ކުރީގެ ރައީސް ނަޝީދު، ރާއްޖެ ވަޑައިގަތުމަށް ނިންމާފައިވަނީ އަންނަ ހަފްތާ ބުރާސްފަތި ދުވަހު--
24 އޮކްޓޯބަރ 2018 - 11:37
ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ، ރައީސް އަބްދުﷲ ޔާމީން ރަހީނު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެހެންވެ، ރަހީނުން މިނިވަން ކުރުމަށް ކޯޓަކަށް ދާން ނުޖެހޭ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ނަޝީދުގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް "މިހާރު" އަށް ވިދާޅުވީ ނަޝީދު މިނިވަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކަމަށެވެ. ނަޝީދަކީ، ރައީސް ޔާމީން "ރަހީނު" ކޮށްފައިވާ ބޭފުޅަކަށް ވާތީ މިނިވަންވުމަށް ކޯޓަށް ވަޑައިގަންނަވަން ނުޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ.
"ހޮސްޓެޖުން ސަލާމަތްވާން ކޯޓަށް ދާކަށް ނުޖެހޭ. ރައީސް ޔާމީންގެ ފަރާތުން ސަލާމަތްވާން މި ކުރެއްވި ކަމަކީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިނިވަން ކުރުން. އެހެންވީމާ ކޯޓަށް ވަޑައިގަންނަވާކަށް ނުޖެހޭ،" ހަސަން ލަތީފް ވިދާޅުވި އެވެ.
"މުޅި ދުނިޔެ އެ ބުނަނީ ރައީސް ނަޝީދަށް ޝަރީއަތް ކޮށްފައި ވަނީ ހައްގުތައް ނުދީ ނާއިންސާފުންނޭ. ކޮން ގައުމަކުންތޯ އެ ވާހަކަ ނުދައްކަނީ؟ މުޅި ދުނިޔެ އެބަ ބުނޭ ރައީސް ނަޝީދަކީ ކުށްވެރިއެއް ނޫން ކަމަށް. ދެން ކޮން ކޯޓަކަށްތޯ ދާން ޖެހެނީ؟"
ހަސަން ވިދާޅުވި ގޮތުގައި، އަންނަ މަހުގެ އެެއްވަނަ ދުވަހު ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު، އެމަނިކުފާނު މިނިވަންކުރުމާ ގުޅޭ ވަރަށް ގިނަ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެކަމަކު، އޭގެ ތަފްސީލެއް މީޑިއާއަކަށް ހަސަން ނުދެއްވަ އެވެ.
ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އައީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ.
ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސި ވިލާތުގައި އުޅުއްވާ ނަޝީދު އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާ އިރު، ގިނަ ބަޔަކު ކުރާ ސުވާލަކީ އެ މަނިކުފާނު އެނބުރި ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ހެއްޔެވެ؟ ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ނަޝީދު މިހާރު މިނިވަން ކުރެވޭނީ ސުޕްރީމް ކޯޓަށެވެ.
ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ 49 މެމްބަރުން ސޮއި ކުރައްވައި މިއަދު މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ. އެ ގަރާރުގައި ބުނެފައިވަނީ ނަޝީދަށް ހުކުމްކޮށްފައިވަނީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ހިލާފަށް ކޮށްފައިވާ ޝަރީއަތަކުން ކަމަށްވާތީ ރައީސް ނަޝީދު ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ.
Nasheed Minivan kuran Majilyhah maadhamaa garaareh hushahalhanee
The most trusted news source in the Maldives
Mihaaru
ނަޝީދު މިނިވަން ކުރަން ގަރާރު ހުށަހެޅުން--
އެ ގަރާރު މަޖިލީހުން ފާސްކުރި ނަމަވެސް ގާނޫނީ ގޮތުން ނަޝީދު މިނިވަނެއް ނުވާނެ އެވެ. މިހާރު އޮތް މަރުހަލާގައި އެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓަށެވެ.
ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް-- މިހާރު ފޮޓޯ: ހުސައިން ވަހީދު
"ވީ ހާލެއްގައި ވާން" ނަޝީދު ރާއްޖެ ވަޑައިގަންނަވާ އިރު ކޯޓުން ވަކި ގޮތެއް ނިންމާފައިނުވާތީ އިދިކޮޅު ކޯލިޝަންގެ ތެރޭގައި ވެސް ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ވިދާޅުވާ ގޮތުގައި ނަޝީދު ވެސް މިނިވަން ވާން ޖެހޭނީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ގާސިމް ވެސް މިނިވަންވެފައިވަނީ ކޯޓަށް ހުށަހަޅައި ކަފާލާތުގެ ދަށުންނެވެ. އެއަށް ފަހު ޝަރީއަތް ބާއްވައި ހައި ކޯޓުން ވަނީ އެ ދެ ބޭފުޅުންނަކީ ވެސް ކުށްވެރިން ނޫން ކަމަށް ކަނޑައަޅައިފަ އެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ ޖަލު ހުކުމާ މެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ނަމަވެސް އެމްޑީޕީގެ ލީޑާޝިޕުގެ ބޭފުޅުން ވިދާޅުވަނީ ނަޝީދަށް ހުކުމް ކޮށްފައި ވަނީ ނާއިންސާފުން ކަމަށްވާތީ އަދި ސުޕްރީމް ކޯޓުން ކަންކަން ކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމުގައި ނުވާތީ ކޯޓަށް ވަޑައިގެން "ސަލާން ޖަހަން" ނުޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަބޭސް222
24 October 2018
މަށަކީވެސް ރައީސް ނަޝީދަށް ވަރަށް ތާޢިދު ކުރަމީހެއް އެކަމަކު ހަސަަން ތި އުޅުއްވަނީކީ ރަންގަޅަކަށް ނޫން! ކޯޓުން ގޯސްކޮށް ޙުކުން ކުރީމަ އެޙުކުމް ރަނގަޅު ކުރާނީ ވެސް ހަމަ ކޯޓުން ދޯ! .............
އިޙްސާސް
24 October 2018
ތިޔައުޅުއްވަނީ އަނެއްކާ އަނެއް ބޮނޑިބޯން. ނަޝީދުވެސް ގޮތްދޫކޮށް ސުޕުރީމް ކޯޓަށް ދާން ޖެހޭނީ. ނޮވެމްބަރު 1 ގައި ނަޝީދު މާލެ އަޔަސް ސުޕުރީމް ކޯޓުން ނަޝީދުގެ ޙުކުމް ބާތިލު ނުކޮށްފިނަމަ ހަމަ ޖަލަށް ގެންދާނެ ފުލުހުން ގޮސްގެންވެސް. ނަމަވެސް އަޅުގަނޑުވެސް އުންމީދު ކުރަން ނަޝީދު މިނިވަންވާނެކަމަށް.
ބޯގޮވި
24 October 2018
ތިވެވެނީ ރައްޔިތުންގެވިންދާޚިލާފް ރަނގަޅައްބާރުތައްނުލިބެނީސް ތިއުޅެވެނީބާރުގެބޭނުންކުރައްވަން ރައްޔިތުން ވޯޓުދިނީ އިންސާފްގާއިމްކުރަން އިންސާފައްފުރުސަތުދެއްވާ
ބޯގޮވި
24 October 2018
ތިވެވެނީ ރައްޔިތުންގެވިންދާޚިލާފް ރަނގަޅައްބާރުތައްނުލިބެނީސް ތިއުޅެވެނީބާރުގެބޭނުންކުރައްވަން ރައްޔިތުން ވޯޓުދިނީ އިންސާފްގާއިމްކުރަން އިންސާފައްފުރުސަތުދެއްވާ
ތަފާތު؟
24 October 2018
މިދިޔަ 5 އަހަރު މަޖިލިސް އެންމެ މީހަކަށްޓަކައި ވޯޓުލީ. މިހާރުވެސް ހަމަ މި މަޖިލިސް އެނެމް މީހަކަށްޓަކައި ތިޔަ އުޅެނީ ވޯޓުލާން. މި ސަރުކާރާ ތިޔަ ބޭފުޅުންނާ އޮތް ތަފާތަކީ ކޮބައިތޯ؟
ހެޔޮނިޔަތް
24 October 2018
ޤައުމެއްގައި ޤނޫނީ އިމަކީ ހުރިހާ އެންމެނަށް ހަމަހަމަ އެއްޗެއް.
އިލޮށި
24 October 2018
ނަޝީދު މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ 49 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ގަރާރެއް ހުށައަޅާއިރު ނަޝީދަށް ހުކުމްކޮށްފައިވަނީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ހިލާފަށް ކޮށްފައިވާ ޝަރީއަތަކުންކަމަށް 49 މެމްބަރުން ގަބޫލު ކުރޭހެއްޔެވެ؟ ގަބޫލުކުރާނަމަ އެކަން ކުރެވޭނީ ކޯޓް އަމުރަކުންނޫން ދެން ގޮތަކަށްހެއްޔެވެ؟އެއްވެސް މީހަކު ނުގަވައިދުން ކަމެއް ކޮށްފިނަމަ ގާނޫނީ އިމުގެތެރެއިން ނޫންގޮތަކަށް ހައްލުހޯދުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟
ޙސައިން
24 October 2018
ހަސަން ލަތީފް މިފަދަ ވާހަކަ ދެއްކީމަ ކަޑަ. މޮޅުމީހާ އަށް މޮޅު ދެރަ މީހާއަށް ދެރަ.. މީތޯ ޖަޒީރާ ޤާނޫން
މޯދީ
24 October 2018
މި ފެށޭ 5 އަހަރުގެ މެދުހާ ތާނގައި ޤާނޫނު އސާސީ އިޞްލ؛ާޙުކޮށް ރާއްޖޭގައި ސެކިޔުލާރ ވެރިކަމެއް ޤާއިމުކުރާެކަން މިހާރު 90% ޔަގެެނވެއްޖެ އެވެ. އެކަމަކު މި ގައުމު ގުރުބާން ކުރިޔަސް ފާރިސް އަށް މިޖީލުގަި ރައީސްކަމެއް ނުލިބޭނެއެވެ. މަޖިލިސްގެ ރައީސްކަމެއް ވެސް ނުލިބޭނެއެވެ.
ކަމަނަ
24 October 2018
މިރާއްޖޭގެ ކޯޓަކުން ކޮށްފައިވާ ޙުކުމެއް އެއަށްވުރެ މަތީ ކޯޓަކުން ނޫނީ ބަދަލެއް ނުކުރެވޭނެ. ނަޝީދާ ގުޅޭ ރީ ޓްވިޓެއް އޮނަރަބްލް ޤާސިމް ކުރެއްވީމާ ގޯސްވީ ޤާސިމް. އެކަމަކު ތިކަން ތިޔަދަނީ ރަނގަޅަކަށް ނޫން.