މިނިސްޓަރު ސައީދު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
12 އޯގަސްޓް 2018 - 22:58
ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން މި ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެންދާ މައްސަލާގައި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ދެއްކެވި ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ރައްދު ދެއްވައިފި އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ގައި ވާހަކަ ދައްކަވަމުން، އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބޫ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިފައިންނާއި ފުލުހުންނަށް ފްލެޓު ދޭން އުޅޭތާ ފަސް އަހަރުވެފައިވާ އިރު، އެ މީހުންނަށް ހާއްސަ ކުރި އެއްވެސް ފްލެޓެއްގެ މަސައްކަތް މިހާތަނަށް ނުނިމޭ ކަމަށެވެ. އަދި އިބޫ ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެއް އަހަރުގެ ތެރޭގައި އެ ފްލެޓްތަކަށް ވަދެވޭވަރު ކުރާނެ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫގެ އެ ވާހަކަތަކަށް މިނިސްޓަރު ސައީދު ރައްދު ދެއްވައި ނެންގެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަހު މާލެ އާއި އެކި ރަށްރަށުގައި ހިންގި ހަމަނުޖެހުންތަކުގައި ދައުލަތުގެ އިމާރާތްތަކުގައި ރޯކުރި މައްސަލަ އެވެ.
ފެބްރުއަރީ 8، 2012 ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅު ފަރާތްތަކުން ހިންގި ހަމަނުޖެހުންތަކުގައި، ފުލުހުންގެ އިމާރާތްތަކާއި ކޯޓުތަކާއި ކައުންސިލް އިދާރާތަކަށް ގެއްލުންދީ، ހުޅުޖަހައި، އަންދައިލި އެވެ. އެ މައްސަލަ ސާބިތުވެ މިހާރު ބައެއް މީހުން ވަނީ ޖަލަށް ލައިފަ އެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ މައްސަލަތައް އަދިވެސް ނުނިމެ އެވެ.
Inthihaabuge Magboolukan hodhan MDP ge @ibusolih Sifainnai Fuluhunge Housing ge vaahaka dhekkumavvure 8 February ga roakoh bimah thirikuri dhaulathuge mudhalah badhaludheyne gothuge vaahaka dhekkun budhdhiveri 2/2 pic.twitter.com/od3eJEgm3S
— Mohamed Saeed (@em_saeed) August 12, 2018
މިނިސްޓަރު ސައީދުގެ ޓުވީޓް
ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ މަގުބޫލުކަން ހޯއްދެވުމަށްޓަކައި، ސިފައިންނާއި ފުލުހުންގެ ބޯހިޔާވަހިކަމުގެ ވާހަކަ އަށް ވުރެ ބޮޑަށް، ފެބްރުއަރީ 8 ގައި ރޯކޮށް، ބިމަށް ތިރި ކުރި ދައުލަތުގެ މުދަލަށް ބަދަލުދޭނެ ގޮތުގެ ވާހަކަ އިބޫ ދެއްކުން ބުއްދިވެރި ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން ނިންމައި ނުދެވުނު، ސިފައިންނާއި ފުލުހުންގެ ހައުސިން ޕްރޮގްރާމްގެ ކޮންޓްރެކްޓަރުންނަށް 200 މިލިއަން ރުފިޔާ ހޭދަކޮށް، 14 ބުރީގެ ހަ އިމާރާތުގެ ތެރެއިން ހަތަރު އިމާރާތް ރައީސް ޔާމީންގެ ސަރުކާރުން މި އަހަރުގެ ނިޔަލަށް ނިންމާނެ އެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރަން ސަރުކާރުން ހަވާލުކޮށްފައި ވަނީ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ. އެ ތަންތަނުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، މިހާރު އެއްވެސް ކަމެއް އިމާރާތްތަކުގައި ކުރާ ތަނެއް ނުފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޖިދު
12 November 2018
ސައީދު ބުންޏަސް އެއި ހަމަ ރަނަގަޅު ވާހަކައެއް. ރޯކުރި ތަންތަނުގެ ބަދަލު ދޭން ޖެހޭނެ. އެކަން ބަލައި ފިޔަވަޅު ވެސް އެޅެން ޖެހޭނެ. ކާކުތަ ބަލައި ގަންނަނީ. އަބުރުފުޅޭ ކިޔާ މީހުން އެންމެންގެ އަބރު ޚަރާބުކޮށްފި. ދެން ބޭނުން އެއްޗެއް ނުކިޔޭނެތީ އަބުރުގެ ގާނޫނު އުވާލީ. އެވެސް މީހުންނށް މަލާމާތް ކުރަން.
ޢިޚީޢޫ
02 October 2018
ރޯކުރީ '' ރާއްޖެ ޓީވީ '' '' ރާއްޖެ ޓީވީ '' '' ރާއްޖެ ޓީވީ '' '' ރާއްޖެ ޓީވީ '' '' ރާއްޖެ ޓީވީ '' '' ރާއްޖެ ޓީވީ '' '' ރާއްޖެ ޓީވީ '' '' ރާއްޖެ ޓީވީ '' '' ރާއްޖެ ޓީވީ '' '' ރާއްޖެ ޓީވީ '' '' ރާއްޖެ ޓީވީ '' '' ރާއްޖެ ޓީވީ '' '' ރާއްޖެ ޓީވީ '' '' ރާއްޖެ ޓީވީ ''
ނައިސް
26 September 2018
ސައީދު ކޮބާކަލޭ
ފަރުދާ
14 August 2018
ކަލޭމެން ރޯކުރި ތަންތަނުގެ ވާހަކަ ދައްކަން އިނގޭނީ ހަމަ ކަލޭމެނަށް.
ރަދީފްފްރެންޑް
13 August 2018
އިބޫ އަކީ ރައީސް ކަމަށް ކުފޫ ހަމަވާ މީހެއްނޫން، މިއޮއްފަދަ ޒަމާނުގައި ރާއްޖެތެރޭ ރަށްރަށަށް އަރާ ގަނޑެއްގަ ސްޕީޗް ލިޔެގެން އެބަލައިގެންވެސް ވާހަކަ ދައްކަން ނޭގިގެން އަމިއްލައަށް އަނގަ ގަޅި ޖެހޭ މަންޒަރު އިރުއިރުކޮޅާ ރާ ޓީވީން އެޔޮށް ދައްކަނީ
ޙހހވ
18 August 2018
ކޮމެން ޓައް ސުކުރިއްޔާ ޔާމީން މާ މޮޅީތޯ ވާހަކަ ދައްކަން!
ބާރޑީނަމްނަމް
11 September 2018
ގަނޑެއް ނުބަލައި ދެރަށުގައި ދެ އަނގައިން ވާހަކަ ދައްކާ އަމިއްލައަށް ބޭޒާރުވެ އަދި ލައްކަ ޖަރީމާއަށް އެއްބަސްވެ އަމިއްލަ ދުލުން ފުން ވަޅެއް ކޮންނަ މީހެއް ދަންނަން. ކަލެއަށް އޭނާ ދައްކާ ވާހަކަ ކަމުދަނީ ދެއްތޮ؟ ރަދީފްފްރެންޑް ބުރޯ އަށް ދެން ދުނިޔޭގައި ކަމުދަނީ ކޮންކަހަލަ ކަންތައްތަކެއްތޯ އަހާލަން ބޭނުން.
ހުރަވީހުރަވީހުރަވީ
13 August 2018
ތެދެއް. އިބޫ ރޯކުރި ތަންތަނާ އެންދި ތަންތަނަށް ޖަވާބުދާރީވެބަލަ!!! ކިތަންމެ ވަރަކަށް ރޯކުރިޔަށް ތަރައްގީ ކުރާނެ. ހަމަ ރޯކުރުމާ ތަރައްގީ ކުރުން.....
އަހުމަދު ޒައިން
13 August 2018
ސައީދުމެންގެ ވާހަކަ ލިޔަން ޖެހޭތީ ނޫސްވެރިން މިއަދު ލަދުވެސް ގަންނާނެ އެކަމަކު ދެން ލިޔަންޖެހޭ އެއްޗެއް ލިޔާނެތާ ދޯ؟
އިސްރާފު
13 August 2018
ސައީދުއަކީ ރައީސް ޔާމީނުވެސް ބަލައިގަންނަ މީހެއް ނޫން..ސައީދުގެ އަތޮޅަށް ރައީސްކުރެއްވި ދަތުރުފުޅުގަވެސް ސައީދު ނުގެންދެވި.. މުއިއްޒު ގެންދެވީ އަދި ހުރިހާ ދަތުރުފުޅެއްގަ މިނިސްޓަތ ތޯރިގް ގެންދަވާ އެއީ ހަވާލުކުރާ ކުރިހާކަމެއް ނިންމަވާ ވަޒީރެއްވީމަ..ސައީދަށް ރައީސް ހަވާލުކުރި އެންމެ ބޮޑު ޓާސްކަކީ އައިހެވަން އެވެސް ފެއިލްވީ އެސްއީޒެޑްވެސް ފެއިލްވީ..އިސްރާފެއްތީ
ފަޒިކކ
13 August 2018
މި ސުވާލު މިކުރަނީީ އަންނި އާއި އިބޫ އަދި މާރިޔާ އާ ކޮބައިހޭ ރޯކޮއްލި ތަންތަން
ސައީދު4ޕްރެޒިޑެންޓް
13 August 2018
ސައީދަކީ ވިސްނުން ތޫނު، ރައީސް ޔާމީނަށް މަގުދައްކައިދިނުމުގައި ދެވަނައެއް ނެތްވަރުގެ ބޭކަލެއް! ރައީސް ޔާމީނަށްފަހު ރާއްޖޭގެ ވެރިކަމަށް އެކަށީގެންވާ ބޭފުޅެއް. 2018 ގައި ރައީސް ޔާމީނުގެ ރަނިންމޭޓްކަންވެސް ހައްގުބޭކަލެއް. ވިސްނުން ތޫނު އިޤްތިޞާދީ މާހިރެއް، އަދި ސިޔާސީ ސްޓްރެޓެޖިސްޓެއްވެސްމެ!