ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ފަހު، ރިޔާޒް (މ) އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫ އާއި ފައިސަލާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -
25 އޮކްޓޯބަރ 2018 - 13:09
ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރި ނުވާނެ ކަމަށް މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއީ، އަލަށް އެކުލަވާލަން ތައްޔާރުވާ އިބޫގެ ސަރުކާރަށް ޕީޕީއެމްގެ މެމްބަރަކު ތައުރީފްކުރެއްވި ފުރަތަމަ ފަހަރެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވައި، ރިޔާޒް ވަނީ އޭނާގެ ހިޔާލު ބަދަލުވެގެން ދިޔަ ގޮތުގެ ތަފްސީލް ދެއްވައިފަ އެވެ.
ވިލުފުށީގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރަން ރައީސް ޔާމީން އެ ރަށަށް ވަޑައިގެން، ރިޔާޒްއާ ސަލާމް ކުރައްވަނީ --ފޮޓޯ: ރައީސް އޮފީސް
ރިޔާޒް ވިދާޅުވީ ސަަރުކާރާ ފެއަށް ޖެހިވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ އެތައް ބަޔަކަށް ހައްގު ނޫން ގޮތުގައި އެތައް އަނިޔާއެއް ދިނުން ކަމަށެވެ. އަނިޔާ ލިބުނު އާއިލާތަކުގެ މެމްބަރުން އެޅި ކަރުނަ ވަރަށް ކައިރިން ދެކެވަޑައިގެންނެވި ކަމަށް ވިދާލުވި އެވެ.
"އަނިޔާ ލިބުނު އާއިލާތަކަށް އަޅުގަނޑު ދިޔައިން އެހީތެރިކަމާއި މަދަދު ފޯރުކޮށްދެމުން. އެކަން ވެސް އަޅުގަނޑު ކުރީ ހިތަށް ކެތް ނުކުރެވިގެން،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެންމެ ގިނައިން ފާޑުވިދާޅުވި އެއް މެމްބަރެވެ. އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ އެއީ އެއްވެސް ހަސަދައެއް އޮވެގެން ކުރެއްވި ކަމެއް ނޫން ކަމަށެވެ. އެއީ ސިޔާސީ ގޮތުން ދެއްކެވި ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ނަޝީދު ޖަލަށްލި ފަހުން އަޅުގަނޑު ނޯންނާނެ، އެމަނިކުފާނަށް ފާޑުކިޔާފައެއް. ފާޑުކީ ވެސް ކޮންމެހެން އެމަނިކުފާނަށް އޮތް ހަސަދައެއްގެ ސަބަބަކުންނެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުންނާއި އާއިލާތަކަށް ވަރަށް ބޮޑެތި ނިކަމެތިކަމެއް ލިބުނު ކަމަށެވެ. އެހެންވެ އަނިޔާ ލިބުނު މީހުންނަށް ހަމްދަރުދީ އޮތް ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީ އަށް ތައުރީފްކުރަައްވަމުން ވިދާޅުވީ އެ ޕާޓީން މީގެ ކުރިން ކުރި ތިން އަހަރު ދުވަހުގެ ވެރިކަމުގެ ތަޖުރިބާގެ އަލީގަ އާއި ބާކީ ތިބި ކޯލިޝަންގެ ޕާޓީތަކާ އެކު، ގޯސްކޮށް ކަމެއް ތަކުރާރުނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އިގްތިސާދު ކުރިއަށް ގެންދާނެ ގޮތާއި ކުރިއަރާ ގޮތް ކޯލިޝަންގެ ބޭފުޅުންނަށް އެނގޭނެ. އެއާ އެއްގޮތަށް ކުރިއަށް ގެންދާ ނަމަ، ރާއްޖެ ތަރައްގީ ވާނެ. ރައްޔިތުންގެ ތާއީދު ވެސް ދެމެހެއްޓޭނެ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ އެހެން ޕާޓީތަކާ އަޅާބަލާއިރު، ޑިމޮކްރަޓިކް ޕާޓީއެކެވެ. އޭގެ ސަބަބެއްގެ ގޮތުގައި ދެއްކެވީ އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާ ދިމާލަށް ކޮންމެ އެއްޗެއް ބުނުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިފައި އޮތުމެވެ.
"އެންމެ އުޅޭ ހިތްވާ ޕާޓީއަކީ އެމްޑީޕީއޭ ކުރިން ބުނިން. އެއީ އަޅުގަނޑު ގަބޫލުކުރާ ބައެއް އުސޫލުތަކެއް ގެންގުޅޭތީ. ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ވަނީ މަސައްކަތްކޮށްފައި،" --ރިޔާޒް
"ވެރިކަމުގައި ނުވަތަ ވެރިކަމުގައި ނުތިބި ކަމުގައިވިޔަސް، އެއްޗެއް ބުނާ ބަޔަކު އެމްޑީޕީން ކަނޑައެއް ނުލާނެ. އެމީހަކު ބޭނުންވާ ހިޔާލެއް ފާޅުކުރުމަކީ ޑިމޮކްރަސީ. އެކަން ނެތް ނަމަ، ކަމެއް ރަނގަޅު ކުރާކަށް ނޭނގޭނެ. އެއީ އެމްޑީޕީގައި އޮތް ވަރަށް ރަނގަޅު ސިފައެއް،" ރިޔާޒް ވިދާޅުވި އެވެ.
"އެންމެ އުޅޭ ހިތްވާ ޕާޓީއަކީ އެމްޑީޕީއޭ ކުރިން އަޅުގަނޑު ބުނިން. އެއީ އަޅުގަނޑު ގަބޫލުކުރާ ބައެއް އުސޫލުތަކެއް ގެންގުޅޭތީ. ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ވަނީ މަސައްކަތްކޮށްފައި."
މަޖިލިހުގެ ކޮމިޓީއެއްގައި ރިޔާޒް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު
ރިޔާޒް ވިދާޅުވީ އެމްޑީޕީން އިދިކޮޅުގައި އޮތް އިރު އެކަހަލަ ހިތްވަރު ހުރި އިތުރު ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށެވެ.
"އިންތިޚާބު ގެއްލުނީ އެކަނިމާއެކަނި ނުކުތީމަ. ގާސިމް ނޫނީ މައުމޫންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ ތާއީދާއެކު ނިކުތް ނަމަ، ރައީސް ޔާމީން ބައްޔެއް ނުވާނެ،" --ރިޔާޒް
އިދިކޮޅު ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ހަމައަށް ޕީޕީއެމްގެ ސަރުކާރު ދިފާއުކުރެއްވުމުގައި އުޅުއްވި ރިޔާޒް ވިދާޅުވީ އާ ސަރުކާރަށް ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.
ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ އެކު، ރިޔާޒް ވަނީ ސަރުކާރު ދިފާއުކުރެއްވުމުގެ މަސައްކަތުން "ފެއަށް" ޖެހިވަޑައިގެންފަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި، ރިޔާޒް "ގެއްލުނީ" އޭނާއާ އެކު ގާތްކޮށް އުޅުއްވި ބައެއް ބޭފުޅުން ޖަލަށްލުމުންނެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ނާކާމިޔާބީއާ ގުޅޭ ގޮތުން ރިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްގީ ގެނައި ނަމަވެސް، ރައްޔިތުން ހިތްހަމަނުޖެހި ޕީޕީއެމަށް ވެރިކަން ގެއްލުނީ އެތައް ބަޔަކު ޖަލަށް ލުމުން ކަމަށެވެ. އަދި މަޖިލިހުގެ މެމްބަރުންގެ ދައުރު ހަނިކުރުމަކީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވި އަނެއް ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުވަތަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދާ އެކު، ރައީސް ޔާމީނަށް އިންތިޚާބު ކުރެއްވުނީހެވެ.
"އިންތިޚާބު ގެއްލުނީ އެކަނިމާއެކަނި ނުކުތީމަ. ގާސިމް ނޫނީ މައުމޫންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެއްގެ ތާއީދާ އެކު ނުކުންނެވި ނަމަ، ރައީސް ޔާމީން ބައްޔެއް ނުވާނެ،" ރިޔާޒް ވިދާޅުވި އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީރާއްޖެ
27 October 2018
ޜިޔާޒު ދޯ! ޤައުމަށް އަނިޔާ ކުރަނ ިބުުއަކަށް ފުރުޞަތެއް ނުދޭނެ.އެކަން ކުރާނީ ނަޝިދު އަރޖުވާފައި .ނަޝީދު ލައްވާ އސނިޔާވެރިވީމަ އިބޫ ރއްޔިތުންނަށް އޯގާވެރިއަކަށްތާ ވާނީ.ވަރަށް ބަރާބަރު.
މުހައްމަދު އަހްމަދު
27 October 2018
އިބޫ އަނިޔާވެރިއެއް ނުވާނެ. ޕާޓީ މީހުން ނޫން އެންމެން ކަނޑާލާނީ. މީ 2009 ގަ ވެސް ކަންކުރިގޮތް.
އަބްދޫ
26 October 2018
ނަސީދު ދޫކޮށްލައިފިނަމަ އެ ދެވެނީ އަބްުދުﷲ ގާޒީ އަށް އަނިޔާއެއް. އިންސާފު އެބަދަލު ކުރެވެނީ ނާއިންސާފަށް. ދިދައިގަ ތިލަފަތް ޖެހި ފާޓިން އެބުނަނީ ތިލަފަތަކީ ރަމްޒީ އެއްޗެކޭ ތިލަފަތްަކީ ހަމަވާ އެއްޗެއްނޫނެ. ތިލަފަތަކީ އޮޅުވާލަން ޖަހާފައިވާ ރަމްޒީ އެއްޗެކޭ ވެރކަމާ ހަވާލު ފުރަތަމަވެސް ގާނޫނާ ގާނޫނުއަސާސީއާ ހިލާފް ވެވޭނެ. ގާނޫނުއަސާސީގެ 115 ގެ ޒ އިން ބާރު ލިބެިގެން ހަދާފައިވާ ގާނޫނާ ކިލާފަށް މީހަކު ދޫކުރަން ރައީސަށް އިހްތިޔާރު ނެތް ލިބިފާ
ފަޒީލް
26 October 2018
މީނަބަލައި ގަނެފިއްޔާ އަޅުގަނޑު އުމުރައް އެމްޑީޕީ އަށް. ސަލާމް..އަދި މީނަގެ ކަރަޕްސަން މައްސަލަ ބަލައިދިނުމައވެސް އެދެން ހައްގު އަދަބު ވަނީނަމަ ދޭންޖެހޭނެ..ވސރަްަލާމް..ދެވަނަ މޫސައައް ބަލާތި..
ނަސޭހަތް
26 October 2018
ގާނޫނާ ގަވާއިދާ ހިލާފައް ކަންކަން ކޮށްފަ ވާނަމަ އެކަންކަން ބަލާ މައްސަލަ ތައް ކޯޓައް ފޮނުވުމަކީ އަނިޔާވެރި ވުމެއް ނޫނެވެ.ދެކޮޅުން ކާވެނެއް އެކަންޔެއް ނޫން އަނިޔާވެރިވެ ގައުމު ލޫޓުވާ ނިޒާމް ނަގާލި މީހުންނަށް އަދަބު ނުދިނުމީ އަނިޔާވެރިވުން. ވޯޓު ދިނީ މިސަބަބައް
ޝޮކްތެރަޕީ
25 October 2018
އަހަރެން ހީކުރީ ރިޔާޒްއަކި ވަރައް ތެދުވެރިއެއްކަމަ.
އާދަނޫ
25 October 2018
ޑަބަލް ޓޭޕް
ގާޒީ
25 October 2018
ދާއިރާގެ ރައްޔިތުންގާތުގަ މިފަހަރުވެސް ޔާމީން ހޮވާދިނުމަށް އެދިއާދޭސް ކުރީވެސް އެއަނިޔާއަށް ހަމަ ކެއްނުކުރެވިގެންތަ ތިވާގޮތް އަހަރުމެނައް އިގޭ.
ޢަހުމަދު މުހައްމަދު
25 October 2018
ރިޔާޒަކީ ހާދަ ގޮތެއް ނެތް މީހެކޭ
ޢަހުމަދު މުހައްމަދު
25 October 2018
އެމް.ޑީ.ޕީން ވިސްނަންވާނެ . ޜިޔާޒަކީ ދެކޮޅުންކާ ވެނެއްކަން