ސްޓޭޓް މިިނިސްޓަރު މާކް އާއި ފޮރިން މިނިސްޓަރު އާސިމް ބައްދަލު ކުރައްވަނީ: ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ޔޫކޭ އިން ބޭނުންވާ ކަމަށް ވިދާޅުވި ---ފޮޓޯ/ޓްވީޓް
07 އޮކްޓޯބަރ 2018 - 16:09
އިނގިރޭސި ވިލާތުގެ ފޮރިން އޮފީހުގެ ސްޓޭޓް މިނިސްޓަރު މާކް ފިލްޑް ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އާސިމާއި މަސީހުއާ، މާކް ބައްދަލު ކުރެއްވީ އޭނާ ރާއްޖެއަށް މިއަދު ފެއްޓެވި ދަތުރުގެ ތެރެއިންނެވެ.
މި ބައްދަލުވުމަށް ފަހު، އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ މަޝްވަރާ ކުރެއްވީ، ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ފަހު، އޮމާންކަމާ އެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މަޖިލީހުގެ ކަންކަމާ ބެހޭގޮތުން ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދާ ތަން ބަލަން އިނގިރޭސި ވިލާތުން ބޭނުންވާ ކަމަށް މާކްގެ ޓްވީޓްގައިވެ އެވެ.
Pleased to meet Maldivian Speaker Maseeh and Foreign Minister Asim this morning. Stressed as a friend of #Maldives, UK looks forward to seeing a smooth transition to the new government and to Parliament flourishing. 🇬🇧 🇲🇻 pic.twitter.com/5NxZsz9Wp6
— Mark Field MP (@MarkFieldUK) October 7, 2018
މާކްގެ ޓްވީޓް
އާސިމާއި މަސީހާ ބައްދަލު ކުރެއްވުމުގެ ކުރިން މާކް ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ވެސް މިއަދު ހެނދުނު ބައްދަލު ކުރައްވައިފަ އެވެ. އަދި އިބޫގެ ވެރިކަމުގައި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން އިބޫއާ އެކު އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.
މާކްގެ ދަތުރުގައި، އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެސިއުޓްސް
08 October 2018
މިއީޔޫ ގެ ގައުމުތަކާއި އެމެރިކާ އިން ވެސް މިތިބެނީ އެއްކޮޅަށް ބަރުވެފައި.
ހޮޓްކިންގ
08 October 2018
މީތަ އެބުނާ ދީނީ މިނިވަންކަމަށް ގޮވާލާ މީހަކީ؟
ދދދދދދދ
08 October 2018
ގުއި ނުދޮންނަ ޔޫކޭ އައްޗީޑި.