ޕީޕީއެމުން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް އަބްދުﷲ ޔާމީން (މ) އާއި އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް، ގައުމީ ސަލާމް ވިދާޅުވަނީ. - ފޮޓޯ: ރައީސް އޮފީސް
14 އޮކްޓޯބަރ 2018 - 10:21
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާނުލި ނަމަ، ރައީސް އަބްދުﷲ ޔާމީނަށް 65 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތީސް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 42 ޕަސެންޓެވެ. ރައީސް ޔާމީނާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް 134،705 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓު ދިން މީހުންގެ 58 ޕަސެންޓެވެ.
"އޮޅުވާލި ވޯޓު" ނަމުގައި ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ކުރަމުން އަންނަ މުޒާހަރާގައި އަބްދުއްރަހީމް ވިދާޅުވީ އޮޅުވާލުމެއްގެ ތެރެއިން ވެސް ބަދަލު ނުކުރެވުނު 96،000 ރައްޔިތުން އަދިވެސް ތިބީ ރައީސް ޔާމީނާ އެކު ކަމަށެވެ. އަދި ޕީޕީއެމުން އިންސާފު ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށާއި ދިވެހިންގެ އެއްބާރުލުން މިކަމުގައި ފުރިހަމައަށް ބޭނުންވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ހައްގުގަ އެވެ. އަދި ދިވެހިންނަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރަނީ ޕީޕީއެމް ކަމަށާއި ރައީސް ޔާމީނަކީ ދިވެހިންގެ ހައްގުގައި ނުކުމެވަޑައިގެންނެވި ލީޑަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވި އިރު، އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، އިންތިޚާބު ބާތިލް ކުރުމަށް އެދި ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އަދި އެ މައްސަލައިގައި ބާއްވާ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި މިއަދަށް ވަނީ ތާވަލްކޮށްފަ އެވެ.
"އެމަނިކުފާނު (ރައީސް ޔާމީން) މިއަދު ވެސް ހުންނެވީ ދިވެހި ރައްޔިތުންގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއް ކުރައްވަން ވަރަށް ކެރިވަޑައިގެން ސާބިތުކަމާ އެކީގައި. އަޅުގަނޑުމެން މިތިބީ އެމަނިކުފާނު ކުރައްވާ މަސައްކަތުގައި ފުކެއް ވެސް ދުލެއް ނުދީ ކުރިއަށް ދާން ތައްޔާރަށް. ޕީޕީއެމަކީ އަބަދުވެސް މި ގައުމުގެ މިނިވަންކަން ދިފާއު ކުރާނެ ޕާޓީއެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެވަރަށް އޮޅުވާލައިގެން ނުވަތަ އެ ކުރި ކަމެއް ކޮށްގެން ވެސް 96،000 ވޯޓު ރައީސް ޔާމީން އެކަނި ނެންގެވި ނެންގެވުން ތިޔަބޭފުޅުން އެބަ ޖެހޭ ފިލާވަޅު ލިބިގަންނަން،."
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމުން އަބަދުވެސް ހައްގު ހޯދަން މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިންނެވެ. އަދި އިދިކޮޅު ފަރާތްތަކަކީ ގާނޫނީ އިމުން ބޭރުން މަސައްކަތް ކުރާ ބައެއް ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެގޮތުން އިދިކޮޅު ފަރާތްތަކަކީ މިނިވަން ކަމަށް ލޯބި ނުކުރާ، ތަރައްގީ ކުރަން ބޭނުން ނުވާ ބައެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަ ކުރެއްވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމު އަޅުވެތިކޮށްގެން، ވެރިކަމުގެ ދަހިވެތި ކަމުގައި ކަމަށް ވެސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.
އެކަމަކު، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން ގައުމަށް ގެންނެވި ތަރައްގީއާއެކު ކުރިއަށް ދިއުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައާދަނު
15 October 2018
ބަލަ މިއީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް ބައެއްތަ؟ ބަލަ ވޯޓްނަގާ، ގުނާ މަރުކަޒުތަކުގައި ތިބީ ކަލޭމެން ލާފަ ތިބި މީހުންނޭ ވޯޓް ނެގުން ހިނގަމުން ދިޔައިރު އެތަނުގެ ވެރިޔާއަށް ވަގުތުން ޝަކުވާ ހުށަހެޅޭނެ. ކީއްވެތަ އޭރު ތިކަންކަން ހުށަނޭޅީ. ރައްޔިތުންގެ ކުރިމަށްޗަށް އާރާ ބަލި ޤަބޫލުކޮށް ރައްޔިތުން ގެ ނިންމުން އަޅުގަޑު ބަލާ ގަނެފީމޭ ބުނެ އަނެއްކާވެސް ވެރިކަމުގެ ދަހިވެތި ކަމާހުރެ ހޭބަލިވަނީ
ވަތުބަތާނަ
15 October 2018
އޮޅުވާނުލިނަމަ ޔާމީނަށް ލިބޭނީ 20% ވޯޓް.
ހުސެއިން
15 October 2018
އަހަރެން ވޯޓް ދިނީ ރައީސް ޔާމީނަށް! އަހަރެން ނަތީޖާ ޤަބޫލްކުރިން! މަކަރު ނަހަދާކަން %100 ޔަޤީން. އެއީ އެތަނުގައި ތިބީ އަހަރެމެންގެ މީހުން، ރައިސް ޔާމީނަށް ދެރަގޮތެއްވާން ނޭދޭތީ! ވަރަށް ހިތާމަކުރަން ޕާޓީގެ އިސްވެރިން ވޯޓްލާ މަރުކަޒުގައި މަސައްކަތްކުރި އަޙުންނާއި ދިމާއަށް ވަގަށް ގޮވާތީ! އިންތިހާބު ބާތިލުކޮށް ދެވަނަ ފަހަރު ވޯޓުލާން ޖެހިއްޖެނަމަ އަހަރެން ދެން ޔާމީނަކަށް ވޯޓެއް ނުދޭނަން! އަހަރެންގެ އާއިލާގެ ވޯޓުވެސް ނުލިބޭނެ!ދެން ވޯޓު ދޭނީ އިބޫއަށް!
ޓިއުމަރ
15 October 2018
އަދުރޭގެ ސިޔާސީ ހަޔާތް ނިމުނީ. ދެން ބޮޑުވަރެއްވެގެން ބެނަރ އައްސާމީހާ ހަރުގަނޑު ހިފަހައްޓާދޭ ވަރަކީ އަދުރޭގެ ސިޔާސީ ސައިޒު
ބައޯކަލޯ
15 October 2018
އަދުރޭމެންތިޔަ އޮޅުވާލަފައި ތިބުނީ އިދިކޮޅަށް %65 ލިބޭނެ ވާހަކަ ދެއްތޯ؟
ތަކުރުބޭ
15 October 2018
އަހަރެން ހިތަށްއަރާ ކީއްވެބާވައޭ އަދުރޭ ނުބުނީ %113 އޭ؟
ޖާހިލު ދޮގުޓިނު
15 October 2018
މިޒަމާނުގައި ހިސާބުބޭނުންކޮށްގެންދޭ ބަސްބުނުންތަކުގައި، އެހިސާބުއައިގޮތް ކިޔާނުދެންޏާ މީހުން އެއަޑުއަހައިފައި އެދެކޭނީ ޖޯކެއްގޮތުގައި. އަޑެއްއޮތީމައި ލަވާހަޅޭއް ގަބޫލްކުރާ ޖާހިލު ޒަމާން ނިމުނުތާ ވަރަށް ޒަމާންވެއްޖެ.
ޓިނުފޮށި
14 October 2018
އައްދެ އެއްކަލަ އަލްޖިބުރާ އަނގަފެޅީ ދޯ
ޙައްޕި
14 October 2018
އަދުރޭގެ ވޯޓަކީ %24 ކަމަށް ގުނީމަ ވެދާނެ، ދެން އެހެން ގޮތަކުން މިއީ ވާނެ ކަމެއް ނޫން. އެކަމަކު ކަންކަން އޮޅުވާލައިގެން ވާހަކަ ދައްކާ މީހުންނަށް %100 ފާފަވާނެ. އަދި އަދުރޭ އުޅޭ ހިޔާލީ ދުނިޔޭގެ މިގޮތަށް ކަންކަން ވާނީ.
ދަތްނެތްކުއްޖާ
14 October 2018
އަބަދުވެސް އަދުރޭ ނިހާނު މެންގެ މަސައްކަތަކަށް ވެގެން ވަނީ ކައްޕި އަށް ކަންކަން އޮލުވާލާ ކައްޕި އަށް ނާނާ ހުވަފެން ދެއްކުން. އެންމެ ފަހަރަކުވެސް ކީއްތޯ ވާނީ ތެދު ބަހުން ކައްޕި އާއި މުޢާމަލާތް ކުރިއްޔާ!