އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ --ފޮޓޯ:އޭއެފްޕީ
03 ނޮވެމްބަރ 2018 - 16:24
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމާ ގުޅޭ ކަންކަން ޑިޕްލޮމެޓިކް ޗެނަލްސްތަކުގެ ތެރެއިން ކުރިއަށް ގެންދާ ކަމަށް، އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، މޯދީގެ އިތުރުން އެހެން ގައުމުތަކުގެ ބޭފުޅުން ވެސް އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާޏެ ކަމަށެވެ.
އިބޫ، ރައީސްކަމުގެ ހުވާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ 17 ވަަނަ ދުވަހެވެ. އެއީ، ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ދައުރު ހަމަވާ ދުވަހެވެ.
"އިހަށް ދުވަހަކު ދެއްތޯ މި ނިންމާލެވުނީ ކޮން ދުވަހެއްގައިކަން [އިބޫ] ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހިންގާނީ. ރައްޔިތުންގެ މަޖިލީހުން ނިންމުމާ ގުޅިގެން އަޅުގަނޑުމެން މި ދަނީ މިކަންކަން ޑިޕްލޮމެޓިކް ޗެނަލުން ޕްރޮސެސްކުރަމުން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ހުވާކުރުުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ބާއްވަނީ ވީހާ ވެސް ގިނަ ބަޔަކު އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. ނަމަވެސް އެކަމުގައި ވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަން މާރިޔާ ވިދާޅުވި އެވެ.
މޯދީގެ ބޮޑުވަޒީރުކަމުގައި ސަރަހައްދީ ގައުމުތަކުގެ ތެރެއިން ވަޑައިނުގެން އޮތީ ރާއްޖެ އެކަންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަށްޑޫ މީހާ
04 November 2018
މޯދީ މޯދީ މޯދީ. މޯދީ ނުގެނައިއްޔާ މިފަހަރު ހުވާވެސް ނުކުރާނެކަން ނޭގޭ. ލަންކާގެ ގޮނޑި ގެއްލުނު ރަނިލް ގެންނަންވީނު. އެ ގޮތް ކިހިނެއްބާ ވާނީ.
އައްކަލޯ
04 November 2018
މޯދީ ނޮހޮރުއްޕާން އަނެއްކާވެސް ޖެހެން އުޅެނީދޯ .. މި ގައުމަށް މޯދީ އެރުވުމާ އަހަރެން ދެކޮޅުހަދަން .. އިންޑިއާ މީހުންނަކީ ހަސީލެއް ނުބައި ދެފުއްދެގޮތްބައެއް.. މޯދީ ގޯ .. މޯދީ ސައިވިއްކަން އުޅުނު ޒަމާނުގައި އައިނަމަ އޯކޭ މިހާރު ތިޔަ މޯދީ އަށް މި ގައުމަށް އރިޔަދީގެން ނުވާނެ
ލޫޅާފަތި
04 November 2018
އޭނަޔަށް ނާދެވެންޔާ ސޯލިހުބޭ އެކޮޅަށްގެންގޮސްގެން ހުވާކުރުވަންވީނު
ކޮމާކޯޅި
04 November 2018
މިގައުމަށް އަރުވަން ހެޔޮވެސް ނުވާނެ...
އަހްމަދު
04 November 2018
ބަށްލަވާ މާމާ މާކުރިންވެސް ހުވާކުރަންޖެހޭދުވަހަކީ 17ނޮވެމްބަރުކަން އެގިތިބެ 11ނޮވެމްބަރުގަ ހުވާކުރަންބަގުޑިބެއްދީނޫންތޯ ދެންހުރިހާ ފާހިސްކަންތަށްތަކެއް ގާނޫނީގިތުން ހުއްދަކުރަމުންދާ މީހަކު ނުގެނެވިގެން ތިޔަމޮޔަފުޅުވަނީ ތިބޭފުޅުންގެ ކެންޕޭންހަރަދުތަށްހަމަޖަށްސާދެއްވީމަތޯ
ދީމާހު
04 November 2018
މުސްލިމުންނާ ދެކޮޅުވެރި ޢަދާވާތްތެރިއަކު ތަނެއްގައި ހުރިއްޔާ އެމީހަކު ގެނެވޭތޯ ކޮންމެހެންވެސް ބަލަންވާނެ
ދޮންމަނިކެ
04 November 2018
ކަލޭމެންތިއުޅެނީ އަންނާނެ މީހަކު ނުވެގެންތޭ...
ހައުޓް
04 November 2018
ނައްޔާ ރަގޅީ. ތިޔައީ ދެވަނަ އަންނި..
ތިމާ
04 November 2018
މޯދީ ހޭބަލިވެފައި އެއާރ ޕޯޓް ބޭނުން ވެގެން މިއުލެނީ ހިނި ފައަށް އަރާގެން
ފޮގީ
04 November 2018
ބަލަ ދަމާކޫއްތަ އާދޭސްމަތީ ފޮތިލައިގެން ގެންނަވަރު މީހެއްތަ... ވެރިކަން ބަދަލުކުރުމުގެ މޭސްތިރިއަކަށްވިއަސް އޭނަޔަށް އެބަވިސްނޭ ރޮކެޓު ސުޕީޑުގަ ނުވަންޏާ ގުއިވާނެކަން