ ނުވަތަ ޔާމީނައްތޯ ނިންމާނީ މަކުނުދޫ ރައްޔަތުން!!

The name is already taken The name is available. Register?

އާދަމްހ

13 August 2018

ކޮންކްރީޓް ތަރްއްގީއަކީ ބޮޑުބުރައެއްކަމަށް ވިދާޅުވި އިބޫ ރަންވޭއަޅުއްވާނެގޮތުގެ ދިރާސާ ނުނިމޭވާހަކަ އެވިދާޅުވީ، އެކަމަކު އެކަމަށް ހިލޭލަފައެއްއަރުވާނަމަ ދެންނެވޭނީ ދަގަނޑުފިލާބޭނުންކޮށްގެން ހުޅުލޭގަހެދި ފުރަތަމަ ރަންވޭއާއެއްގޮތަށް ހެދިދާނެ... ލައްކަވާހަކަ

The name is already taken The name is available. Register?

ހައުލާ

13 August 2018

އިބޫ، ގަޓު ހުރިއްޔާ ނިކަން ބުނެލަބަލަ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރުގެ ފަރާތަކަށް ނުދޭނަމޭ، އެތަން ދޭން ޖެހިއްޖެއްޔާ އިސްތިއުފާދީ 3 މަސްތެރޭ އަލުން އިންތިހާބު ބޭއްވޭނެ މަގުތަނަވަސްކޮށްދޭނަމޭ! ނިކަން ކެރިގެން ބުނެލަބަލަ.

The name is already taken The name is available. Register?

77777

13 August 2018

އެއަރޕޯޓް އަޅާނެވާހަކަ ބުނަން ލަދުގަތީތަ؟ ހަހަހަ. ވައިކުޑައިގަ ފައިބުންވެސް ވާނީ ވައިގެ މަގުން ކަމަށް.

The name is already taken The name is available. Register?

ލިޕޭ

13 August 2018

އޮކީ ހުސް ހަމުންނާ އޮނާ،ދަނޑިފަނުންދޯ އެއާރޕޯޓް ހަދާނީ

The name is already taken The name is available. Register?

އަސްލުހާލަތު

13 August 2018

އެމްޑީޕީ ސަރުލާރިގަ އެންމެ ގިނަ އެއަރޕޯޓުވެސް ނިންމީ.. 5 ތަނުގެ މަސައްކަތްފަށާ 3 ތަން މުޅިން ނިންމި 3 އަހަރުން.. މިރައީސަށް 5 އަހަރުން ބިން ކޮޅު މިހިއްކެނީ ކިރިޔާ..މިރައީސްމެން ބިންގާއަޅާ ނިންމި ފުލެޓެއް އެއަރޕޯޓެއް އަދި ނެތް

The name is already taken The name is available. Register?

77777

13 August 2018

"އަސްލުހާލަތު" ތިއީ ބުހުތާނު ދޮގު. އެންމެ އެއަރޕޯޓެއްވެސް ނުހަދާ. ނިކަން ތެދެއްވިއްޔާ ހެދި ތަނެއްގެ ނަން ބުނެލަބަލަ.

The name is already taken The name is available. Register?

ޢާމިރު

13 August 2018

ލިޕޭ ތިބުނީ %100 ރަގަޅު ވާހަކައެއް އެއިރުންތާ އައިލެންޑް ކަން ފެންނާނީ

The name is already taken The name is available. Register?

އަސްލުހާލަތު

13 August 2018

77777 ތި ހަދަނީ ބުހުތާނު ރޯ ދޮގު..މިހާރު ތިހެން އޮޅުވާނުލެވޭ.. ފުވައްމުލަކާ ކޫއްޑޫއާ ތިމަރަފުއްޓާ ދަރަވަންދޫ އިފުރު އެއަރޕޯޓްގެ އެއީ އެމްޑީޕީގެ ވެރިކަމުގަ ފެށިތަންތަން..ކުޑަހުވަދޫވެސް މި ލިސްޓަށް ލެވިދާނެ.. މިހާރު ތިހެން އޮޅުވާނުލެވޭނެ

The name is already taken The name is available. Register?

މަރިޔަމް ޒިދުނާ

13 August 2018

ހެޔޮނުވާނެ. ކޮންމެ ރަށަކަށް އަރާ ނުފުއްދޭވަރުގެ ވައުދު ނުކޮށްބަލަ. ވޯޓް ހޯދުމަށްޓަކައި ރައްޔިތުންނަށް ފޯލްސް ހޯޕް އެއް ނުދެއްވާ

The name is already taken The name is available. Register?

ހުޔާ

13 August 2018

ފަންސަވީހަކަށް މީހުން އުޅޭ ރަށެއްގަ ކޮން އެއަރޕޯޓެއް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454