އިބޫ މިއަދު ނ. ފޮއްދު އަށް ވަޑައިގެން އެ ރަށުގައި ދިރިއުޅޭ ކުޑަ ކުއްޖަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ
11 ސެޕްޓެމްބަރ 2018 - 11:29
ރާއްޖޭގެ ބައެއް ރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް އެކަކަށް ވުރެ، ގިނަ މީހުންނަށް ދީ ރާއްޖެ އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުގައި، ނ. ފޮއްދޫގައި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނ. އަތޮޅުގެ ރަށްތައް ކުއްޔަށްދީ ހުސްކޮށްފައިވާ ކަމަށެވެ.
އިބޫ މިއަދު ނ. ފޮއްދު އަށް ވަޑައިގެން އެ ރަށުގައި ދިރިއުޅޭ ޒުވާނަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ
ރަށްތައް ކުއްޔަށް ދިނަސް، ރަށްތައް ތަރައްގީ ކުރުމުގައި ފައިސާ އާއި މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރި ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ރަށްތައް ދޫކޮށްފައި ހުރީ ހައްގުވެރިންނަށްތޯ ދެނެގަތުމުގެ މަސައްކަތް ކުރަން އުނދަގޫވެފައިވާ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވި އެވެ.
"ބައެއް ރަށްރަށް ދެ މީހުންނަށް، ތިން މީހުންނަށް ދެވި އަނެއް ބައި މީހުންނަށް ތިން ރަށް ހަތަރު ރަށް އެއް ނަމެއްގައި ދެވި މިކަހަލަ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ރާއްޖެ އޮތީ،" އިބޫ ވިދާޅުވި އެވެ.
އިދިކޮޅު ވެރިކަމެއްގައި ފުރަތަމަ ކަމަކަށް އޮންނާނީ ރަށްތައް ދެވިފައި ހުރީ އެންމެ ރަނގަޅު މީހުންނަށްތޯ ބަލައި އެކަން ހައްލު ކުރަން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އިދިކޮޅު ވެރިކަމެއްގައި ރަށްތައް ތަރައްގީ ކުރުމަށް ބޭނުންވާ ލުއި ލޯން ހަމަޖައްސައި ދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އިބޫ މިއަދު ނ. ފޮއްދު އަށް ވަޑައިގެން އެ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ
އިދިކޮޅު ފަރާތްތައް ގުޅިގެން ރިޔާސީ އިންތިޚާބަށް ނުކުތީ، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، އެންމެން ގަބޫލު ކުރާ ބަދަލުތަކެއް ރާއްޖެ އަށް ގެންނަން ބޭނުންވާތީ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އިދިކޮޅު ޕާޓީތައް ގުޅިގެން ނުކުތީ، ސިޔާސީ ފިކުރު އެއްކިބާކޮށްފައި، ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކަމަށާއި ރައްޔިތުން ވެސް މިކަން ގައުމީ ކަމެއްގެ ގޮތުގައި ދުށުމަށް އިބޫ އެދިވަޑައިގެންނެވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި ސަރުކާރުން، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، އެ އަށް ވީނުވީއެއް ނޭނގެ އެވެ. އަދި ރައްޔިތުން ދެއްކި އެތައް ބިލިއަން ރުފިޔާއެއް "ވަގަށް" ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ސިޔާސީ ފިކުރު އެއްކިބާކޮށް، ގައުމު ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރާ ދަތުރުތަކުގައި ދެވޭ ރަށްރަށުގައި ކަން އޮތް ގޮތް ވަރަށް ސާފުކޮށް އެނގޭ. ރައްޔިތުންނަށް ދިމާވެފައި އޮތް ކަންކަމުން އަރައިގަންނަން ބޭނުންވޭ. ގައުމު ބަދަލު ކުރަން ބޭނުންވޭ. ވަރަށް ބޮޑުތަނުން 23 ސެޕްޓެމްބަރުގައި މި އިއްތިހާދަށް ތާއީދު ލިބިގެންދާ ތަން އެބަ ފެނޭ،" އިބޫ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދުތުރީ
15 December 2018
ދެން ސަރުކާރުހިތްސާވާގޮތަށް ރިސޯޓްތައް ތަރަށްގީކުރަންވީނޫންތޯ އޭރުން ސަރުކާރު ހިންގާކަށް ދަށްޗެއްނުވާނެ އަބަދުސަލާންޖަހާކަށްނުޖެހޭނެ
ސާފު ސާފު
18 September 2018
އެއްވެސް ފެންވަރެއް ކެރުމެއް ނެތް މީހެއްކަން ހާމަވެ ކަށަވަރުވެ ނިމިއްޖެ.
ކިޔުން ތެރިއެއް
17 September 2018
ޢިބޫ އަށް ބަހުސްގަ ބައިވެރިވާން ނުކެރުނީ ދެން ކޮން ވާޖަކައެއް ބޭޒާރުވެދީނެތީ
ހަންޗިޕިޕީ
11 September 2018
ރާއްޖެއޮތީ ކޮކްޓެއިލް ގަނޑެއްގެ ތެރޭގައެއް ނޫންތަ؟
ޔޫނުސް30
11 September 2018
ތިމާ ވެރިކަމައް ކުރިމަތިލައިގެންވެސް ތިޔަ އުޅުއްވަނީ ބޮޑުވެގެންވާ އޮޅުންބޮޅުންގަޑެއްގެ ތެރެއިންނެއްނޫންތަ!
ރައްޔިތުން
11 September 2018
އެކަކު އެތައްނަމެއްގަ ކޮމެންޓް ކޮއްފަ ލައިކު ދިނަސް ޔާމީނަށް ރައްޔިތުން 23 ސެޕްޓެމްބަރ ލައިކު ނުދޭނެކަން ވަރަށް ސާފު..
ކައްތުބޭ
11 September 2018
ބަލަ ކޯލިޝަންނެއްގެ އެއް އަސާސް އެއީ އޮޅުން ބޮޅުން!
ސެލް1234
11 September 2018
މަރުމޯލަކަށް ފެންނާނީ މުޅިންވެސް އޮޅުންބޮޅުން.
ީއިނޫ
11 September 2018
އިބޫ ބަލަ ކަލޭޕޯޑިއަމް ތަކަށް އަރާތަޅުވާ އަނގަތަކުން މީހަކު އޮޅުން ބޮޅުން ނުވިއްޔާދެރަ... އެބުނީވިއްޔަ ކިޔަވާކުދިންވެސް ދުނިޔޭން ބޭރަށް ފޮނުވާ ވާހަކަ ދެން އަހަރެމެން އަހަރެމެން ދާންވީ ހެލްކޮޕްޓަރ އެއް ހޯދާގެން ކިޔަވަންވެސް ކުދިންގެންދަން
ޤަމާރޭ
11 September 2018
ހަމަ އަސްލުވެސް އިބޫގެ މޫނުމަތިން ފެނޭ ހާސްކަމާ ވާނުވާނުވާ ނޭގޭކަން. ތަބަކަށްލާފަ ދޭން މިއުޅެނީ ކޯއްޗެއްކަން އިބޫއަށްވެސް ނޭނގޭ. ލީކުވި ރިޕޯޓްގަ އެއޮތީ ވިއްޔާ އިބޫގެ ސިކުޑީގައި ހުރި ބަލީގެ އަލާމަތްތައް ދޮޅު އަހަރެއްހާ ދުވަސް ތެރޭ ރައްޔިތުންނަށް ހާމަވާން ފަށާނޭ. ޝައްކުވާ ގޮތުން ވެރިކަން ލިބިއްޖެއްޔާ މި އަލާމަތްތައް ފެންނާނީ ނޫނީ ނުފެންނާނެ