ވިޔަފާރި / ޓެކްސީ ހިދުމަތް

ޓްރާންސްޕޯޓުގެ އަގަށް އާއްމުން ތައުރީފު އެކަމަކު ޑްރައިވަރުންގެ ޝަކުވާ!

މާލޭގައި ދުއްވާ ޓެކްސީއެއް ބްރިޖް ލިންކު ރޯޑުން ދަތުރުކޮށްފައި ދަނީ. ޓެކްސީތަކުން ނަގާ އަގާ މެދު އާއްމުން ހިތްހަމަނުޖެހޭތީ ޓްރާންސްޕޯޓުން ވަނީ އަގެއް ކަނޑައަޅާފައި.

ސިނާމާލެ ބްރިޖް އާއްމު ދަތުރުފަތުރަށް ހުޅުވާލުމާ އެކު ބައެއް ޓެކްސީތަކުން މާލެ- ހުޅުމާލެ ދަތުރަކަށް 100ރ. އާއި 200ރ. އާ ދެމެދުގެ އަގެއް ނަގަން ފެށި އެވެ. އެކަމާ ގުޅިގެން އެތައް ބަޔަކު ދިޔައީ ޝަކުވާކުރަމުންނެވެ. ބްރިޖް އާއްމުކޮށް ހުޅުވާލިއިރު ޓެކްސީތަކަށް ހާއްސަ އަގެއް ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައެއްނާޅަ އެވެ. އެހެންވެ ޑްރައިވަރުން ބޭނުން އަގެއް ނަގަން ފެށީ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ އެ ވަނީ އަގުތަކެއް އިއުލާންކޮށްފަ އެވެ. އެހެންކަމުން ދެން ބޭނުންހާ އަގެއް ނުނެގޭނެ އެވެ. އެކަމަކު ޓްރާންސްޕޯޓް އޮތޯރިޓީން އަގު ކަނޑައެޅި ގޮތާ މެދު ހިތްހަމަޖެހެ އެވެ. ނަމަވެސް ޑްރައިވަރުންނަށް އެ އަގު ކަމަކުނުދެ އެވެ.

ޓްރާންސްޕޯޓުން އަގު ކަނޑައެޅުމުން ބައެއް މީހުން ބުނެފައި ވަނީ މަގުތައް ހަދާފައި، ތާރުއަޅާފައި ރީތިކޮށްފައި ރޮނގު ދަމާފައި، ފަސޭހަކޮށްދިނީމާ ހިތުހުރި އަގެއް ނަގައިގެން ދަތުރުކޮށްގެން ނުވާނެކަން ޓެކްސީ ޑްރައިވަރުން ވެސް ދަންނަން ޖެހޭނެ ކަމަށެވެ.

މާލޭގެ މަގެއްގައި ޓެކްސީތަކެއް ދުއްވަނީ: ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކަށް ނަގާ އަގާ މެދު ޑްރައިވަރުން ހިތްހަމަނުޖެހޭ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކުރިން ޝަކުވާކުރީ މާލޭގެ މަގުތައް އަޑިގުޑަންވެފައި ޗަކަވެފައި އޮންނާތީ މަރާމާތުކުރަން ކުރަން ޖެހޭތީ ޚަރަދު ބޮޑު ވާހަކަ. އެއަށް ފަހު ދެއްކީ މާލޭގެ މަގުތަކުގައި ދުއްވަން ދަތި ވާހަކަ،" އާއްމު މީހަކު "މިހާރު"އަށް ފޮނުވި ކޮމެންޓެއްގައި ބުނެފައިވެ އެވެ.

"މަގުތައް ރީތިކޮށްފައި ފަސޭހައިން ދުއްވޭ ގޮތް ހަދައިދިނުމަށް ފަހު މި އަގަށް ދަތުރުކުރާ ގޮތަށް ހަމަޖެއްސުމުން ޝަކުވާކޮށްފައި ކާރު ދުއްވަން ބޭނުންނުވާ ނަމަ އެހެން މަސައްކަތެއް ޓެކްސީ ޑްރައިވަރުން ފަށަންވީ."

ޓެކްސީ ދަތުރުތަކުގެ އަގުތައް:

- މާލޭގެ އެއް ތަނުން އަނެއް ތަނަށް 25ރ. - ހުޅުމާލޭގެ އެއް ތަނުން އަނެއް ތަނަަށް 25ރ. - މާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް 35ރ. - ހުޅުމާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން ހުޅުމާލެ އަށް 35ރ. - މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް 40ރ.

އެހެން މީހަކު ބުނެފައި ވަނީ ޓްރާންސްޕޯޓުގެ އަގާ މެދު އުފާވާ ކަމަށެވެ. އެކަމަކު އެ އަގު ތަންކޮޅެއް ކުޑަ ކަމަށް ވެސް އެ މީހާ ބުނެފައިވެ އެވެ.

"އާއްމު ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް އުފާވޭ. އެކަމަކު ތި އަގު ކުޑަކަމަށް ފެނޭ. އެއީ މާލޭން ފެށިގެން ހުޅުމާލެއަށް އެއީ ހާދަ ދިގު ރާސްތާއެކޭ. އަދި ނުވިތާކަށް ހުޅުމާލެ އެތެރެއަށް ކާރު ވަދެގެން ދާން ޖެހޭނެ. އެހެންވީމަ ޓެކްސީކުރާ މީހުނަށް ގެއްލުންވާނެ ހެން ހީވަނީ،" އެ މީހާ ލިއުނެވެ.

ބްރިޖް ހުރަސްކޮށް ކުރާ ދަތުރާ ބެހޭ ގޮތުން މީހަކު ކުރި ކޮމެންޓެއްގައި ބުނެފައި ވަނީ ބްރިޖްގެ މާލޭ ކޮޅުން ފެށިގެން ހުޅުމާލޭ ބަސް ސްޓޭޝަނާ ދޭތެރޭ ފަސް ކިލޯ މީޓަރު ވެސް ހަމަނުވާ ކަމަށާއި ޓެކްސީއަކަށް ޕެޓްރޯލް ލިޓަރަކުން މަދުވެގެން 10 ވަރަކަށް ކިލޯމީޓަރު ދުއްވޭނެ ކަމަށެވެ.

"އެހެންވީމަ ދެކޮޅަށް ރަށުތެރޭގައި ދުއްވަން ޖެހޭ ސަރަހައްދު ނުލާ ތެލައް ޚަރަދު ވާނީ ދިހަވަރަކަށް ރުފިޔާ. އެހެންވީމަ ދަތުރަކަށް 40 އޯކޭ. ބޮޑު އަގު އޯކޭއެއް ނޫން،" އެ މީހާ ބުންޏެވެ.

ބައެއް މީހުން ބުނެފައި ވަނީ މިހާރުގެ އަގަށް ޓެކްސީތަކުން ދަތުރު ނުކުރާނެ ކަމަށެވެ.

ބްރިޖާ ގުޅިފައިވާ ލިންކު ރޯޑުން ޓެކްސީއެއް ދުއްވާފައި ދަނީ. މާލެއިން ހުޅުމާލެއަށް ކުރާ ދަތުރަކަށް ޑްރައިވަރުން މަދުވެގެން 100ރ. ނަގާ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"މާ ކުޑަ އަގެއް ތީ. ތިހެން ހެދީމަ ޓެކްސީތައް ނުދާނެ. މާލެތެރެ 25ރ. (މާލެ ތެރެއިން ބުރިޖް ކައިރިއަށް) ބްރިޖް ހުރަސް ކުރަން 40ރ. (ބްރިޖަށް އަރާ އަގުލައިގެން) ހުޅުމާލެ ތެރެއަށް 25ރ. (ހުޅުމާލެ ގޭދޮރު މައްޗަށް ނުވަތަ އެއާޕޯޓަށް) ޖުމްލަ 90ރ. އަކީ ރަނގަޅު އަގެއް. މާލެއިން ހުޅުމާލެ އަށް ހަތް ކިލޯ މީޓަރު ހުރޭ. ބްރިޖާއި ހައިވޭގައި އެކަނި ވެސް 4.5 ކިލޯމީޓަރު ހުރޭ. މާލެއިން ހުޅުމާލެ ދިއުމަކީ މާލޭ މަޖީދީމަގުގައި ހަ ބުރު ޖެހުމާ އެއްވަރަށް ދުއްވުން،" އެހެން މީހަކު ބުނެފައިވެ އެވެ.

ޓްރާންސްޕޯޓުގެ އަގު އިއުލާންކުރުމުން އެހެން މީހަކު ބުނީ އޭނާ ހުރީ އެ އަގުތައް އިއުލާންކުރަންދެން ކެތް މަދުވެފައި ކަމަށެވެ. ޑްރައިވަރުން އުޅެނީ ހަމަ "އޯވަނައިޓަކުން މުއްސަނދިވާން" ކަމަށް ބުނެ އެ މީހާ ޑްރައިވަރުންނަށް ފާޑުކިޔާފައިވެ އެވެ.

"ޓެކްސީ ޑްރައިވަރުން ހިފާލާފައި ތިބިއިރު ވިސްނާލަން ވާނެ ދޯ ތިމާ މި ލާރިގަނޑު މި ހޯދަނީ މިއީ އަދި ރަނގަޅަކަށް ނޫންކަން. މީހަކު ނުބުންޏަސް އެވަރު އެނގެން ވާނެކަން ނޭނގެ. ތިމާ ކުރާ ކޮންމެ ކަމަކަށް ކޮންމެވެސް އޮތޯރިޓީއަކުން ބަސް ބުނުމުގެ ކުރިން ވެސް ހެވާއި ނުބައި ވިސްނަންވާނެ. ބޮޑު އަގުގައި ދަތުރުކުރުން އެއީ ޑްރައިވަރުން ވަރަށް ނުލަފާކޮށް ކުރިކަމެއް އެއީ. އަދި ސެންޓަރުތަކުން ބުނާނެ އަހަރެމެންނަކަށް ނޭނގެއޭ. ބައެއް ޑްރައިވަރުން އަމިއްލައަށް އަގެއް ހަދައިގެންނޭ. ބުނާއިރު، ކީއްވެގެންތަ އެ ޓެކްސީއަށް އެކަން ހުއްޓަން ނާންގަނީ؟" އެހެން މީހަކު ލިއުނެވެ. ޓްރާންސްޕޯޓުން ކަނޑައެޅި އަގާމެދު ޑްރައިވަރުން ހިތްހަމައެއް ނުޖެހެ އެވެ. އެ މީހުން ދެކެނީ އެއީ ވަރަށް ނާއިންސާފު އަދި ދެކޮޅުނުޖެހޭ އަގެއް ކަމަށެވެ.

"މިހިރީ ނާއިންސާފުކަން ހާމަވާން ހުރި މިންވަރު. އެމްޓީސީސީ 'އެއާޕޯޓް އެކްސްޕްރެސް' ގަައި ކާރެއްގައި (5 ވަރަކަށް މިނިޓުން ދެވޭ) ހުޅުލެ އެއާޕޯޓް އަށް ދާން 110ރ ކިތަންމެ ފަހަރަކު ދައްކައިފިން. އެކަމަކު މާލެ ހުޅުމާލެ ޓެކްސީ ދަތުރަކަށް އެންމެ 40ރ. މީ ކޮން ކަހަލަ އިންސާފެއް؟" ޓެކްސީ ޑްރައިވަރުންގެ ހައްގުގައި މީހަކު ބުންޏެވެ.

މާލޭގެ މަޝްހޫރު 3132 ނުވަތަ ޑައިލް ކެބްގެ ޑްރައިވަރަކު ބުނީ ޓްރާންސްޕޯޓުން އަގެއް ކަނޑައެޅި ނަމަވެސް އެ އަގަށް ޑްރައިވަރުން ދަތުރުކޮށްދޭން ބޭނުން ނުވާ ކަމަށެވެ.

"މާލެ- ހުޅުމާލެއަށް އެ އަގަށް ދަތުރު ނުކޮށްދޭ. އެ އަގު މާ ކުޑައީ. އެއީ ދިހަ ކިލޯ މީޓަރު، ގިނަ މީހުން ހިތްހަމަނުޖެހޭ އަގާ މެދު،" އޭނާ ބުންޏެވެ.

އެ ޑްރައިވަރު ބުނީ ޓްރާންސްޕޯޓުން އަގެއް ކަނޑައެޅި ނަމަވެސް ޑްރައިވަރުން ދަތުރަކަށް 100ރ. ނަގާ ކަމަށެވެ.

ބްރިޖް ހުރަސްކޮށް މާލެއަށް ޓެކްސީއެއް ދަތުރުކުރަނީ: ޓްރާންސްޕޯޓުން ކަނޑައެޅި އަގަށް ދަތުރުނުކުރާނެ ކަމަށް ޓެކްސީ ޑްރައިވަރުން ބުނޭ.

"ރަސްމީ އަގަކަށް ދަތުރެއް ނުކުރާނެ. އަގުތައް ކަނޑައެޅުމުގެ ކުރިން އަޅުގަނޑުމެންނާ މަޝްވަރާކޮށްލަން ވެސް ޖެހޭނެ. އެ އަގަކީ މާ ކުޑަ އަގެއް،" އެ މީހާ ބުންޏެވެ.

ރަސަލް ޓެކްސީ ނުވަތަ 1919 އިން ބުނީ ޓްރާންސްޕޯޓުން އަގު ކަނޑައެޅި ނަމަވެސް މާލެއިން ހުޅުމާލެ އަށް ދަތުރުކަށް 100ރ. އާއި 150ރ. އާ ދެމެދުގެ އަގެއް ނަގާ ކަމަށެވެ.

"ޑްރައިވަރުން ބުނަނީ ޓްރާންސްޕޯޓުގެ އަގަކަށް ނުދާނަމޭ. ސެންޓަރުން އެންގުމުން ވެސް ބުނީ ނުކޮށް ތިބޭނީއޭ،" އެތަނުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އެ ސެންޓަރުގެ އެހެން މީހަކު ބުނީ ޓްރާންސްޕޯޓުން ކަނޑައެޅި އަގަށް ދަތުރުކުރަން ޑްރައިވަރުންނަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށެވެ.

ޓްރާންސްޕޯޓުން ކަނޑައެޅި އަގަށް ސެންޓަރުތަކުން ދަތުރުނުކުރާ ނަމަ، އެ މައްސަލަ ހައްލުކުރުމުގެ ބާރު އޮތީ ޓްރާންސްޕޯޓް އޮތޯރިޓީ އަށެވެ. މިހާރު ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގެއް ނަގާ ނަމަ އާއްމުން ހިތްހަމައެއް ނުޖެހޭނެ އެވެ.

113 ކޮމެންޓް, 155 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 3%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި މޫސަ

13 September 2018

ހަމައެންމެރަނގަޅީ މީޓަރު ހަރުކުރުން އޭރުން އިންސާފުވެފަ މައްސަލަކުޑަވާނެ

The name is already taken The name is available. Register?

ގުބައިދު

12 September 2018

މާލޭ ގެޔަކުން ހުޅުމާލެ ގެޔަކަށް ދިއުމަށް ކިހާވަރެއް ނަގަނީ ؟ މީގަ ބުނާގޮތުން ދޭހަވަނީ ބުރިޖުހުރަސްކުރުމަށް 40ރ ނަގާހެން.

The name is already taken The name is available. Register?

ދެބަންދިހާރު

12 September 2018

ނުކޮށްތިބީމަ ނިމުނީނު

The name is already taken The name is available. Register?

‫ވީރު

12 September 2018

‫އަގު ކަނޑައެޅުމުގެ ބަދަލުގައި މީޓަރު ހަރުކޮށްގެން އަގު ނަގަން ފަށަންވީ. އޭރުން އަގު ދައްކަންޖެހޭނީ ދަތުރުގެ ދިގުމިނަށް

The name is already taken The name is available. Register?

ރަމަޒާން

12 September 2018

ބުރިޖްގެ ޓޯލް ނަގަން ފެށީމާ 40 ރުފިޔާ އަދި 60 އައް އެންމެ ކުޑަވެގެންވެސް ބޮޑުވާނެ .. ޓެކްސީ ޑްރައިވަރުން މިހާރުވެސް މާލޭއިން ދުވާލަކު 3-2 ގަޑިއިރު ދުއްވާލާފައި ބޮޑުފައިދާ ނަގާގެން ތިބޭ ބަޔެއް.. ކޮންޕެޓީޝަން ކޮންމެ ކަމެއްގަވެސް ލީމަ އަގުތައް ތިރިވާނެ .. ޓެކްސީ ސާރވިސާރސް އެއް ފައްޓާފައި އަގުތައް އެބަޖެހޭ ތިރިވާން މިހާރައްވުރެވެސް..

The name is already taken The name is available. Register?

ބުރުޖު ކަތްދަ

12 September 2018

މާލެވަށާ 1 ބުރު ޖެހީމަ ވަނީ 5 ކިލޯމީޓާރ ބްރިޖްގެ ދިގުމިނަކީ 3 ކިލޯ މީޓާރ ދެކޮޅަށް 10 ކިލޯމީޓާރ 1ލީޓާރ ޕެޓްރޯ 11 ރުފިޔާ، 1ލީޓާރ ޕެޓްރޯލުން 10 ކިލޯމީޓާރ 14 ކިލޯމީޓާރ އެބަދުއްވޭ!!! މުޅިދަތުރަށް ހަރަދުވަނީ ގިނަވެގެން 15 ރުފިޔާ ކަމަށް ބެލިޔަސް 40-15=25 ރުފިޔާ ސާފް ފައިދާ މިވަރުން ގެއްލުން ވާކަމަށް ޓެކްސީ ޑްރައިވަރުން ގަބޫލް ކުރާ ކަމަށް ވަނީ ވިއްޔާ މާލޭގަ މިއޮއްހުރިހާ ދުވަހު ކުރާ ދަތުރުތަކުން އެމީހުންނަށް ވާނީ ގެއްލުން!!!! ގެއްލުން ހުރިކަމެއް އެކަކުވެސް ނުކުރާނެ!!!!

The name is already taken The name is available. Register?

ައއހ

12 September 2018

ޓެކްސީ ޑްރައިވްރުން ނަކީ މިހާރުވެސް ސައިޒު ކުރުން ލަސްވެފައި އޮތްބައެއް....ހިތައްއެރި ގޮތަކަށް މަގުމަތީ ދުއްވާ ގާނޫނަކަށް ނުބަލާ،... އެއް ފަހަރާ ދެތިން ދަތުރު އަރުވައިގެން ވެސް ދަނީ... މިބައި ހަމަ ސައިޒަށް ތިރިކުރަންވީ

The name is already taken The name is available. Register?

އާދަނު

12 September 2018

40 އެއް ނޫން 200 ދިނަސް ދާނީ މަގުން އަތް ހިއްލާހާ މީހަކު ކާރަށް އަރުވައިގެން. އެންމެން އަތުން ނަގާނީ ހަމަ އެއްއަގެއް. ހަމައެއް ލަަމައެއް އޮންނަބައެއްނޫން.

The name is already taken The name is available. Register?

ކަންބޮނޑި

11 September 2018

ހާދަ ބޮޑު ޚަރަދަކުން ހެދި ބްރިޖޭކޭ، އެހެންވީމާ ވިޔަފާރި އުޞޫލުން ޓެކްސީ ކުރާ އުޅަނދުތަށް މަހަކު 3000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެ. ހާދަ ދިގު ބްރިޖެކޭ، ވަރަށް ޚަރަދުންދޯ ހެދޭނީ

The name is already taken The name is available. Register?

ހަމަވާނު

11 September 2018

40 ތަންކޮޅެއް ކުޑަ 75 އެއީ ހަމަ އެންމެ ރަނގަޅު ރޭޓެއް ހުޅުމާލެއަށް، 50 ރަނގަޅު އެއާޕޯޓަށް،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454