ނަޝީދާއި ދުންޔާ އެކުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ފޮޓޯއަކަށް ހުއްޓިގެން. - ފޮޓޯ: ދުންޔާ ފޭސްބުކް ޕޭޖް
03 އޮކްޓޯބަރ 2018 - 12:33
ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާ ލީޑަރެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފި އެވެ.
ނަޝީދުގެ ބައެއް ސިޔާސަތުތަކަށް މީގެ ކުރިން ފާޑުވިދާޅުވި، ދުންޔާ މިއަދު ވަނީ ނަޝީދާ އެކު ނެންގެވި ފޮޓޯއެއް ވެސް އޭނާގެ ފޭސްބުކް ޕޭޖްގައި އާންމުކުރައްވައިފަ އެވެ.
ދުންޔާ ވިދާޅުވި ގޮތުގައި އެއީ މީގެ ދުވަސްތަކެއް ކުރިން ނަޝީދާ އެކު ބޭއްވި ބައްދަލުވުމެއްގައި ނެންގެވި ފޮޓޯއެކެވެ. އެމަނިކުފާނާ އެކު ކުރެއްވި މަޝްވަރާތަކުން ޝައުގުވެރި އެތައް ވާހަކައެއް އިވިވަޑައިގެންނެވި ކަމަށް ވެސް، ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ދުންޔާ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓު.
ދުންޔާ ވިދާޅުވީ ސިޔާސީ ގޮތުން "ދެކޮޅުވެރިންގެ ގޮތުގައި" މީގެ ކުރިން ތިއްބެވި ކަމަށް ވިޔަސް ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ކަށަވަރުކޮށް ދެއްވަން ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކަށް އިހްތިރާމް ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ތާއީދުކުރީ ވެސް މަޝްވަރާ އިން ކަންކަން ހައްލުކުރުމަށާއި ދެކޮޅުވެރިކަމާއި ބައިބައިވުން ނައްތާލުމަށް،" ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިތާ މާ ގިނަ ދުވަހެއް ނުވެ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަޑައިގެންނެވި ދުންޔާ ވިދާޅުވި އެވެ.
ބޮޑުބޭބޭފުޅު ރައީސް ޔާމީންގެ ސަރުކާރުން ދެ ވަނަ ފަހަރަށް އޭނާ އިސްތިއުފާ ދެއްވީ، ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، މައުމޫން ހައްޔަރުކުރުމުންނެވެ.
ދުންޔާ ވިދާޅުވި ގޮތުގައި މާޒީވި ކަންކަމަށް ފަހު، މިހާރު ދާންވީ ކުރިއަށެވެ. ސިޔާސީ ދެކޮޅުވެރިކަމުގެ ސަބަބުން އުފެދިފައިވާ "ޒަހަމްތަކަށް" ފަރުވާ ހޯދަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ލީޑަރުން ބޮޑު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީންކަން އެބަ އޮތް، ގުޅިގެން ކުރާ ބުރަ މަސައްކަތުގެ ސަބަބުން ވަރަށް ގިނަ ކަންކަން ހާސިލްވެގެންދާނެ ކަމަށް. ކާމިޔާބަށް އެދެން،" ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތް ކުރެއްވި ނެލްސަން މަންޑޭލާގެ ބަސްކޮޅަކުން މިސާލު ނަންގަވައި، ދުންޔާ ވިދާޅުވި އެވެ.
ޖުލައި 5، 2016 ގައި ފޮރިން މިނިސްޓަރުކަމުން ދުންޔާ އިސްތިއުފާ ދެއްވީ ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވިކަން މައުމޫން އިއުލާންކުރެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏަޖީބް
12 November 2018
ޚކޯއްޗެކޭތަ މިކިޔަނީ
ފާފު
04 October 2018
"އެމްޑިޕީ މެމްބަރުން އަނެއްކާވެސް ހުދުމުހުތާރު ވެރިކަމަކުން ރާއްޖެ ސަލާމަތްކޮށްދީފި" ނަޝީދު. ދުންޔާ މާއުމޫނޫ! ނަޝީދު އެބުނި އެއްޗެއް ވިސްނޭތަ... އަނެއްކާވެސް އޭ އެބުނީ ކުރިން މައުމޫންގެ ޚުދުމުޚްތާރު ވެރިކަމުން ސަލާމަތް ކުރިގޮތަށް އަނެއްކާވެސް ސަލާމަތް ކުރި ވާހަކަ... ވިސްނާ
ޖުހާބެ
03 October 2018
އެހެންވީމާ ތިޔަ ގަބޫލު ކުރެވުނީ ކަމަނާގެ ބައްޕާފުޅު 30އަހަރުވަންދެން އިންސާނީ ހައްގު ތަކަށް އަރައގެންފައިވާކަން. ކަމަނާގެ ބައްޕަގެ ވެރިކަން ބަދަލުކުރުމަށް ނަޝީދު ދެއްކި މައިގަނޑު ވާހަކައަކީ ކަމަނާގެ ބައްޕަ އިންސާނީ ހައްގުތައް ނިގުޅައިގަނެ (ނަޝީދު ހިމެނޭގޮތަށް) އެތަކެއްބަޔަކު ޖަލަށްލައި ޑިކްޓޭޓަރ ވެރިކަމެއްކުރާވާހަކަ. ހަމަ ހަކުރުދެންޏާ ބޮޑުބޭބެ.
ފާފުން
04 October 2018
ޖުހާބޭ ވަރަށް ސަޅި ތިޔަ ކޮމެންޓް...
ފާތިން
03 October 2018
ކޮބާ މަޤާމެއް ހަމަޖައްސާލީދޯ
މިއައި
03 October 2018
ހާދަހާވާ އަވަހަކަށޭ ދޯ..ކީކޭ ބުނާނީ
އަސްތާ
03 October 2018
ވަރައް ކޮމެންޓް ކޮށްލާހިތްވޭ، އެކަމު އެއްޗެކޭނުބުނާނަން. ވަރައްސަލާން.
ޕާޕަރު
03 October 2018
އަސްލު ހަމަ އެއްޗެކޭ ނުބުނިއްޔާ ރަނގަނޅުވާނީ.
ސަނީ
03 October 2018
ވިސްނާބަޔަކަށް އެނގޭނެ، އެންމެން އެކެއް ދެކެ އެންމެ ގިނަބަޔަކު ލޯބިވާ ދިވެއްސަކީ ނަސީދު ކަން.
ޕާންޑޭ
03 October 2018
ޔުމްނާ މައުމޫނަށް ވުރެ ގަޓު ހުރި މީހަކު ތި ފެމިލީ އަކު ނެތް. އެއީ ހުރިހާ ފިކުރެއްގެ މީހުންގެ އިހްރިރާމް ލިބިގެންވާ ކަނބަލެއް.
އައްދުންޔާމަތާއުން
03 October 2018
ނަތިންގް އިޒު އިމްޕޮސިބަލް.
ޕާޕަރު
03 October 2018
ތިއުޅެނީ ގުޅިގެން ހާޖާނުހަދަން.