ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ކައްޕިއެއްގެ ގޮތުގައި ހުންނާނަން، ނުދެވޭ ހިސާބެއް ނޯންނާނެ: ރައީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުމުގެ ރަސްމިއްޔާތުގައި، އިކޮނޮމިކް މިނިސްޓަރު ސައީދު، ރައީސް ޔާމީނަށް ރަމްޒީ ހަދިޔާއެއް އަރުވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމަނިކުފާނުގެ ކައްޕިކަމުގެ ދަށުގައި ރާއްޖެ އަށް ނުދެވޭނެ އެއްވެސް ހިސާބެއް ނޯންނާނެ ކަމަށާއި ދިވެހިންނާއެކު މަސައްކަތްޕުޅު ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދައިގެން އައި ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން މިއަދު ވިދާޅުވީ މި ސަރުކާރު އޮތްހާ ހިނދަކު، ޒުވާނުންނަށް ހިތްވަރު ދޭނެ ކަމަށެވެ. ކުޅިވަރު ނުވަތަ އެހެން ކަމެއްގައި ވިޔަސް، ޒުވާނުންގެ ތަރުބިއްޔަތަށް ސަރުކާރުން އަބަދުވެސް ހިތްވަރުދޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ޒުވާނުންގެ ހިތްވަރާއި، ދެން ބުނަން ޖެހޭނީ ރައީސް ޔާމީންގެ ފަންވަރޭ ދޯ؟ ރައީސް ޔާމީންގެ ފަންވަރާ އެކީގައި ކޮންމެ ކަމަކީ ވެސް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ ކަމެއް. އަޅުގަނޑުމެން ގުޅިގެން ކުރި އަށް ދާ ކަމަށް ވާނަމަ، ތިއިން ކޮންމެ ކުއްޖަކަށް، ކޮންމެ ކުއްޖެއްގެ އާއިލާއަކަށް، ބައްޕަ އަށް، މަންމަ އަށް އުފާ ފާގަތިކަން ގެނެސް، އުންމީދުން ފުރިގެންވާ ރާއްޖެއަކަށް ނުހަދަންވީ ސަބަބެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

އެކަން ހާސިލްކުރުން އޮތީ ޒުވާނުންގެ އަތްމަތީގަ ކަމަށާއި ޒުވާނުން އެކަމަށް ފުރުސަތު ދެއްވައިފި ނަމަ އެ މަނިކުފާނު ރާއްޖޭގެ ކައްޕިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

"ފުޓްބޯޅައިގައި ނަމަ، އަސްއަދު އަދި އަކްރަމް. މުޅި ގައުމުވެއްޖެ ނަމަ، ރައީސް ޔާމީން، ތި ކުދިންނާ އެކީގައި މަސައްކަތް ކޮށްދޭނަން. އަޅުގަނޑުމެންނަށް ނުދެވޭނެ ހިސާބަކީ ނެތް ހިސާބެއް،"

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު (ކ) އަދި އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް ޔާމީން ވިދާޅުވީ މިއަދަކީ ދިވެހިން އަބަދުމެ ޝުކުރު ކުރުން މަތީ ތިބެން ޖެހޭނެ ދުވަހެއް ކަމަށެވެ. އެގޮތުން، ގައުމީ ޓީމު ހޯދި ކާމިޔާބީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްފައި އޮތް ތަރައްގީން އެ މަނިކުފާނު ވަނީ މިސާލު ނަންގަވައިފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެހެންވެސް އެއާޕޯޓްތައް ތަރައްގީވެގެން ދިޔުމުން ވަޒީފާތައް އުފެދި ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެން ދާނެ ކަމަށެވެ. މިއަދު ހާސިލްވެގެން ދިޔަ ކާމިޔާބީއަކީ ދިވެހިންގެ މިނިވަންކަމަށް އެންމެ ބޮޑު ތާއިދެއް ލިބުނު ކާމިޔާބީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ކުރައްވާ ކޮންމެ ކަމެއް ކުރައްވަނީ އިހްލާސްތެރިކަމާއެކުގަ އެވެ.

16 ކޮމެންޓް, 197 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 1%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮޑިފަޅުވެރި

19 September 2018

ދަވާނުލެވޭ އެއްޗެއްވެސް ނޯންނާނެ.

The name is already taken The name is available. Register?

ވަގުކަލޭގެ

18 September 2018

ކައްޕި ވިސްނޭލެބަލޭ..ހެޔޮނުވާނެދޯ ބައެއްގެ އޮޑިއަކަށް ޗަހެން ހަދާކަށް.. އޮޑިފަރަށް އަރުވޭލޭފޭ ހުރިއްޔާ ހުރި މުދަލެއް ވިއްކޭލޭފޭ އަދި ޗަ ގޯސް ތިކުރަނީ ފަޅުވެރިން.

The name is already taken The name is available. Register?

falaku ain

18 September 2018

ކައްޕިއަކަށް ނުކެރޭ މިނިކާރާއްޖޭ ގަސްކަރަ ބަލާލާފަ އަންނަން ރާއްޖޭން ބޭރަށް ބޯޓުގެ މިސްރާބު ޖަހަން. މުޅިން ދުއްވަނީ މަގުމަތީ ހެދިފައި އޮންނަ ފެންގަނޑުގައި އޮޑި.

The name is already taken The name is available. Register?

މަންސޫރު

19 September 2018

ގާދޫ ކޮލުން ނިކުންނައިރަށް ފަރަށް އަރާނެ.

The name is already taken The name is available. Register?

މިޞްރާބުސިދާތޯ

18 September 2018

ބައިތުލްމާލަށް ދިން ގެއްލުން ގައުމުގެ ތާރީޚުގައިވެސް ޖެހުނު އެންމެ ކަޅު އަނދިރި ލައްގަނޑު

The name is already taken The name is available. Register?

falaku ain

19 September 2018

ރާއްޖޭގެ ރަށްތައް ނުއަގުގައި ވިއްކާލަން ވަގު ބައްދަލުވުންތައް ބޭއްވެމުން ދިޔައިރު އެދަތުރުތަކުގައި މެޑަމް ބައިވެރިވީކަމީ މި 3 މީހުން މިކަމުގައި ޢަމަލީގޮތުން ބައިވެރިވާ ކަން ސާބިތުވާ ކަމެއް. އެހެންވެގެންދޯ މެޑަމް މިވަރަކަށް ކޮޅުކޮޅުމައްޗަށް ދަތުރު މިކުރަނީ. ވިއްކި ލާރި ގަނޑުން މެޑަމް އަށްވެސް ބައެއް އެޅިބާއޭ ހިތަށް އަރާ. 5 މިލިއަން ޑޮލަރަށް ކިޔަންޏާ ޔަގީން އެތަނަކަުން 40 މިލިއަން ޑޮލަރ ހުންނާނީ ނަގާފައި ކަޓުގެ ގޮތުގައި.

The name is already taken The name is available. Register?

ނާއިލާ

18 September 2018

ހިތްމަތާ އެކު މަސައްކަތް ކަޮއްއުަޅެ ކައްޕިންނަށޭ. މިންނަތުން ލިބެވޭ ނަތީޖާ މާމުޔަށް ފޮނިވާނީ . ހަގީގަތުގަވެސް މިސްރާބަށް ދަތުރު ކުރަން އެގޭ ކައްޕިޔެއް .ޝުކުރުރިއް ޔާ އަދި މަރުހަބާ .

The name is already taken The name is available. Register?

ގގގހބ

18 September 2018

އިދިކޮޅު ކުދިނއ ދެން ހާދަ ގައުމީ ވަންތަކަމެއްވެސް ނެތޭ. ތިގޮތް ހަމަ ކަޑަ.

The name is already taken The name is available. Register?

ވާލުސޮރު

18 September 2018

ހެޔޮނުވާނެ! ބޮޑާ ބަސް ނުބުނެ ﷲ އަށް ޙަމްދުކޮށްބަލަ! މިފަހަރުވެސް ސެމީއަށް ދެވުނީ ނަސީބު ރަނގަޅުކަމުން. އެހެންނޫންނަމަ މާކުރިން ދިވެހި ޓީމް ވެލިކެއީސްތޯއްޗެ.

The name is already taken The name is available. Register?

ހޯގުޅާ

18 September 2018

އަޅޭ ސަޅިޔޭ. ވަރައް ބޭނުންވޭ ތިގޮތުގަ ހުންނަން.

The name is already taken The name is available. Register?

ރ.މޫސަބޭ

18 September 2018

ކައްޕި ކަމުގަ ބަޑިގުދަނު ތަޅުދަޑިވެސް ގެއްލުނު ދޯ......ޕަކާސްޕަސް

The name is already taken The name is available. Register?

ޙަސަން މުހައްމަދު

18 September 2018

އދ އަށް ދެވުނުތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454