އެމެރިކާ އިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު އަލައިނާ ޓެޕްލިޓްސް މަގާމުގެ ހުވާ ކުރައްވަނީ.
23 އޮކްޓޯބަރ 2018 - 10:17
އެމެރިކާ ސަރުކާރުން ރާއްޖެ އާއި ސްރީ ލަންކާ އަށް އާ ސަފީރެއް ކަނޑައަޅައި އޭނާއާ އެ މަގާމު މިއަދު ހަވާލުކޮށްފި އެވެ.
އެމެރިކާ އިން ރާއްޖެ އަށް އަލަށް ކަނޑައެޅީ ނޭޕާލުގައި މިވަގުތު ހުންނަވާ އެމެރިކާ ސަފީރު އަލައިނާ ޓެޕްލިޓްޒް އެވެ.
އަލައިނާ، މަގާމުގެ ހުވާ ކުރެއްވީ އެމެރިކާގެ އަންޑަ ސެކްރެޓަރީ ޑޭވިޑް ހޭލްގެ ކުރިމަތީގަ އެވެ.
Today Ambassador Alaina Teplitz was sworn in as the next U.S. Ambassador to #SriLanka and #Maldives. Here, she takes an oath administered by Under Secretary David Hale. Congrats and safe travels, Ambassador! pic.twitter.com/Y8KRMhYD9R
— State_SCA (@State_SCA) October 22, 2018
އެމެރިކާގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ ޓުވީޓު
އެމެރިކާ އިން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައި ކުރިން ހުންނެވީ އަތުލް ކެޝަޕް އެވެ. އޭނާ އެ މަގާމު ފުރުއްވަމުން ގެންދަވަނީ އޮގަސްޓް 2015 އިން ފެށިގެންނެވެ.
އަތުލް ފާހަގަކުރެވެނީ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކާއި އަދި ތަފާތު އެކި ކަންކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ފާޅުގައި ފާޑު ވިދާޅުވި ބޭފުޅެއްގެ ގޮތުގަ އެވެ. ހާއްސަކޮށް، ސަރުކާރުން އަމަލު ކުރާ ގޮތުން، އަތުލުގެ ނުރުހުން އަމާޒުވެފައިވެ އެވެ.
އަލައިނާ އަކީ އެމެރިކާގެ ޚާރިޖީ ދާއިރާގެ އިސް ބޭފުޅެކެވެ. މިހާތަނަށް އަފްޣާނިސްތާނާއި ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން އޭޝިއާގެ ގައުމުތަކުގައި އޭނާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުސް
23 October 2018
އެމެރިކާގެ އެމްބަސީ އަލުން ޓެލް އަވިވް އަށް ބަދަލު ކުރަން ގޮވާލަން.
އަސްރްފް
23 October 2018
އޮފް.ކޯސް
ފޯރޔޫ
23 October 2018
އެމެރިކާގެ އާ އެމްބެސެޑަރެއް ރާއްޖެ އަށް ކަނޑައަޅާފައިވާ ނަމަ އިބޫގެ ވެރިކަމުގައި އިބޫ ވެސް ދަންނަން ޖެހޭނެއޭ ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ޕަބްލިކް ވާރކްސް ގެ ލޮރީ ތައް ބޭނުން ކޮށްގެން ގެދޮރު 10 ބުރިއަށް ހަދަން ވެގެން ބާގެ ތަޅާލާ ކުނޑި ގާތައް އުކާލުމުގައި އެކަން ކުރީ އެއީ އެންމެ ރުފިޔާ އެއްވެސް ދައުލަތަށް ނުދީއޭ ދެން މިފަަދަ ކޮރަޕްޓް ބަޔަކު މަޖްލީހުގެ މެމްބަރު ކަން ދޫކުރުމަށް ފަހު އިބޫގެ ވެރިކަމުގެ މަތީ ފަންގިފިލާގައި ތިބެއްޖެ
މޭކްއިޓް
23 October 2018
އެމެރިކާ އިން ރާއްޖެ އަށް ކަނޑައެޅުއްވި އާސަފީރު ކަމުގެ ދައުރުގައި މަމެން އުއްމީދު ކުރަމޭ ނިއު ޗެޕްޓަރސް ތައް ލިޔެ ރީޑް ކޮށް އެހިތު ދަސް ކުރާނޭ ކަމަށް އެމެރިކާގެ މިޑް ޓާރމް އިލެކްޝަންސް ނިމުމުގެ ކުރިން އެމެރިކާގެ އެމްބަސީ އެއް ރާއްޖޭގައި ގާއިމް ކުރުމަށް ޓަކައި ރައީސް އިބޫގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިކަން ނިންމާނެ ކަމަށް މަމެން މިދެކެނީ ކްރިއޭޓް އަ ވޯލްޑް ވިދް ނޯ ފިއަރ ޓުގެދަރ ވީވިލް ކްރައި ފޯރ ހެޕީ ޓިއަރސް މޭކް އަ ލިޓިލް ސްޕޭސް
ދީދީ
23 October 2018
ޢެމެރިކާ އެންބެސީ އެއް މިތާ ހުޅުވަން ނިކަން ބާރުއަޅާބަލަ، މިވާގޮތުން ހުރިހާ ވިޔަފާރިއެއް މިދަނީ ލަންކާޔައް
ދަވޭއޭ
23 October 2018
އެމެރިކާ އާއި ރާއްޖެ އާއި ދެމެދު ގައި އޮންނަ ގުޅުން މަމެން އުއްމީދު ކުރަމޭ ރައީސް އިބޫގެ ވެރިކަމުގައި އާ ހަރުފަތަކަށް ގެންގޮސް ދޭނެ ކަމަށް ރާއްޖޭގެ ފޮރިންގް މިނިސްޓަރުންގެ ޕާރފޯމެންސް ސްޓަޑީ ކުރާއިރު އެންމެ ރަނގަޅު ނަތީޖާ އެއް ނެރެދިނީ ދުންޔާ ގެ ފޮރިންގް މިނިސްޓަރު ކަމުގައި ސޯ މަމެން އުއްމީދު ކުރަމޭ ޕޮޓެންޝަލް އަދި ހީވާގި އަންހެން ކުއްޖަކު ރާއްޖޭގެ ފޮރިންގް މިނިސްޓަރަކަށް ލައިގެން އެމެރިކާގެ އެމްބަސީ އަދި ސިންގަޕޯރގެ އެމްބަސީ އަދި ތައިލެންްޑް..
ދަވޭއޭ
23 October 2018
އެމެރިކާ އިން ރާއްޖެ އަށާއި އަދި ލަންކާ އަށް ކޮމްބައިންޑް އުސޫލުން އެމެރިކަން އެމްބެސެޑަރ އެއް ކަނޑައަޅާނަމަ މަމެން ގަބޫލުކުރާ ގޮތުގައި އެމެރިކާ އެމްބެސެޑަރު ހުންނަން ޖެހޭނީ ރާއްޖޭގައި އޭ އެގޮތުން ބަލާއިރު އެމެރިކާ އެމްބަސީ ދެން ގާއިމް ކުރަން ބިމެއް ހުޅުމާލެ 2 އިން ދޭންވީއޭ އެެމެރިކާ އަށް އަދި ޗައިނާ އަށް ވެސް ދޭންވީއޭ ހުޅުމާލެ 2 އިން ބިމެއް ހުޅުމާލެ 2 އިރުން އޮތް ފަޅު ހިއްކަންވީ އެމްބަސީ ޕާރކް އެޅުމަށް ލަންކާ ގައި ނޫން ހުންނަން ޖެހޭނީ
އައިއޭމް
23 October 2018
އެމެރިކާ އިން ރާއްޖެ އަށް އާ ސަފީރެއް އައްޔަންކޮށްފި ނަމަ މަމެން އުފާ ކުރަމޭ އެކަމާއި ޔޫއެސްގެ ތަފާސް ހިސާބު ތައް ދައްކާ ގޮތުން އެމެރިކަންސް އިންގެ ތެރޭން އެންމެ ޕޮޓެންޝަލް އީ އަންހެނުންނޭ އެއީ މަމެން އުފާ ކުރާ ކަމެކޭ މިހާރު ދުނިޔޭގައި ތިބި އެންމެ މޮޅު އިންޖިނިއަރުންގެ ޕޫލުގައި ވެސް ގިނައީ އެމެރިކާ އަންހެނުންނޭ ސްޕެޝަލީ އެމެރިކަން އިންޓީރިއަރ ޑިޒައިނަރުންގެ ތެރޭގައި އެމެރިކަން ގާރލްސް އެއީ ފާހަގަ ކޮށްލެވޭ ބިއުޓިފުލް މައިންޑުންނޭ އައިއޭމް ސޯ ހެޕީ