އިދިކޮޅު ފަރާތްތަކުން ވެލިދޫގައި ރޭ ބޭއްވި ޖަލްސާގައި އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޑީޕީ
11 ސެޕްޓެމްބަރ 2018 - 11:44
މި މަހު 23 ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލި ކުރުމުގައި އެންމެ އިސްކޮށް ތިބެންވީ ދިވެހި ސިފައިން ކަމަށް، އިދިކޮޅު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އިއްތިހާދުން ނ. އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުގައި އެ އަތޮޅު ވެލިދޫގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މި ވަގުތަކީ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ދިވެހި ސިފައިން ތެދުވަންވީ ވަގުތު ކަމަށެވެ.
"މިއީ މުއައްސަސާތަކުގެ ބޭފުޅުން ތެދުވާންވީ ވަގުތު. ހާއްސަކޮށް ދިވެހި ސިފައިން ތެދުވާންވީ ވަގުތު. ތި ބޭފުޅުން ތެދުވާންވީ ކަނޑި ބަޑިން ދިވެހި ވެރިކަން ބަދަލު ކުރާކަށް ނޫން. ތިބޭފުޅުން ތެދުވާންވީ ވޯޓުން ވެރިކަން ބަދަލު ކުރަން. ވޯޓުން ރައީސް ޔާމީން ބަލި ކުރުމުގައި އެންމެ އިސްކޮށް ތިބެންވީ ދިވެހި ސިފައިން،" އަމީން ވިދާޅުވި އެވެ.
މިހާރު ރާއްޖެ އަށް ދިމާވެފައިވާ މި ބިރުވެރިކަމުންނާއި ފަސާދަ އިން ސަލާމަތްވެވޭނީ ސިފައިން ނުކުމެ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވޯޓު ދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިވެހި ސިފައިންނަށް އަޅުގަނޑުމެން ގޮވާލަނީ ތި ހުރިހާ ބޭފުޅުން ވެސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާށޭ. ތިބޭފުޅުން އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ކުރެއްވުމަކީ ދިވެހި ގައުމު އަމާން ކުރުމަށާއި ދިވެހި ގައުމު މިނިވަން ކުރުމަށާއި ވައްކަމާއި ފަސާދަ އިން ސަލާމަތް ކުރުމަށް ތި ބޭފުޅުންނަށް ކުރެވޭނެ އެންމެ ވަރުގަދަ ޖިހާދު،" އަމީން ވިދާޅުވި އެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސަތަކީ ތަރައްގީ ހޯދަން ރައްޔިތުން މާލެ ދިއުން ކަމަށެވެ.
"މިއަދު ތަރައްގީ ގެންދަނީ މާލެ އަށް. ތިބޭފުޅުން ތަރައްގީ ހޯދަން ދާން ޖެހޭނީ މާލެ އަށް. ތަރައްގީ ރަށަށް އައީމާ ރަށުގައި ތިބެގެން ތި ބޭފުޅުންނަށް މަތީ ތައުލީމް ހާސިލް ކުރެވޭނެ. ރަށުގައި ތިބެގެން ތިބޭފުޅުންނަށް ސިއްހީ ހިދުމަތް ލިބޭނެ. ރަށުގައި ތިބެގެން ސިޔާސީ ހަރަކާތް ހިންގޭނެ. ރަށުގައި ތިބެގެން ފަތުރުވެރިކަމުގެ ނަފާ ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސިޔާސަތާ ހިލާފަށް ޖަޒީރާ ދިރިއުމަކީ އެންމެންނަށް ވެސް އުފާވެެރިކަން ގެނެސްދޭނެ އަދި އެކުވެރިކަން އާލާކޮށްދޭނެ ސިޔާސަތެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކާ ވަރަށް ގިނަ ބަޔަކު ގުޅެމުން އަންނަ ކަމަށް ވިދާޅުވެ، ގައުމު މި ވަގުތު އޮތް "ބިރުވެރިކަމުން" ސަލާމަތްވުމުގެ އުއްމީދަކީ އެއީ ކަން އަމީން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ކުރިމަތީގައި އޮތް ބިރުވެރިކަމާއި ނާމާންކަމުން ގައުމު ސަލާމަތް ވާނެ ކަމުގެ އެންމެ ބޮޑު އުއްމީދަކީ އެކި ދިމާލުގައި އެކި ތަންތަނުގައި ތިބި ބޭފުޅުން މި ހަރަކާތާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯލްސް
11 September 2018
އަޅެ މިސޮރުމެންނަށް ނޭގޭތަ ސިފައިން ނާއި ފުލުހުން ސީޔާސީ ވެގެން ނުވާނެކަން..މިހާރު މިސޮރުމެންނަށް ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭގޭ...
ކަންތިރު
11 September 2018
ސިފައިންގެ އުވާލަން ބުނާ ބަޔަކަށް އަހަރުމެން ކިހިނެއް ވޯޓު ދޭނީ. ވޯޓުލާ، ކަލޭމެން އެންމެނަށް ބޮޑެތި މަޤާމު ދީފައި އަހަރުމެން ދެން ގޮސް ޖަޒީރާ ހޮޅުއަށީގައި އަނގަނަގައިގެން ތިބެންވީ؟
ީއިނޫ
11 September 2018
އާމީނު ކޮށްބޭކާރު ވާހަކައެއް ..... ލާރިދިން ވަރަކަށްބޯގޯސް ވާހަކަ މީނަމިދަށްކަނީ
ރާޑޯ
11 September 2018
ސިފައިންނަކީ ދެލޯ އަވަރު މަންމަން ބައެއްނޫން.
ިއިންސާފު
11 September 2018
އަމީނޫ މޮޔަގޮވަން ފެށީތަ؟ ބަލަ މިހާރުވެސް ކިޔަވަނީ ރަށުގަ ތިބެގެންނޭ؟ ނޭގޭތަ އެވަރުވެސް ދަކުޓަރަށް ދައްކަނީވެސް ވަޒީފާވެސް. ދެން ތަނަވަސްކަން ޙޯދަން މިއަންނަނީ ތަރައްގީ ތަންތަނަށް. މާލެއަކަށް އެކަންޏެއްނޫން. އެހެން ކަރކަރަޔަސްވެސް. އެއީ އިންސާނުްނަށް ލިބޭ ތަނަވަސްކަމާ ކުރިއެރުން. އެކަމަށް އެންމެން މި މަސައްކަތްކުރަނީ. އަމީނު މާލޭގަ ތިއުޅެނީއްޔޯ؟ ކާކުބުނެގެން ތިހިރީ. ދާންވީނު ރަށުގަ އުޅެން. ގައިމު ތައުލީމު އެބަހުރި ފެންވަރު އެބަހުރި. ދެން ކޮންކަމަކު ތިހުރީ އައިސް މާލޭގަ ހޮޓާތައް ހުޅުވައިގެން. ރަށުގަވެސް ހޮޓާ ހިންގޭނެ. ދެންވެސް އަވަހަށް ޖަޒިރާއަށް ދޭ
ވޮރަންޓްކޯ
11 September 2018
މި ސަފުތަކާ ސަމާސާ ނުކުރޭ.. އަދިވެސް އަހަރެމެންގެ ހުށިޔާރުކަން ގަބޫލުނުކުރެވިގެން ތިޔައުޅުއްވަނީ ދެއްތޯ
ސަރީފް
11 September 2018
ކޮންވާހަކައެއް ދައްކަން ތިއުޅެނީ. 23 ސެޕްޓެމްބަރުގެ ފަހުން ވެސް ތިޔަމީހުން ތިބޭނީ ހަމަ މަގުމަތީގަ. ތެންކިޔޫ ފޮރ ދަ ކޯޕަރޭސަން.
މެސީ
11 September 2018
ހޭޖެހޭ ވާހަކަ ދައްކާ. ޢެމް. ޢެން ޑީ އެފް އުވާލަން ބުނީމަ ދެން ޢެމް ޑީޕީ އަށް ވޯޓް ދޭނީ މޮޔައިން.
ބްރޯ
11 September 2018
1986ގެ އުދުވާނީ ހަމަލާގައި ބައިވެރިވެ ހުކުމް އިއްވި މީހަކަށް ނަޝީދުގެ ޑިފެންސް މިނިސްޓްރީ އިން ސްޓޭޓް މިނިސްޓަރުކަން ދިނީ ސިފައިންނަށް މަލާމާތް
ލިޕޭ
11 September 2018
ސޮރީ، ސިފައިންގެއާ ފުލުހުންގެ އިދާރާއާ އުވާލަން އުޅޭބަޔަކު ގެނެސް ގެން އަހަރެމެން ކިހިނެތް ދިރިއުޅެނީ