މާލޭގެ މަގެއްގައި ފެން ބޮޑުވެފައި..---ފޮޓޯ: ނިޝާން އަލީ/މިހާރު
09 ނޮވެމްބަރ 2018 - 15:04
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުގައި ކަނޑުތައް ގަދަވެދާނެތީ ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ކަން ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އެހެންވެ މެޓް އޮފީހުން ވަނީ ށ.އަތޮޅާއި ތ.އަތޮޅާއި ދެމެދުގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފަ އެވެ.
ނޮވެމްބަރު މަހު އާންމު ގޮތެއްގައި ވެސް ރާއްޖެ އަށް ވިއްސާރަކުރެ އެވެ.
އެލާޓް ނެރެފައިވާ ސަރަހައްދަށް މިއަދު މެންދުރު 12 އިން ފެށިގެން އިރުއޮއްސި 6 އާ ދެމެދު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
ދެކުނު އަތޮޅުތަކުގައި އާއްމު ގޮތެއްގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި މެދުތެރެ އާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާރޭ
09 November 2018
މާލެގަ ފެންބޮޑުވުން ހުއްޓުވޭނެ ހަމަ ގޮތެއް ނުވޭދެއްތޮ؟ އެ ހަޑި ފެންގަނޑަށް އެރިގެން ދާންޖެހެނީ ސައިކަލުގަވެސް. އެހާވަރަށް ކުޅުތަޅާ މާލެއަށް ބިދޭސީން. ރައްޓެއްސެއްގެ ކޮއްކޮއަކު މާބޮޑަށް ހުންއައިސް ކެއްސާތީ ޑޮކްޓަރަށް ދެއްކީމަ ބުނީ ބޮޑައް ލަފަ ކުރެވެނީ ޓީބީ ކަމަށޭ. ބޭސް ފަށާށޭ. ކުރިން ޓީބީ އަކީ ގާތްގަނޑަކައް ނައްތާލެވިފަ އޮތް ބައްޔެއް. މިހާރު ބޭރުމީހުން ހަދައިން އަންނަ މެޑިކަލް މޮޅުވެފަ މަގުތަކަށް ކުޅުތަޅާވަރުން ޓީބީ ވަރަށް ގިނަވެއްޖެ.