އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ: މީޑިއާ ކައުންސިލްގެ ޝަކުވާތައް ވަނީ ކޮމެޓީއާ ހިއްސާކޮށްފައި.---ފޮޓޯ: ނިޝާން އަލީ /މިހާރު
03 އޯގަސްޓް 2016 - 21:20
އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި އިސްތިއުނާފް ކުރެވޭ ހާލަތް ހަނިކޮށްފައި އޮތް އޮތުން ބަދަލުކޮށް، ބިލުގައި ބުނާ ޖޫރިމަނާގެ އަދަދާ މެދު ވިސްނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އަބުރުގެ ބިލު ފަރުމާކޮށްފައި އޮތް ގޮތުން މީޑިއާތައް ޖޫރިމަނާ ކުރުމުގެ ބާރު މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާއަށް ވަނީ ދީފަ އެވެ. އެގޮތުން އަބުރާ ބެހުނުކަން ސާބިތުވެއްޖެނަމަ، 50،000ރ. އާއި ދެ މިލިއަން ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ނަމަވެސް ޖޫރިމަނާ ކުރި މައްސަލަ ޝަރުއީ ކޯޓެއްގައި އިސްތިއުނާފް ކުރެވޭނީ، ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހު އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިގެން މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާއަކުން މައްސަލަ ކޯޓަށް ހުށަހަޅަފިނަމަ، ތިން މަހާއި ހަ މަހުގެ މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ނަމަވެސް އަބުރާ ބެހުނު ކަން ކޯޓުގައި ސާބިތުނުވާ ކަމަށް ހުކުމްކޮށްފިނަމަ، ޖޫރިމަނާ ފައިސާ ރީފަންޑު ކުރެވޭނެ އެވެ.
އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރު މާރިޔާ އެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ: ޖޫރިމަނާގެ އަދަދު ބޮޑުކަމާއި އިސްތިއުނާފް ކުރެވޭ ހާލަތް ހަނިކޮށްފައި އޮތުމުން ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
އަބުރުގެ ބިލު ދިރާސާ ކުރާ ވަގުތީ ކޮމެޓީގެ މެމްބަރު އަދި ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު މޫސާ ނިޒާރު ވިދާޅުވީ އިސްތިއުނާފް ކުރުމުގެ ހައްގު ނުލިބި އޮތުމަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެކަން ކޮމެޓީން އިސްލާހު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ބޮޑުވީމަ އެކަމާ މެދު ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސާ ނިޒާރު ވިދާޅުވީ ބިލު އޮންނަން ޖެހޭނީ ނޫސްވެރިންނަށް ވެސް މިނިވަންކަމާއެކު ހިޔާލުފާޅުކުރެވި، ދިވެހި އެއްވެސް ރައްޔިތެއްގެ އަބުރާއި އިއްޒަތް ނުގެއްލޭ ގޮތަށްކަން މީޑިއާ ކައުންސިލުން ވެސް ގަބޫލު ކުރާ ކަމަށެވެ. އެހެންވެ، މީޑިއާތަކަށް އެ ފުރުސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނޭޅޭ ގޮތަށް، ދިވެހި ރައްޔިތުންގެ އަބުރާއި ކަރާމާތް ނުގެއްލި އޮތުމަށް ތިޔަބޭފުޅުން [މީޑިއާ ކައުންސިލުން] ވެސް ތާއީދު ކުރައްވާނެ،" މޫސާ ނިޒާރު ވިދާޅުވި އެވެ.
ބިލު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވި ގޮތުގައި މީޑިއާ ކައުންސިލުން ހުށަހެޅި ކަންކަމަށް ކޮމެޓީން ރިއާޔަތް ކުރާނެ އެވެ. އަދި ކަމާއި ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ބިލަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރު ޖައުފަރު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: މީޑިއާ ކައުންސިލްގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ކަމާ ބެހޭ މުއައްސަސާތަކާ ބައްދަލުކޮށް، ލިބޭ މައުލޫމާތުގެ އަލީގައި، އަޅުގަނޑަށް ޔަގީންކަން އެބައޮތް ބިލަށް ބަދަލުތަކެއް ގެނެވޭނެ ކަމުގެ،" ޖައުފަރު ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރު ހުސައިން ހަސަން ވިދާޅުވީ ނޫސްވެރިން އިސްތިއުނާފް ކުރުމުގެ ކުރިން ޖޫރިމަނާ ފައިސާ ދައްކަން އޮތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި މި އުސޫލު އޮންނަނީ ދައުލަތަށް އާމްދަނީ ހޯދުމުގެ ގާނޫނުތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން [ނޫސްވެރިން] މަޖުބޫރު މި ކުރަނީ ޖަލަށް ދާން، އަޅުގަނޑުމެންނަށް ފައިސާއެއް ނުދެއްކޭނެ. ޒުވާން ނޫސްވެރިން ޖަލަށް ދިޔައީމަ މެމްބަރުންނާ މެދު ނަފްރަތު އުފެދޭނީ،" ހުސެއިން ވިދާޅުވި އެވެ.
މައްޗަންގޯޅި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މާރިޔާ އަހުމަދު ވިދާޅުވި ގޮތުގައި އަބުރަކީ މީހަކު ޖޫރިމަނާކޮށް ނުވަތަ އަދަބު ދީގެން އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. އަދަބު ދިނުމުގެ ނިޔަތުގައި ބިލު ފަރުމާ ކުރުމުގެ ބަދަލުގައި އަބުރަށް އަރައިގަތުމަށް ހިތްވަރު ނުދެވޭ ގޮތަށް ބިލު ބައްޓަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގެ ރައީސް އާސިފް (ވ) އަދި ނައިބު ރައީސް ޝަރީފް. ފޮޓޯ: ނިޝާން އަލީ/ މިހާރު
ކެލާ ދާއިރާގެ މެމްބަރު ޕީޕީއެމްގެ އަލީ އާރިފް ވިދާޅުވީ މީޑިއާ ކައުންސިލުން ހުށަހެޅި ކަންތައްތަކަކީ ރަނގަޅު ކަންތައްތަކެއް ކަމަށެވެ. ނަމަވެސް ބިލު އޮތް ގޮތުން ތެދުވެރިކަމާއެކު އެއްވެސް ކަމެއް ރިޕޯޓު ކުރުމަށް ހުރަސް ނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ އާރިފް ވިދާޅުވި ގޮތުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ހިމެނޭ ގިނަ ގައުމުތަކުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި ބައެއް ގައުމުތަކުގައި މަދަނީ ކުށެއްގެ ގޮތުގައި އަބުރާ ބެހުން ކަނޑައަޅާފައި އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް އަލީ އާރިފްގެ ވާހަކަތަކަށް ރައްދު ދެއްވާ މީޑިއާ ކައުންސިލްގެ މެމްބަރު އަހުމަދު ހަމްދޫން ވިދާޅުވީ އަބުރާ ބެހުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކުން ދިފާއުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތީ ދީފައި ކަމަށެވެ. އަދި ޖިނާއީ ދައުވާއަކަށް ދާނަމަ، ނޫސްވެރިން ދިފާއުވުމުގެ ފުރުސަތު ވަރުގަދަ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
04 August 2016
މީހަކު މީަކު ދެކެ ރުޅި އަންނަ އިރަށް އެމީހެއްގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި ހިތަށް އެރި އެއްޗެއް ގޮވާ ނޫސްތަކުގައި ލިޔެ އެފް.ބީގައި ލިޔެ ހެދުމަކީކޮށްގެން ވާނެ ކަމެއްނޫން. އަބުރުގެ ބިލާއި ބެހޭ ގޮތުން ކޮމެންޓް ކުރައްވާ ފަރާތްތަކަށް ބުނެލަން އޮތީ ތިމާގެ އަބުރާ ބެހި ހަދަންޏާ ތިމާގެ ހިތަށްވެސް ތަދުވާނޭ އަދި އަބުރާއި ބެހޭ މީހާގެ ފެމިލީ މީހުންނަކީވެސް އެކަމުގެ ދެރަ އިޙުސާސްކުރަމުންދާނެ ބައެކޭ އެހެން ވުމުން މިކަމުގެ ސަބަބުން ނަފުސާނީގޮތުން ލިބޭ ގެއްލުންވެސް ވަރަށް ބޮޑުކަން ފާހަގަކުރަން. އަބުރުގެ ބިލް ފާސްކޮށްފިނަމަ މި ޤައުމުގައި މީހުންގެ ނެތިމޮށުމާއި ދޮގުވާހަކަ ހަދަހަދައިގެން ދެއްކުން ކުޑަކުރެވި އެކަން އެކުރާމީހުންނަށް ފާފަ ލިބުންވެސް މަދުވެގެން ދާނެ ކަމަށް ގަބޫލުކުރަން.
ބޭބެ
04 August 2016
އަބުރު (1) ޙަޤީޤީ ޢިއްޒަތް. (2) މާތްއަޚުލާޤު. (3) ޤަދަރު. (4) ނއ.ރީތި. (1) ޙަޤީޤީ ޢިއްޒަތެއް އޮތީކީ ނޫން (2) މާތްއަޚުލާޤެއް ހުރީކީނޫން (3) ޤަދަރު (އެކަކު އަނެކަށް ވެސް ކުރަނީކީ ނޫން) (4) ރީތި. ރީތްޗޭ ކިޔާފަ ބަލާލަން ކެރޭމީހަކުވެސް އުޅެނީކީނޫން. ދެން ކޯންޗެއް ގެއްލޭތީ މިހާފޯރިއެއްނަގާފަ މިވާހަކަ މިދައްކަނީ.. މިހާރު ގެއްލިފަ އޮތް އެއްޗައް ވުރެ އަދިވެސް ގެއްލެން އޮތްބައި ބޮޑީމަ ކަންނޭގެ.. ބޭބެއަށް ތިއުޅޭގޮތުން ހަމަޔަގީނާ ގާތައް އެބަ އިގެ ފޮރުވިފަ ހުރި އަބުރުތަކެއް އިތުރައް ގެއްލެން އުޅޭހެން...
އިންޓަރެކްޓް
03 August 2016
އަބުރުގެ ބިލުގައި އިސްތިއުނާފް ކުރެވޭ ގޮތް ބަދަލުކޮށް، ޖޫރިމަނާއާ މެދު ވިސްނަން ޖެހޭ ކަމަށް މަޖްލީހުގެ މެމްބަރުންނަށް ވިސްނުނު ކަމީ އެއީ އެވެރިންނަކީ މަމެންގެ ދިވެހިންގެ ދިވެހި ދަރިން ކަން އަންގާ ދޭ އަލި ގަދަ ދަލީލު ތަކެވެ. އަބުރާއި ބެހޭ ބިލް ދެން މަޖްލީހުގެ ކޮމެޓީން އިސްލާހު ވެގެން އަންނަ އިރު އޭގައި ރަންކުލަ ޖެހި ފައި ހުންނާނެ ކަމަށް މަމެން ޕިންކް ކުދިން ކުޑަ ވެސް ޝައްކެއް ނުކުރަމެވެ. އެއިރުން ރަންރީނދޫ ކުދިން ވެސް އުފަލުން ނަށާލަވަ ކިޔާނެއެވެ. އެމްއެމްސީ މެމްބަރުން މަޖްލީހުގެ އިދާރާއަށް ވަނުމުން މަޖްލީހުގެ ކޮމެޓީން އެމެމްބަރުން ނަށް މަރުހަބާ ކިޔާ އެބިލް އެމްްއެމްސީ އަށް ދައްކާލުމުން އުފަލުން ތިބެގެން އެމްއެމްސީން އެބިލް އެޕްރޫވްޑް އެން އެންޑޯރސް ކޮށްފިއެވެ. ދެން މަޖްލީހުގެ ތަޅުމުން ބިލް ފާސް ކުރާ ދުވަހު މަޖްލީހުގެ ގްލާސް ހައުސް ގައި އެމްއެމްސީ އާއި ރާއްޖޭގެ ހުރިހާ މީޑިއާ އާއި އަދި ހުރިހާ ޓްވިޓަރުން ގޮސް އެތިބީ ގްލާސް ހައުސްގައި މަޑުކޮށްގެން ބިލް ފާސް ކުރާ ތަން ބަލަން އެވެ. މަޖްލީހުގެ މެމްބަރުން ބިލް ފާސް ކުރުމުން ސެލްފީތައް ނަގަމުން ހުރިހާ ރަންރީނދޫ ޓްވިޓަރުންނާއި އެމްއެމްސީ އާއި އަދި ހުރިހާ މީޑިއާ ކުދިން ތައް އަށެކާއި ޖެހި އަށެއް އަޅާ ފަރިގޮތަކަށް ހިނގާލަމުން ގޮސް އެދަނީ މަޖްލީހުގެ މެމްބަރުންނާއި އެކު ސެލްފީ ތައް ނަގަމުންނެވެ. ރަންކޮޅާ ސެލްފީ އަށް މަޑުކޮށްލާ، މަޑުކޮށްލާ، މަބުނީ މަޑުކޮށްލާށޭ، މަޑުކޮށްލާ، މަބުނީ މަޑުކޮށްލާށޭ، އޭއް، އޭއް، އޭއް. ޑާންސް، ޑާންސް، ސްޕިން ޔުއަރ ފީޓް އެން ކީޕް ޑާންސިންގް
ޗެޓްބޮކްސް
03 August 2016
އަބުުރުގެ ބިލާއި ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ފާޅުކުރި ކަން ބޮޑު ވުން ތަކަކީ އެއީ ސެންސް މޭކް ކުރާ ބިއުޓިފުލް ކޮމެންޓްސް ތަކެވެ. މީޑިއާ ކައުންސިލުގެ ރައީސް އެއީ ބިއުޓިފުލް ޓްރެކް ރިކޯރޑްސް ގެ އަހުލުވެރިއެކެވެ. ސަބަބަކީ ޓީވީއެމްގައި އެހާ ދުވަހު އުޅުނު އިރު ވެސް ބްލެކް ޓްރެކެއް ނެތެވެ. އަދި މިއަަދުވެސް މަޖްލީހުގެ ކޮމެޓީގައި ވެސް ފީޑް ބެކް ދީފައިވަނީ އެއީ ސީދާ އިޝޫ އަށް ބޭސް ކޮށް ކަމަށްވާތީވެ ދެޓްސް ދަ އޮރިޖިނަލް މޯލްޑިވިއަން ޑީއެންއޭސް.. އަބުރާއި ބެހޭ ބިލް އަށް ގެންނަން އެމްއެމްސީން އެދޭ އިސްލާހު ތައް ގެނެސްދެއްވަންވީއެވެ. އެއިރަށް ރާއްޖޭގޭ އިންފޯ ބޭސްޑް ކޮމިއުނިޓީގައި މިހާރު ތިބި ހަމަ އެކަނި ނައިޓް ވޯކަރުން ނަށް ވެސް ދެން ޑޭލައިޓް ގައި ވޯކް ކުރެވޭނެެެއެވެ. ކޮންވަރޒޭޝަން ޓު ބީ ކެރިޑް އައުޓް.. އިލޫޝަންސް އާރ ގޮނާ ޗޭންޖް.. ބައިދަވޭ ވީ ޓުގެދަރ ވޮނާ ސީ އަ ޕާރފެކްޓް ސްކައި..
މެންޓަލިސްޓް
03 August 2016
ޕީޕީއެމްގެ މެންބަރުންނަށް ވަރަށް ސަލާމް ، މިރާއްޖޭގައި 2004 ކުންފެށިގެން 2008 ކާއި ހަމަޔަށް އެންމެ ގިނައިން ފާޑުކިޔާ ހިތުހުރިހާއެއްޗެއްގޮވާ ، ވަގަށް ގޮވާ ހެދީ އޭރުގެ އިދިކޮޅުފަރާތްތަކުން ރައީސްމައުމޫންއާއި ދިމާލަށް ، އޭރުނުކުތް ނުސްތަކާއި އޮންލައިން ނޫސްތަކާއި ، ޑީއޯގައި ކެނޑިނޭޅި އެމނަކުފާނާއި އާއިލާތަށް ގޮވުނުހާއެއްޗެއް ގޮވި ، ނަމަވެސް އެމަނިކުފާނުގެ ޒައާމަތުގައި ފުރިހަމަ ބާރުއޮވެ އަދިކޯޓްތަކުގައިވެސް ބާޜުއޮވެ އެމަނުކުފާނު ގާނޫންއަސާސީއޭރު ނިންމާ ގެޒެޓްކޮށް މިހާރުމިއޮތް މިނިވަންކަން ހޯދާދިނީ ، ދެން މިއަދު ޙުދުއެމަނިކުފާނު އެވިދާޅުވަނީ ތިޔަބިލްއާއި ދެކޮޅުކަމަށް ވީމާ މިކަމުން ޕީޕީއެމްގެ ޕާރލިމެންޓް މެންބަރުން އިބްރަތްހާސިލްކޮށް ބުއްދީގެ ބޭނުންކޮށް ތިޔަކަމަށް ގޮތެއްނިންމަންވީ ، ވަރަސް ސަލާމް ،
އުދުހޭ
03 August 2016
އަބުރުވެރިންގެ މަޖިލިސް
ރޯނު
03 August 2016
މީހަކު ދައްކާވާހަކަ އކުން އަބުރު ގެއްލޭ ވާހަކަ އަކީ ބޮޑު ޖޯކެއް. އަބުރު ގެއްލެނީ އަމިއްލައަށް ކުރާކަމަކުން. އަބުރު ގެއްލޭނެ ކަމެއް ނުކުރާނެ މީހަކު އެފަދަ ވާހަކަ ދައްކާ މީހުން ދެކެ ބިރުގަންނަން ޖެހޭ ސަބަބެއް ނެތް. ދޮގު ފަތުރާ މީހުންވެސް އެކުރާކަމަކީ އަމިއްލަ އަބުރު ގެއްލުވަނީ އެކަމާވެސް އެމީހުންނަ އަދަބު ދޭން ޖެހޭ ބާ
ދެޓްޑޭ
03 August 2016
އަބުރުގެ ބިލުގައި އިސްތިއުނާފް ކުރެވޭ ގޮތް ބަދަލުކޮށް، ޖޫރިމަނާއާ މެދު ވިސްނަން ޖެހޭ ކަމަށް މަޖްލީހުގެ މެމްބަރުން ވިދާޅުވާނަމަ އެއީ މަޖްލީހުގެ މެމްބަރުން ބިއުޓިފުލް މައިންޑުންނަށް ވުމާއި ގާތަށް ދަތުރު ކުރާ ކަމުގެ އަލި ގަދަ ދަލީލު ތައް ފެންނަނީ އެވެ. މައިކަލް ބުނާ ގޮތަށް ބިއުޓިފުލް މައިންޑުންނަށް ވުމަކީ އެއީ އަމިއްލަ އަށް އެކަމަށް މަސައްކަތް ކޮށްގެން އަމިއްލަ އަށް ވާން ޖެހޭ ކަމެކެވެ. އެއީ ބޯން ޓު ބީ އަ ބިއުޓިފުލް މައިންޑް އެހެން ހުންނަ ކަމެއް ނޫނެވެ. އަބުރާއި ބެހޭ ބިލަށް އެމްއެމްސީން ވެސް އެދޭ އިސްލާހާއި އަދި ބްރޯޑް ކޮމް އިން ވެސް ބޭނުންވާ ޚިޔާލު ތައް ހިމަނައިގެން އެބިލް ރިޑިޒައިން ކޮށް އެބިލް މަޖްލީހުގެ ތަޅުމުން މުޅި މަޖްލީހުގެ މެޖޯރިޓީ މެމްބަރުންގެ އިއްތިފާގުން އެބިލް ފާސް ވެއްޖެނަމަ އެވާނީ މިއަހަރުގެ ބިއުޓިފުލް ބިލަށެވެ. އެ ބިލް ފާސް ވާ ދުވަސް ވެެގެން ދާނީ އެއީ ރީތި، އަބަދުވެސް ރީތި ދުވަހަކަށް. އެދުވަސް، އެދުވަސް، އެދުވަސް އެއީ ރީތި އަބަދު ވެސް ރީތި ދުވަހެކެވެ. ދެޓް ޑޭ ދެޓް ޑޭ އިޒް ސޯ ސްވީޓް އެން އިޓްސް އެބްޒޮލިއުޓްލީ ޕާރފެކްޓް.. ދެޓް ޑޭ، ދެޓް ޑޭ. ދެޓް ޑޭ.. ކޭން ޔޫ ފީލް އިޓް..
ޔޫއާރ
03 August 2016
ރާއްޖޭގައި މީސް މީހުންގެ އަބުރާއި ބެހެނީ އެއީ ރާއްޖޭގެ ރަޖިސްޓަރޑް މީޑިއާ އެއް ނޫނެވެ. ރާއްޖޭގައި ހުރި ޓީވީ ސްޓޭޝަނެއް ފާލުން ނެއްޓިގެން އެވެރިންނަށް ސަރުކާރުގެ ތެރޭން މޭޒު ދަށުން ދަމާ ކުޅެގެން ލިބޭ ބައިވަރު ގަނޑު މަދުވީމާ ދުނގެތި ވަލު ކުދިން އުޅޭ ގޮތަށް އުޅުނަސް ރާއްޖޭގެ ރަޖިސްޓަރޑް މީޑީއާ ތައް ޚަބަރު ގެނެސްދެނީ ވަރަށް ޒިންމާ ދާރުކަމާއި އެކު ޒިންމާ އުފުލައިގެން. އަދި އަލަށް އުފެދޭ މީޑިއާ ތަކާއި ގުޅޭ ޒުވާން ނޫސްވެރިންނަށް މާ ބޮޑަށް ތަންދޮރު އޮޅުން ފިލާފައި ނެތުމުން އެކުދިންނަށް ލިޔެވޭ އެއްޗަކުން ބޮޑު އަދަދަކުން މީޑިއާ ތައް ޖޫރީމަނާ ކުރުން އެކަން އެގޮތަށް މަޖްލީހުން ކޮށްގެން ނުވާނެއެވެ. ކޮށްގެން ނުވާނެއެވެ. ބަޔަކު އޮބާބާއްވާ ފައި ފެލާލާ އުސޫލު އަބުރާއި ބެހޭ ބިލް ޑިޒައިން ކޮށްގެން ނުވާނެއެވެ. ވީ ސްޓޭންޑް ޓުގެދަ އޭޒް ވަން.. ކަންކަމުގައި ޖޫރީމަނާ ކުރަނީ އެއީ އެކަން ކަން ނުކުރަން ބާރު އެޅުމަށެވެ. އެގޮތަށް އެކަން ކުރާނަމަ ސިސްޓަމް ޖެހޭނީ އެގޮތަށް ފޯރމިއުލޭޓް ކުރާާށެވެ. މިދަނޑިވަޅުގައި ސިސްޓަމްގެ ޕްލެޓް ފޯރމް ޑިޒައިން ކުރަން ހަމަ އެކަނި ފުރުސަތު ލިބިފައި އޮތީ އެއީ މަޖްލީހުގެ ކޮމެޓީ އަށާއި އަދި މަޖްލީހުގެ މެމްބަރުންނަށެވެ. ކަން މިހެން ހުުރުމުން އަބުރާއި ބެހޭ ބިލުން ޖޫރީމަނާ ކުރެވޭ އަދަދު ކުޑަ ކޮށް އަދި ރަޖިސްޓަރޑް މީޑިއާ ތަކަށް ދެވެން އޮތް އެންމެ ބޮޑު މިނަކަށް ދޫދިނުން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ވީ ކާންޓް ގޯ އޮން ޕްރިޓެންޑިންގް ޑޭ ބައި ޑޭ، ދެޓް ސަމްވަން ސަމްވެއަރ ވިލް ސޫން މޭކް އަ ޗޭންޖް.. ސަމްވަން އަކީ މިއަދު މަޖްލީހުގެ މެމްބަރުންނެވެ. ޔޫއާރ ދަ ވަންސް ހޫ މޭކް އަ ބްރައިޓަރ ޑޭ.. އިޓްސް ޓްރޫ ޔޫ މޭކް އަ ބެޓަރ ޑޭ..
ޝަހުމާ
04 August 2016
އިންސާނާގެ އަބުރަކީ ކަރާމާތްތެރި އެއްޗެއް، އެއްވެސް މީހަކު އަނެއްކެއްގެ އަބުރަށް އަރައިގަނެ ހިތަށް އެރިހާ އެއްޗެއް ދޮގުވާހަކަތަކެއް މީޑިއާތަކުގައި ފަތުރައިގެން ނުވާނެ އަބުރުގެ ބިލުން މިފަދަ މީހުން ކުރާ ކުަށްތަކަށް އަދަބު ކަނޑައެޅެންވާނެ. މީހުންގެ ބޮލުގައި ދޮގުތުހުމަތު އެޅުވުމާއި މީހުންގެ ފޮޓޯ ހަދަ ހަދައިގެން ސޯޝަލް މީޑިއާތަކުގައި ގެން ގުޅުންވެސް މީ އަބުރުގެ ބިލުގައި ހިމަނަންޖެހޭ ކަމެއް.